ރަތްމަންދޫ
- ރަށުގެ އާބާދީ
މިރަށުގެ އާބާދީގެ ޖުމްލައަކީ 230 އެވެ. އެއީ 115 ފިރިހެނުންނާއި 115 އަންހެނުންނެވެ.
- ޘަޤާފަތާއި ތަރިކަ
މިރަށުގައި ޘަޤާފީ ގޮތުން ކުރެވޭ އެންމެ ޚާއްޞަ ކަމަކީ ބޮޑު މައުލޫދު ކިއުމެވެ. ކޮންމެ ހިޖްރީ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ ތެރޭގައި ބޮޑުމައުލޫދު ކިޔުމަކީ ފެށުނީއްސުރެ މިއަދާ ހަމައަށްވެސް މެދު ނުކެނޑި މިރަށުގައި ކުރަމުން އަންނަ ކަމެކެވެ. އަދި މީގެ އިތުރުން ދިވެހިންގެ ޘަޤާފީ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ މަންގަލަން ދަނޑިއާއި، ބިލެތްދަފި ނެގުން އަދި ނަގިލި ނެގުންފަދަ ކުޅިވަރުތައް މިރަށުގައި ކުޅެއުޅެއެވެ.
100 އަހަރަށްވުރެ ގިނަދުވަސްވީ ނިކަގަހެއް މިރަށުގައި ސަރުކާރުން ޙިމާޔަތް ކޮށްފައި ހުރެއެވެ. ވަރަށް ކުރީ ޒަމާނުގައި މިރަށުގައި ހިނގައި ދިޔަ ޙާދިޘާއެއް ކަމަށް ތުންތުން މަތިން ވާހަކަ ދެކެވޭ ޙާދިޘާއަކާއި ގުޅިފައިވާ ތަށާގަނޑެއް މިރަށުގެ ވަލުތެރޭގައި އޮވެއެވެ.
ފިލައެއްގެ މަތީގައި މިރަށަށް ލެއްގި ކަމަށް ބުނެވޭ ފޮތް ފޮށްޓެއް މިރަށު މިސްކިތުގައި މިހާރުވެސް ހުރެއެވެ. މި ފޮށީގެ ތެރޭގައި އޮންނަނީ އަތުން ލިޔެފައިވާ ޤުރުއާން ޚަތިމެކެވެ. މި ފޮތް ފޮށީގެ އަހަރުމަތި ދުވަސް ކަމަށް ބުނާ ރަބީޢުލްއައްވަލް މަހުގެ 10 ވަނަ ދުވަސް މިހާރުވެސް ފާހަގަ ކުރަމުން ދެއެވެ.
- ރަށާ ބެހޭ މުހިއްމު މަޢުލުމާތު
މި ރަށުގެ ނަމަކީ މުލަކަތޮޅު ރަތްމަންދޫ އެވެ. އިނގިރޭސި ބަހުން މިރަށަށް ދެވިފައިވާ އަކުރަކީ K1 އެވެ. މ.ރަތްމަންދޫ އަކީ ރާއްޖޭގެ އިރުމަތީބިތުގައި މާލެ އާއި ގާތްގަޑަކަށް 75 ކިލޯމީޓަރ ދުރުގައި އޮންނަ ރަށެކެވެ. މ.ރަތްމަންދޫ އަކީ އާބާދީ އާއި އެކަށޭނަ ބިމެއް އޮންނަ ރަށެކެވެ. ރަށުގެ އާބާދީ އަކީ 230 އެވެ. އެއީ 115 އަންހެނުންނާއި 115 ފިރިހެނުންނެވެ. މި ރަށުގެ މީހުން ދިރިއުޅުމަށްޓަކާ ކުރާ މައިގަނޑު މަސައްކަތަކީ ވަޒީފާ އަދާކުރުމާއި، ފަންގިވިނުމާއި، ތަފާތު ބާވަތްތަކުގެ މަސްވެރިކަން ކުރުމެވެ. ތާރީޚީ ނަޡަރަކުން ވިސްނާލާއިރު މި ރަށަކީ ރުއްގަލުގެ ބޭސްވެރިކަމަށް މުޅި ރާއްޖެއަށްވެސް ވަރަށް މަޝްހޫރު ރަށެކެވެ. ރުއްގަކު ބޭސް ކުރުމަށްޓަކާ ރާއްޖޭގެ ހުރިހާ އަތޮޅަކުންވެސް މިރަށަށް މީހުން އަންނަކަން ފާހަގަ ކުރަމެވެ. އަދި މިދެންނެވި ރުއްގަލު ބޭސްވެރިކަން ކުރާ މިރަށު ހަނދުވަރިގޭ އާދަމް ޢަލީ އަށް ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން ޢާއްމު ޚިދްމަތަށް ހިތްވަރު ދިނުމުގެ އިނާމާއި، ޝަރަފުވެރިކަމުގެ އިނާމު ސަރުކާރުން ދެއްވާފައި ވެއެވެ. 1968 ވަނަ އަހަރުގެ ތެރޭގައި ސުމުއްވުލް އަމީރު އިބްރާހިމް ނާޞިރު ރަންނަބަޑޭރި ކިލެގެފާނުގެ ވެރިކަމުގައި އޭރު މިރަށުގައި ދިރި އުޅެމުން ދިޔަ މީހުން ވަނީ މުލަކަތޮޅު މުއްޔަށް ބަދަލު ކޮށްފައެވެ. މި ގޮތުން 6 އަހަރާއި 4 މަހާއި 1 ދުވަހު މިރަށުގެ ރައްޔިތުން މ.މުލީގައި ދިރިއުޅުމަށް ފަހު އެބުރި މިރަށަށް ހިޖުރަ ކޮށްފައިވަނީ 1975 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހުއެވެ. މިރަށުގެ ބޮޑު މިނުގައި 22.10 ހެކްޓަރ ހުރެއެވެ. މީހުން ދިރިއުޅުމަށް ބޭނުން ކުރާ ބިމުގެ ބޮޑުމިނުގައި 2.6 ހެކްޓަރ ހުރެއެވެ. މީހުން ދިރިއުޅެމުންދާ ގޭގެ އަދަދަކީ 34 އެވެ. ފަޅު ގޭގޭގެ ގޮތުގައި 08 ގެ މިރަށުގައި ހުރެއެވެ.
މ.ރަތްމަންދޫގެ ރ.ކ ކޮމިޓީ އާއި ރައްޔިތުން ގުޅިގެން 1988 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުން ފެށިގެން ކަރަންޓްގެ ޚިދުމަތް ރަތްޔިތުންނަށް ފޯރު ކޮށްދޭން ފެށްޓިފައި ވެއެވެ. ފުރަތަމަ ކަރަންޓް ދެމުންދިޔައީ ހަވީރު 6:00 އިން ރޭގަނޑު 11:00 އަށެވެ. 2002 ވަނަ އަހަރުގެ އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން މިޚިދުމަތް 24 ގަޑީއިރަށް ބަދަލުކުރެވުނެވެ. މީގެ އިތުރުން ސަރުކާރުގެ އެހީގެ ދަށުން ވައިން ހަކަތަ އުފެއްދުމުގެ ނިޒާމެއް 2007 ވަނަ އަހަރު މިރަށުގައި ޤާޢިމް ކުރެވި 2008 ވަނަ އަހަރުގެ ތެރޭގައި ކަރަންޓްގެ ޚިދްމަތް ދިނުމަށް މިނިޒާމުގެ ބޭނުން ވަރަށްބޮޑަށް ހިފިފައިވެއެވެ. ނަމަވެސް މިނިޒާމަށް ތަފާތުމައްސަލަތައް ދިމާވެ އެކަށީގެންވާޙައްލެއް ހޯދިފައި ނުވުމުން މިނިޒާމް މިހާރުވަނީ ބޭނުންނުކުރެވޭ މިންވަރަށް ހަލާކުވެފައެވެ. ރައްޔިތުންގެ ޚަރަދުގައި ދެމުންދިޔަ ކަރަންޓްގެ ޚިދްމަތް 2013 ވަނަ އަހަރުގެ އޭޕްރީލް 01 ވަނަ ދުވަހު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ޙަވާލުކުރެވިފައި ވެއެވެ. ރަށުގެ މީހުންދިރިއުޅޭ ހުރިހާ ގޭބިސީއަކަށްވެސް ކަރަންޓްގެ ޚިދުމަތް ދަނީ ލިބެމުންނެވެ.
ސިއްޙީ ޚިދުމަތް ދިނުމަށް ރަށުގައި ހުންނަނީ އެންމެ ތަނެކެވެ. އެއީ " މ. ރަތްމަންދޫ ޞިއްޙީ މަރުކަޒު" އެވެ. މިމަރުކަޒުގައި ޞިއްޙީ ޚިދްމަތް ދިނުމަށް ބިދޭސީ 1 ޑޮކްޓަރާއި 2 ނަރުހުން ތިބެއެވެ. ޞިއްޙީ މަރުކަޒެއް ޤާއިމް ކުރެވި ޑޮކްޓަރަކާއި ނަރުހުން ތިބިނަމަވެސް ލެބޯޓަރީގެ ޚިދްމަތް ރަށުން ލިބެން ނެތުމުން ވަރަށް އާދައިގެ ބަލިތަކަށް ފަރުވާ ހޯދުމަށާ، ހަދަންޖެހޭ ޓެސްޓްތައް ހެދުމަށްވެސް ރަށުން ބޭރަށް ދާންޖެހުމަކީ ރައްޔިތުންނަށް ދިމާވާ ވަރަށްބޮޑު ދައްޗެއްކަން ފާހަގަ ކުރެވެއެވެ. އެސްޓީއޯއިން ބޭސްފިހާރައެއް ޤާއިމްކޮށް ކައުންސިލާއި ގުޅިގެން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެމުންދެއެވެ. ޢާންމުކޮށް ބޭނުންވާ ހުރިހާ ވައްތަރެއްގެ ބޭސް ފަސޭހައިން ލިބެއެވެ.
ތަޢުލީމު ދިނުމަށް މިރަށުގައި ހުންނަނީ 1 ސްކޫލެވެ. މިސްކޫލްގައި ދާއިމީ ޓީޗަރުންގެ ގޮތުގައި ތިބެނީ ބިދޭސީ 4 ޓީޗަރުންނާއި ދިވެހި 2 ޓީޗަރެވެ. އަދި ވަގުތީ 2 ޓީޗަރުން ތިބެއެވެ. މ. ރަތްމަންދޫ ސްކޫލްގެ ނަމުގައި ހިންގާ މިސްކޫލްގައި ކިޔަވައިދެނީ ގްރޭޑް 6 އާ ހިސާބަށެވެ. އަދި ތުއްތު ކުދީންނަށް ތަޢުލީމް ދިނުމުގެ ގޮތުން ޕްރީ ސުކޫލް ތަޢުލީމުވެސް މިސްކޫލްގައި ދެމުންގެންދެއެވެ.
ތިމާވެށީގެ ގޮތުން މިރަށަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރަށްގިރުމުގެ މައްސަލައެވެ. މިގޮތުން ރަށުގެ ހުޅަގުފަރާތުންނާއި އުތުރުފަރާތުން އަދި ރަށުގެ އިރުމަތީ ފަރާތުން 59000 އަކަފޫޓަށްވުރެ ބޮޑު ސަރަޙައްދެއް މިހާރު ގިރާލާފައިވާ ކަމަށް އަންދާޒާ ކުރެވެއެވެ. މިހާރުވެސް އެސަރަޙައްދުތައް ދަނީ ގިރަމުންނެވެ. އަދި ހަމަ އެއާއެކު ކުނި ނައްތާލުމަށް އެކަށީގެންވާ ނިޒާމެއް ޤާއިމް ކުރެވިފައި ނެތުމަކީވެސް ރަށުގެ ތިމާވެށްޓާއި، ރަށުތެރޭގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ދިމާވެފައިވާ ވަރަށްބޮޑު މައްސަލައެއްކަން ފާހަގަ ކުރެވެއެވެ. ބައެއް މޫސުމް ތަކުގައި ކޮންމެވެސް މިންވަރަކަށް އުދަ އެރިނަމަވެސް ﷲގެ އިރާދަފުޅާއެކު ނުރައްކާތެރި ދަރަޖަ އަކަށް ފެންބޮޑުވުމާއި، އުދައެރުމުގެ ޙާދިޘާތައް ވަރަށް މަދުން މެނުވީ ދިމާނުވާކަން ފާހަގަކުރެވެއެވެ. ރަށުގައި ޙިމާޔަތް ކުރެވިފައިވާ 100 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ބުނެވޭ ނިކަ ގަހެއް ހުރެއެވެ.
ރަތްމަންދޫގެ ފަޅުގެ ސަރަޙައްދަކީ ފަތުރުވެރިކަމުގެ ދާއިރާގައި ތަރަޢްޤީ ކުރެވިދާނެ ފަޅެއްކަމަށް ޤަބޫލު ކުރެވެއެވެ. ސަބަބަކީ މި ރަށުގެ ވަށައިގެން އެކުލެވިފައިވާ ފަޅަކީ ބޮޑު އަދި ރީތި ތިލަ ފަޅަކަށް ވުމެވެ. ރަށާއި 500 ފޫޓް ދުރުގައި އޮންނަ މަޑިފުށްޓަކީ މިހާރު ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ ރަށެއްކަމުން މިރިސޯޓު ހަދާނިމުމުން ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތަކާއި އެހެނިހެން ފުރުޞަތުތައް ފަހިވެގެން ދާނޭކަމަށް ގަބޫލް ކުރެވެއެވެ.
މުވާޞަލާތީ ޚިދްމަތަށް ބަލާއިރު މިރަށަކީ މިއަތޮޅުންނާއި މި ސަރަޙައްދުންވެސް ޓެލެފޯނުގެ ޚިދްމަތް އެންމެ ފުރަތަމަ ލިބުނު ރަށެވެ. އަދި މުވާޞަލާތީ ޚިދްމަތް ދިނުމަށް މިރަށުގައި ދިރާގުގެ މަރުކަޒެއް ޤާއިމް ކޮށްފައި ހުރެއެވެ.
- ރަށުގެ ޚާއްޞަ ސިފަތައް
މިރަށަކީ ޒަމާނުއްސުރެވެސް ވެރިންނަށް ކިޔަމަންތެރި، ބޮޑެތި މީހުންނަށް އިޙްތިރާމް ކުރާ އެކުވެރި އެއްބައިވަންތަ ރައްޔިތަކު ދިރިއުޅޭ ރަށެކެވެ. އަދި މިރަށަކީ އެކަކު އަނެކަކަށް އެހީތެރިވެދިނުމުގައި ނަމޫނާ ރައްޔިތަކު ދިރިއުޅޭ ރަށެކެވެ. ތަފާތު ބޭނުންތަކުގައި މިރަށަށް އަންނަ މެހުމާނުންނަށް އެންމެ ފުރިހަމަ ގޮތުގައި މެހުމާންދާރީ އަދާކުރުމަކީ މިރަށުގެ ރައްޔިތުންގެ ކިބައިގާ އަށަގެންފައިވާ ރީތި އާދައެކެވެ.
މިރަށަކީ ވައްކަމާއި ފޭރުން ފަދަ ކުށްތައް އެއްވެސް ވަރަކަށް ނުހިނގާ ރަށެއްކަން ފާހަގަ ކުރަމެވެ. އަދި މިރަށުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން ނޫޅޭކަންވެސް ފާހަގަ ކުރަމެވެ.
- ތަޢުލީމީ ދާއިރާ
ތަޢުލީމު ދިނުމަށް މިރަށުގައި ހުންނަނީ 1 ސްކޫލެވެ. މިސްކޫލްގައި ދާއިމީ ޓީޗަރުންގެ ގޮތުގައި ތިބެނީ ބިދޭސީ 4 ޓީޗަރުންނާއި ދިވެހި 2 ޓީޗަރެވެ. އަދި ވަގުތީ 2 ޓީޗަރުން ތިބެއެވެ. މ. ރަތްމަންދޫ ސްކޫލްގެ ނަމުގައި ހިންގާ މިސްކޫލްގައި ކިޔަވައިދެނީ ގްރޭޑް 6 އާ ހިސާބަށެވެ. އަދި ތުއްތު ކުދީންނަށް ތަޢުލީމް ދިނުމުގެ ގޮތުން ޕްރީ ސުކޫލް ތަޢުލީމުވެސް މިސްކޫލްގައި ދެމުންގެންދެއެވެ.
މިރަށުގައި ލިޔަން ކިޔަން ނުދަންނަ އެއްވެސް މީހަކު ނެތުމަކީ މިރަށުގެ ދުވަސްވީ މީހުންވެސް ތަޢުލީމަށް ދޭ ސަމާލުކަން ފާހަގަ ކުރެވޭ ކަމެކެވެ.
މިރަށަކީ އާބާދީގެ ނިސްބަތުން ބަލާއިރު މަތީ ތަޢުލީމު ޙާޞިލްކޮށްފައިވާ މީހުން ގިނަ ރަށެކެވެ.
- ޞިއްޙީ ދާއިރާ
ސިއްޙީ ޚިދުމަތް ދިނުމަށް ރަށުގައި ހުންނަނީ އެންމެ ތަނެކެވެ. އެއީ " މ. ރަތްމަންދޫ ޞިއްޙީ މަރުކަޒު" އެވެ. މިމަރުކަޒުގައި ޞިއްޙީ ޚިދްމަތް ދިނުމަށް ބިދޭސީ 1 ޑޮކްޓަރާއި 2 ނަރުހުން ތިބެއެވެ. ޞިއްޙީ މަރުކަޒެއް ޤާއިމް ކުރެވި ޑޮކްޓަރަކާއި ނަރުހުން ތިބިނަމަވެސް ލެބޯޓަރީގެ ޚިދްމަތް ރަށުން ލިބެން ނެތުމުން ވަރަށް އާދައިގެ ބަލިތަކަށް ފަރުވާ ހޯދުމަށާ، ހަދަންޖެހޭ ޓެސްޓްތައް ހެދުމަށްވެސް ރަށުން ބޭރަށް ދާންޖެހުމަކީ ރައްޔިތުންނަށް ދިމާވާ ވަރަށްބޮޑު ދައްޗެއްކަން ފާހަގަ ކުރެވެއެވެ. އެސްޓީއޯއިން ބޭސްފިހާރައެއް ޤާއިމްކޮށް ކައުންސިލާއި ގުޅިގެން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެމުންދެއެވެ. ޢާންމުކޮށް ބޭނުންވާ ހުރިހާ ވައްތަރެއްގެ ބޭސް ފަސޭހައިން ލިބެއެވެ.
- އުމްރާނީ ތަރައްޤީ
މިރަށުގެ އުމްރާނީ ތަރައްޤީ އަށް ބަލާއިރު ޢާއްމު ރައްޔިތުންގެ ގެދޮރުގެ ފެންވަރު ރަނަގަޅުކަން ފާހަގަ ކުރަމެވެ. ނަމަވެސް މިރަށުގައި ހުރި ސަރުކާރުގެ ބައެއް ޢިމާރާތްތައް ވަރަށް ބޮޑަށް ބައުވެފައިވުމުގެ ސަބަބުން ރަށުގެ އުމްރާނީ ރީތިކަމަށް ހުރަސް އެޅިފައި ވެއެވެ.