އިދާރީ މުވައްޒަފުން
އަތޮޅު ކައުންސިލްގައި ތިއްބަވާ ސިވިލްސަރވިސް މުވައްޒަފުން
މުޙައްމަދު ނިޔާޒު – ސެކްރެޓަރީ ޖެނެރަލް
އޮފީސް ފޯނުނަންބަރު: 6724701
އީމެއިލް:mohamed.niyaz@meem.gov.mv
19 މާރިޗް 1998 ގައި ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ އެސިސްޓެންޓް ސެކްރެޓަރީ (ޓްރެއިނީ) ގެ ވަޒީފާއިން ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވި އަލްއުސްތާޛު މުޙައްމަދު ނިޔާޒު ހިންގުމުގެ ދާއިރާގައި 19 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވާފައިވެއެވެ. މިގޮތުން ބޭންކް އޮފް މޯލްޑިވްސް ގައި 12 ވަރަކަށް އަހަރު ޚިދުމަތް ކުރެއްވިއިރު އޭގެތެރެއިން 06 އަހަރު ދުވަހު މެނޭޖަރެއްގެ ގޮތުގައި އެތަނުގެ ތަފާތު 04 ބްރާންޗެއްގައި މަސައްކަތް ކުރައްވާފައުވެއެވެ. އެއަށް ފަހު 2011 ވަނަ އަހަރުން ފެށިގެން މ. މުލީ މުޖެސްޓްރޭޓް ކޯޓުގެ ކޯޓް އެޑްމިނިސްޓްރޭޓަރގެ މަޤާމުގައި 07 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، މި އިދާރާގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު 2019 މާރިޗް 20 ވަނަ ދުވަހުން ފެށިގެން 2023 އެޕްރީލް 01 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާފައިވެއެވެ. 2023 އެޕްރީލް 02 ވަނަ ދުވަހު އަލްއުސްތާޒު މުޙައްމަދު ނިޔާޒު ވަނީ މި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އައްޔަންކުރައްވާފައެވެ. މިގޮތުން މުޙައްމަދު ނިޔާޒް މި އިދާރާގެ ޒިންމާދާރު ވެރިޔާގެ ގޮތުގައި ޚިދުމަތްކުރައްވަމުން ގެންދަވާތާ 5 އަހަރު ވެއްޖެއެވެ. އަދި މެދުނުކެނޑި ސަރުކާރަށް ޚިދުމަތްކުރައްވާތާ 26 އަހަރު ވެއްޖެއެވެ.
މުޙައްމަދު ނިޔާޒު ވަނީ އިސްލާމިކް ބޭންކިންއާއި، އިންފޮމޭޝަން ޓެކްނޮލޮޖީއާއި، ޤާނޫނީ އަދި ބިޒްނަސް އެޑްމިންޓްރޭޝަންގެ ރޮގުން މަތީ ތަޢުލީމު ހާސިލްކުރައްވާފައެވެ. މިގޮތުން އޭނާވަނީ ބެޗްލާސް އޮފް ލޯސް އަދި މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ޚާޞިލްކުރައްވާފައެވެ. އަލްއުސްތާޛު މުޙައްމަދު ނިޔާޒަކީ ދަށު ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދައޮތް ޤާނޫނީ ވަކީލެއްވެސް މެއެވެ.
މުޙައްމަދު ނިޔާޒު މި އިދާރާގައި އަދާކުރައްވާ ޒިންމާތަކުގެ ތެރޭގައި، އަތޮޅު ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާގެ ހައިސިއްޔަތުން އަތޮޅު ކައުންސިލްގެ އިދާރާގެ އެންމެހައި އިދާރީ ކަންކަމުގައި ކައުންސިލަށް ޖަވާބުދާރީވުމާއި، އަދި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމުގައި ކައުންސިލަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކައުންސިލްގެ ޖަލްސާތައް އިންތިޒާމް ކުރުމާއި، ކައުންސިލުން ފާސްކުރާ ޤަރާރުތަކާއި އަމުރުތަކާއި އެހެނިހެން ކަންތައްތައް ޢާއްމުކޮށް ހާމަކުރުން ހިމެނެއެވެ. މީގެ އިތުރުން ކައުންސިލްގެ އިރުޝާދާ މަޝްވަރާގެމަތިން އަތޮޅު ކައުންސިލް އިދާރާގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކަމާބެހޭ މުވައްޒަފުން މެދުވެރިކޮށް ކުރުވައި އިދާރާ ހިންގުމާއި، ސިވިލް ސަރވިސްގެ ޤަވާޢިދުގެ ދަށުން އަދި ސިވިސްސަރވިސް ކޮމިޝަންގެ އިރުޝާދުތަކާއި އެއްގޮތަށް ކައުންސިލްގެ މަޝްވަރާގެމަތިން ކައުންސިލް އިދާރާގައި މަސައްކަތްކުރާ ދިވެހި ސިވިލް ސަރވިސް މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި، ވަޒީފާ އަދާކުރާތަން ބަދަލުކުރުމާއި، މުވައްޒަފުންނަށް ކަނޑައެޅޭ މުސާރައާއި އިނާޔަތާބެހޭ ކަންތައްތައް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ އިދާރީ އިންތިޒާމުތައް ހަމަޖައްސައި ހިންގުންހިމެނެއެވެ. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާ ޤަވާޢިދު ހިންގުމުގައި ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތައްކުރުމާއި، އިދާރީ ދާއިރާގައި ހިމެނޭ ރަށްރަށުގެ ތެރެއިން އެއްރަށަށްވުރެ ގިނަ ރަށްރަށަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގެ ކަންތައްތައް ބެލެހެއްޓުމާއި، އެކިއެކި ޤާނޫނުތަކުގެ ދަށުން އަތޮޅު ކައުންސިލާ ޙަވާލުކޮށްފައިވާ މަސައްކަތްތައް ކަމާބެހޭ މުވައްޒަފުން މެދުވެރިކޮށް ކުރުވުމާއި، އަތޮޅު ކައުންސިލްގެ އިދާރާއިން ބަލަހައްޓަންޖެހޭ މަޢުލޫމާތާއި، ތަފާސް ހިސާބު ބެލެހެއްޓުމުގެ ކަންތައްތައް ކަމާބެހޭ މުވައްޒަފުން މެދުވެރިކޮށް ބެލެހެއްޓުމާއި، ކައުންސިލްގެ ބައްދަލުވުންތަކަށް ބޭނުންވާ ދިރާސާތަކާއި ރިޕޯރޓްތައް ތައްޔާރުކުރުމުގައި ކައުންސިލަށް ބޭނުންވާ އެހީތެރިކަން ފޯރުވައިދިނުމާއި، ދިވެހި ސިވިލް ސަރވިސް ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން މުލީގައި އުފައްދާފައިވާ ހިއުމަށް ރިސޯސް މެނޭޖުމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މަސައްކަތްތައް އިންތިޒާމްކޮށް ބެލެހެއްޓުން ވެސް ހިމެނެއެވެ.
މުޙައްމަދު ޒާހިރު – ކައުންސިލް އެގްޒެކެޓިވް
އޮފީސް ފޯނުނަންބަރު: 6724703
އީމެއިލް mohamed.zahir@meem.gov.mv
1994 މެއި 01 ވަނަ ދުވަހު މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކާތިބުގެ ގެ ވަޒީފާއިން ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވި މިގޮތުން މ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 23 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރެއްވުމަށްފަހު މި އިދާރާގެ ޑިރެކްޓަރ މަޤާމު އޭނާ އަދާކުރަށްވަންފެއްޓެވީ 2018 މާރިޗް 21 ވަނަ ދުވަހުން ފެށިގެންނެވެ. އަދި އޭނާ ވަނީ 2018 މާރިޗް 21 ވަނަ ދުވަހުން ފެށިގެން 2019 މާރިޗް 20 ވަނަ ދުވަހުގެ ނިޔަލަށް މި އިދާރާގެ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާކުރައްވާފައެވެ. 01 ޖޫން 2021 ގައި ކައުންސިލްތަކުގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން މުޙައްމަދު ޒާހިރުގެ މަޤާމު ވަނީ ކައުންސިލް އެކްޒެކެޓިވް މަޤާމަށް ބަދަލުކުރެވިފައެވެ. މުޙައްމަދު ޒާހިރު މި އިދާރާއަށް ޚިދުމަތް ކުރައްވާތާ 6 އަހަރު ވެއްޖެއެވެ.
އަދި މެދުނުކެނޑި ސަރުކާރަށް ޚިދުމަތް ކުރައްވާތާ 30 އަހަރު ވެއްޖެއެވެ.
މުޙައްމަދު ޒާހިރު ވަނީ އިންފޮމޭޝަން ޓެކްނޮލޮޖީއާއި، ބިޒްނަސް މެނޭޖްމަންޓްގެ ރޮގުން މަތީ ތަޢުލީމު ހާސިލްކުރައްވާފައެވެ. މިގޮތުން އޭނާވަނީ އެސޯސިއޭޓް ޑިގްރީ އިން ބިޒްނަސް މެނޭޖްމަންޓް ޙާޞިލްކުރައްވާފައެވެ.
މުޙައްމަދު ޒާހިރު މަސައްކަތް ކުރައްވަނީ މި އިދާރާގެ ކޯޕަރޭޓް އެފެއަރޒް ސެކްޝަނުގެ ވެރިޔެއްގެ ގޮތުގައެވެ. އަދާކުރައްވާ ޒިންމާތަކުގެ ތެރޭގައި، ކައުންސިލް އިދާރާގެ އެންމެހައި އިދާރީ އަދި ފަންނީ މަސައްކަތްތައް ކައުންސިލާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވާ ހިންގާ ބެލެހެއްޓުމާއި، ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތްކުރުމާއި، އެފަދަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކައުންސިލުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށާއި އިދާރާތަކަށް ފޮނުވަންޖެހޭ ޕީރިއަޑިކް ރިޕޯޓުތައް ގަވާއިދުން ފޮނުވުމުގެ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުމާއި، ކައުންސިލް އިދާރާގެ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކުރުމާއި، މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އަދި މުވައްޒަފުންނަށް ފަހި، އަމާން އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ޤާއިމުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުމާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި އުޞޫލުތަކުގެ ދަށުން ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނާގުޅޭ ކަންކަން ބެލެހެއްޓުމުގައި ސެކްރެޓަރީ ޖެނެރަލް އަށް އެހީތެރިވެދިނުމާއި، ކައުންސިލްގެ ބަޖެޓާބެހޭ ކަންކަމާއި ފައިސާގެ މުޢާމަލާތްތައް ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހިންގުން، އަދި ކައުންސިލްގެ އިދާރާގެ އެހެން މުވައްޒަފުންވެސް އެގޮތަށް ޢަމަލުކުރޭތޯ ކަށަވަރުކުރުމާއި، ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ އަދި އިދާރާގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ތައްޔާރުކުރަންޖެހޭ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކާއި އުޞޫލުތަކާއި މިންގަނޑުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގެ މަސައްކަތް ރާވައި، ހިންގައި ބެލެހެއްޓުމުގައި ސެކްރެޓަރީ ޖެނެރަލްއަށް އެހީތެރިވުމާއި، ކައުންސިލްގެ އިދާރާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަވަސް ޚިދުމަތްދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުމުގައި ސެކްރެޓަރީ ޖެނެރަލްއަށް އެހީތެރިވުން ހިމެނެއެވެ.
އިބްރާހީމް ޒާހިރު – ކައުންސިލް އެގްޒެކެޓިވް
އޮފީސް ފޯނުނަންބަރު: 6724704
އީމެއިލް ibrahim.zahir@meem.gov.mv
1998 ޖޫން 14 ވަނަ ދުވަހު ބޭންކް އޮފް މޯލްޑިވްސްއާ ގުޅިވަޑައިގެންނެވި އަލްފާޟިލް އިބްރާހީމް ޒާހިރުވަނީ 22 އަހަރަށްވުރެ ގިނަދުވަހު ބޭންކް އޮފް މޯލްޑިވްސްގައި ވަޒީފާ އަދާކުރައްވާފައެވެ. މިގޮތުން 14 އަހަރަށްވުރެ ގިނަދުވަހު އޭނާވަނީ މެނޭޖަރެއްގެ ހައިސިއްޔަތުން ތަފާތު ތިން ބްރާންޗެއްގައި މަސައްކަތް ކުރައްވާފައެވެ. މި އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމު އޭނާ އަދާކުރަށްވަން ފެއްޓެވީ 2020 ޑިސެމްބަރ 09 ވަނަ ދުވަހުން ފެށިގެންނެވެ. 01 ޖޫން 2021 ގައި ކައުންސިލްތަކުގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން އިބުރާހީމް ޒާހިރުގެ މަޤާމު ވަނީ އެސިސްޓެންޓް ކައުންސިލް އެކްޒެކެޓިވް މަޤާމަށް ބަދަލުކުރެވިފައެވެ. 18 ޑިސެމްބަރ 2023 އިބްރާހިމް ޒާހިރު ވަނީ މިއިދާރާގެ ކައުންސިލް އެގްޒެކްޓިވްގެ މަޤާމަށް ބަދަލު ކުރައްވާފައެވެ. އަލްފާޟިލް އިބްރާހިމް ޒާހިރު މެދުނުކެނޑި އެކި ދާއިރާތަކުގައި ސަރުކާރަށް ޚިދުމަތް ކުރައްވާތާ 25 އަހަރު ވެއްޖެއެވެ.
އޭނާވަނީ ތަފާތު ދާއިރާތަކަކުން ކުރުމުއްދަތުގެ ވަރަށްގިނަ ތަމްރީންތަކެއް ފުރިހަމަކުރައްވާފައެވެ. މިގޮތުން އިންޓަރނޭޝަލް ޓްރޭނިން ޕްރޮގްރާމް އޮން އެންޓަޕްރިނިއަރޝިޕް އެން ސުމޯލް ބިޒިނަސް ޕްރޮމޯޝަން ޓްރޭނާރސް ޓްރޭނީ އާއި ލީޑަރޝިޕާއި، މެނޭޖްމަންޓްގެ ދާއިރާއިން ފުރިހަމަކުރައްވާފައިވާ ތަމްރީންތައް ފާހަގަކުރެވެއެވެ. އިންފޮމޭޝަން ޓެކްނޮލޮޖީއާއި، ބިޒްނަސް އެޑްމިންޓްރޭޝަންގެ ރޮގުން މަތީ ތަޢުލީމު ހާސިލްކުރައްވާފައިވާ އިބްރާހީމް ޒާހިރު ވަނީ ބެޗްލާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ޚާޞިލްކުރައްވާފައެވެ.
އަލްފާޟިލް އިބްރާހީމް ޒާހިރު މަސައްކަތް ކުރައްވަނީ މި އިދާރާގެ އެޓޯލް ސަޕޯޓް ސަވިސް ސެކްޝަނުގެ ވެރިޔެއްގެ ގޮތުގައެވެ. އަދާކުރައްވާ މަސްޢޫލިއްޔަތުތަގެ ތެރޭގައި ސެކްޝަނަށް އަންނަ މައްސަލަތައް ބަލައިގަނެ ކަމާބެހޭ މުވައްޒަފުން މެދުވެރިކޮށް ޖަވާބު ތައްޔާރުކުރަންޖެހޭ ލިއުންތަކުގެ ޖަވާބު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އަތޮޅުގެ ހުރިހާ ކައުންސިލްތަކުގެ އައިޓީއާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް އޯވަސީ ކުރުން އަދި އައިޓީ ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް މަސައްކަތްކުރުމުގައި އަރުވަންޖެހޭ ފަންނީ ލަފަޔާ މަޝްވަރާ އެރުވުމާއި، .އީ-ގަވަރމަންޓް، ސީ.އެސް ވިއުގަ އޮންލައިން ޕޯޓަލް އަދި މައި އެކައުންޓް، އީ-ފާސް އެކައުންޓް، ގެމެން އަދި ވުނަ ޕޯޓަލްތަކުން މުވައްޒަފުން މަސައްކަތް ކުރުމަށްޓަކައި ދޭންޖެހޭ ޓެކްނިކަލް ސަޕޯޓް ދިނުމާއި ޕޯޓަލް ތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި އެކަންކަން ޙައްލުކުރުމާއި، އަތޮޅު ކައުންސިލްގައި ޑިޖިޓަލް އާކައިވެއް ޤާއިމުކޮށް އެކަން ރަނގަޅު އިންތިޒާމެއްގެ ތެރެއިން ބެލެހެއްޓުންމާއި، ރަށްވެހި ޚިދުމަތްތައް ޒަމާނީ ކުރުމަށް ބޭނުންވާ ސޮފްޓްވެއަރ ކައުންސިލްގެ ލަފާގެ މަތިން ހޯދުމާއި އެ ކަމަށް މުވައްޒަފުން އަހުލުވެރިކުރުވުމާއި، މުވައްޒަފުން ތަމްރީނުކުރުމަށް ބަޖެޓްކުރުމާއި ހޭދަކުރުން ހުރިހާ ރަށުކައުންސިލްތަކުގައިވެސް އެއް އުސޫލަކުން ގެންދިއުމަށް ބާރުއެޅުމުގެ އިތުރުން މުވައްޒަފުން ތަމްރީނުކުރުމަށް ބަޖެޓްކުރުމާއި ހޭދަކުރުން ހުރިހާ ރަށުކައުންސިލްތަކުގައިވެސް އެއް އުސޫލަކުން ގެންދިއުމަށް ބާރުއެޅުމާއި، ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ ކަންކަމުގައި ގާނޫނީ ގޮތުން ލީގަލް އެންޑް ކޮމްޕްލަޔަންސް ޔުނިޓާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުމާއި ސެކްޝަންގެ އިސް މީހެއްގެ ޙައިސިއްޔަތުން އެހެން މުވައްޒަފުންނަށް އެހީތެރިކަން ދިނުމާއި، އިންފޮމޭޝަން ޓެކްނޮލޮޖީ ޔުނިޓްގެ އެންމެހާ މަސައްކަތްތައް ކައުންސިލާއި ސެކްރެޓަރީ ޖެނެލްގެ އިރުޝާދުގެ މަތީން ކުރުމާއި، ލީގަލް އެންޑް ކޮމްޕްލަޔަންސް ޔުނިޓްގެ އެންމެހާ މަސައްކަތްތައް ކައުންސިލާއި ސެކްރެޓަރީ ޖެނެލްގެ އިރުޝާދުގެ މަތީން ކުރުމާއި، ރަށުކައުންސިލްތަކުން ހިންގާ ޙަރަކާތްތައް ވިލަރެސް ކުރުމާއި އެކައުންސިލްތައް ހިނގާ ނުހިނގާގޮތް ބެލަމުން ގެންދިއުމާއި، މ. އަތޮޅުގެ އިދާރީ ދާއިރާގައި ހުންނަ ސަރުކާރުގެ އެއްމެހާ އިދާރާތަކަށް ބޭނުންވާ އެހީތެރިކަމާ އެއްބާރުލުން ދިނުމާއި، ސަރުކާރުގެ މިނިސްޓްރީތަކާއި އެކިއެކި އޮފީސްތަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކުގެ ތެރެއިން އެމިނިސްޓްރީ ތަކާއި އޮފީސްތަކުން އަތޮޅު ކައުންސިލް މެދުވެރިކޮށް މ. އަތޮޅުގައި ދޭންކަނޑައަޅާ އެޓޯލް ސަރޕޯރޓް ސަރވިސް ސެކްޝަނާ ގުޅޭ ޚިދުމަތްތައް ދިނުން ހިމެނެއެވެ.
ޢަޒްމަތު ޙަސަން – ކައުންސިލް އެގްޒެކެޓިވް
އޮފީސް ފޯނުނަންބަރު: 6724702
އީމެއިލް azmath.hassan@meem.gov.mv
18 ނޮވެމްބަރ 1998 ގައި ނުރަސްމީ ތަޢުލީމުދޭ މަރުކަޒުގެ ސެކްރެޓަރީ ގެ ވަޒީފާއިން ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވި އަލްފާޟިލާ ޢަޒްމަތު ޙަސަން ވަނީ ތަޢުލީމީ ދާއިރާގެ އެކިއެކި މުއައްސަސާ ތަކާއި ސްކޫލްތަކުގައި، ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި 12 އަހަރަށް ވުރެދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. މިގޮތުން ފަށާތަޢުލީމު އާއި މެދު މަދަރުސީ ތަޢުލީމު އުނގަންނަވައިދެއްވާ މުދައްރިސެއްގެ ގޮތުން ވަޒީފާ އަދާކުރައްވާފައިވެއެވެ. އަދި ހިންގުމުގެ ދާއިރާގައި ސްކޫލް އެޑްމިނިސްޓްރޭޓަރ ގެ މަޤާމުގެ އިތުރުން އެކްޓިންގ ލީޑަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައި ވެއެވެ.
2022 ނޮވެމްބަރ 22 ވަނަ ދުވަހުން ފެށިގެން އަލްފާޟިލާ އަޒްމަތު ޙަސަން މި އިދާރާގެ އެކައުންޓްސް އޮފިސަރުގެ މަޤާމް އަދާކުރައްވަން ފައްޓަވައި ބަޖެޓް އެންޑް ފައިނޭންސް ޔުނިޓް ހެޑެއްގެ ގޮތުގައި މަސައްކަތް ކުރައްވައި، 2024 ޑިސެމްބަރ 24 ވަނަ ދުވަހުން ފެށިގެން ވަނީ ކައުންސިލް އެގްޒެކެޓިވްގެ މަޤާމް އަދާކުރައްވަން ފައްޓަވާފައެވެ. އަލްފާޟިލާ އަޒްމާތު ޙަސަން މެދުނުކެނޑި އެކި ދާއިރާތަކުގައި ސަރުކާރަށް ޚިދުމަތް ކުރައްވާތާ 14 އަހަރު ވެއްޖެއެވެ.
އަލްފާޟިލާ އަޒްމަތު ޙަސަން ވަނީ ތަފާތު ދާއިރާތަކަކުން ވަރަށްގިނަ ތަމްރީންތަކެއް ފުރިހަމަކުރައްވާފައެވެ. މިގޮތުން ޓްރޭނާރސް އޮފް ޓްރޭނީ، ލީޑަރޝިޕާއި، ޓީޗިންގއާއި، މެނޭޖްމަންޓްގެ ދާއިރާއިން ފުރިހަމަކުރައްވާފައިވާ ތަމްރީންތައް ފާހަގަކުރެވެއެވެ. ޓީޗިންގއާއި، ބިޒްނަސް އެޑްމިންޓްރޭޝަންގެ ރޮގުން މަތީ ތަޢުލީމު ހާސިލްކުރައްވާފައިވާ އަޒްމަތު ޙަސަން ވަނީ ޑިޕްލޮމާ އިން ޕްރައިމަރީ ޓީޗިންގ އަދި ބެޗްލާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ޙާޞިލްކުރައްވާފައެވެ.
އަލްފާޟިލާ އަޒްމަތު ޙަސަން މަސައްކަތް ކުރައްވަނީ މި އިދާރާގެ އެޓޯލް ޑިވެލޮޕްމަންޓް ސެކްޝަނުގެ ވެރިޔެއްގެ ގޮތުގައެވެ. ޤާނޫނު ނަންބަރ: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ކައުންސިލާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުމާއި، ކައުންސިލް އިދާރާގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ޕަބވްލިކް ސަރވިސް ޔުނިޓާއި، ސްރެޖިކް ޕްލޭނިންގ އެންޑް ޕްރޮޖެކްޓް މަނޭޖްމަންޓް ޔުނިޓްގެ އެންމެހާ މަސައްކަތްތައް ސެކްރެޓަރީ ޖެނެރަލްގެ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުމާއި، ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނު އަދި އެނޫންވެސް ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި މިފަދަ ތަންތަން އެހެން ފަރާތަކަށް ކުއްޔަށް ދޫކުރުމާއި ދިނުމާއި، މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި އަދި މިއިންވެސްޓް މަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުރުމާއިބެހޭ ކަންތައްތައް ކުރުމާއި، އިގްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކް ކުރުމާއި، ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި، އެފަދަ ދަރަނިތަކުގެ ޙިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ޙައްޤުތަކާއި މަސްލަޙަތުތަކުގައި މިލްކިޔާތުތައް ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި ތަފާތު އެކި ކަންކަމަށް ފަންޑު އުފެއްދުމުގެ މަސައްކަތް ކުރުމާއި، ކައުންސިލްއިން ދޫކުރާ ލޯން ސްކީމާއި، ކުރެޑިޓް ސްކީމްތަކުގެ އެންމެހައި މަސައްކަތްތައް ކައުންސިލްގެ މަޝްވަރާގެ މަތިން، ގަވާއިދާ އުސޫލުތަކާއި އެއްގޮތަށް ހިންގާ ބެލެހެއްޓުމާއި، ރަށުކައުންސިލްތަކުން ހިންގާ ޙަރަކާތްތައް ވިލަރެސް ކުރުމާއި އެކައުންސިލްތައް ހިނގާނުހިނގާގޮތް ބެލުން ހިމެނެއެވެ.
މޫސާ ފާއިޒު – އެސިސްޓެންޓް ފައިނޭންސް އޮފިސަރ
އޮފީސް ފޯނުނަންބަރު: 6724712
އީމެއިލް moosa.faiz@meem.gov.mv
16 އޮކްޓޯބަރ 1988ވަނަ އަހަރުން ފެށިގެން، މުލަކަތޮޅު މުލީ ކޯޓްގެ މަސައްކަތު މީހެއްގެ ވަޒީފާއިން ސަރުކާރަށް ޚިދުމަތްކުރަން ފެއްޓެވި އަލްފާޟިލް މޫސާ ފާއިޒު ވަނީ، މ. މުލީ ކޯޓުގެ މަސައްކަތު މީހެއްގެ ވަޒީފާގައި، 1އަހަރާ 6މަސްދުވަހު ޚިދުމަތް ކުރައްވާފައި ވެއެވެ. އަދި މުލަކަތޮޅު އަތޮޅު އޮފީހުގެ ކާތިބުކަމުގެ ވަޒީފާއިން، ސެކްރެޓަރީ ކަމުގެ ވަޒީފާ އާއި ހަމައަށް، 21 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވާފައި ވެއެވެ. އެއަށްފަހު 03 އޯގަސްޓް 2011 ވަނަ އަހަރުންފެށިގެން މޫސާ ފާއިޒު ހުންނެވީ މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ފައިނޭންސް އޮފިސަރުގެ ވަޒީފާގައެވެ. މޫސާ ފާއިޒަކީ، މިއިދާރާގައި 2020ވަނަ އަހަރު އުފައްދާފައިވާ، "މުލަކަތޮޅު އަތޮޅު ކައުންސިލްގެ ރެކްރިއޭޝަން ކްލަބު" ގެ ފުރަތަމަ ދައުރުގެ ރައީސްވެސް މެއެވެ. އަލްފާޟިލް މޫސާ ފާއިޒު ވަނީ، އެކި ދާއިރާތަކުގައި މެދުނުކެނޑި 35 އަހަރަށްވުރެ ގިނަދުވަހު ސަރުކާރަށް ޚިދުމަތް ކުރައްވާފައެވެ.
އަލްފާޟިލް މޫސާ ފާއިޒު މަސައްކަތް ކުރައްވަނީ މި އިދާރާގެ ކޯޕަރޭޓް އެފެއަރޒް ސެކްޝަނުގައެވެ. އަދާކުރާ ވަޒީފާގެ ޒިންމާތަކުގެ ތެރޭގައި ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ ނިޔަލަށް ކައުންސިލް އިދާރާގެ ލަފާކުރާ ބަޖެޓް ތައްޔާރުކުރުމާއި، ކޮންމެ އަހަރަކު ދަޢުލަތުން ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ މިންވަރު ކަނޑައެޅުމުން ޖެނުއަރީ 15 ގެ ކުރިން ހިނގަމުންދާ އަހަރަށް ބަޖެޓު ތައްޔާރުކޮށް، ކައުންސިލަށް ހުށަހަޅައި، ކައުންސިލުން ފާސްކުރުމުން ވިޔަ މޮޑިއުލްއަށް އަޅައި، ބަޖެޓް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުމާއި، އެކަމާގުޅޭ ހިސާބުތަކާއި ލިޔެކިއުންތައް ބެލެހެއްޓުމާއި، އަދި ރަށު ކައުންސިލްތަކުގެ ބަޖެޓާއެކު ލޯކަލް ގަވަރުމަންޓް އޮތޯރިޓީއަށް ފޮނުވުމާއި، ކައުންސިލްގެ އިދާރާގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް މަހުންމަހަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތްތަކުގެ ހިސާބުތައް ތައްޔާރުކޮށް، ކޮންމެ މީލާދީ މަހެއްގެ ރަސްމީ އެންމެފަހު ދެ ދުވަހުންކުރެ ދުވަހެއްގައި މުވައްޒަފުންނަށް މުސާރަ ދިނުމާއި، އެކަމާގުޅޭ ހިސާބުތަކާ ލިޔެކިއުންތައް ރަގަޅަށް ބެލެހެއްޓުމާއި، އަތޮޅު ކައުންސިލްގެ މާލީ ބަޔާން މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ކައުންސިލް އިދާރާގެ ރަސްމީ ތިޖޫރި ބެލެހެއްޓުމާއި، ޤަވާޢިދުން ތިޖޫރީ ރިޕޯޓްހަދާ ސޮއިކުރަންޖެހޭ ފަރާތްތަކުގެ ސޮއި ހޯދައި ރިޕޯޓްތައް ބެލެހެއްޓުމާއި، ބަޖެޓުން ހަރަދުކުރުމަށް ބޭނުންވާ ޕޭމަންޓް ވައުޗަރތައް ތައްޔާރުކޮށް، ފައިސާ ހަރަދު ކުރުމާއި ކަމާގުޅުންހުރި ރިޕޯޓްތަށް އަޕްޑޭޓްކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި އެކައުންޓްތަކުގެ ވައުޗަރ އަދި ޗެކްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި އެކައުންޓްތައް ރީކޮންސިލޭޝަން ސްޓޭޓްމަންޓް ކޮންމެ މަހަކު ތައްޔާރުކުކޮށް ބެލެހެއްޓުމާއި ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުމާއި، ބަޖެޓް ރިވައިޒް ކުރަންޖެހޭ ޙާލަތްތަކުގައި، ގެންނަންޖެހޭ ބަދަލު ގެނައުމާގުޅޭގޮތުން ތައްޔާރު ކުރަންޖެހޭ ބަޖެޓްކޮންޓްރޯލް ތައްޔާރުކޮށް، ކައުންސިލުން ފާސްކުރުމަށް ފޮނުވުމާއި، ކައުންސިލުން ފާސްކުރުމުން ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ކައުންސިލް އިދާރާގެ މުވައްޒަފުންގެ ޕެންޝަން ސްކީމާއި ކްރެޑިޓް ސްކީމަށް މަހުންމަހަށް ދައްކަންޖެހޭ ފައިސާދައްކައި، ދެއްކި ފައިސާގެ ހިސާބު ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވައި ހިސާބުތައް ފުރިހަމައަށް ބެލެހެއްޓުމާއި، އަތޮޅު ކައުންސިލް އިދާރާއަށް ޢާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ މަސްދުވަހުގެ ހިސާބު، ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ތައްޔާރު ކުރުމާއި، ރަށު ކައުންސިލްއިދާރާތަކަށް ޢާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ މަސްދުވަހުގެ ރިޕޯޓް ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ހޯދާ ބެލެހެއްޓުމާއި، އަދި އަތޮޅު ރައްޔިތުންގެ ވިޔަފާރި ތަފްޞީލް ރިޕޯޓް (މާލަމް، ވެހި، ކުރި އަދި ސްޓޭޓްހައުސް އާއި އަތޮޅު ރައްޔިތުންގެ އެހެނިހެން ޢިމާރާތްތަކުގެ) މަހަކު އެއްފަހަރު ރިޕޯރޓް ތައްޔާރުކޮށް ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ މުއްދަތަށް ފޮނުވައި އިންފޯރމޭޝަން އޮފިސަރާ ޙަވާލުކޮށް ވެބްސައިޓްގައި ޢާއްމުކުރުމާއި، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ކައުންސިލަށް ފައިސާ ބަލައިގަތުމާ ބެހޭ އެންމެހާ މަސައްކަތްތައް ކުރުން ހިމެނެއެވެ.
ޢާއިޝަތު ޢަފީފާ – ސީނިއަރ ކައުންސިލް އޮފިސަރ
އޮފީސް ފޯނުނަންބަރު: 6724706
އީމެއިލް aishath.afeefa@meem.gov.mv
އަލްފާޟިލާ ޢާއިޝަތު ޢަފީފާ މުލަކަތޮޅު އަތޮޅު އޮފީހާ ގުޅިވަޑައިގެންނެވީ 08 އޯގަސްޓް 2000 ގައި ކާތިބު ކަމުގެ މަޤާމަށެވެ. ޢާއިޝަތު ޢަފީފާ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ބަދަލުކުރެއްވީ 03 އޯގަސްޓް 2011 ގައެވެ. 01 ޖޫން 2021 ގައި ކައުންސިލްތަކުގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން ޢާއިޝަތު ޢަފީފާގެ މަޤާމު ވަނީ އެސިސްޓެންޓް ކައުންސިލް އޮފިސަރުގެ މަޤާމަށް ބަދަލުކުރެވިފައެވެ. 07 ޖެނުއަރީ 2024 ގައި ޢާއިޝަތު ޢަފީފާ ވަނީ މިއިދާރާގެ ސީނިއަރ ކައުންސިލް އޮފިސަރގެ މަޤާމަށް ބަދަލު ކުރައްވާފައެވެ. އަލްފާޟިލާ ޢާއިޝަތު ޢަފީފާ ސަރުކާރުގެ ޚިދުމަތުގައި އުޅުއްވާތާ 24 އަހަރު ވެއްޖެއެވެ. ޢާއިޝަތު ޢަފީފާ އަދާކުރެއްވި މަޤާމު ތަކުގެ ތެރޭގައި ކާތިބުކަމާއި، ސެކްރެޓަރީކަމުގެ މަޤާމް ހިމެނެއެވެ.
އަލްފާޟިލާ ޢާއިޝަތު ޢަފީފާ މަސައްކަތް ކުރައްވަނީ މި އިދާރާގެ ކޯޕަރޭޓް އެފެއަރޒް ސެކްޝަނުގައެވެ. އަދާކުރާ ވަޒީފާގެ ޒިންމާތަކުގެ ތެރޭގައި ރަމަޟާން މަހު އަތޮޅުގައި ދީނީ ނަސޭޙަތްދިނުމުގެ ޕްރޮގްރާމް ރާވާ ހިންގުމާއި، އެކިއެކި ކަންކަމަށް އަތޮޅަށް ވަޑައިގަންނަވާ ސަރުކާރުގެ އިސްވެރިންގެ ޓީމުތަކަށް ދޭންޖެހޭ އެހީތެރިކަން ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި، އަތޮޅު ކައުންސިލް އިދާރާ ހުޅުވާ ލެއްޕުމުގެ އިންތިޒާމުތަކާއި ރަމަޟާން މަހާއި ޝައްވާލުމަހުގެ ހަނދުބެލުމުގެ އިންތިޒާމް ސެކްޝަންގެ ވެރިޔާގެ އިދުޝާދުގެ މަތީން ހަމަޖެއްސުމާއި، ރިސެޕްޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވައި ބެލެހެއްޓުމާއި، މުވައްޒަފުންގެ ވަޒީފާ ބަޔާންތަކާއި ވަޒީފާގެ އެއްބަސްވުންތައް ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ މަތީން ތައްޔާރުކޮށް މުވައްޒަފުންނާ މަސައްކަތް ޙަވާލުކުރުމާއި، އަތޮޅު ކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގު ދަށުގައިވާ ތަންތަނުގެ އިންވެންޓްރީ ލިޔެ ބެލެހެއްޓުމާއި، ސްޓޮކް ބެލެހެއްޓުމާއި ސްޓޮކް ކުރެވޭ ތަކެތީގެ ކޮންމެ އައިޓަމެއްގެ ބާކީ އެނގޭނެ ގޮތަށް ސްޓޮކް ބަކީ ބެލެހެއްޓުމާއި، ސްޓޮކަށް ހޯދާ ތަކެތި ގެނައުމުން، ގެނައި ތަކެއްޗަކީ އޯޑަރ ފޯމުގައިވާ ތަކެތިތޯ ބެލުން އަދި އެފަދަ ތަކެތި މާލިއްޔަތު ގަވާއިދާއި އެއްގޮތަށް އަނބުރާ ދައްކާގޮތަށް އެކިފަރާތްތަކަށް ދޫކޮށް އެތަކެތި އަނބުރާ ލިބުނުކަން ކަށަވަރުކުރުމާއި، އަތޮޅު ކައުންސިލް އިދާރާއަށް މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާއި، އިޞްލާޙީ ފިޔަވަޅު އެޅުމާއި، ޕްރޮމޯޝަން ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، އަތޮޅު ކައުންސިލާއި އަތޮޅު ކައުންސިލް ބެލުމުގެ ދަށުގައިވާ ތަންތަނުގެ މުވައްޒަފުންގެ ދާއިމީ ރަޖިސްޓަރީއާއި ވަގުތީ މުވައްޒަފުންގެ ރަޖިސްޓަރީއަށް އަންނަ އުނިއިތުރު ލިޔެ ބެލެހެއްޓުމާއި މުވައްޒަފުންގެ ރެކޯޑްފައިލްތައް ބެލެހެއްޓުމާއި، އަތޮޅުކައުންސިލް އިދާރާއާއި، އެއިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ މުވައްޒަފުންގެ ޙާޟިރީ އާއި ޗުއްޓީ އާއި ސަލާމްގެ ރެކޯޑް ބެލެހެއްޓުމާއި އިތުރުގަޑީގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުގަޑީގެ ރިޕޯރޓާއި ގަޑީލާރީގެ ރިޕޯޓް ކޮންމެ މަހެއްގެ 17 ގެ ކުރިން ތައްޔާރުކޮށް ކަމާގުޅުންހުރި މުވައްޒަފުންނާއި ޙަވާލުކުރުމާއި، ކަމާ ގުޅޭ އެހެނިހެން ފަރާތްތަކަށް ފޮނުވުމާއި، މުވައްޒަފުންގެ ފައިލްތައް ދުވަހުން ދުވަހަށް އަދާހަމަކޮށް ބެލެހެއްޓުމާއި، އަތޮޅު ކައުންސިލް މުވައްޒަފުންގެ ޗުއްޓީ ތާވަލް ކޮންމެ އަހަރެއް ފެށުމުން ސުޕަވައިޒަރުން މެދުވެރިކޮށް ހަދައި އެ ތާވާލު މުވައްޒަފުންނަށް ފެންނާނޭހެން ބެހެއްޓުމާއި، އަތޮޅު ކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގެދަށުގައިވާ ތަންތަނުގެ މުވައްޒަފުންނަށް ޗުއްޓީ ދިނުމުގެ އިދާރީ މަސައްކަތް ކުރުމާއި، ސެކްޝަންގެ ވެރިޔާ އަންގަވާގޮތުގެ މަތީން އަތޮޅު ކައުންސިލްގެ އިދާރާގެ އޮގަނައިޒޭޝަން ޗާޓު ތައްޔާރު ކުރުމާއި މުވައްޒަފުންނަށް ލިބެންޖެހޭ މުސާރައިގެ ކުރި އެރުން ހޯދައި ދިނުމަށް ހަމަޖެހިފައިވާ ޤަވާއިދާ އުސޫލުގެ ތެރެއިން މަސައްކަތްކުރުން ހިމެނެއެވެ
އާމިނަތު އާސިފާ – ސީނިއަރ ކައުންސިލް އޮފިސަރ
އޮފީސް ފޯނުނަންބަރު: 6724708
އީމެއިލް aminath.asifa@meem.gov.mv
އަލްފާޟިލާ އާމިނަތު އާސިފާ މުލަކަތޮޅު އަތޮޅު އޮފީހާ ގުޅިވަޑައިގެންނެވީ 22 އޮކްޓޯބަރ 2003 ގައި އެސިސްޓެންޓް ސެކްރެޓަރީ ކަމުގެ މަޤާމަށެވެ. އާމިނަތު އާސިފާ އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރގެ މަޤާމަށް ބަދަލްކުރެއްވީ 03 އޯގަސްޓް 2011 ގައެވެ. 01 ޖޫން 2021 ގައި ކައުންސިލްތަކުގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން އާމިނަތު އާސިފާގެ މަޤާމު ވަނީ އެސިސްޓެންޓް ކައުންސިލް އޮފިސަރުގެ މަޤާމަށް ބަދަލުކުރެވިފައެވެ. 12 ސެޕްޓެމްބަރ 2023 ގައި އާމިނަތު އާސިފާ ވަނީ މިއިދާރާގެ ސީނިއަރ ކައުންސިލް އޮފިސަރގެ މަޤާމަށް ބަދަލު ކުރައްވާފައެވެ. އާމިނަތު އާސިފާ އަދާކުރެއްވި މަޤާމު ތަކުގެތެރޭގައި އެސިސްޓެޓް ސެކްރެޓަރީކަމުގެ މަޤާމާއި، ސެކްރެޓަރީކަމުގެ މަޤާމް ހިމެނެއެވެ. އާމިނަތު ޢާސިފާވަނީ މި އިދާރާގެ އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓް، އެޑްމިން، އެޗްއާރ އެންޑް އިންފޮމޭޝަން ޔުނިޓް، އަދި ބަޖެޓް އެންޑް ފައިނޭންސް ޔުނިޓްގައި މަސައްކަތްކުރައްވާފައެވެ. އަލްފާޟިލާ އާމިނަތު އާސިފާ ސަރުކާރުގެ ޚިދުމަތުގައި އުޅުއްވާތާ 21 އަހަރު ވެއްޖެއެވެ.
އަލްފާޟިލާ އާމިނަތު އާސިފާ މަސައްކަތް ކުރައްވަނީ މި އިދާރާގެ ކޯޕަރޭޓް އެފެއަރޒް ސެކްޝަނުގައެވެ. އަދާކުރާ ވަޒީފާގެ ޒިންމާތަކުގެ ތެރޭގައި ރަމަޟާން މަހު އަތޮޅުގައި ދީނީ ނަސޭޙަތްދިނުމުގެ ޕްރޮގްރާމް ރާވާ ހިންގުމާއި، ގެނެވޭ ވާއިޒުންގެ އެންމެހާ ކަންތައްތައް ސެކްޝަންގެ ވެރިޔާގެ މަޝްވަރާއާއެކު ހިންގާ ބެލެހެއްޓުމާއި، އެކިއެކި ކަންކަމަށް އަތޮޅަށް ވަޑައިގަންނަވާ ސަރުކާރުގެ އިސްވެރިންގެ ޓީމުތަކަށް ދޭންޖެހޭ އެހީތެރިކަން ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި، އަތޮޅު ކައުންސިލް އިދާރާ ހުޅުވާ ލެއްޕުމުގެ އިންތިޒާމުތަކާއި ރަމަޟާން މަހާއި ޝައްވާލުމަހުގެ ހަނދުބެލުމުގެ އިންތިޒާމް ސެކްޝަންގެ ވެރިޔާގެ އިދުޝާދުގެ މަތީން ހަމަޖެއްސުމާއި، ރިސެޕްޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވައި ބެލެހެއްޓުމާއި، މުވައްޒަފުންގެ ވަޒީފާ ބަޔާންތަކާއި ވަޒީފާގެ އެއްބަސްވުންތައް ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ މަތީން ތައްޔާރުކޮށް މުވައްޒަފުންނާ މަސައްކަތް ޙަވާލުކުރުމާއި، އަތޮޅު ކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގު ދަށުގައިވާ ތަންތަނުގެ އިންވެންޓްރީ ލިޔެ ބެލެހެއްޓުމާއި، ސްޓޮކް ބެލެހެއްޓުމާއި ސްޓޮކް ކުރެވޭ ތަކެތީގެ ކޮންމެ އައިޓަމެއްގެ ބާކީ އެނގޭނެ ގޮތަށް ސްޓޮކް ބަކީ ބެލެހެއްޓުމާއި، ސްޓޮކަށް ހޯދާ ތަކެތި ގެނައުމުން، ގެނައި ތަކެއްޗަކީ އޯޑަރ ފޯމުގައިވާ ތަކެތިތޯ ބެލުން އަދި އެފަދަ ތަކެތި މާލިއްޔަތު ގަވާއިދާއި އެއްގޮތަށް އަނބުރާ ދައްކާގޮތަށް އެކިފަރާތްތަކަށް ދޫކޮށް އެތަކެތި އަނބުރާ ލިބުނުކަން ކަށަވަރުކުރުމާއި، އަތޮޅު ކައުންސިލް އިދާރާއަށް މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާއި، އިޞްލާޙީ ފިޔަވަޅު އެޅުމާއި، ޕްރޮމޯޝަން ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުން އަދި އަތޮޅު ކައުންސިލާއި އަތޮޅު ކައުންސިލް ބެލުމުގެ ދަށުގައިވާ ތަންތަނުގެ މުވައްޒަފުންގެ ދާއިމީ ރަޖިސްޓަރީއާއި ވަގުތީ މުވައްޒަފުންގެ ރަޖިސްޓަރީއަށް އަންނަ އުނިއިތުރު ލިޔެ ބެލެހެއްޓުމާއި މުވައްޒަފުންގެ ރެކޯޑްފައިލްތައް ބެލެހެއްޓުމާއި، އަތޮޅުކައުންސިލް އިދާރާއާއި، އެއިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ މުވައްޒަފުންގެ ޙާޟިރީ އާއި ޗުއްޓީ އާއި ސަލާމްގެ ރެކޯޑް ބެލެހެއްޓުމާއި އިތުރުގަޑީގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުގަޑީގެ ރިޕޯރޓާއި ގަޑީލާރީގެ ރިޕޯޓް ކޮންމެ މަހެއްގެ 17 ގެ ކުރިން ތައްޔާރުކޮށް ކަމާގުޅުންހުރި މުވައްޒަފުންނާއި ޙަވާލުކޮށް، ކަމާ ގުޅޭ އެހެނިހެން ފަރާތްތަކަށް ފޮނުވުމާއި، މުވައްޒަފުންގެ ފައިލްތައް ދުވަހުން ދުވަހަށް އަދާހަމަކޮށް ބެލެހެއްޓުމާއި، އަތޮޅު ކައުންސިލް މުވައްޒަފުންގެ ޗުއްޓީ ތާވަލް ކޮންމެ އަހަރެއް ފެށުމުން ސުޕަވައިޒަރުން މެދުވެރިކޮށް ހަދައި އެ ތާވަލު މުވައްޒަފުންނަށް ފެންނާނޭހެން ބެހެއްޓުން އަދި އަތޮޅު ކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގެދަށުގައިވާ ތަންތަނުގެ މުވައްޒަފުންނަށް ޗުއްޓީ ދިނުމުގެ އިދާރީ މަސައްކަތް ކުރުމާއި، ސެކްޝަންގެ ވެރިޔާ އަންގަވާގޮތުގެ މަތީން އަތޮޅު ކައުންސިލްގެ އިދާރާގެ އޮގަނައިޒޭޝަން ޗާޓު ތައްޔާރު ކުރުމާއި މުވައްޒަފުންނަށް ލިބެންޖެހޭ މުސާރައިގެ ކުރި އެރުން ހޯދައި ދިނުމަށް ހަމަޖެހިފައިވާ ޤަވާއިދާ އުސޫލުގެ ތެރެއިން މަސައްކަތްކުރުން ހިމެނެއެވެ.
މުޙައްމަދު މައުޖޫދު – ސީނިއަރ ކައުންސިލް އޮފިސަރ
އޮފީސް ފޯނުނަންބަރު: 6724711
އީމެއިލް mohamed.maujood@meem.gov.mv
އަލްފާޟިލް މުޙައްމަދު މައުޖޫދު ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 15 ނޮވެމްބަރ 2005 ގައި ހއ. ވަށަފަރު މަދަރުސާގެ ސެކްރެޓަރީކަމުގެ މަޤާމުންނެވެ. އެވަޒީފާގައި 3 އަހަރެއްހާދުވަހު ޚިދުމަތްކުރެއްވުމަށްފަހު 13 ޖުލައި 2008 ގައި މ. މުލީ ކައުންސިލްގެ ސެކްރެޓަރީއެއްގެ މަޤާމަށް ބަދުލުވިއެވެ. މުޙައްމަދު މައުޖޫދު 01 ފެބުރުއަރީ 2009 ގައި ވަނީ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ބަދަލުކުރައްވާފައެވެ. އެ ވަޒީފާއިން 28 ޖޫން 2011 ގައި ވަކިވެވަޑައިގެންނެވުމަށްފަހު، އަލުން ސަރުކާރާއި ގުޅިވަޑައިގެންނެވީ 28 އޮކްޓޯބަރ 2014 ގައި މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެސިސްޓެންޓް ލައިބްރޭރިއަންގެ މަޤާމަށެވެ. އެ މަޤާމުގައި 9 އަހަރަށްވުރެ ދިގުމުއްދަތުގައި ޚިދުމަތްކުރެއްވުމަށްފަހު މިއިދާރާއާއި ގުޅިވަޑައިގެންނެވީ 28 ޖެނުއަރީ 2024 ގައި ސީނިއަރ ކައުންސިލް އޮފިސަރގެ މަޤާމަށެވެ. އަލްފާޟިލް މުޙައްމަދު މައުޖޫދު ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 15 އަހަރު ވެއްޖެއެވެ. މުޙައްމަދު މައުޖޫދު ވަނީ އޮފީސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓުގެ ދާއިރާއިން ޑިޕްލޮމާ ޙާޞިލްކުރައްވާފައެވެ.
އަލްފާޟިލް މުޙައްމަދު މައުޖޫދު މަސައްކަތް ކުރައްވަނީ މި އިދާރާގެ ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ޔުނިޓުގައެވެ. މައިގަނޑު މަސައްކަތަކީ މ. އަތޮޅުގެ ކައުންސިލްތަކުގައި ތިއްބަވާ މުވައްޒަފުން ތަމްރީނުކުރުމަށް ބަޖެޓްކުރުމާއި ހޭދަކުރުން ހުރިހާ ރަށުކައުންސިލްތަކުގައިވެސް އެއް އުސޫލަކުން ގެންދިއުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމާއި، މުވައްޒަފުން ތަމްރީނުކުރުމުގެ ހަރަކާތަކީ ވިލަރެސްކުރެވި، ޚަރަދު ކުޑަގޮތެއްގައި ހިންގޭ ހަރަކާތަކަށް ހެދުމަށް މަސައްކަތްކުރުމާއި، މ. އަތޮޅުގެ ކައުންސިލް އިދާރާތަކުގެ ކޮންމެ މުވައްޒަފަކީވެސް އެ މުވައްޒަފެއްގެ ވަޒީފާ އާއި ގުޅޭ ހުނަރުތައް އުނގެނުމާއި މުޠާލިޔާ ކުރުމުގެ ތަމްރީނުތަކުގައި މަދުވެގެން އަހަރަކު 6 ގަޑިއިރު ފުރިހަމަ ކުރުމުގެ ފުރުޞަތު ލިބިދެވޭ މުވައްޒަފަކަށް ހެދުމަށް މަސައްކަތްތައް ކުރުމާއި، ކައުންސިލް އިދާރާތަކުގެ ޚިދުމަތް ދިނުމުގެ އާންމު އުސޫލުތަކާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއި ގުޅިގެން މަސައްކަތުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުތަކަށް މުވައްޒަފުން ހޭލުންތެރިކޮށް ތާޒާކުރުމުގެ ރިފްރެޝްމަންޓް ޕްރޮގްރާމްތައް ރާވާ ހިންގުމުގައި ބައިވެރިވުމާއި، އަތޮޅު ކައުންސިލް އިދާރާއިންނާއި އެކިފަރާތްތަކުން ކައުންސިލް އިދާރާއާއި ގުޅިގެން ހިންގަވާ މުވައްޒަފުން ބިނާކުރުމާބެހޭ ވޯކްޝޮޕް، ސެމިނާ، އަދި ބައްދަލުވުންތައް ސެކްޝަންގެ ވެރިޔާގެ މަޝްވަރާގެ މަތިން ހިންގުމެވެ. މ. އަތޮޅުގެ ކައުންސިލް އިދާރާތަކުގެ ކުރިއަށް އޮތް އަހަރަށް ބޭނުންވާ ތަމްރީނުތައް ހިނގަމުންދާ އަހަރުގެ ޖޫން މަސް ނިމުމުގެ ކުރިން ހޯދާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރުމާއި، އަދި މި ޕްލޭން ސީއެސްޓީއައި އަށް ފޮނުވުމާއި، ކައުންސިލް އިދާރާތަކުގެ ޚިދުމަތް ދިނުމުގެ އާންމު އުސޫލުތަކާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއި ގުޅިގެން މަސައްކަތުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުތަކަށް މުވައްޒަފުން ހޭލުންތެރިކޮށް ތާޒާކުރުމުގެ ރިފަރެޝްމަންޓް ޕްރޮގްރާމްތައް ރާވާ ހިންގުމުގައި ބައިވެރިވުމާއި، ތަފާތު ތަޖުރިބާ މުވައްޒަފުންނަށް ހޯދައި ދިނުމުގެ ގޮތުން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކާއި ގުޅިގެން އެތަންތަނުގައި މަސައްކަތްތައް ކުރަމުންދާގޮތްތައް ބަލާ ތަޖުރިބާ ކުރުމުގެ ގޮތުން، ތަޖުރިބާ ދަތުރުތައް ތަމްރީނު ކުރުމުގެ ޕްލޭންތެރޭގައި ހިމަނާ މުވައްޒަފުން ބައިވެރިކުރުމަށް ޔުނިޓުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ސެކްޝަންގެ ވެރިޔާ އަންގަވާގޮތުގެ މަތީން އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ތަފާތު ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައި ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ސީއެސްޓީއައި އާއި ގުޅިގެން މުވައްޒަފުންނަށް އެންމެ ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށް އެފަދަ ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމާއި، ސަރުކާރުގެ އޮފީސްތަކުން އަތޮޅުކައުންސިލާއި ގުޅިގެން ހިންގާ އެންމެހާ ޓްރެއިންގް ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިކަން ދިނުމާއި އެޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ.
އަޙްމަދު ޝަރީފު – އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް
އޮފީސް ފޯނުނަންބަރު: 6724710
އީމެއިލް ahmed.shareef@meem.gov.mv
އަލްފާޟިލް އަޙްމަދު ޝަރީފު މުލަކަތޮޅު އަތޮޅު އޮފީހާ ގުޅިވަޑައިގެންނެވީ 17 މާޗް 2014 ގައި އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރކަމުގެ މަޤާމަށެވެ. 01 ޖޫން 2021 ގައި ކައުންސިލްތަކުގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން އަޙްމަދު ޝަރީފުގެ މަޤާމު ވަނީ އެސިސްޓެންޓް ކައުންސިލް އޮފިސަރުގެ މަޤާމަށް ބަދަލުކުރެވިފައެވެ. 09 ޖެނުއަރީ 2024 ގައި އަޙްމަދު ޝަރީފް ވަނީ މިއިދާރާގެ އެސިސްޓެންޓް ކައުންސިލް އެކްޒެކެޓިވްގެ މަޤާމަށް ބަދަލު ކުރައްވާފައެވެ. އަލްފާޟިލް އަޙްމަދު ޝަރީފު މެދުނުކެނޑި ސަރުކާރުގެ ޚިދުމަތުގައި އުޅުއްވާތާ 10 އަހަރު ވެއްޖެއެވެ.
އަލްފާޟިލް އަޙްމަދު ޝަރީފް މަސައްކަތް ކުރައްވަނީ މި އިދާރާގެ ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ޔުނިޓުގައެވެ. އަދާކުރައްވާ ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތު ތަކަކީ މ. އަތޮޅު ކައުންސިލްގެ ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ޔުނިޓްގެ މަސައްކަތް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލާއި، ސީނިއަރ ކައުންސިލް އެގްޒެކެޓިވްގެ ލަފާގެ މަތިން ރާވާހިންގުމާއި، މުވައްޒަފުން ތަމްރީނުކުރުމަށް ބަޖެޓްކުރުމާއި ހޭދަކުރުން ހުރިހާ ރަށުކައުންސިލްތަކުގައިވެސް އެއް އުސޫލަކުން ގެންދިއުމަށް ބާރުއެޅުމާއި، މުވައްޒަފުން ތަމްރީނުކުރުމުގެ ހަރަކާތަކީ ވިލަރެސްކުރެވި، ލިބިފައިވާ ވަސީލަތްތައް އޭގެ އެންމެ ފުރިހަމަ އަދި ޚަރަދު ކުޑަގޮތެއްގައި ބޭނުންކުރެވިގެން ހިންގޭ ހަރަކާތަކަށް ހެދުމާއި، ތަމްރީނު ކުރުމުގެ ޚިދުމަތަކީ " ކެރިއަރ ބޭސްޑް " ޚިދުމަތަކަށް ހެދުމުގެ ގޮތުން " ލައިފް ލޯންގ ލަރނިންގ " އަށް މުވައްޒަފުންގެ ޝައުގުވެރިކަމާ ސަމާލުކަން އިތުރުކޮށް، ތަމްރީނުވުމަށް ބާރުއެޅުމުގެ ޙަރަކާތްތައް ހިންގުމާއި، މ. އަތޮޅު ކައުންސިލް އިދާރާތަކުގެ ކޮންމެ މުވައްޒަފަކީވެސް އެ މުވައްޒަފެއްގެ ވަޒީފާ އާއި ގުޅޭ ހުނަރުތައް އުނގެނުމާއި މުޠާލިޔާ ކުރުމުގެ ތަމްރީނުތަކުގައި މަދުވެގެން އަހަރަކު 6 ގަޑިއިރު ފުރިހަމަ ކުރުމުގެ ފުރުޞަތު ލިބިދެވޭ މުވައްޒަފަކަށް ހެދުމާއި، ކައުންސިލް އިދާރާތަކުގެ ޚިދުމަތް ދިނުމުގެ އާންމު އުސޫލުތަކާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއި ގުޅިގެން މަސައްކަތުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުތަކަށް މުވައްޒަފުން ހޭލުންތެރިކޮށް ތާޒާކުރުމުގެ ރިފަރެޝްމަންޓް ޕްރޮގްރާމްތައް ރާވާ ހިންގުމާއި، ތަފާތު ތަޖުރިބާ މުވައްޒަފުންނަށް ހޯދައި ދިނުމުގެ ގޮތުން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކާއި ގުޅިގެން އެތަންތަނުގައި މަސައްކަތްތައް ކުރަމުންދާގޮތްތައް ބަލާ ތަޖުރިބާ ކުރުމުގެ ގޮތުން، ތަޖުރިބާ ދަތުރުތައް ތަމްރީނު ކުރުމުގެ ޕްލޭނުގެ ތެރޭގައި ހިމަނާ މުވައްޒަފުން ބައިވެރިކުރުމާއި، އަތޮޅު ކައުންސިލް އިދާރާއިންނާއި އެކިފަރާތްތަކުން ކައުންސިލް އިދާރާއާއި ގުޅިގެން ހިންގަވާ މުވައްޒަފުން ބިނާކުރުމާބެހޭ ވޯކްޝޮޕް، ސެމިނާ، އަދި ބައްދަލުވުންތައް ސެކްޝަންގެ ވެރިޔާގެ މަޝްވަރާގެ މަތިން އިންތިޒާމް ކުރުމާއި، ސެކްޝަންގެ ވެރިޔާ އަންގަވާގޮތުގެ މަތީން އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ތަފާތު ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައި ދިނުމަށް ފުރުޞަޠު ދިނުން އަދި ސީއެސްޓީއައި އާއި ގުޅިގެން މުވައްޒަފުންނަށް އެންމެ ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ރާވާ ހިންގުމާއި، ސަރުކާރުގެ އޮފީސްތަކުން އަތޮޅުކައުންސިލާއި ގުޅިގެން ހިންގާ އެންމެހާ ޓްރެއިންގް ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިކަންދިނުން ހިމެނެއެވެ.
މުޙައްމަދު އިކްރާމް – އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް
އޮފީސް ފޯނުނަންބަރު: 6724717
އީމެއިލް mohamed.ikram@meem.gov.mv
އަލްފާޟިލް މުޙައްމަދު އިކްރާމް މުލަކަތޮޅު އަތޮޅު އޮފީހާ ގުޅިވަޑައިގެންނެވީ 22 އޮކްޓޯބަރ 2007 ގައި ކޮމްޕިއުޓަރ ޓެކްނީޝަންގެ މަޤާމަށެވެ. މުޙައްމަދު އިކްރާމް އެސިސްޓެންޓް ރިސަރޗް އޮފިސަރގެ މަޤާމަށް ބަދަލުކުރެއްވީ 03 އޯގަސްޓް 2011 ގައެވެ. 01 ޖޫން 2021 ގައި ކައުންސިލްތަކުގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން މުޙައްމަދު އިކްރާމުގެ މަޤާމު ވަނީ އެސިސްޓެންޓް ކައުންސިލް އޮފިސަރުގެ މަޤާމަށް ބަދަލުކުރެވިފައެވެ. 21 ސެޕްޓެމްބަރ 2023 ގައި މުޙައްމަދު އިކުރާމް ވަނީ މިއިދާރާގެ ސީނިއަރ ކައުންސިލް އޮފިސަރގެ މަޤާމަށް ބަދަލު ކުރައްވާފައެވެ. 10 ޖެނުއަރީ 2024 ގައި މުޙައްމަދު އިކުރާމް ވަނީ މިއިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވްގެ މަޤާމަށް ބަދަލު ކުރައްވާފައެވެ. މުޙައްމަދު އިކްރާމް އަދާކުރެއްވި މަޤާމު ތަކުގެ ތެރޭގައި ކޮމްޕިއުޓަރ ޓެކްނީޝަން (ޓްރޭނީ) ގެ މަޤާމާއި، އިންވެސްޓިގޭޓަރ ކަމުގެ މަޤާމް ހިމެނެއެވެ. އަލްފާޟިލް މުޙައްމަދު އިކްރާމް މެދުނުކެނޑި ސަރުކާރުގެ ޚިދުމަތުގައި އުޅުއްވާތާ 17 އަހަރު ވެއްޖެއެވެ.
އަލްފާޟިލް މުޙައްމަދު އިކްރާމް މަސައްކަތް ކުރައްވަނީ މި އިދާރާގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ޕަބްލިކް ސަރވިސް ޔުނިޓުގެ ހެޑެއްގެ ގޮތުގައެވެ. މި އިދާރާގައި އަދާކުރައްވާ މަސްޢޫލިއްޔަތުތަގެ ތެރޭގައި ޔުނިޓުގެ ހެޑެއްގެ ހައިސިއްޔަތުން، ކައުންސިލާއި ސެކްރެޓަރީ ޖެނެރަލްގެ ލަފާޔާ މަޝްވަރާގެމަތިން، ޔުނިޓުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ޔުނިޓަށް ލިބޭ މައްސަލަތައް ބަލައިގަނެ ކަމާބެހޭ މުވައްޒަފުން މެދުވެރިކޮށް ޖަވާބު ތައްޔާރުކުރަންޖެހޭ ލިއުންތަކުގެ ޖަވާބު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، މ. އަތޮޅު ދާއިރާގެ ރައްޔިތުންގެ މާލިއްޔަތާއި އެންމެހައި ވަޞީލަތްތައް ބަލަހައްޓަމުންދާގޮތް ބަލައި، އެކަމާއި ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނު އަދި އެނޫންވެސް ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި މިފަދަ ތަންތަން އެހެން ފަރާތަކަށް ކުއްޔަށް ދޫކުރުމާއި ދިނުމާއި، މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި އަދި މިއިންވެސްޓް މަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުރުމާއިބެހޭ ކަންތައްތައް ކުރުމާއި، އިގްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކް ކުރުމާއި ކައުންސިލް ބެލުމުގެ ދަށުގައިހުންނަ މިފަދަ ތަކެތި މިޤާނޫނުގެ ދަށުން ހެދޭ ޤަވައިދުގައިވާ ގޮތުގެ މަތީން އެހެން ފަރާތްފަރާތަށް ކުއްޔަށް ދިނުމާއި ދޫކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމާއި، ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި، އެފަދަ ދަރަނިތަކުގެ ޙިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ޙައްޤުތަކާއި މަސްލަޙަތުތަކުގައި މިލްކިޔާތުތައް ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި، އިދާރީ ފެންވަރުގައި ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި އެކިފަރާތްތަކާއެކު އެގްރިމެންޓްކޮށް ވިޔަފާރީގެ މަޢާމަލާތްތައްކުރުމާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތީން މ. އަތޮޅުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި އެހެނިހެން ސިނާޢަތްތައް ކުރިއެރުވުމަށް އެހީތެރިވެދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި، ޤުދުރަތީ ގޮތުން ލިބޭ ގެއްލުންތަކުގެ މަޢުލޫމާތު ހޯދުމާއި، ލިބޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި ރަށްރަށުގެ ގިރާ ސަރަޙައްދުތައް ޙިމާޔަތް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އިދާރީ މަސައްކަތް ކުރުމާއި ރަށްރަށުގެ ތިމާވެއްޓަށް ލިބޭ ގެއްލުންތަކާ ގުޅޭ ރިޕޯޓް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުމާއި، ރަށްރަށުގެ ކުޑަކުދިންގެ ޕާކާއި، ރެސްޓިންގ ޕޮއިންޓް ހެދުމަށް ކުރަންޖެހޭ މަސައްކަތް ބެލެހެއްޓުމާއި ރަށްރަށުގެ ކުޅިވަރު ކުޅޭނެ ތަންތަން ހެދުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތް ކުރުމާއި، ކައުންސިލްއިން ދޫކުރާ ލޯން ސްކީމާއި، ކުރެޑިޓް ސްކީމްތަކުގެ އެންމެހައި މަސައްކަތްތައް ކައުންސިލްގެ މަޝްވަރާގެ މަތިން، ގަވާއިދާ އުސޫލް ތަކާ އެއްގޮތަށް ހިންގާ ބެލެހެއްޓުމާއި، ރަށުކައުންސިލްތަކުން ހިންގާ ޙަރަކާތްތައް ވިލަރެސް ކުރުމާއި އެކައުންސިލްތައް ހިނގާނުހިނގާގޮތް ބެލުން އަދި ސަރުކާރުގެ މިނިސްޓްރީތަކާއި އެކިއެކި އޮފީސްތަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކުގެ ތެރެއިން، އެ މިނިސްޓްރީތަކާއި އޮފީސްތަކުން އަތޮޅު ކައުންސިލް މެދުވެރިކޮށް މ. އަތޮޅުގައި ދޭން ކަނޑައަޅާ، ޔުނިޓުގެ މަސައްކަތާ ގުޅޭ ޚިދުމަތްތައް ދިނުން ހިމެނެއެވެ.
ޢަލީ ފާއިޒު – ސީނިއަރ ކައުންސިލް އޮފިސަރ
އޮފީސް ފޯނުނަންބަރު: 6724707
އީމެއިލް ali.faiz@meem.gov.mv
އަލްފާޟިލް ޢަލީ ފާއިޒު މުލަކަތޮޅު އަތޮޅު އޮފީހާ ގުޅިވަޑައިގެންނެވީ 28 ޖުލައި 2008 ގައި އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރގެ މަޤާމަށެވެ. 01 ޖޫން 2021 ގައި ކައުންސިލްތަކުގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން ޢަލީ ފާއިޒުގެ މަޤާމު ވަނީ އެސިސްޓެންޓް ކައުންސިލް އޮފިސަރުގެ މަޤާމަށް ބަދަލުކުރެވިފައެވެ. 26 މާރިޗް 2024 ގައި ޢަލީ ފާއިޒު ވަނީ މިއިދާރާގެ ސީނިއަރ ކައުންސިލް އޮފިސަރުގެ މަޤާމަށް ބަދަލު ކުރައްވާފައެވެ. އަލްފާޟިލް ޢަލީ ފާއިޒު ސަރުކާރުގެ ޚިދުމަތުގައި އުޅުއްވާތާ 15 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.
އަލްފާޟިލް ޢަލީ ފާއިޒު މަސައްކަތް ކުރައްވަނީ މި އިދާރާގެ ކޯޕަރޭޓް އެފެއަރޒް ސެކްޝަނުގައެވެ. އަދާކުރާ ވަޒީފާގެ ޒިންމާތަކުގެ ތެރޭގައި ރަމަޟާން މަހު އަތޮޅުގައި ދީނީ ނަސޭޙަތްދިނުމުގެ ޕްރޮގްރާމް ރާވާ ހިންގުމާއި، ގެނެވޭ ވާއިޒުންގެ އެންމެހާ ކަންތައްތައް ސެކްޝަންގެ ވެރިޔާގެ މަޝްވަރާއާއެކު ހިންގާ ބެލެހެއްޓުމާއި، އެކިއެކި ކަންކަމަށް އަތޮޅަށް ވަޑައިގަންނަވާ ސަރުކާރުގެ އިސްވެރިންގެ ޓީމުތަކަށް ދޭންޖެހޭ އެހީތެރިކަން ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި، އަތޮޅު ކައުންސިލް އިދާރާ ހުޅުވާ ލެއްޕުމުގެ އިންތިޒާމުތަކާއި ރަމަޟާން މަހާއި ޝައްވާލުމަހުގެ ހަނދުބެލުމުގެ އިންތިޒާމް ސެކްޝަންގެ ވެރިޔާގެ އިދުޝާދުގެ މަތީން ހަމަޖެއްސުމާއި، ރިސެޕްޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވައި ބެލެހެއްޓުމާއި، މުވައްޒަފުންގެ ވަޒީފާ ބަޔާންތަކާއި ވަޒީފާގެ އެއްބަސްވުންތައް ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ މަތީން ތައްޔާރުކޮށް މުވައްޒަފުންނާ މަސައްކަތް ޙަވާލުކުރުމާއި، އަތޮޅު ކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގު ދަށުގައިވާ ތަންތަނުގެ އިންވެންޓްރީ ލިޔެ ބެލެހެއްޓުމާއި، ސްޓޮކް ބެލެހެއްޓުމާއި ސްޓޮކް ކުރެވޭ ތަކެތީގެ ކޮންމެ އައިޓަމެއްގެ ބާކީ އެނގޭނެ ގޮތަށް ސްޓޮކް ބަކީ ބެލެހެއްޓުމާއި، ސްޓޮކަށް ހޯދާ ތަކެތި ގެނައުމުން، ގެނައި ތަކެއްޗަކީ އޯޑަރ ފޯމުގައިވާ ތަކެތިތޯ ބެލުން އަދި އެފަދަ ތަކެތި މާލިއްޔަތު ގަވާއިދާއި އެއްގޮތަށް އަނބުރާ ދައްކާގޮތަށް އެކިފަރާތްތަކަށް ދޫކޮށް އެތަކެތި އަނބުރާ ލިބުނުކަން ކަށަވަރުކުރުމާއި، އަތޮޅު ކައުންސިލް އިދާރާއަށް މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާއި، އިޞްލާޙީ ފިޔަވަޅު އެޅުމާއި، ޕްރޮމޯޝަން ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުން އަދި އަތޮޅު ކައުންސިލާއި އަތޮޅު ކައުންސިލް ބެލުމުގެ ދަށުގައިވާ ތަންތަނުގެ މުވައްޒަފުންގެ ދާއިމީ ރަޖިސްޓަރީއާއި ވަގުތީ މުވައްޒަފުންގެ ރަޖިސްޓަރީއަށް އަންނަ އުނިއިތުރު ލިޔެ ބެލެހެއްޓުމާއި މުވައްޒަފުންގެ ރެކޯޑްފައިލްތައް ބެލެހެއްޓުމާއި، އަތޮޅުކައުންސިލް އިދާރާއާއި، އެއިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ މުވައްޒަފުންގެ ޙާޟިރީ އާއި ޗުއްޓީ އާއި ސަލާމްގެ ރެކޯޑް ބެލެހެއްޓުމާއި އިތުރުގަޑީގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުގަޑީގެ ރިޕޯރޓާއި ގަޑީލާރީގެ ރިޕޯޓް ކޮންމެ މަހެއްގެ 17 ގެ ކުރިން ތައްޔާރުކޮށް ކަމާގުޅުންހުރި މުވައްޒަފުންނާއި ޙަވާލުކޮށް، ކަމާ ގުޅޭ އެހެނިހެން ފަރާތްތަކަށް ފޮނުވުމާއި، މުވައްޒަފުންގެ ފައިލްތައް ދުވަހުން ދުވަހަށް އަދާހަމަކޮށް ބެލެހެއްޓުމާއި، އަތޮޅު ކައުންސިލް މުވައްޒަފުންގެ ޗުއްޓީ ތާވަލް ކޮންމެ އަހަރެއް ފެށުމުން ސުޕަވައިޒަރުން މެދުވެރިކޮށް ހަދައި އެ ތާވަލު މުވައްޒަފުންނަށް ފެންނާނޭހެން ބެހެއްޓުން އަދި އަތޮޅު ކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގެދަށުގައިވާ ތަންތަނުގެ މުވައްޒަފުންނަށް ޗުއްޓީ ދިނުމުގެ އިދާރީ މަސައްކަތް ކުރުމާއި، ސެކްޝަންގެ ވެރިޔާ އަންގަވާގޮތުގެ މަތީން އަތޮޅު ކައުންސިލްގެ އިދާރާގެ އޮގަނައިޒޭޝަން ޗާޓު ތައްޔާރު ކުރުމާއި މުވައްޒަފުންނަށް ލިބެންޖެހޭ މުސާރައިގެ ކުރި އެރުން ހޯދައި ދިނުމަށް ހަމަޖެހިފައިވާ ޤަވާއިދާ އުސޫލުގެ ތެރެއިން މަސައްކަތްކުރުން ހިމެނެއެވެ.
އަލްފާޟިލް ޢަލީ ފާއިޒު ސަރުކާރުގެ ޚިދުމަތުގައި އުޅުއްވާތާ 15 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.
ޚަދީޖާ ސަޢީދާ - އެސިސްޓެންޓް ކައުންސިލް އޮފިސަރ
އޮފީސް ފޯނުނަންބަރު: 6724719
އީމެއިލް: khadheeja.saeeda@meem.gov.mv
އަލްފާޟިލާ ޚަދީޖާ ސަޢީދާ މުލަކަތޮޅު އަތޮޅު އޮފީހާ ގުޅިވަޑައިގެންނެވީ 23 ޖޫން 1988 ގައި ކާތިބާއެއްގެ މަޤާމަށެވެ. އެއަށްފަހު 28 ޑިސެމްބަރ 1993 ގައި ސީނިއަރ ކްލަރކުގެ މަޤާމަށް ބަދަލުކުރެވުނެވެ. އަދި 19 އޭޕްރީލް 2000 ގައި އެސިސްޓެންޓް ސެކްރެޓަރީގެ މަޤާމަށް ބަދުލުކުރެވުނެވެ. 21 ފެބުރުއަރީ 2011 ގައި އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ބަދަލު ކުރެވުނެވެ. އަލްފާޟިލާ ޚަދީޖާ ސަޢީދާ މިހާރު ހުންނެވި އެސިސްޓެންޓް ކައުންސިލް އޮފިސަރުގެ މަޤާމަށް ބަދަލްކުރެއްވީ 01 ޖޫން 2021 ގައި ކައުންސިލްތަކުގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެންނެވެ. އަލްފާޟިލާ ޚަދީޖާ ސަޢީދާ ސަރުކާރުގެ ޚިދުމަތުގައި އުޅުއްވާތާ 35 އަހަރު ވެއްޖެއެވެ.
އަލްފާޟިލާ ޚަދީޖާ ސަޢީދާ މަސައްކަތް ކުރައްވަނީ މި އިދާރާގެ ކޯޕަރޭޓް އެފެއަރޒް ސެކްޝަނުގައެވެ. އަދާކުރާ ވަޒީފާގެ ޒިންމާތަކުގެ ތެރޭގައި ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ ނިޔަލަށް ކައުންސިލް އިދާރާގެ ލަފާކުރާ ބަޖެޓް ތައްޔާރުކުރުމާއި، ކޮންމެ އަހަރަކު ދަޢުލަތުން ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ މިންވަރު ކަނޑައެޅުމުން ޖެނުއަރީ 15 ގެ ކުރިން ހިނގަމުންދާ އަހަރަށް ބަޖެޓު ތައްޔާރުކޮށް، ކައުންސިލަށް ހުށަހަޅައި، ކައުންސިލުން ފާސްކުރުމުން ވިޔަ މޮޑިއުލްއަށް އަޅައި، ބަޖެޓް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުމާއި، އެކަމާގުޅޭ ހިސާބުތަކާއި ލިޔެކިއުންތައް ބެލެހެއްޓުމާއި، އަދި ރަށު ކައުންސިލްތަކުގެ ބަޖެޓާއެކު ލޯކަލް ގަވަރުމަންޓް އޮތޯރިޓީއަށް ފޮނުވުމާއި، ކައުންސިލްގެ އިދާރާގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް މަހުންމަހަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތްތަކުގެ ހިސާބުތައް ތައްޔާރުކޮށް، ކޮންމެ މީލާދީ މަހެއްގެ ރަސްމީ އެންމެފަހު ދެ ދުވަހުންކުރެ ދުވަހެއްގައި މުވައްޒަފުންނަށް މުސާރަ ދިނުމާއި، އެކަމާގުޅޭ ހިސާބުތަކާ ލިޔެކިއުންތައް ރަގަޅަށް ބެލެހެއްޓުމާއި، އަތޮޅު ކައުންސިލްގެ މާލީ ބަޔާން މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ކައުންސިލް އިދާރާގެ ރަސްމީ ތިޖޫރި ބެލެހެއްޓުމާއި، ޤަވާޢިދުން ތިޖޫރީ ރިޕޯޓްހަދާ ސޮއިކުރަންޖެހޭ ފަރާތްތަކުގެ ސޮއި ހޯދައި ރިޕޯޓްތައް ބެލެހެއްޓުމާއި، ބަޖެޓުން ހަރަދުކުރުމަށް ބޭނުންވާ ޕޭމަންޓް ވައުޗަރތައް ތައްޔާރުކޮށް، ފައިސާ ހަރަދު ކުރުމާއި ކަމާގުޅުންހުރި ރިޕޯޓްތަށް އަޕްޑޭޓްކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި އެކައުންޓްތަކުގެ ވައުޗަރ އަދި ޗެކްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި އެކައުންޓްތައް ރީކޮންސިލޭޝަން ސްޓޭޓްމަންޓް ކޮންމެ މަހަކު ތައްޔާރުކުކޮށް ބެލެހެއްޓުމާއި ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުމާއި، ބަޖެޓް ރިވައިޒް ކުރަންޖެހޭ ޙާލަތްތަކުގައި، ގެންނަންޖެހޭ ބަދަލު ގެނައުމާގުޅޭގޮތުން ތައްޔާރު ކުރަންޖެހޭ ބަޖެޓްކޮންޓްރޯލް ތައްޔާރުކޮށް، ކައުންސިލުން ފާސްކުރުމަށް ފޮނުވުމާއި، ކައުންސިލުން ފާސްކުރުމުން ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ކައުންސިލް އިދާރާގެ މުވައްޒަފުންގެ ޕެންޝަން ސްކީމާއި ކްރެޑިޓް ސްކީމަށް މަހުންމަހަށް ދައްކަންޖެހޭ ފައިސާދައްކައި، ދެއްކި ފައިސާގެ ހިސާބު ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވައި ހިސާބުތައް ފުރިހަމައަށް ބެލެހެއްޓުމާއި، އަތޮޅު ކައުންސިލް އިދާރާއަށް ޢާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ މަސްދުވަހުގެ ހިސާބު، ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ތައްޔާރު ކުރުމާއި، ރަށު ކައުންސިލްއިދާރާތަކަށް ޢާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ މަސްދުވަހުގެ ރިޕޯޓް ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ހޯދާ ބެލެހެއްޓުމާއި، އަދި އަތޮޅު ރައްޔިތުންގެ ވިޔަފާރި ތަފްޞީލް ރިޕޯޓް (މާލަމް، ވެހި، ކުރި އަދި ސްޓޭޓްހައުސް އާއި އަތޮޅު ރައްޔިތުންގެ އެހެނިހެން ޢިމާރާތްތަކުގެ) މަހަކު އެއްފަހަރު ރިޕޯރޓް ތައްޔާރުކޮށް ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ މުއްދަތަށް ފޮނުވައި އިންފޯރމޭޝަން އޮފިސަރާ ޙަވާލުކޮށް ވެބްސައިޓްގައި ޢާއްމުކުރުމާއި، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ކައުންސިލަށް ފައިސާ ބަލައިގަތުމާ ބެހޭ އެންމެހާ މަސައްކަތްތައް ކުރުން ހިމެނެއެވެ.
އާދަމް ނަޢީމް - އެސިސްޓެންޓް ފައިނޭންސް އޮފިސަރ
އޮފީސް ފޯނުނަންބަރު: 6724714
އީމެއިލް adam.naeem@meem.gov.mv
އަލްފާޟިލް އާދަމް ނަޢީމް މުލަކަތޮޅު އަތޮޅު އޮފީހާ ގުޅިވަޑައިގެންނެވީ 01 ޖެނުއަރީ 1987 ގައި ޕިޔޯނެއްގެ މަޤާމަށެވެ. އާދަމް ނަޢީމް މިހާރު ހުންނެވި އެސިސޓެންޓް ފައިނޭންސް އޮފިސަރގެ މަޤާމަށް ބަދަލްކުރެއްވީ 03 އޯގަސްޓް 2011 ގައެވެ. އާދަމް ނަޢީމް މަސައްކަތް ކުރައްވަނީ މިއިދާރާގެ ކޯޕަރޭޓް އެފެއަރޒް ސެކްޝަނުގައެވެ. އަލްފާޟިލް އާދަމް ނަޢީމް ސަރުކާރުގެ ޚިދުމަތުގައި އުޅުއްވާތާ 37 އަހަރު ވެއްޖެއެވެ. އަލްފާޟިލް އާދަމް ނަޢީމް އަދާކުރެއްވި މަޤާމު ތަކުގެ ތެރޭގައި ޕިޔޯނުކަމާއި، ވަގުތީ ކާތިބުކަމާއި، އާރުޓީ އޮޕަރޭޓަރކަމާއި، ޓެލެއޮޕަރޭޓްކަމާއި، ސީނިއަރ ޓެލެއޮޕަރޭޓްކަމާއި، އެސިސްޓެޓް ސެކްރެޓަރީކަމުގެ މަޤާމް ހިމެނެއެވެ.
އަލްފާޟިލް އާދަމް ނަޢީމް މަސައްކަތް ކުރައްވަނީ މި އިދާރާގެ ކޯޕަރޭޓް އެފެއަރޒް ސެކްޝަނުގައެވެ. އަދާކުރާ ވަޒީފާގެ ޒިންމާތަކުގެ ތެރޭގައި ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ ނިޔަލަށް ކައުންސިލް އިދާރާގެ ލަފާކުރާ ބަޖެޓް ތައްޔާރުކުރުމާއި، ކޮންމެ އަހަރަކު ދަޢުލަތުން ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ މިންވަރު ކަނޑައެޅުމުން ޖެނުއަރީ 15 ގެ ކުރިން ހިނގަމުންދާ އަހަރަށް ބަޖެޓު ތައްޔާރުކޮށް، ކައުންސިލަށް ހުށަހަޅައި، ކައުންސިލުން ފާސްކުރުމުން ވިޔަ މޮޑިއުލްއަށް އަޅައި، ބަޖެޓް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުމާއި، އެކަމާގުޅޭ ހިސާބުތަކާއި ލިޔެކިއުންތައް ބެލެހެއްޓުމާއި، އަދި ރަށު ކައުންސިލްތަކުގެ ބަޖެޓާއެކު ލޯކަލް ގަވަރުމަންޓް އޮތޯރިޓީއަށް ފޮނުވުމާއި، ކައުންސިލްގެ އިދާރާގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް މަހުންމަހަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތްތަކުގެ ހިސާބުތައް ތައްޔާރުކޮށް، ކޮންމެ މީލާދީ މަހެއްގެ ރަސްމީ އެންމެފަހު ދެ ދުވަހުންކުރެ ދުވަހެއްގައި މުވައްޒަފުންނަށް މުސާރަ ދިނުމާއި، އެކަމާގުޅޭ ހިސާބުތަކާ ލިޔެކިއުންތައް ރަގަޅަށް ބެލެހެއްޓުމާއި، އަތޮޅު ކައުންސިލްގެ މާލީ ބަޔާން މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ކައުންސިލް އިދާރާގެ ރަސްމީ ތިޖޫރި ބެލެހެއްޓުމާއި، ޤަވާޢިދުން ތިޖޫރީ ރިޕޯޓްހަދާ ސޮއިކުރަންޖެހޭ ފަރާތްތަކުގެ ސޮއި ހޯދައި ރިޕޯޓްތައް ބެލެހެއްޓުމާއި، ބަޖެޓުން ހަރަދުކުރުމަށް ބޭނުންވާ ޕޭމަންޓް ވައުޗަރތައް ތައްޔާރުކޮށް، ފައިސާ ހަރަދު ކުރުމާއި ކަމާގުޅުންހުރި ރިޕޯޓްތަށް އަޕްޑޭޓްކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި އެކައުންޓްތަކުގެ ވައުޗަރ އަދި ޗެކްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި އެކައުންޓްތައް ރީކޮންސިލޭޝަން ސްޓޭޓްމަންޓް ކޮންމެ މަހަކު ތައްޔާރުކުކޮށް ބެލެހެއްޓުމާއި ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުމާއި، ބަޖެޓް ރިވައިޒް ކުރަންޖެހޭ ޙާލަތްތަކުގައި، ގެންނަންޖެހޭ ބަދަލު ގެނައުމާގުޅޭގޮތުން ތައްޔާރު ކުރަންޖެހޭ ބަޖެޓްކޮންޓްރޯލް ތައްޔާރުކޮށް، ކައުންސިލުން ފާސްކުރުމަށް ފޮނުވުމާއި، ކައުންސިލުން ފާސްކުރުމުން ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ކައުންސިލް އިދާރާގެ މުވައްޒަފުންގެ ޕެންޝަން ސްކީމާއި ކްރެޑިޓް ސްކީމަށް މަހުންމަހަށް ދައްކަންޖެހޭ ފައިސާދައްކައި، ދެއްކި ފައިސާގެ ހިސާބު ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވައި ހިސާބުތައް ފުރިހަމައަށް ބެލެހެއްޓުމާއި، އަތޮޅު ކައުންސިލް އިދާރާއަށް ޢާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ މަސްދުވަހުގެ ހިސާބު، ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ތައްޔާރު ކުރުމާއި، ރަށު ކައުންސިލްއިދާރާތަކަށް ޢާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ މަސްދުވަހުގެ ރިޕޯޓް ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ހޯދާ ބެލެހެއްޓުމާއި، އަދި އަތޮޅު ރައްޔިތުންގެ ވިޔަފާރި ތަފްޞީލް ރިޕޯޓް (މާލަމް، ވެހި، ކުރި އަދި ސްޓޭޓްހައުސް އާއި އަތޮޅު ރައްޔިތުންގެ އެހެނިހެން ޢިމާރާތްތަކުގެ) މަހަކު އެއްފަހަރު ރިޕޯރޓް ތައްޔާރުކޮށް ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ މުއްދަތަށް ފޮނުވައި އިންފޯރމޭޝަން އޮފިސަރާ ޙަވާލުކޮށް ވެބްސައިޓްގައި ޢާއްމުކުރުމާއި، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ކައުންސިލަށް ފައިސާ ބަލައިގަތުމާ ބެހޭ އެންމެހާ މަސައްކަތްތައް ކުރުން ހިމެނެއެވެ.
ފަރީދާ ނަޢީމް – އެސިސްޓެންޓް ކައުންސިލް އޮފިސަރ
އޮފީސް ފޯނުނަންބަރު: 6724709
އީމެއިލް fareeda.naeem@meem.gov.mv
އަލްފާޟިލާ ފަރީދާ ނަޢީމް މުލަކަތޮޅު އަތޮޅު އޮފީހާ ގުޅިވަޑައިގެންނެވީ 16 މާރޗް 1994 ގައި ކާތިބު ކަމުގެ މަޤާމަށެވެ. ފަރީދާ ނަޢީމް މިހާރު ހުންނެވި އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ބަދަލްކުރެއްވީ 03 އޯގަސްޓް 2011 ގައެވެ. 01 ޖޫން 2021 ގައި ކައުންސިލްތަކުގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން ފަރީދާ ނަޢީމުގެ މަޤާމު ވަނީ އެސިސްޓެންޓް ކައުންސިލް އޮފިސަރުގެ މަޤާމަށް ބަދަލުކުރެވިފައެވެ. އަލްފާޟިލާ ފަރީދާ ނަޢީމް ސަރުކާރުގެ ޚިދުމަތުގައި އުޅުއްވާތާ 30 އަހަރު ވެއްޖެއެވެ. ފަރީދާ ނަޢީމް އަދާކުރެއްވި މަޤާމު ތަކުގެތެރޭގައި ސީނިއަރ ކްލަރކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމުގެ މަޤާމް ހިމެނެއެވެ.
އަލްފާޟީލާ ފަރީދާ ނަޢީމް މަސައްކަތް ކުރައްވަނީ މި އިދާރާގެ ކޯޕަރޭޓް އެފެއަރޒް ސެކްޝަނުގައެވެ. މައިގަނޑު މަސައްކަތަކީ ރަމަޟާން މަހު އަތޮޅުގައި ދީނީ ނަސޭޙަތްދިނުމުގެ ޕްރޮގްރާމް ރާވާ ހިންގުމާއި، ގެނެވޭ ވާއިޒުންގެ އެންމެހާ ކަންތައްތައް ސެކްޝަންގެ ވެރިޔާގެ މަޝްވަރާއާއެކު ހިންގާ ބެލެހެއްޓުމާއި، އަތޮޅު ކައުންސިލް އިދާރާ ހުޅުވާ ލެއްޕުމުގެ އިންތިޒާމުތަކާއި ރަމަޟާން މަހާއި ޝައްވާލުމަހުގެ ހަނދުބެލުމުގެ އިންތިޒާމް ސެކްޝަންގެ ވެރިޔާގެ އިދުޝާދުގެ މަތީން ހަމަޖެއްސުމާއި، މުވައްޒަފުންގެ ވަޒީފާ ބަޔާންތަކާއި ވަޒީފާގެ އެއްބަސްވުންތައް ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ މަތީން ތައްޔާރުކޮށް މުވައްޒަފުންނާ މަސައްކަތް ޙަވާލުކުރުމާއި، އަތޮޅު ކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގު ދަށުގައިވާ ތަންތަނުގެ އިންވެންޓްރީ ލިޔެ ބެލެހެއްޓުމާއި، ސްޓޮކް ބެލެހެއްޓުމާއި، އަތޮޅު ކައުންސިލް އިދާރާއަށް މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާއި، އިޞްލާޙީ ފިޔަވަޅު އެޅުމާއި، ޕްރޮމޯޝަން ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުން. އަދި އަތޮޅު ކައުންސިލާއި އަތޮޅު ކައުންސިލް ބެލުމުގެ ދަށުގައިވާ ތަންތަނުގެ މުވައްޒަފުންގެ ދާއިމީ ރަޖިސްޓަރީއާއި ވަގުތީ މުވައްޒަފުންގެ ރަޖިސްޓަރީއަށް އަންނަ އުނިއިތުރު ލިޔެ ބެލެހެއްޓުމާއި، މުވައްޒަފުންގެ ރެކޯޑްފައިލްތައް ބެލެހެއްޓުމާއި، އަތޮޅުކައުންސިލް އިދާރާއާއި، އެއިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ މުވައްޒަފުންގެ ޙާޟިރީ އާއި ޗުއްޓީ އާއި ސަލާމްގެ ރެކޯޑް ބެލެހެއްޓުމާއި އިތުރުގަޑީގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުގަޑީގެ ރިޕޯރޓާއި ގަޑީލާރީގެ ރިޕޯޓް ކޮންމެ މަހެއްގެ 17 ގެ ކުރިން ތައްޔާރުކޮށް ކަމާގުޅުންހުރި މުވައްޒަފުންނާއި ޙަވާލުކުރުމާއި، އަތޮޅު ކައުންސިލް އިދާރާގެ ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި ކައުންސިލްގެ ޢާއްމު ބައްދަލުވުންތަކާއި، ކުއްލި ބައްދަލުވުންތައް ފިޔަވާ އަތޮޅު ކައުންސިލުން ބައިވެރިވާ އެންމެހާ ބައަދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި، ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް، ތަކެތި ލިބެންހުރިތަންތަން ބަލައި، އަގުހޯދުމަށް ހަމަޖެހިފައިވާ އުޞޫލުން އަގުހޯދުމާއި އަގުޖެހުމަށްފަހު، ސެކްރެޓަރީ ޖެނެރަލް، ނުވަތަ ޕްރޮކިއުމަންޓް އޮފިސަރ ލައްވާ އަގު ފާސްކޮށް ޕާރޗޭސް އޯރޑަރތައް ފުރިހަމަކުރުމަށްފަހު، އެ އެއްޗެއް ގަތުމަށް ހަމަޖެހިފައިވާ ތަނަކަށް ފޮނުވުމަށްފަހު މުދާ ގެނައުމާއި، ބީލަންތައް އިވެލުއޭޓް ކޮމިޓީން އިވެލުއޭޓް ކުރުމުން ބިޑް ކޮމިޓީއަށް ހުށަހެޅުމަށް ތައްޔާރުކުރަންޖެހޭ ޑޮކިއުމަންޓްތައް ތައްޔާރުކުރުމާއި ބިޑް ކޮމެޓީގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ނިންމުން ހިމެނެއެވެ.
މުޙައްމަދު ޢަފީފު – އެސިސްޓެންޓް ކައުންސިލް އޮފިސަރ
އޮފީސް ފޯނުނަންބަރު: 6724718
އީމެއިލް mohamed.afeef@meem.gov.mv
އަލްފާޟިލް މުޙައްމަދު ޢަފީފު މުލަކަތޮޅު އަތޮޅު އޮފީހާ ގުޅިވަޑައިގެންނެވީ 23 އޭޕްރީލް 1997 ގައި ކާތިބު ކަމުގެ މަޤާމަށެވެ. މުޙައްމަދު ޢަފީފު އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރގެ މަޤާމަށް ބަދަލްކުރެއްވީ 03 އޯގަސްޓް 2011 ގައެވެ. 01 ޖޫން 2021 ގައި ކައުންސިލްތަކުގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން މުޙައްމަދު ޢަފީފުގެ މަޤާމު ވަނީ އެސިސްޓެންޓް ކައުންސިލް އޮފިސަރުގެ މަޤާމަށް ބަދަލުކުރެވިފައެވެ. އަލްފާޟިލް މުޙައްމަދު ޢަފީފު ސަރުކާރުގެ ޚިދުމަތުގައި އުޅުއްވާތާ 27 އަހަރު ވެއްޖެއެވެ. މުޙައްމަދު ޢަފީފު އަދާކުރެއްވި މަޤާމު ތަކުގެ ތެރޭގައި ކާތިބު ކަމާއި، ސީނިއަރ ކްލާކްކަމާއި، އެސިސްޓެޓް ސެކްރެޓަރީކަމުގެ މަޤާމް ހިމެނެއެވެ.
އަލްފާޟިލް މުޙައްމަދު ޢަފީފު މަސައްކަތް ކުރައްވަނީ މި އިދާރާގެ ސްޓްރެޓެޖިކް ޕްލޭނިންގ އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގައެވެ. އަދާކުރާ ވަޒީފާގެ ޒިންމާތަކުގެ ތެރޭގައި އަތޮޅާއި ރަށްރަށުގެ ތަރައްޤީއާއި ބެހޭ ޕްރޮޖެކްޓްތައް މޮނިޓަރކޮށް އިވެލުއޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތް ސްޕަވައިޒަރ އިރުޝާދުގެ މަތީން ކުރުމާއި، އަތޮޅުގެ ފަޅުރަށްރަށް އިޤްތިޞާދީ މަސައްކަތްތަކަށް ދޫކުރުމާބެހޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ސްޕަވައިޒަރުގެ އިރުޝާދުގެ މަތީން ކުރުމާއި، ރަށްރަށުގެ ލޭންޑްޔޫސް ޕްލޭން ހެދުމަށް އެހީތެރިވެދިނުމާއި، ބިނާވެށި ޕްލޭނާއި ބިމުގެ ބަޖެޓް ތައްޔާރުކޮށް ލޭންޑް ސާރވޭ ކުރުމުގެ މަސައްކަތްތައް ރަށުކައުންސިލްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ސްޕަވައިޒަރ އަންގާގޮތެއްގެމަތީން ކުރުމާއި، ޕީ.އެސް.އައި.ޕީ ގެ ދަށުން އަތޮޅުގެ އިދާރީ ދާއިރާގެ ތަރައްޤީގެ މަޝްރޫޢުތަކަށް ހުށަހަޅަންޖެހޭ ޕްރޮޖެކްޓްތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމާއި އަތޮޅުކައުންސިލުން ހަދަންޖެހޭ އެންމެހާ ޕްރޮޕޯސަލްތައް ހެދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތައް ސްޕަވައިޒަރގެ އިރުޝާދުގެ މަތީން ކުރުމާއި، އަތޮޅު ކައުންސިލްގެ ތަރައްޤީގެ ޕްލޭނާއި، މަސައްކަތު ތާވަލް އެކުލަވާލުމުގެ އެންމެހާ މަސައްކަތްތައް ސްޕަވައިޒަރގެ އިރުޝާދުގެ މަތީން ކުރުމާއި، އަތޮޅު ކައުންސިލްގެ އިދާރާ ހިނގިގޮތުގެ ރިޕޯރޓާއި އަހަރު ރިޕޯޓާއި ބެހޭ ކަންތައްތައް ބެލެހެއްޓުން ހިމެނެއެވެ.
މުޙައްމަދު ޝާޠިރު – އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން
އޮފީސް ފޯނުނަންބަރު: 6724720
އީމެއިލް mohamed.shathir@meem.gov.mv
އަލްފާޟިލް މުޙައްމަދު ޝާޠިރު މުލަކަތޮޅު އަތޮޅު އޮފީހާ ގުޅިވަޑައިގެންނެވީ 19 ޖެނުއަރީ 1994 ގައި ކާތިބު ކަމުގެ މަޤާމަށެވެ. މުޙައްމަދު ޝާޠިރު މިހާރު ހުންނެވި އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަންގެ މަޤާމަށް ބަދަލްކުރެއްވީ 03 އޯގަސްޓް 2011 ގައެވެ.
އަލްފާޟިލް މުޙައްމަދު ޝާޠިރު މަސައްކަތް ކުރައްވަނީ މި އިދާރާގެ އިންފޮރމޭޝަން ޓެކްނޮލޮޖީ ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ ކައުންސިލްގެ އެކިއެކި ބޭނުންތަކަށް ބޭނުންވާ ޑޭޓާތައް އެއްކުރުމާއި، ޑޭޓާބޭސް ބެލެހެއްޓުމާއި، ކައުންސިލް އިދާރާގެ ބޭނުންތަކަށް ތައްޔާރުކުރަންޖެހޭ ސޮފްޓްވެއަރތައް ތައްޔާރުކުރުމާއި ސޮފްޓްވެއަރތައް ހޯދުމާއި، ކައުންސިލްގެ ކޮމްޕިއުޓަރ ނެޓްވޯކް ބެލެހެއްޓުމާއި، އެޓެންޑެންސް ސިސްޓަމް ހިންގައި ބެލެހެއްޓުމާއި، ކައުންސިލް އިދާރާގެ ސަރވަރ އަދި ކޮމްޕިއުޓަރ ސިސްޓަމްތަކާއި، ވިއުގަރއަށް ދިމާވާ އެއްމެހާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުމުގައި ޓެކްނިކަލް އަދި އިދާރީގޮތުން ކުރަންޖެހޭ ހިންގާ ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ހިންގުމެވެ. މީގެ އިތުރަށް ކައުންސިލްގެ ވެބްސައިޓް އަދާހަމަކޮށް ބެލެހެއްޓުމާއި، ކައުންސިލްގެ މީސް މީޑިޔާގެ މަންސަތައް ހިންގައި ބެލެހެއްޓުމެވެ.
އަލްފާޟިލް މުޙައްމަދު ޝާޠިރު ސަރުކާރުގެ ޚިދުމަތުގައި އުޅުއްވާތާ 30 އަހަރު ވެއްޖެއެވެ. މުޙައްމަދު ޝާޠިރު އަދާކުރެއްވި މަޤާމު ތަކުގެ ތެރޭގައި ސީނިއަރ ކުލާކްގެ މަޤާމާއި، އެސިސްޓެންޓް ސެކްރެޓަރީ ކަމުގެ މަޤާމް ހިމެނެއެވެ.
ހަލީމަތު ފާއިޒާ - އެސިސްޓެންޓް ކައުންސިލް އޮފިސަރ
އޮފީސް ފޯނުނަންބަރު: 6724699
އީމެއިލް haleemath.faiza@meem.gov.mv
އަލްފާޟިލާ ހަލީމަތު ފާއިޒާ މުލަކަތޮޅު އަތޮޅު އޮފީހާ ގުޅިވަޑައިގެންނެވީ 23 ޑިސެމްބަރ 1992 ގައި ވޯކީޓޯކީ އޮޕަރޭޓަރގެ މަޤާމަށެވެ. ހަލީމަތު ފާއިޒާ މިހާރު ހުންނެވި އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމަށް ބަދަލުކުރެއްވީ 03 އޯގަސްޓް 2011 ގައެވެ. 01 ޖޫން 2021 ގައި ކައުންސިލްތަކުގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން ޙަލީމަތު ފާއިޒާގެ މަޤާމު ވަނީ އެސިސްޓެންޓް ކައުންސިލް އޮފިސަރުގެ މަޤާމަށް ބަދަލުކުރެވިފައެވެ. އަލްފާޟިލާ ހަލީމަތު ފާއިޒާ ސަރުކާރުގެ ޚިދުމަތުގައި އުޅުއްވާތާ 31 އަހަރު ވެއްޖެއެވެ. ހަލީމަތު ފާއިޒާ އަދާކުރެއްވި މަޤާމު ތަކުގެ ތެރޭގައި ވޯކީޓޯކީ އޮޕަރޭޓަރކަމާއި، އާރުޓީ އޮޕަރޭޓަރކަމާއި، ސީނިއަރ އާރުޓީ އޮޕަރޭޓަރކަމާއި، ޓެލެއޮޕަރޭޓަރކަމާއި، އެސިސްޓެޓް ސެކްރެޓަރީކަން ހިމެނެއެވެ. އަލްފާޟިލާ ހަލީމަތު ފާއިޒާ ސަރުކާރުގެ ޚިދުމަތުގައި އުޅުއްވާތާ 31 އަހަރު ވެއްޖެއެވެ.
އަލްފާޟިލާ ޙަލީމަތު ފާއިޒާ މަސައްކަތް ކުރައްވަނީ މި އިދާރާގެ ކޯޕަރޭޓް އެފެއަރޒް ސެކްޝަނުގައެވެ. ވަޒީފާގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި ރަމަޟާން މަހު އަތޮޅުގައި ދީނީ ނަސޭޙަތްދިނުމުގެ ޕްރޮގްރާމް ރާވާ ހިންގުމާއި، ގެނެވޭ ވާއިޒުންގެ އެންމެހާ ކަންތައްތައް ސެކްޝަންގެ ވެރިޔާގެ މަޝްވަރާއާއެކު ހިންގާ ބެލެހެއްޓުމާއި، އެކިއެކި ކަންކަމަށް އަތޮޅަށް ވަޑައިގަންނަވާ ސަރުކާރުގެ އިސްވެރިންގެ ޓީމުތަކަށް ދޭންޖެހޭ އެހީތެރިކަން ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި، އަތޮޅު ކައުންސިލް އިދާރާ ހުޅުވާ ލެއްޕުމުގެ އިންތިޒާމުތަކާއި ރަމަޟާން މަހާއި ޝައްވާލުމަހުގެ ހަނދުބެލުމުގެ އިންތިޒާމް ސެކްޝަންގެ ވެރިޔާގެ އިދުޝާދުގެ މަތީން ހަމަޖެއްސުމާއި، ރިސެޕްޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވައި ބެލެހެއްޓުމާއި، މުވައްޒަފުންގެ ވަޒީފާ ބަޔާންތަކާއި ވަޒީފާގެ އެއްބަސްވުންތައް ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ މަތީން ތައްޔާރުކޮށް މުވައްޒަފުންނާ މަސައްކަތް ޙަވާލުކުރުމާއި، އަތޮޅު ކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގު ދަށުގައިވާ ތަންތަނުގެ އިންވެންޓްރީ ލިޔެ ބެލެހެއްޓުމާއި، ސްޓޮކް ބެލެހެއްޓުމާއި ސްޓޮކް ކުރެވޭ ތަކެތީގެ ކޮންމެ އައިޓަމެއްގެ ބާކީ އެނގޭނެ ގޮތަށް ސްޓޮކް ބަކީ ބެލެހެއްޓުމާއި، ސްޓޮކަށް ހޯދާ ތަކެތި ގެނައުމުން، ގެނައި ތަކެއްޗަކީ އޯޑަރ ފޯމުގައިވާ ތަކެތިތޯ ބެލުން އަދި އެފަދަ ތަކެތި މާލިއްޔަތު ގަވާއިދާއި އެއްގޮތަށް އަނބުރާ ދައްކާގޮތަށް އެކިފަރާތްތަކަށް ދޫކޮށް އެތަކެތި އަނބުރާ ލިބުނުކަން ކަށަވަރުކުރުމާއި، އަތޮޅު ކައުންސިލް އިދާރާއަށް މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާއި، އިޞްލާޙީ ފިޔަވަޅު އެޅުމާއި، ޕްރޮމޯޝަން ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުން އަދި އަތޮޅު ކައުންސިލާއި އަތޮޅު ކައުންސިލް ބެލުމުގެ ދަށުގައިވާ ތަންތަނުގެ މުވައްޒަފުންގެ ދާއިމީ ރަޖިސްޓަރީއާއި ވަގުތީ މުވައްޒަފުންގެ ރަޖިސްޓަރީއަށް އަންނަ އުނިއިތުރު ލިޔެ ބެލެހެއްޓުމާއި މުވައްޒަފުންގެ ރެކޯޑްފައިލްތައް ބެލެހެއްޓުމާއި، އަތޮޅުކައުންސިލް އިދާރާއާއި، އެއިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ މުވައްޒަފުންގެ ޙާޟިރީ އާއި ޗުއްޓީ އާއި ސަލާމްގެ ރެކޯޑް ބެލެހެއްޓުމާއި އިތުރުގަޑީގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުގަޑީގެ ރިޕޯރޓާއި ގަޑީލާރީގެ ރިޕޯޓް ކޮންމެ މަހެއްގެ 17 ގެ ކުރިން ތައްޔާރުކޮށް ކަމާގުޅުންހުރި މުވައްޒަފުންނާއި ޙަވާލުކޮށް، ކަމާ ގުޅޭ އެހެނިހެން ފަރާތްތަކަށް ފޮނުވުމާއި، މުވައްޒަފުންގެ ފައިލްތައް ދުވަހުން ދުވަހަށް އަދާހަމަކޮށް ބެލެހެއްޓުމާއި، އަތޮޅު ކައުންސިލް މުވައްޒަފުންގެ ޗުއްޓީ ތާވަލް ކޮންމެ އަހަރެއް ފެށުމުން ސުޕަވައިޒަރުން މެދުވެރިކޮށް ހަދައި އެ ތާވަލު މުވައްޒަފުންނަށް ފެންނާނޭހެން ބެހެއްޓުން އަދި އަތޮޅު ކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގެދަށުގައިވާ ތަންތަނުގެ މުވައްޒަފުންނަށް ޗުއްޓީ ދިނުމުގެ އިދާރީ މަސައްކަތް ކުރުމާއި، ސެކްޝަންގެ ވެރިޔާ އަންގަވާގޮތުގެ މަތީން އަތޮޅު ކައުންސިލްގެ އިދާރާގެ އޮގަނައިޒޭޝަން ޗާޓު ތައްޔާރު ކުރުމާއި މުވައްޒަފުންނަށް ލިބެންޖެހޭ މުސާރައިގެ ކުރި އެރުން ހޯދައި ދިނުމަށް ހަމަޖެހިފައިވާ ޤަވާއިދާ އުސޫލުގެ ތެރެއިން މަސައްކަތްކުރުން ހިމެނެއެވެ.
ޢަލީ ނަޢީމް – އެސިސްޓެންޓް ކައުންސިލް އޮފިސަރ
އޮފީސް ފޯނުނަންބަރު: 6724722
އީމެއިލް ali.naeem@meem.gov.mv
އަލްފާޟިލް ޢަލީ ނަޢީމް ސަރުކާރަށް ޚިދުމަތް ކުރައަވަންފެއްޓެވީ 23 ޖުލައި 1985 ގައެވެ. އަލްފާޟިލް ޢަލީ ނަޢީމް މުލަކަތޮޅު އަތޮޅު އޮފީހާ ގުޅިވަޑައިގެންނެވީ 03 ސެޕްޓެމްބަރ 1996 ގައި ކާތިބު ކަމުގެ މަޤާމަށެވެ. ޢަލީ ނަޢީމް އެސިސްޓެންޓް މެއިންޓަނަންސް އޮފިސަރ މަޤާމަށް ބަދަލުކުރެއްވީ 03 އޯގަސްޓް 2011 ގައެވެ. 01 ޖޫން 2021 ގައި ކައުންސިލްތަކުގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން ޢަލީ ނަޢީމުގެ މަޤާމު ވަނީ އެސިސްޓެންޓް ކައުންސިލް އޮފިސަރުގެ މަޤާމަށް ބަދަލުކުރެވިފައެވެ. އަލްފާޟިލް ޢަލީ ނަޢީމް ސަރުކާރުގެ ޚިދުމަތުގައި އުޅުއްވާތާ 38 އަހަރު ވެއްޖެއެވެ. ޢަލީ ނަޢީމް އަދާކުރެއްވި މަޤާމު ތަކުގެ ތެރޭގައި މުލީ އޮފީހުގެ މަސައްކަތު މަޤާމާއި، މ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ވަގުތީ މުދައްރިސްގެ މަޤާމާއި، އިންސްޓިޓިއުޓް އޮފް ހެލްތް ސައިންސަސްގެ ކާތިބު ކަމުގެ މަޤާއި، މ.އަތޮޅު ކައުންސިލްގެ ކާތިބުކަމާއި، ވޯކީޓޯކީ އޮޕަރޭޓަރކަމާއި، ޓެލެއޮޕަރޭޓަރކަމާއި، އެސިސްޓެޓް ސެކްރެޓަރީކަމުގެ މަޤާމް ހިމެނެއެވެ.
އަލްފާޟިލް ޢަލީ ނަޢީމް މަސައްކަތް ކުރައްވަނީ މި އިދާރާގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ޕަބްލިކް ސަރވިސް ޔުނިޓުގައެވެ. މައިގަނޑު މަސައްކަތަކީ މ. އަތޮޅު ކައުންސިލުން ޢާއްމު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތުގެ ތެރެއިން ޑްރައިވިންގ ލައިސަންސްހެދުމާއި، ފޮޓޯނެގުމާއި ގުޅޭ މަސައްކަތްތައް ކުރުމާއި، އަތޮޅު ކައުންސިލްގެ ޖަލްސާތައް ބޭއްވުމާއި، އެކަމާގުޅޭ އެންމެހާ މަސައްކަތްތައް ކުރުމާއި، ސެކްޝަންގެ ވެރިޔާ އަންގަވާ ގޮތެއްގެ މަތީން ކައުންސިލް ބިއުރޯގެ މަސައްކަތްތައް ކުރުމާއި، ކައުންސިލަރުންގެ ދައުރު ބަދަލުވުމުގެ މަރުހަލާގެ ކަންކަން ތަންފީޛުކުރުމުގެ ގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލައިފައިވާ ކައުންސިލަރުންގެ ދައުރު ބަދަލުވުމުގެ މަރުހަލާގެ އުސޫލު ގެ ދަށުން، އަތޮޅުކައުންސިލް އަށް އިންތިޚާބުކުރެވިފައިވާ ކައުންސިލަރުންގެ ދައުރު ބަދަލުވުމުގެ މަރުހަލާގެ ކަންކަން ތަންޛީމުކުރުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އަތޮޅު ކައުންސިލްގެ އެއްގަމާއި ކަނޑުގެ އުޅަނދުތަކުގެ ދަތުރުތަކާ ބެހޭ އެންމެހާ ކަމެއް ރާވާހިންގުމާއި، ދަތުރު ރިޕޯޓްތައް ތައްޔާރުކުރުމާއި، މ. އަތޮޅުގެ ރަށްރަށުގެ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އެހެނިހެން ޞިނާޢަތުތައް ކުރިއެރުވުމަށް އެހީތެރިވެދީ އަތޮޅުގެ އިޤްތިޞާދު ކުރިއެރުވުމަށް މަސައްކަތްކުރުމާއި، ކައުންސިލުން ދޫކުރާ ލޯން ސްކީމާއި، ކުރެޑިޓް ސްކީމްތަކުގެ އެންމެހައި މަސައްކަތްތައް ކައުންސިލްގެ މަޝްވަރާގެ މަތިން، ޤަވާޢިދާ އުޞޫލް ތަކާ އެއްގޮތަށް ހިންގާ ބެލެހެއްޓުން ހިމެނެއެވެ.
ނާޡިމާ ޝަކީބު – އެސޯސިއޭޓް ކައުންސިލް އޮފިސަރ
އޮފީސް ފޯނުނަންބަރު: 6724723
އީމެއިލް nazima.shakeeb@meem.gov.mv
އަލްފާޟިލާ ނާޡިމާ ޝަކީބް ސަރުކާރަށް ޚިދުމަތް ކުރައަވަންފެއްޓެވީ 15 އޭޕްރީލް 2001 ގައި އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ސެކްރެޓަރީގެ މަޤާމުންނެވެ. އެތަނުން 13 އޮކްޓޯބަރ 2001 ގައި ވަކިވެ ވަޑައިގެންނެވުމަށްފަހު 2013 ޖޫން 09 އިން ފެށިގެން 2013 ނޮވެމްބަރ 23 ގެ ނިޔަލަށް އަލްފާޟިލާ ނާޡިމާ ޝަކީބް މަސައްކަތް ކުރެއްވީ މ. ރަތްމަންދޫ ސްކޫލުގެ ރިލީފް ޓީޗަރެއްގެ ގޮތުގައެވެ. މި އިދާރާއާއި ގުޅިވަޑައިގެންނެވީ 2024 މާރިޗް 27 ގައި އެސޯސިއޭޓް ކައުންސިލް އޮފިސަރ ކަމުގެ މަޤާމަށެވެ.
އަލްފާޟިލާ ނާޡިމާ ޝަކީބު މަސައްކަތް ކުރައްވަނީ މި އިދާރާގެ ސްޓްރެޓެޖިކް ޕްލޭނިންގ އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގައެވެ. މައިގަނޑު މަސައްކަތަކީ އެކިއެކި ބޭނުންތަކަށް ދޫކުރާ ބިންބިމުގެ ކަންތައްތަކާއި ދިރިއުޅުމަށް ދޫކުރާ ގޯތިގެދޮރާއި ބެހޭ ގޮތުން ހުށަހެޅޭ މައްސަލަތަކުގެ ކަންކަމާއި ބިނާވެށި ޕްލޭނާއި ބިމުގެ ބަޖެޓް ތައްޔާރުކޮށް ލޭންޑް ސާރވޭ ކުރުމުގެ މަސައްކަތްތައް ރަށުކައުންސިލްތަކާއި ގުޅިގެން ކުރުމާއި، މ. އަތޮޅުގެ އެންމެހާ ރަށްރަށާއި ބިންބިމުގެ ދަފްތަރު އެކުލަވާލައި ސޮފްޓްވެއަރއިން އަޕްޑޭޓް ކޮށް ބެލެހެއްޓުމާއި ބިމާއިބެހޭ ޤައުމީ ދަފުތަރު އެކުލަވައި ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުމާއި، އަތޮޅުގެ ބެލެހެއްޓުމާއި އަތޮޅުގޭގެ އިންވެންޓްރީގެ ސޮފްޓްވެއަރ ބެލެހެއްޓުމާއި، އެއްބުރިއަށްބުރެ ގިނަ ބުރިބުރިއަށް ކުރެވޭ އިމާރާތްތަކާބެހޭ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ތަރައްޤީގެ މަޝްރޫޢުތަކަށް އަތޮޅުކައުންސިލުން ހަދަންޖެހޭ އެންމެހާ ޕްރޮޕޯޒަލްތައް ހެދުމާއި، ކައުންސިލްގައި ގޯތި ގެދޮރު ރަހުނުކުރުމާއި، ބިމާއި، ގޯތި ގެދޮރާބެހޭގޮތުން ކައުންސިލުން ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުމާއި، އަތޮޅުގެ ނުވަތަ ރަށުގެ ތަރައްޤީއަށްޓަކައި ހިންގުމަށް ރޭވޭ އެކި މަޝްރޫޢުތައް ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ތައްޔާރުކުރަންޖެހޭ ޕްރޮޕޯސަލްތައް ތައްޔާރުކުރުމާއި، އެފަދަ ޕްރޮޕޯސަލްތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، އެހީ ހޯދުމުގެ މަސައްކަތްތައް ޤާނޫނާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ހުދޫދުތަކުގެ ތެރެއިން ކުރުމާއި، އަތޮޅުގެ ތަފާސް ހިސާބުބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން ހިމެނެއެވެ.
އަޙުސަން އަޙްމަދު ތައުފީޤް – އެސޯސިއޭޓް ކައުންސިލް އޮފިސަރ
އޮފީސް ފޯނުނަންބަރު: 6724725
އީމެއިލް: ahsan.ahmed@meem.gov.mv
އަލްފާޟިލް އަޙުސަން އަޙްމަދު ތައުފީޤް މި އިދާރާއާއި ގުޅިވަޑައިގަތީ 26 މާރިޗް 2024 ގައި އެސޯސިއޭޓް ކައުންސިލް އޮފިސަރގެ މަޤާމަށެވެ.
އަލްފާޟިލް އަޙުސަން އަޙްމަދު ތައުފީޤް މަސައްކަތް ކުރައްވަނީ މި އިދާރާގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ޕަބްލިކް ސަރވިސް ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ ކައުންސިލްގެ އާންމު ބައްދަލުވުންތަކާއި ކުއްލި ބައްދަލުވުންތައް އިންތިޒާމްކޮށް އެކަމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުމާއި، ކައުންސިލުން ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުމާއި، އަތޮޅު ކައުންސިލް ގެ ރައީސަށް ނުވަތަ ކައުންސިލް މެމްބަރުންނާއި ބައްދަލު ކުރުމަށް ވަޑައިގަންނަވާ ބޭފުޅުންގެ އެޕޮއިންޓްމަންޓް ހަމަޖެއްސުމާއި ބައިވެރިކުރާ ބައްދަލުވުންތަކުގެ ހުށަހެޅުންތައް ނޯޓްކޮށް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެމަތިން އެ މައްސަލަތައް ހިންގުމަށް ޙަވާލުކުރަންޖެހޭ މުވައްޒަފުންނާ ޙަވާލުކުރުމާއި، ކައުންސިލުން ބާއްވާ އާންމު ބައްދަލުވުންތަކާއި، ކުއްލި ބައްދަލުވުމުން ނިންމާ ނިންމުންތައް ލިޔެ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލް އާއި ޙަވާލު ކުރުމާއިއެކު ކައުންސިލް އިދާރާގެ ނޯޓިސްބޯޑްގައި ބެހެއްޓުމާއި ވެބްސައިޓާއި ފޭސްބުކް ޕޭޖްގައި އާންމުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުމާއި، އިދާރީ ފެންވަރުގައި ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި އެކިފަރާތްތަކާއެކު އެގްރިމެންޓްކޮށް ވިޔަފާރީގެ މުޢާމަލާތްތައްކުރުމާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތީން މ. އަތޮޅުގައި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި އެހެނިހެން ސިނާޢަތްތައް ކުރިއެރުވުމަށް އެހީތެރިވެދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި، ސްޓޭޓް ހައުސް ގައި މަސައްކަތްކުރާ ސަޕޯޓް ސްޓާފުންގެ މަސައްކަތްތައް ރޭވުމާއި އެކަންކަން ބެލެހެއްޓުމާއި، ކައުންސިލް ބައްދަލުވުންތައް އަޑުއަހަން ބޭނުންވެގެން އަންނަ ފަރާތްތަކަށް ޤަވައިދުގައިވާ ގޮތުގެ މަތީން ވަދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، ކައުންސިލުން ދޫކުރާ ލޯން ސްކީމާއި، ކުރެޑިޓް ސްކީމްތަކުގެ އެންމެހައި މަސައްކަތްތައް ކައުންސިލްގެ މަޝްވަރާގެ މަތިން، ޤަވާޢިދާއި އުސޫލް ތަކާ އެއްގޮތަށް ހިންގާ ބެލެހެއްޓުން ހިމެނެއެވެ.
އަޙްމަދު ސަމާހު އިސްމާޢީލް – އެސޯސިއޭޓް ކައުންސިލް އޮފިސަރ
އޮފީސް ފޯނުނަންބަރު: 6724726
އީމެއިލް: ahmed.samaah@meem.gov.mv
އަލްފާޟިލް އަޙްމަދު ސަމާހު އިސްމާޢީލް މި އިދާރާއާއި ގުޅިވަޑައިގަތީ 02 ޖުލައި 2024 ގައި އެސޯސިއޭޓް ކައުންސިލް އޮފިސަރގެ މަޤާމަށެވެ.
އަލްފާޟިލް އަޙްމަދު ސަމާހު އިސްމާޢީލް މަސައްކަތް ކުރައްވަނީ މި އިދާރާގެ ކޯޕަރޭޓް އެފެއަރޒް ސެކްޝަނުގައެވެ. ވަޒީފާގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި ރަމަޟާން މަހު އަތޮޅުގައި ދީނީ ނަސޭޙަތްދިނުމުގެ ޕްރޮގްރާމް ރާވާ ހިންގުމާއި، ގެނެވޭ ވާއިޒުންގެ އެންމެހާ ކަންތައްތައް ސެކްޝަންގެ ވެރިޔާގެ މަޝްވަރާއާއެކު ހިންގާ ބެލެހެއްޓުމާއި، އެކިއެކި ކަންކަމަށް އަތޮޅަށް ވަޑައިގަންނަވާ ސަރުކާރުގެ އިސްވެރިންގެ ޓީމުތަކަށް ދޭންޖެހޭ އެހީތެރިކަން ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި، އަތޮޅު ކައުންސިލް އިދާރާ ހުޅުވާ ލެއްޕުމުގެ އިންތިޒާމުތަކާއި ރަމަޟާން މަހާއި ޝައްވާލުމަހުގެ ހަނދުބެލުމުގެ އިންތިޒާމް ސެކްޝަންގެ ވެރިޔާގެ އިދުޝާދުގެ މަތީން ހަމަޖެއްސުމާއި، ރިސެޕްޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވައި ބެލެހެއްޓުމާއި، މުވައްޒަފުންގެ ވަޒީފާ ބަޔާންތަކާއި ވަޒީފާގެ އެއްބަސްވުންތައް ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ މަތީން ތައްޔާރުކޮށް މުވައްޒަފުންނާ މަސައްކަތް ޙަވާލުކުރުމާއި، އަތޮޅު ކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގު ދަށުގައިވާ ތަންތަނުގެ އިންވެންޓްރީ ލިޔެ ބެލެހެއްޓުމާއި، ސްޓޮކް ބެލެހެއްޓުމާއި ސްޓޮކް ކުރެވޭ ތަކެތީގެ ކޮންމެ އައިޓަމެއްގެ ބާކީ އެނގޭނެ ގޮތަށް ސްޓޮކް ބަކީ ބެލެހެއްޓުމާއި، ސްޓޮކަށް ހޯދާ ތަކެތި ގެނައުމުން، ގެނައި ތަކެއްޗަކީ އޯޑަރ ފޯމުގައިވާ ތަކެތިތޯ ބެލުން އަދި އެފަދަ ތަކެތި މާލިއްޔަތު ގަވާއިދާއި އެއްގޮތަށް އަނބުރާ ދައްކާގޮތަށް އެކިފަރާތްތަކަށް ދޫކޮށް އެތަކެތި އަނބުރާ ލިބުނުކަން ކަށަވަރުކުރުމާއި، އަތޮޅު ކައުންސިލް އިދާރާއަށް މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާއި، އިޞްލާޙީ ފިޔަވަޅު އެޅުމާއި، ޕްރޮމޯޝަން ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުން އަދި އަތޮޅު ކައުންސިލާއި އަތޮޅު ކައުންސިލް ބެލުމުގެ ދަށުގައިވާ ތަންތަނުގެ މުވައްޒަފުންގެ ދާއިމީ ރަޖިސްޓަރީއާއި ވަގުތީ މުވައްޒަފުންގެ ރަޖިސްޓަރީއަށް އަންނަ އުނިއިތުރު ލިޔެ ބެލެހެއްޓުމާއި މުވައްޒަފުންގެ ރެކޯޑްފައިލްތައް ބެލެހެއްޓުމާއި، އަތޮޅުކައުންސިލް އިދާރާއާއި، އެއިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ މުވައްޒަފުންގެ ޙާޟިރީ އާއި ޗުއްޓީ އާއި ސަލާމްގެ ރެކޯޑް ބެލެހެއްޓުމާއި އިތުރުގަޑީގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުގަޑީގެ ރިޕޯރޓާއި ގަޑީލާރީގެ ރިޕޯޓް ކޮންމެ މަހެއްގެ 17 ގެ ކުރިން ތައްޔާރުކޮށް ކަމާގުޅުންހުރި މުވައްޒަފުންނާއި ޙަވާލުކޮށް، ކަމާ ގުޅޭ އެހެނިހެން ފަރާތްތަކަށް ފޮނުވުމާއި، މުވައްޒަފުންގެ ފައިލްތައް ދުވަހުން ދުވަހަށް އަދާހަމަކޮށް ބެލެހެއްޓުމާއި، އަތޮޅު ކައުންސިލް މުވައްޒަފުންގެ ޗުއްޓީ ތާވަލް ކޮންމެ އަހަރެއް ފެށުމުން ސުޕަވައިޒަރުން މެދުވެރިކޮށް ހަދައި އެ ތާވަލު މުވައްޒަފުންނަށް ފެންނާނޭހެން ބެހެއްޓުން އަދި އަތޮޅު ކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގެދަށުގައިވާ ތަންތަނުގެ މުވައްޒަފުންނަށް ޗުއްޓީ ދިނުމުގެ އިދާރީ މަސައްކަތް ކުރުމާއި، ސެކްޝަންގެ ވެރިޔާ އަންގަވާގޮތުގެ މަތީން އަތޮޅު ކައުންސިލްގެ އިދާރާގެ އޮގަނައިޒޭޝަން ޗާޓު ތައްޔާރު ކުރުމާއި މުވައްޒަފުންނަށް ލިބެންޖެހޭ މުސާރައިގެ ކުރި އެރުން ހޯދައި ދިނުމަށް ހަމަޖެހިފައިވާ ޤަވާއިދާ އުސޫލުގެ ތެރެއިން މަސައްކަތްކުރުން ހިމެނެއެވެ.
ނަޝްމާ ޙުސައިން ފުޅު – އެސިސްޓެންޓް ކައުންސިލް އޮފިސަރ
އޮފީސް ފޯނުނަންބަރު: 6724699
އީމެއިލް: nashma.hussain@meem.gov.mv
އަލްފާޟިލާ ނަޝްމާ ޙުސައިން ފުޅު މި އިދާރާއާއި ގުޅިވަޑައިގަތީ 03 ޖުލައި 2024 ގައި އެސޯސިއޭޓް ކައުންސިލް އޮފިސަރގެ މަޤާމަށެވެ.
އަލްފާޟިލާ ނަޝްމާ ޙުސައިން ފުޅު މަސައްކަތް ކުރައްވަނީ މި އިދާރާގެ ކޯޕަރޭޓް އެފެއަރޒް ސެކްޝަނުގައެވެ. ވަޒީފާގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި ރަމަޟާން މަހު އަތޮޅުގައި ދީނީ ނަސޭޙަތްދިނުމުގެ ޕްރޮގްރާމް ރާވާ ހިންގުމާއި، ގެނެވޭ ވާއިޒުންގެ އެންމެހާ ކަންތައްތައް ސެކްޝަންގެ ވެރިޔާގެ މަޝްވަރާއާއެކު ހިންގާ ބެލެހެއްޓުމާއި، އެކިއެކި ކަންކަމަށް އަތޮޅަށް ވަޑައިގަންނަވާ ސަރުކާރުގެ އިސްވެރިންގެ ޓީމުތަކަށް ދޭންޖެހޭ އެހީތެރިކަން ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި، އަތޮޅު ކައުންސިލް އިދާރާ ހުޅުވާ ލެއްޕުމުގެ އިންތިޒާމުތަކާއި ރަމަޟާން މަހާއި ޝައްވާލުމަހުގެ ހަނދުބެލުމުގެ އިންތިޒާމް ސެކްޝަންގެ ވެރިޔާގެ އިދުޝާދުގެ މަތީން ހަމަޖެއްސުމާއި، ރިސެޕްޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވައި ބެލެހެއްޓުމާއި، މުވައްޒަފުންގެ ވަޒީފާ ބަޔާންތަކާއި ވަޒީފާގެ އެއްބަސްވުންތައް ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ މަތީން ތައްޔާރުކޮށް މުވައްޒަފުންނާ މަސައްކަތް ޙަވާލުކުރުމާއި، އަތޮޅު ކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގު ދަށުގައިވާ ތަންތަނުގެ އިންވެންޓްރީ ލިޔެ ބެލެހެއްޓުމާއި، ސްޓޮކް ބެލެހެއްޓުމާއި ސްޓޮކް ކުރެވޭ ތަކެތީގެ ކޮންމެ އައިޓަމެއްގެ ބާކީ އެނގޭނެ ގޮތަށް ސްޓޮކް ބަކީ ބެލެހެއްޓުމާއި، ސްޓޮކަށް ހޯދާ ތަކެތި ގެނައުމުން، ގެނައި ތަކެއްޗަކީ އޯޑަރ ފޯމުގައިވާ ތަކެތިތޯ ބެލުން އަދި އެފަދަ ތަކެތި މާލިއްޔަތު ގަވާއިދާއި އެއްގޮތަށް އަނބުރާ ދައްކާގޮތަށް އެކިފަރާތްތަކަށް ދޫކޮށް އެތަކެތި އަނބުރާ ލިބުނުކަން ކަށަވަރުކުރުމާއި، އަތޮޅު ކައުންސިލް އިދާރާއަށް މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާއި، އިޞްލާޙީ ފިޔަވަޅު އެޅުމާއި، ޕްރޮމޯޝަން ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުން އަދި އަތޮޅު ކައުންސިލާއި އަތޮޅު ކައުންސިލް ބެލުމުގެ ދަށުގައިވާ ތަންތަނުގެ މުވައްޒަފުންގެ ދާއިމީ ރަޖިސްޓަރީއާއި ވަގުތީ މުވައްޒަފުންގެ ރަޖިސްޓަރީއަށް އަންނަ އުނިއިތުރު ލިޔެ ބެލެހެއްޓުމާއި މުވައްޒަފުންގެ ރެކޯޑްފައިލްތައް ބެލެހެއްޓުމާއި، އަތޮޅުކައުންސިލް އިދާރާއާއި، އެއިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ މުވައްޒަފުންގެ ޙާޟިރީ އާއި ޗުއްޓީ އާއި ސަލާމްގެ ރެކޯޑް ބެލެހެއްޓުމާއި އިތުރުގަޑީގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުގަޑީގެ ރިޕޯރޓާއި ގަޑީލާރީގެ ރިޕޯޓް ކޮންމެ މަހެއްގެ 17 ގެ ކުރިން ތައްޔާރުކޮށް ކަމާގުޅުންހުރި މުވައްޒަފުންނާއި ޙަވާލުކޮށް، ކަމާ ގުޅޭ އެހެނިހެން ފަރާތްތަކަށް ފޮނުވުމާއި، މުވައްޒަފުންގެ ފައިލްތައް ދުވަހުން ދުވަހަށް އަދާހަމަކޮށް ބެލެހެއްޓުމާއި، އަތޮޅު ކައުންސިލް މުވައްޒަފުންގެ ޗުއްޓީ ތާވަލް ކޮންމެ އަހަރެއް ފެށުމުން ސުޕަވައިޒަރުން މެދުވެރިކޮށް ހަދައި އެ ތާވަލު މުވައްޒަފުންނަށް ފެންނާނޭހެން ބެހެއްޓުން އަދި އަތޮޅު ކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގެދަށުގައިވާ ތަންތަނުގެ މުވައްޒަފުންނަށް ޗުއްޓީ ދިނުމުގެ އިދާރީ މަސައްކަތް ކުރުމާއި، ސެކްޝަންގެ ވެރިޔާ އަންގަވާގޮތުގެ މަތީން އަތޮޅު ކައުންސިލްގެ އިދާރާގެ އޮގަނައިޒޭޝަން ޗާޓު ތައްޔާރު ކުރުމާއި މުވައްޒަފުންނަށް ލިބެންޖެހޭ މުސާރައިގެ ކުރި އެރުން ހޯދައި ދިނުމަށް ހަމަޖެހިފައިވާ ޤަވާއިދާ އުސޫލުގެ ތެރެއިން މަސައްކަތްކުރުން ހިމެނެއެވެ.
ޙަސަން އަކުރަމް – އެސިސްޓެންޓް ކައުންސިލް އޮފިސަރ
އޮފީސް ފޯނުނަންބަރު: 6724727
އީމެއިލް: hassan.akram@meem.gov.mv
އަލްފާޟިލް ޙަސަން އަކުރަމް މި އިދާރާއާއި ގުޅިވަޑައިގަތީ 04 ޖުލައި 2024 ގައި އެސޯސިއޭޓް ކައުންސިލް އޮފިސަރގެ މަޤާމަށެވެ.
އަލްފާޟިލް ޙަސަން އަކުރަމް މަސައްކަތް ކުރައްވަނީ މި އިދާރާގެ ކޯޕަރޭޓް އެފެއަރޒް ސެކްޝަނުގައެވެ. ވަޒީފާގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި ރަމަޟާން މަހު އަތޮޅުގައި ދީނީ ނަސޭޙަތްދިނުމުގެ ޕްރޮގްރާމް ރާވާ ހިންގުމާއި، ގެނެވޭ ވާއިޒުންގެ އެންމެހާ ކަންތައްތައް ސެކްޝަންގެ ވެރިޔާގެ މަޝްވަރާއާއެކު ހިންގާ ބެލެހެއްޓުމާއި، އެކިއެކި ކަންކަމަށް އަތޮޅަށް ވަޑައިގަންނަވާ ސަރުކާރުގެ އިސްވެރިންގެ ޓީމުތަކަށް ދޭންޖެހޭ އެހީތެރިކަން ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި، އަތޮޅު ކައުންސިލް އިދާރާ ހުޅުވާ ލެއްޕުމުގެ އިންތިޒާމުތަކާއި ރަމަޟާން މަހާއި ޝައްވާލުމަހުގެ ހަނދުބެލުމުގެ އިންތިޒާމް ސެކްޝަންގެ ވެރިޔާގެ އިދުޝާދުގެ މަތީން ހަމަޖެއްސުމާއި، ރިސެޕްޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވައި ބެލެހެއްޓުމާއި، މުވައްޒަފުންގެ ވަޒީފާ ބަޔާންތަކާއި ވަޒީފާގެ އެއްބަސްވުންތައް ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ މަތީން ތައްޔާރުކޮށް މުވައްޒަފުންނާ މަސައްކަތް ޙަވާލުކުރުމާއި، އަތޮޅު ކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގު ދަށުގައިވާ ތަންތަނުގެ އިންވެންޓްރީ ލިޔެ ބެލެހެއްޓުމާއި، ސްޓޮކް ބެލެހެއްޓުމާއި ސްޓޮކް ކުރެވޭ ތަކެތީގެ ކޮންމެ އައިޓަމެއްގެ ބާކީ އެނގޭނެ ގޮތަށް ސްޓޮކް ބަކީ ބެލެހެއްޓުމާއި، ސްޓޮކަށް ހޯދާ ތަކެތި ގެނައުމުން، ގެނައި ތަކެއްޗަކީ އޯޑަރ ފޯމުގައިވާ ތަކެތިތޯ ބެލުން އަދި އެފަދަ ތަކެތި މާލިއްޔަތު ގަވާއިދާއި އެއްގޮތަށް އަނބުރާ ދައްކާގޮތަށް އެކިފަރާތްތަކަށް ދޫކޮށް އެތަކެތި އަނބުރާ ލިބުނުކަން ކަށަވަރުކުރުމާއި، އަތޮޅު ކައުންސިލް އިދާރާއަށް މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާއި، އިޞްލާޙީ ފިޔަވަޅު އެޅުމާއި، ޕްރޮމޯޝަން ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުން އަދި އަތޮޅު ކައުންސިލާއި އަތޮޅު ކައުންސިލް ބެލުމުގެ ދަށުގައިވާ ތަންތަނުގެ މުވައްޒަފުންގެ ދާއިމީ ރަޖިސްޓަރީއާއި ވަގުތީ މުވައްޒަފުންގެ ރަޖިސްޓަރީއަށް އަންނަ އުނިއިތުރު ލިޔެ ބެލެހެއްޓުމާއި މުވައްޒަފުންގެ ރެކޯޑްފައިލްތައް ބެލެހެއްޓުމާއި، އަތޮޅުކައުންސިލް އިދާރާއާއި، އެއިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ މުވައްޒަފުންގެ ޙާޟިރީ އާއި ޗުއްޓީ އާއި ސަލާމްގެ ރެކޯޑް ބެލެހެއްޓުމާއި އިތުރުގަޑީގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުގަޑީގެ ރިޕޯރޓާއި ގަޑީލާރީގެ ރިޕޯޓް ކޮންމެ މަހެއްގެ 17 ގެ ކުރިން ތައްޔާރުކޮށް ކަމާގުޅުންހުރި މުވައްޒަފުންނާއި ޙަވާލުކޮށް، ކަމާ ގުޅޭ އެހެނިހެން ފަރާތްތަކަށް ފޮނުވުމާއި، މުވައްޒަފުންގެ ފައިލްތައް ދުވަހުން ދުވަހަށް އަދާހަމަކޮށް ބެލެހެއްޓުމާއި، އަތޮޅު ކައުންސިލް މުވައްޒަފުންގެ ޗުއްޓީ ތާވަލް ކޮންމެ އަހަރެއް ފެށުމުން ސުޕަވައިޒަރުން މެދުވެރިކޮށް ހަދައި އެ ތާވަލު މުވައްޒަފުންނަށް ފެންނާނޭހެން ބެހެއްޓުން އަދި އަތޮޅު ކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގެދަށުގައިވާ ތަންތަނުގެ މުވައްޒަފުންނަށް ޗުއްޓީ ދިނުމުގެ އިދާރީ މަސައްކަތް ކުރުމާއި، ސެކްޝަންގެ ވެރިޔާ އަންގަވާގޮތުގެ މަތީން އަތޮޅު ކައުންސިލްގެ އިދާރާގެ އޮގަނައިޒޭޝަން ޗާޓު ތައްޔާރު ކުރުމާއި މުވައްޒަފުންނަށް ލިބެންޖެހޭ މުސާރައިގެ ކުރި އެރުން ހޯދައި ދިނުމަށް ހަމަޖެހިފައިވާ ޤަވާއިދާ އުސޫލުގެ ތެރެއިން މަސައްކަތްކުރުން ހިމެނެއެވެ.
މޫސާ ފަތުޙީ - ޑުރައިވަރ
އަލްފާޟިލް މޫސާ ފަތުޙީ މި އިދާރާއާއި ގުޅިވަޑައިގަތީ 03 އޮގަސްޓް 2011 ގައި ކާރު ޑްރައިވަރެއްގެ މަޤާމަށެވެ. އަލްފާޟިލް މޫސާ ފަތުޙީ ސަރުކާރުގެ ޚިދުމަތުގައި އުޅުއްވާތާ 12 އަހަރު ވެއްޖެއެވެ.
އަލްފާޟިލް މޫސާ ފަތުޙީ މަސައްކަތް ކުރައްވަނީ މި އިދާރާގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ޕަބްލިކް ސަރވިސް ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ މި އިދާރާގެ އެއްގަމު އުޅަނދުފަހަރުގައި ކުރަންޖެހޭ ދަތުރުތައް ނިންމުމަށްފަހު ދަތުރު ލޮގް ފުރިހަމަ ކުރުމަށްޓަކައި ކަމާބެހޭ މުވައްޒަފަށް މަޢުލޫމާތުދިނުމާއި، މި އިދާރާގެ އެއްގަމު އުޅަނދުފަހަރުން ދަތުރުކުރާއިރުގައި އަދި ދަތުރު ނުކޮށް އޮންނައިރު، އެ އުޅަނދުފަހަރަށް ގެއްލުމެއް ލިބިދާނޭ އެންމެހައި ކަންކަމުން ރައްކާތެރިކޮށް، ކާރު ހަޑިވިޔަނުދީ ދޮވެސާފުކޮށް ބެލެހެއްޓުމާއި، ކާރު ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް ކުރުމާއި ގަރާޖު ސާފުކޮށް ބެލެހެއްޓުމާއި، ކާރުގެ މަރާމާތަށް ބޭނުންވާ ތަކެތި ކަމާބެހޭ މުވައްޒަފާއި ގުޅައިގެންހޯދާ ކުރެވެންހުންނަ ކުދިކުދި މަރާމާތުތައްކުރުމާއި ޙަވާލުކުރެވިފައިވާ ޓޫލްސް ރައްކާތެރި ކަމާއެކު ބެލެހެއްޓުން. އަދި އަމިއްލައަށް ނުކުރެވޭވަރުގެ މަރާމާތެއް ކުރަންވެއްޖެނަމަ ކަމާބެހޭ މުވައްޒަފަށް މަޢުލޫމާތުދިނުމާއި، ދަތުރަށް ފެށުމުގެކުރިން އިންޖީނުގެ އަޑީތެލާއި މަތީތެޔޮ ހަމަޔަށް ހުރިތޯބަލައި، ތެޔޮމަދުނަމަ ތެޔޮއެޅުމާއި، ކާރުގެ ރޯޑުވާދިނަސްގެ މުއްދަތު ހަމަވުމުގެ ކުރިން ރޯޑުވާދިނަސް އާކުރުމަށް ކަމާބެހޭ މުވައްޒަފަށް ހުށަހެޅުމާއި، މި އިދާރާގެ ފަރުނީޗަރުތައް ފޮހެ ސާފުކުރުމާއި، ފުރާޅުތަކާއި ދިޔަދޮވިތައް ރަގަޅަށް ސާފުކުރުމަށްފަހު ފެންއަޅާ ހަންތަކަށް، ފެންނަގާ ރައްކާކުރުމާއި، އަތޮޅު ކައުންސިލްއިން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެސެޖު ފަދަ ލިޔުންތަކާއި އެންމެހާ ތަކެތި އޮފީހުންއަންގާ ގޮތެއްގެމަތީން އެފަރާތްތަކާ ޙަވާލު ކުރުމާއި، މި އިދާރާއަށް ޙާޟިރުކުރަންޖެހޭ މީސްމީހުން އިދާރާއިން އަންގާ ގޮތެއްގެމަތީން ޙާޟިރު ކުރުމާއި، މި އިދާރާގެ ދިދަ ހަޑިވިޔަނުދީ ބަދަލުކުރަމުން ގެންދިއުމާއި، މި އިދާރާގެ ނޯޓިސްބޯޑުގައި ހަރުކުރަންޖެހޭލިޔުންތައް ހަރުކުރުމާއި ނަންޓަށްޖެހޭލިޔުންތައް ނެއްޓުމާއި، އިދާރާގެ ފަންކާތަކާއި ކަތިފިލާތަކާއި ދޮރުތައް ފޮޅާ ސާފުކުރުމާއި، މި އިދާރާގެ ވަޅު ދިޔަހިއްކާ ހަޑިނުވާނެހެން ބެލެހެއްޓުމާއި، އިދާރާ ހިމެނޭ ބައިގެ ބަގީޗާ ހައްދާ އާލާކޮށް، ގަސްތައް ކޮށާ، ސާފުކޮށް، ބަގީޗާ ގަސްތަކަށް ފެންދީ ބެލެހެއްޓުމާއި، މި އިދާރާގެ ޢިމާރާތްތަކުގެ މަރާމާތާބެހޭ މަޢުލޫމާތާއި، ލަފާ ޕްރޮޖެކްޓް އޮފިސަރަށް ދެމުން ގެންދިއުން ހިމެނެއެވެ.
މޫސާ ނަޢީމް - ކައުންސިލް އެސިސްޓެންޓް
އަލްފާޟިލް މޫސާ ނަޢީމް މި އިދާރާއާއި ގުޅިވަޑައިގަތީ 23 ޖުލައި 2001 ގައި މަސައްކަތު މީހެއްގެ މަޤާމަށެވެ. 01 ޖޫން 2021 ގައި ކައުންސިލްތަކުގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން މޫސާ ނަޢީމުގެ މަޤާމު ވަނީ ކައުންސިލް އެސިސްޓެންޓުގެ މަޤާމަށް ބަދަލުކުރެވިފައެވެ. އަލްފާޟިލް މޫސާ ނަޢީމް ސަރުކާރުގެ ޚިދުމަތުގައި އުޅުއްވާތާ 22 އަހަރު ވެއްޖެއެވެ.
އަލްފާޟިލް މޫސާ ނަޢީމް މަސައްކަތް ކުރައްވަނީ މި އިދާރާގެ ކޯޕަރޭޓް އެފެއަރޒް ސެކްޝަނުގައެވެ. މައިގަނޑު މަސައްކަތަކީ މި އިދާރާގެ ހުރިހާތަނެއް ދުވާލަކު އެއްފަހަރު ކުނިކަހާ، ފޮޅާ ސާފުކުރުމާއި، ވަށާބޭރު ހަޑިވިޔަނުދީ ސާފުކޮށް ވިނަނޮޅާ ކުނިކެހުމާއި، މި އިދާރާގެ ފަރާތުން އެކިފަރާތްތަކަށް ރައްދުކުރަން ހުންނަ ލިޔުމާއި، އެހެނިހެން ތަކެތި ހަމަޖައްސާފައިވާ ޤަވާޢިދުގެމަތިން ރައްކާތެރިކަމާއެކު އެފަރާތްތަކާއި ޙަވާލުކުރުމާއި، މި އިދާރާގައި ބޭނުންކުރާ މޭޒުތަކާއި ގޮނޑިތަކާއި ސައިމާލަމް ފޮހެ ސާފުކުރުމާއި، ފާޚާނާތަކާއި، މީޓިންގ ހޯލް ކޮންމެ ދުވަހަކު ސާފުކުރުމާއި، ޕާކުތަކުގައި ބަގީޗާ ހައްދާ އާލާކޮށް ބަގީޗާތަކަށް ފެންދީ ބެލެހެއްޓުމާއި، މި އިދާރާގެ ދޮރުފޮތިތައް ހަޑިވިޔަނުދީ ދޮވެ ސާފުކުރުމާއި، އޮފީހުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން ހިމެނެއެވެ.
އާމިނަތު ޙުސައިން - ކައުންސިލް އެސިސްޓެންޓް
އަލްފާޟިލާ އާމިނަތު ޙުސައިން މި އިދާރާއާއި ގުޅިވަޑައިގަތީ 03 އޮގަސްޓް 2011 ގައި މަސައްކަތު މީހެއްގެ މަޤާމަށެވެ. 01 ޖޫން 2021 ގައި ކައުންސިލްތަކުގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން އާމިނަތު ޙުސައިންގެ މަޤާމު ވަނީ ކައުންސިލް އެސިސްޓެންޓުގެ މަޤާމަށް ބަދަލުކުރެވިފައެވެ. އަލްފާޟިލާ އާމިނަތު ޙުސައިން ސަރުކާރުގެ ޚިދުމަތުގައި އުޅުއްވާތާ 12 އަހަރު ވެއްޖެއެވެ.
އާމިނަތު ޙުސައިން މަސައްކަތް ކުރައްވަނީ މި އިދާރާގެ ކޯޕަރޭޓް އެފެއަރޒް ސެކްޝަނުގައެވެ. މައިގަނޑު މަސައްކަތަކީ މި އިދާރާގެ ހުރިހާތަނެއް ދުވާލަކު އެއްފަހަރު ކުނިކަހާ، ފޮޅާ ސާފުކުރުމާއި، ވަށާބޭރު ހަޑިވިޔަނުދީ ސާފުކޮށް ވިނަނޮޅާ ކުނިކެހުމާއި، މި އިދާރާގެ ފަރާތުން އެކިފަރާތްތަކަށް ރައްދުކުރަން ހުންނަ ލިޔުމާއި، އެހެނިހެން ތަކެތި ހަމަޖައްސާފައިވާ ޤަވާޢިދުގެމަތިން ރައްކާތެރިކަމާއެކު އެފަރާތްތަކާއި ޙަވާލުކުރުމާއި، މި އިދާރާގައި ބޭނުންކުރާ މޭޒުތަކާއި ގޮނޑިތަކާއި ސައިމާލަމް ފޮހެ ސާފުކުރުމާއި، ފާޚާނާތަކާއި، މީޓިންގ ހޯލް ކޮންމެ ދުވަހަކު ސާފުކުރުމާއި، ޕާކުތަކުގައި ބަގީޗާ ހައްދާ އާލާކޮށް ބަގީޗާތަކަށް ފެންދީ ބެލެހެއްޓުމާއި، މި އިދާރާގެ ދޮރުފޮތިތައް ހަޑިވިޔަނުދީ ދޮވެ ސާފުކުރުމާއި، އޮފީހުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން ހިމެނެއެވެ.
ޞަފިއްޔާ ޢަބުދުﷲ - ކައުންސިލް އެސިސްޓެންޓް
އަލްފާޟިލާ ޞަފިއްޔާ ޢަބުދުﷲ މި އި ދާރާއާއި ގުޅިވަޑައިގަތީ 05 ޖުލައި 2016 ގައި މަސައްކަތު މީހެއްގެ މަޤާމަށެވެ. 01 ޖޫން 2021 ގައި ކައުންސިލްތަކުގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން ޞަފިއްޔާ ޢަބުދުﷲގެ މަޤާމު ވަނީ ކައުންސިލް އެސިސްޓެންޓުގެ މަޤާމަށް ބަދަލުކުރެވިފައެވެ. އަލްފާޟިލާ ޞަފިއްޔާ ޢަބުދުﷲ ސަރުކާރުގެ ޚިދުމަތުގައި އުޅުއްވާތާ 07 އަހަރު ވެއްޖެއެވެ.
އަލްފާޟިލާ ޞަފިއްޔާ ޢަބުދުﷲ މަސައްކަތް ކުރައްވަނީ މި އިދާރާގެ ކޯޕަރޭޓް އެފެއަރޒް ސެކްޝަނުގައެވެ. މައިގަނޑު މަސައްކަތަކީ މި އިދާރާގެ ހުރިހާތަނެއް ދުވާލަކު އެއްފަހަރު ކުނިކަހާ، ފޮޅާ ސާފުކުރުމާއި، ވަށާބޭރު ހަޑިވިޔަނުދީ ސާފުކޮށް ވިނަނޮޅާ ކުނިކެހުމާއި، މި އިދާރާގެ ފަރާތުން އެކިފަރާތްތަކަށް ރައްދުކުރަން ހުންނަ ލިޔުމާއި، އެހެނިހެން ތަކެތި ހަމަޖައްސާފައިވާ ޤަވާޢިދުގެމަތިން ރައްކާތެރިކަމާއެކު އެފަރާތްތަކާއި ޙަވާލުކުރުމާއި، މި އިދާރާގައި ބޭނުންކުރާ މޭޒުތަކާއި ގޮނޑިތަކާއި ސައިމާލަމް ފޮހެ ސާފުކުރުމާއި، ފާޚާނާތަކާއި، މީޓިންގ ހޯލް ކޮންމެ ދުވަހަކު ސާފުކުރުމާއި، ޕާކުތަކުގައި ބަގީޗާ ހައްދާ އާލާކޮށް ބަގީޗާތަކަށް ފެންދީ ބެލެހެއްޓުމާއި، މި އިދާރާގެ ދޮރުފޮތިތައް ހަޑިވިޔަނުދީ ދޮވެ ސާފުކުރުމާއި، އޮފީހުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން ހިމެނެއެވެ.
ނަޒީރާ އަޙްމަދު - ކައުންސިލް އެސިސްޓެންޓް
އަލްފާޟިލާ ނަޒީރާ އަޙްމަދު މި އިދާރާއާއި ގުޅިވަޑައިގަތީ 28 ޖެނުއަރީ 2024 ގައި މަސައްކަތު މީހެއްގެ މަޤާމަށެވެ.
އަލްފާޟިލާ ނަޒީރާ އަޙްމަދު މަސައްކަތް ކުރައްވަނީ މި އިދާރާގެ ކޯޕަރޭޓް އެފެއަރޒް ސެކްޝަނުގައެވެ. މައިގަނޑު މަސައްކަތަކީ މި އިދާރާގެ ހުރިހާތަނެއް ދުވާލަކު އެއްފަހަރު ކުނިކަހާ، ފޮޅާ ސާފުކުރުމާއި، ވަށާބޭރު ހަޑިވިޔަނުދީ ސާފުކޮށް ވިނަނޮޅާ ކުނިކެހުމާއި، މި އިދާރާގެ ފަރާތުން އެކިފަރާތްތަކަށް ރައްދުކުރަން ހުންނަ ލިޔުމާއި، އެހެނިހެން ތަކެތި ހަމަޖައްސާފައިވާ ޤަވާޢިދުގެމަތިން ރައްކާތެރިކަމާއެކު އެފަރާތްތަކާއި ޙަވާލުކުރުމާއި، މި އިދާރާގައި ބޭނުންކުރާ މޭޒުތަކާއި ގޮނޑިތަކާއި ސައިމާލަމް ފޮހެ ސާފުކުރުމާއި، ފާޚާނާތަކާއި، މީޓިންގ ހޯލް ކޮންމެ ދުވަހަކު ސާފުކުރުމާއި، ޕާކުތަކުގައި ބަގީޗާ ހައްދާ އާލާކޮށް ބަގީޗާތަކަށް ފެންދީ ބެލެހެއްޓުމާއި، މި އިދާރާގެ ދޮރުފޮތިތައް ހަޑިވިޔަނުދީ ދޮވެ ސާފުކުރުމާއި، އޮފީހުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން ހިމެނެއެވެ.
އަޙުމަދު ނިޒާރު - އަތޮޅު ލޯންޗް ޑްރައިވަރ
އަލްފާޟިލް އަޙްމަދު ނިޒާރު މި އިދާރާއާއި ގުޅިވަޑައިގަތީ 27 ޖޫން 2018 ގައި އަތޮޅު ލޯންޗް ޑްރައިވަރެއްގެ މަޤާމަށެވެ. އަލްފާޟިލް އަޙްމަދު ނިޒާރު ސަރުކާރުގެ ޚިދުމަތުގައި އުޅުއްވާތާ 12 އަހަރު ވެއްޖެއެވެ.
އަލްފާޟިލާ އަޙްމަދު ނިޒާރު މަސައްކަތް ކުރައްވަނީ މި އިދާރާގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ޕަބްލިކް ސަރވިސް ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ މި އިދާރާގެ މަތިފަޅު ލޯންޗުގައި ކުރަންޖެހޭ ދަތުރުތައް ކުރުމުގައި ކެޕްޓަން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމާއި، ލޯންޗު ދުއްވާއިރުގައާއި ފަޅުގައި އޮންނައިރު، ލޯންޗައް ގެއްލުމެއް ލިބިދާނޭ އެންމެހައި ކަންކަމުން ރައްކާތެރިކޮށް ބެލެހެއްޓުމާއި، ލޯންޗުގެ އިންޖީނަށްބޭނުންވާ ޕެޓުރޯލާއި، އަޑީތެލާއި، އެހެނިހެން ސާމާނާއި އަދި މީގެއިތުރުންވެސް ލޯންޗަށް ހޯދަންޖެހޭ ތަކެތި ކަމާބެހޭ މުވައްޒަފަށް ދަންނަވައިގެން ހޯދުމާއި، އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ހަލާކުވާތަކެތި ކަމާބެހޭ ސެކްޝަނާ ހަވާކުރުމާއި، ދަތުރަށް ފެށުމުގެކުރިން ސަލާމަތާބެހޭ ތަކެއްޗާއި، މުއާސަލާތީ ތަކެއްޗާއި، ދަތުރަށް ބޭނުންވާ ޕެޓުރޯލާއި އެހެނިހެން ތަކެތި ހަމަޔަށްހުރިތޯބަލާ ޗެކްކުރުމާއި، ލޯންޗުގެ ސަލާމަތީސެޓްފިކެޓްގެ މުއްދަތުހަމަވުމުގެކުރިން ސެޓްފިކެޓް ހެއްދުމަށް ކަމާބެހޭ މުވައްޒަފަށް ހުށަހެޅުމާއި، ލޯންޗް ސާފުތާހިރުކޮށް ބެލެހެއްޓުމާއި، ލޯންޗުގެ ފަޅުވެރިންނާއި ހަވާލުކޮށްފައިވާ މަސައްކަތް އެމީހުން ލައްވާ ކުރުވުމާއި، އެމީހުންގެ މަސައްކަތް ސުޕަވައިޒްކުރުމާއި، އަތޮޅު ކައުންސިލް އިދާރާގެ މަތިފަޅު ލޯންޗު ފަޅުގައި އަޅާފައި އޮންނައިރު ދިޔަހިއްކުމާއި، ވާވެލާވެލި ރަނގަޅަށް ހުރިތޯބަލާ ގޯސްކޮށްހުރިނަމަ އެކަމެއް ފަޅުވެރިންނަށް އަންގައިގެން ރަނގަޅުކުރުމާއި، އަތޮޅު ލޯންޗުގެ ފެހިކެހުމާއި، ލޯންޗު އެހެލާ ބޭލުމުގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް އަތޮޅުކައުންސިލުން އަންގާ ގޮތެއްގެމަތީން ކުރުމާއި ފަޅުވެރިންލައްވާ ކުރުވުން ހިމެނެއެވެ.
މުޙައްމަދު ޚަލީލް - ފަޅުވެރި
އަލްފާޟިލް މުޙައްމަދު ޚަލީލް މުލަކަތޮޅު އަތޮޅު އޮފީހާ ގުޅިވަޑައިގެންނެވީ 06 ޖޫން 1993 ގައި އަތޮޅު ލޯންޗް ފަޅުވެރިއެއްގެ މަޤާމަށެވެ. އަލްފާޟިލް މުޙައްމަދު ޚަލީލް ސަރުކާރުގެ ޚިދުމަތުގައި އުޅުއްވާތާ 27 އަހަރު ވެއްޖެއެވެ.
އަލްފާޟިލް މުޙައްމަދު ޙަލީލް މަސައްކަތް ކުރައްވަނީ މި އިދާރާގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ޕަބްލިކް ސަރވިސް ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ މި އިދާރާގެ އުޅަނދުފަހަރު ލަފާފުރާއިރު ނަގިލިލުމާއި ނަގިލިނެގުމާއި، ދަތުރުކުރާއިރުގައާއި، ތަންތަނަށް ކައިރިކުރާއިރުގައާއި، ފަޅުގައި އޮންނައިރު، އުޅަނދުފަހަރަށް ގެއްލުމެއް ލިބިދާނޭ އެންމެހައި ކަންކަމުން ރައްކާތެރިކޮށް، އުޅަނދުފަހަރު ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް، އެ އުޅަނދެއްގެ ކެޕްޓަން ނުވަތަ ނެވި އަންގާ ގޮތެއްގެމަތިން ކުރުމާއި، ލޯންޗުގެ އިންޖީނާއި، ލޯންޗު ސާފުތާހިރުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުމާއި، ލޯންޗް ފަޅުގައި އޮންނައިރު ލޯންޗު ދިޔަހިއްކާ ބެލެހެއްޓުމާއި، ވާވެލާވެލިހުރީ ރަނގަޅަށްތޯ މަދުވެގެން ދުވާލަކު އެއްފަހަރު ބަލައި ގޯސްކޮށްހުރިނަމަ އެކަމެއް ރަނގަޅުކުރުމާއި، ލޯންޗުގައި ކުރެވޭ ދަތުރުތައް ކުރެވެމުންދާގޮތް ދަތުރު ލޮގު ފޮތުގައި ޤަވާޢިދުން ލިޔެ ބެލެހެއްޓުމާއި، ލޯންޗުގެ ފެހިކެހުމާއި ފަޅުގައި އަޅާފައި އޮންނައިރުގައާއި، ދަތުރުތައް ނިންމުމަށްފަހު ލޯންޗު ރަނގަޅަށް ސާފުކޮށް ބެލެހެއްޓމާއި، އަތޮޅު ލޯންޗު އެހެލާ ބޭލުމުގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް އަތޮޅު ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެމަތީން ކުރުން ހިމެނެއެވެ.
ޙަސަން ނިޝާމް - ފަޅުވެރި
އަލްފާޟިލް ޙަސަން ނިޝާމް މުލަކަތޮޅު އަތޮޅު އޮފީހާ ގުޅިވަޑައިގެންނެވީ 06 ސެޕްޓެމްބަރ 2021 ގައި އަތޮޅު ލޯންޗް ފަޅުވެރިއެއްގެ މަޤާމަށެވެ. އަލްފާޟިލް ޙަސަން ނިޝާމް ސަރުކާރުގެ ޚިދުމަތުގައި އުޅުއްވާތާ 2 އަހަރު ވެއްޖެއެވެ.
އަލްފާޟިލް ޙަސަން ނިޝާމް މަސައްކަތް ކުރައްވަނީ މި އިދާރާގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ޕަބްލިކް ސަރވިސް ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ މި އިދާރާގެ އުޅަނދުފަހަރު ލަފާފުރާއިރު ނަގިލިލުމާއި ނަގިލިނެގުމާއި، ދަތުރުކުރާއިރުގައާއި، ތަންތަނަށް ކައިރިކުރާއިރުގައާއި، ފަޅުގައި އޮންނައިރު، އުޅަނދުފަހަރަށް ގެއްލުމެއް ލިބިދާނޭ އެންމެހައި ކަންކަމުން ރައްކާތެރިކޮށް، އުޅަނދުފަހަރު ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް، އެ އުޅަނދެއްގެ ކެޕްޓަން ނުވަތަ ނެވި އަންގާ ގޮތެއްގެމަތިން ކުރުމާއި، ލޯންޗުގެ އިންޖީނާއި، ލޯންޗު ސާފުތާހިރުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުމާއި، ލޯންޗް ފަޅުގައި އޮންނައިރު ލޯންޗު ދިޔަހިއްކާ ބެލެހެއްޓުމާއި، ވާވެލާވެލިހުރީ ރަނގަޅަށްތޯ މަދުވެގެން ދުވާލަކު އެއްފަހަރު ބަލައި ގޯސްކޮށްހުރިނަމަ އެކަމެއް ރަނގަޅުކުރުމާއި، ލޯންޗުގައި ކުރެވޭ ދަތުރުތައް ކުރެވެމުންދާގޮތް ދަތުރު ލޮގު ފޮތުގައި ޤަވާޢިދުން ލިޔެ ބެލެހެއްޓުމާއި، ލޯންޗުގެ ފެހިކެހުމާއި ފަޅުގައި އަޅާފައި އޮންނައިރުގައާއި، ދަތުރުތައް ނިންމުމަށްފަހު ލޯންޗު ރަނގަޅަށް ސާފުކޮށް ބެލެހެއްޓމާއި، އަތޮޅު ލޯންޗު އެހެލާ ބޭލުމުގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް އަތޮޅު ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެމަތީން ކުރުން ހިމެނެއެވެ.