ކޮޅުފުށި
1143 މީހުން ރަށްވެހިވެފައިވާ މ.ކޮޅުފުށްޓަކީ މުލަކަތޮޅުގައި މީހުން ދިރިއުޅޭ 08 ވަނަ ރަށެވެ. މިގޮތުން 743 ފިރިހެނުންނާއި 701 އަންހެނުންނެވެ. ކޮޅުފުއްޓަކީ އުފެދުމުގައި ވަރަށް ބޮޑު ފަޅެއް ވަށައިގެން އޮންނަރށެކެވެ. މީގެ އިތުރުން ކޮޅުފުށްޓާ އެއްފަޅެއްގައި 08 ފަޅުރަށެއް ހިމެނެއެވެ. ރަށުގެ ރައްޔިތުން ދިރިއުޅުމުގެ ގޮތުން އާންމުކޮށް ކޮށްއުޅޭ މަސައްކަތްތަކުގެ ތެރޭގައި މަސްވެރިކަން، ދަނޑުވެރިކަން އަދި ކޮންސްޓަރަކްޝަން މަސައްކަތް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ކޮޅުފުށީ ގިނަ އަދަދެއްގެ އަންހެނުން ދިރިއުޅުމަށްޓަކައި ފަންގިވިނދެއުޅެއެވެ.
މ.ކޮޅުފުށި އޮންނަ ސަރަހައްދު
ބޮޑުމިނުގައި 76 (ހަތްދިހަ ހެކްޓަރުގެ ބިން އޮންނަ މ.ކޮޅުފުށީގެ ޖީ.ޕީ.އެސް ލޮކޭޝަން (ނެވިގޭޝަން) އަކީ ލެޓިޓިއުޑް22° 46' 28.79" N އަދި ލޮންޖިޓިއުޑް 73° 25' 17.99" E.
ރަށް ހިންގުން
ލާމަރިކަޒީ ގާނޫނަށް އަމަލުކުރަން ފެށުމާއެކު މ.ކޮޅުފުށި އިދާރީ ގޮތުން ހިންގުކުގެ މަސްއޫލިއްޔަތު އަދާކުރަމުން އަންނަނީ މުލަކަތޮޅު ކޮޅުފުށީ ކައުންސިލުގެ އިދާރާއިންނެވެ. މިގޮތުން ރައްޔިތުންގެ ކަންކަން ބެލެހެއްޓުމާއި ރަށުގައި އެކިކަހަލަ މަޝްރޫއުތައް ހިންގުމާއި، ސަރުކާރުގެ އިދާރާތައް ހިންގާ ގޮތް ބެލެހެއްޓުން ކައުންސިލުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ. އަދިހަމަ އެހެންމެ ރަށުގެ ތައުލީމީ، ސިއްހީ އަދި އެހެނިހެން އަސާސީ ހިތުމަތްތައް ތަރައްގީކުރުމަށް މަސައްކަތްކުރުންވެސް ކައުންސިލުގެ ހިދުމަތްތަކުގެ ތެރޭގައި ހިމެނެއެވެ. މުލަކަތޮޅު ކޮޅުފުށީ ކައުންސިލު ހުޅުވިފައި ހުންނަ ގަޑިތަކަކީ: އާދިއްތައިން ބުރާސްފަތި ދުވަހަށް 08:00 އިން 14:00 އަށެވެ.
ކޮޅުފުށީ ޕޮލިސް ސްޓޭޝަން
މ.ކޮޅުފުށީގައި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ދޭންފެށީ 2014 ވަނަ އަހަރުގައެވެ. މިގޮތުން ކޮޅުފުށީ ރައްޔިތުންގެ ހިމާޔަތުގައި މެދުކެޑުމެއްނެތި 24 ގަޑިއިރު މ.ކޮޅުފުށީ ޕޮލިސް ސްޓޭޝަންގެ ފަރާތުން މަސައްކަތްކުރައްވަމުން ގެންދަވައެވެ. މިގޮތުން ރަށުގައި ކުށްކުރުމުގެ ރޭޓު ވަރަށް ބޮޑަށް ވަނީ ދައްވެފައެވެ.
ސިއްހީ ހިދުމަތް
މިރަށުގައި ސިއްހީ ހިދުމަތް ފޯރުކޮށްދެނީ މ.ކޮޅުފުށީ ސިއްހީ މަރުކަޒުގެ ފަރާތުންނެވެ. މިގޮތުން އާންމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތާއި ރައްޔިތުންނަށް ސިއްހީ އެކިއެކި ކަންކަމާ ބެހޭގޮތުން މައުލޫމާތު ދިނުމާއި ބައެއް ކުދި ކުދި ލެބްރޯޓަރި ތަހުގީގުތައް ކުރެވެން ސިއްހީމަރުކަޒުން ހުރެއެވެ. މ.ކޮޅުފުށީ ސިއްހީ މަރުކަޒު ހުޅުވުފައި ހުންނަ ގަޑިތައް ތިރީގައި އެވަނީ؛
އާދިއްތަ – ބުރާސްފަތި: 08:00 އިން 00:00 އަށް
ހުކުރު – ހޮނިހިރު: 09:00 އިން 10:00 އަށް އަދި 20:30 އިން 21:30 އަށް
މ.ކޮޅުފުށީގައި އެކިކަހަލަ ބަލިތަކަށް ބޭނުންވާ ބޭސް ދޫކުރުމާއި ވިއްކުމުގެ ހިދުމަތް ދެނީ މ.ކޮޅުފުށީ އެސް.ޓީ.އޯ ފާމަސީގެ ފަރާތުންނެވެ. މިގޮތުން އާންމު ބަލިތަކަށް ބޭނުންވާ ބޭހާއި ދާއިމީ ބަލިތަކަށް ބޭސް ބޭނުންކުރާ ރައްޔިތުންގެ މައުލޫމާތު އެއްގޮށް އެބޭފުޅުންނަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމުގެ ހިދުމަތް މ.ކޮޅުފުށީ އެސް.ޓީ.އޯ ފާމަސީއިން ލިބެންހުރެއެވެ. ހިދުމަތްދޭ ގަޑިތަކަކީ؛
އާދިއްތަ – ބުރާސްފަތި: 08:00 އިން 15:00 އަށް
ހުކުރު – ހޮނިހިރު: 09:00 އިން 10:00 އަށް އަދި 20:30 އިން 21:30 އަށް
ތައުލީމުގެ ހިދުމަތް
މ.ކޮޅުފުށީގައި ޘާނަވީ ތައުލީމަށް ނުވަތަ ގުރޭޑު 10 އަކާ ހަމައަށް މ.އަތޮޅު މަދަރުސާއިން ތައުލީމު އުނގަންނައިދެއެވެ. ރަށުގެ ތައުލީމީ ނިޒާމު ކުރިއެރުވުމާއި ދަރިވަރުންގެ ހުނަރު އިތުރުކުރުމަށް އެކިކަހަލަ ޕްރޮގްރާމްތައް ހިންގުމަކީ މ.އަތޮޅު މަދަރުސާއިން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއްދީގެން ކުރިއަށް މަސައްކަތެކެވެ. ސުކޫލު ހުޅުވާފައި ހުންނަ ގަޑި ތަކަކީ: އާދިއްތަ – ބުރާސްފަތި 07:00 އިން 17:00 އަށް.
ކޮޅުފުށީގައި ތުއްތުކުދިންނަށް ދެވޭ ތައުލީމު އިތުރުކޮށް މަދަރުސީ ތައުލީމަށް ދަރިވަރުން އަހުލިވެރި ކުރުމުގެ ގޮތުން މ.ކޮޅުފުށީ ކައުންސިލުގެ ފަރާތުން ކޮޅުފުށީ ޕްރީ-ސުކޫލު އަންނަނީ ހިންގަމުންނެވެ. މިގޮތުން ނާސަރީ އަދި ބޭބީ ނާސަރީއަށް ކޮޅުފުށީ ޕްރީ-ސްކޫލުގައި ކިޔަވައިދެވެއެވެ. ޕްރީ ސުކޫލު ހުޅުވާ ގަޑިތަކަކީ:
އާދިއްތަ – ބުރާސްފަތި 08:00 އިން 12:00 އަށް.
ޔުޓިލިޓީ ހިދުމަތް
މ.ކޮޅުފުށީގައި ޔުޓިލިޓީ ހިދުމަތްތައް ދެމުން އަންނަނީ ފެނަކަ ކޯޕަރޭޝަން މ.ކޮޅފުށީ ބުރާންޗުންނެވެ. މިގޮތުން ކަރަންޓު އަދި ފެނާއި ނަރުދަމާގެ ހިދުމަތް މިރަށުގައި ލިބެންހުރެއެވެ. ފެނަކަ އޮފީސް ހުޅިވިފައިހުންނަ ގަޑިތަކަކީ؛
އާދިއްތަ – ބުރާސްފަތި 08:00 އިން 14:00 އަށް
ކުލަބު ޖަމުއިއްޔާތަށް
މ.ކޮޅުފުށީގެ ތަރައްގީއަށް ރަށުގައި ރަޖިސްޓްރީ ކުރެވިފައިވާ ކުލަބު ޖަމިއްޔާތަކުން ވަރަށް އަގުހުރި ގިނގުނަ މަސައްކަތްތަކެއް ކުރެއެވެ. މިގޮތުން ރަށުގެ އިޖްތިމާއީ ސަރަހައްދުތައް ސާފު ކުރުމާއި ޕާކު އެޅުމާއި ކުޅިވަރު މައިޒާންތައް އެޅުމާއި، ކުޅިވަރުގެ އެކިކަހަލަ ހަރަކާތްތައް ހިންގުމުގެ އިތުރުން އިޖްތިމާއީ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން ފާހަގަކޮށްލެވެއެވެ. މ.ކޮޅުފުށީގައި ރަޖިސްޓްރީ ކުރެވިފައިވާ ކުލަބު ޖަމުއިއްޔާތަކަކީ؛
- ކޮޅުފުށީ އެކުވެރި ކުލަބު
- ކޮޅޫފުށީ ޔޫތު ސޮސައިޓީ
- ކޮޅުފުށީ ޒުވާނުންގެ ޖަމިއްޔާ
ޕޯސްޓުގެ ހިދުމަތް
މ.ކޮޅުފުށީ ކައުންސިލާއި މޯލްޑިވްސް ޕޯސްޓު ލިމިޓެޑާއި ގުޅިގެން މ.ކޮޅުފުށީކައުންސިލުން ޕޯސްޓުގެ ހިދުމަތްތައް ފޯރުކޮށްދެއެވެ. މިގޮތުން ޕޯސްޓު ފޮނުވުމާއި ޕޯސްޓު ގެނައުމާއި ރެޖިސްޓާޑް ޕޯސްޓުގެ އިތުރުން ޕޯސްޓު ކާގޯގެ ހިދުމަތް ލިބެންހުންނާނެއެވެ. އަދި ކައުންސިލުގެ އިދާރާ ހުޅުވާފައި ހުންނަ ގަޑިތަކުގައި ޕޯސްޓުގެ ހިދުމަތްތަށް ލިބިވަޑައިގަންނަވާނެއެވެ.
ރަށުގެ ތަންތަން
މ.ކޮޅުފުށީގައި ނަން މަޝްހޫރު ދެ ތަނެއް ހުރެއެވެ. މިގޮތުން އެންމެ ފާހަގަ ކޮއްލެވޭ އެއްތަނަކީ ގާޒީ މިސްކިތް ނުވަތަ މަޝްހޫރު ނަމުންނަމަ ބޮޑު ތަކުރުފާނު މިސްކިތެވެ. ބުނެވޭ ގޮތުގައި މި މިސްކިތް ބިނާކުރެވެނީ ކަޅުއޮށްފުންމީގެ ލަކުޑި ބޭނުންކޮށްގެންނެވެ. އަދި މިތަނަކީ ހެރިޓޭޖް ތަނެއްގެ ގޮތުގައި ހިމާޔަތްކުރެވިފައިވާ ތަނެކެވެ.
ދެވަނައަށް އެންމެ ފާހަކަކޮށްލެވޭ އަނެއް ސަރަހައްދަކީ ޗަސް ބިމުގައި އުފެދިފައިވާ ފެންގަނޑު ނުވަތަ ކުޅިއެވެ. މިތަނަކީ ކުރީގައި މޫދާއި ނުގުޅު އޮންނަ ފެންހެޔޮ އަދި ގުޅުރަތީ މުއްސަނދިކަން ލިބިގެންވާ ތަނެކެވެ. އަދި އެކިކަހަލަ މޫސުމީ ދޫނި އަދި ހެޔޮފެނުގައި ދިރޭ މަސްމަހާއި ގަސް ހުރިތަނެކެވެ. އެހެންނަމަވެސް ރަށް ގިރުމުގެ ސަބަބުން މިސަރަހައްދު މިހާރުވަނީ މޫދާއި ގުޅި ފެންލޮނުވެފައެވެ. އަދި ގުދުރަތީ ދިރުންތަށް އަންނަނީ ނެތިދަމުންނެވެ.