މ. ކޮޅުފުށީ ބައެއް މީހުން ކޮވިޑް 19 އަށް ފައްސިވުމާގުޅިގެން އަތޮޅު އަދި ރަށު ފެންވަރުގައި އަޅާނެ ފިޔަވަޅުތަކާބެހޭގޮތުން މ. އަތޮޅު ކޮވިޑް ޓާސްކްފޯސްއިން ބައްދަލުވުމެއް ބާއްވައިފި

މ. ކޮޅުފުށީ ބައެއް މީހުން ކޮވިޑް 19 އަށް ފައްސިވުމާގުޅިގެން އަތޮޅު އަދި ރަށު ފެންވަރުގައި އަޅާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް

2021 ޖަނަވަރީ 26 ވަނަ ދުވަހު މުލީ ރީޖަނަލް ހޮސްޕިޓަލާއި، މުލަކަތޮޅު އަތޮޅު ކައުންސިލުން އިސްނަގައިގެން މ. އަތޮޅު ކޮވިޑް ޓާސްކްފޯސްގެ  ބައްދަލުވުމެއް ބާއްވައިފިއެވެ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ ޖަލްސާކުރާ މާލަމުގައި  ދޮޅު ގަޑިއެއްހާއިރަށް ދެމިގެންދިޔަ މިބައްދަލުވުމުގައި ކޮޅުފުށީގެ ޙާލަތާއި ބެހޭގޮތުން ޓާސްކްފޯހުގެ ބައިވެރިންނަށް މަޢުލޫމާތު ދެވުނެވެ. އަދި އެފަރާތްތަކާ އެއްތާވި އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުން ކަރަންޓީން ކުރުމުގެ އިތުރުން 2021 ޖަނަވަރީ 05 ވަނަ ދުވަހުގެ ފަހުން ކޮޅުފުށްޓަށް ދިޔަ ފަރާތްތައް އެޗް.ޕީ.އޭގެ ލަފާގެމަތިން ކަރަންޓީންކޮށް އެފަރާތްތަކުގެ ސާމްޕަލްތައްނަގައި އަތޮޅުގެ ހުރިހާ ރަށެއްގެ ޙާލަތު ވީހާ އަވަހަކަށް ދެނެގަތުމުގެ މުޙިއްމުކަމާ ގުޅޭގޮތުން ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި އަތޮޅުގެ ރައްޔިތުންގެ ރައްކައުތެރިކަމަށް އަޅާނެ އިތުރު ފިޔަވަޅުތަކާ ބެހޭގޮތުން 2021 ޖަނަވަރީ 27 ވަނަ ދުވަހު އަތޮޅު ކައުންސިލާއި، ރަށު ކައުންސިލްތަކާއި، މ. މުލީ ރީޖަނަލް ހޮސްޕިޓަލް ބައިވެރިވާ ޒޫމް މީޓިންގ އެއް ބޭއްވުމަށް ނިންމުނެވެ.