މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ

ހަވީރީހިނގުން. މ.މުލި، ދިވެހިރާއްޖެ، 11050

އަތޮޅު ކައުންސިލްގެ ކޮމިޓީތަކާއި ކޮމިޓީތައް ހިންގާ އުސޫލް އަދި ކޮމިޓީގެ މެންބަރުން

މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި އެކުލަވާލާފައިވާ ދާއިމީ  ކޮމިޓީތައް

ތިރީގައި މި ވަނީ މި ވަގުތު މުލަކަތޮޅު ކައުންސިލްގެ އިދާރާގައި އެކި ކަންކަމާ ގުޅިގެން އެކުލަވާލައިފާވާ ދާއިމީ ކޮމިޓީތަކެވެ.

 މ.މުލީ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ

 މި ކޮމިޓީއަކީ ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2014 ގެ 36 ވަނަ މާއްދާގެ ދަށުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ޤަވާޢިދު ތަންފީޒު ކުރުމަށާއި ސިވިލް ސަރވިސްއިން ރައްޔިތުންނަށް ދެވޭ ޚިދުމަތް ރަނގަޅުކޮށް، ޒަމާނީ ސިވިލް ސަރވިސްއެއް ޤާއިމްކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ކުރާ މަސައްކަތްތަކުގައި ކޮމިޝަނަށާއި، ޕަރމަނަންޓް ސެކްރެޓަރީންނަށާއި، ޒިއްމާދާރު ވެރިންނަށް އެހީތެރިވެދިނުމަށް ރަށު ފެންވަރުގައި މ. މުލީގައި ގާއިމްކޮށްފައިވާ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމެޓީއެވެ.

ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމީޓީގެ މެންބަރުން

މުރާޖަޢާ ކޮމިޓީ

ޤާނޫން ނަންބަރު: 01/2014 މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫންގެ ދަށުން މި އިދާރާގެ އިންފޮމޭޝަން އޮފިސަރގެ ނިންމުމެއް އިސްތިއުނާފު ކުރަން ބެނުންވެއްޖެނަމަ އެ ކަން ހުށައަޅާނީ މުރާޖަޢާ ކޮމިޓީއަށެވެ. މިއީ ތިން މީހުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެކެވެ.

މުރާޖަޢާ ކޮމެޓީގެ މެންބަރުން

ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ

 ޤާނޫން ނަންބަރު: 16/2014 ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫންގެ ދަށުން މި އިދާރާއަށް ޖިންސީ ގޯނާއާ ފުރައްސާރައާ ބެހޭގޮތުން ހުށަހެޅޭ މައްސަލަތައް ހުށަހަޅަންވާނީ މި އިދާރާގައި އުފައްދާފައިވާ ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށެވެ.

ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީގެ މެންބަރުން

ޖެންޑަ އީކުއަލިޓީގެ ޤާނޫނުގެ ދަށުން ހުށަހަޅާ ޝަކުވާތައްބަލާ ކޮމިޓީ

މިއީ ޤާނޫން ނަންބަރު: 2016/18 ޖެންޑަ އީކުއަލިޓީގެ ޤާނޫނު ގެ 20 ވަނަ މާއްދާގެ ދަށުން ވަޒީފާދޭ އެންމެހައި ފަރާތްތަކުން އެކުލަވައިލަންޖެހޭ ޝަކުވާ ހުށަހެޅުމުގެ ނިޒާމުގެ ދަށުން މި އިދާރާއަށް ޝަކުވާ ހުށަހެޅުމަށް އެލުލަވާލައިފާވާ ކޮމިޓީއެކެވެ.

ކޮމިޓީގެ މެންބަރުން

 

ބިޑް ކޮމިޓީ

ބިޑް ކޮމެޓީ އަކީ މާލިއްޔަތު ޤަވައިދުގެ ދަށުން އެކިކަންކަމަށް ލިބޭ އަގުތައް ބަލާ އެކަމެއް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށް އޮފީހުގެ ތެރޭގައި އެކުލަވާލަން ޤާނޫނުން ލާޒިމުކުރާ ކޮމެޓީއެކެވެ. މިކޮމެޓީގެ މައިގަޑު މަސައްކަތް ތަކަކީ އަންދާސީ ހިސާބުތައް ބަލާ، ވަޒަންކުރުމުގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ އަގާއި، ފަންނީ ގޮތުން ޤާބިލްކަން ހުރިމިންވަރާއި، މާލީގޮތުން ޤާބިލްކަން ހުރި މިންވަރު ބަލައި މަސައްކަތުގެ މުއްދަތުގެތެރޭގައި ހަވާލުކުރެވޭ މަސައްކަތް ނިންމޭނެ ފަރާތެއް ކަނޑައެޅުމެވެ. މިކޮމެޓީގައި ތިއްބަވަނީ 6 މެންބަރުންނެވެ.

ބިޑް ކޮމިޓީގެ މެންބަރުން

އިންޓަރނަލް އޮޑިޓް ކޮމިޓީ

އިންޓަރނަލް އޮޑިޓް ކޮމިޓީއަކީ މި އިދާރާގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމާއި، މާލީ އަދި ޕްރޮކިއުމަންޓު ކަންކަން ހިގަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުމަށް މި އިދާރާގައި އެކުލަވާލައިފައިވާ ކޮމިޓީއެކެވެ.

ކޮމިޓީގެ މަސްޢޫލިއްޔަތުތައް

  1. އޮފީހުގެ ފައިސާއާއި ހިސާބުތައް އަހަރުން އަހަރަށް (އިންޓަރނަލް) އޮޑިޓް ކުރުން.
  2. އޮފީހުގައި ހިންގާ އެކިއެކި މަޝްރޫޢުތަކުގެ ފައިސާއާއި ހިސާބުތައް (އިންޓަރނަލް) އޮޑިޓް ކުރުން.
  3. ފައިސާއާއި ހިސާބުތައް ބެލެހެއްޓުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ބެލެހެއްޓުމަށްޓަކައި، ފައިނޭންސް އެންޑް އެކައުންޓްސް ޔުނިޓްގެ މަސައްކަތްތަކަށް ލަފާދިނުން.
  4. މުޅިއޮފީހުގެ މަސައްކަތްތަކާ ގުޅިގެން ޕާރފޯމަންސް އޯޑިޓް ކުރުމަށް ބޭނުންވާ ނިޒާމެއް ގާއިމްކުރުން.
  5. އޮފީހަށް ހޯދާ/ލިބޭތަކެތި (ސްޓޮކް) އިންވެންޓްރީއަށް ނަގާތޯ ބަލާ، އެތަކެތީގެ ރިކޯޑްސްތައް ޤަވާއިދުން ބަލަހައްޓާތޯ ސުޕަވައިޒްކޮށް، އެތަކެތީގެ ރިޕޯޓެއް ކޮންމެ މަހަކު އެއްފަހަރު ތައްޔާރުކުރުން.
  6. އޮފީހުގެ ހަރުމުދަލުގެ ރަޖިސްޓަރީ ޤަވާއިދުން ބަލަހައްޓާތޯ ބެލުން.
  7. އޯޑިޓް އޮފީހުން އޮތޯރިޓީ އޯޑިޓް ކުރުމަށް ވަޑައިގަންނަވާ ބޭފުޅުންނާ ގުޅިގެން އޮތޯރިޓީ އޯޑިޓް ކުރުމަށް ފެސިލިޓޭޓްކޮށްދިނުން.
  8. އިންޓަރނަލް އޮޑިޓް ކުރުމުގައި ބޭނުންވާނެ މެޓީރިއަލްސް ތައްޔާރުކޮށް ތަރައްގީކުރުން.

ކޮމިޓީގައި ތިއްބަވަނީ 6 މެމްބަރުންނެވެ.

އިންޓަރނަލް އޮޑިޓް ކޮމިޓީގެ މެމްބަރުން

 

 ސީނިއަރ މެނޭޖްމަންޓް ކޮމިޓީ

ވިސްލްބްލޯވަރ ޕްރޮޓެކްޝަން ކޮމިޓީ

މި ކޮމިޓީއަކީ ޤާނޫނު ނަންބަރު 2019/16 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ކޮމިޓީއެކެވެ.
މި ކޮމިޓީގެ މަސްއޫލިއްޔަތުތަކަކީ މަޢުލޫމާތު ހުށައެޅޭނެ އިންތިޒާމްތައް ޤާއިމްކުރުމާއި މަޢުލޫމާތު ހުށައެޅުމުން މަޢުލޫމާތު ބަލައިގަނެ އަދި މަޢުލޫމާތު ހުށައަޅާ ފަރާތުގެ ވަނަވަރު އަދި އެހެނިހެން ޒާތީ މަޢުލޫމާތު ސިއްރުކުރުމެވެ. މަޢުލޫމާތާ ގުޅިގެން ކުރަންޖެހޭ ތަހުޤީގު ކުރުމާއި އަދި އިޚްތިޞާޞްދީފައިވާ މައްސަލައެއްވާނަމަ، އެ ކަމެއް ތަޙުޤީޤުކުރުމަށް އެ އިދާރާއަކަށް ފޮނުވުމެވެ. ހުށައެޅޭ މައްސަލައެއްގައި ވަކި ފަރާތަކަށް ރައްކާތެރިކަން ދޭންޖެހޭކަމަށް ޤަބޫލުކުރެވޭނަމަ, އެކަން ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ ސަމާލުކަމަށް ގެންނަންޖެހޭނެއެވެ. އަދި ވިސްލްބްލޯކުރުމުގެ މުހިއްމުކަމާއި ވިސްލްބްލޯކުރާ ފަރާތްތަކަށް ވިސްލްބްލޯކުރުމާގުޅޭ އެތެރޭގެ އިންތިޒާމުތަކާ ގުޅޭގޮތުން މުވައްޒަފުންނަށް މަދުވެގެން އަހަރަކު 2 ފަހަރު ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުންވެސް މި ކޮމިޓީގެ މަސްއޫލިއްޔަތުތެރޭގައި ހިމެނެއެވެ. މީގެ އިތުރުން, ޤާނޫނު ނަންބަރު 2019/16 ގެ ދަށުން އެކުލަވާލެވޭ ގަވާއިދުތަކާ އުސޫލުތަކުގައި ބަޔާންކޮށްފައިވާ ޒިންމާތައް އަދާކުރުން ހިމެނެއެވެ.
މަޢުލޫމާތު ހުށަހެޅޭނެ ގޮތްތަކަށް ބަލާއިރު ސިޓީ، ފޯންކޯލް، އެސް.އެމް.އެސް ނުވަތަ އީމެއިލް މެދުވެރިކޮށް ނުވަތަ އޯޑިއޯ/ވީޑިއޯ ފައިލް ޒަރިއްޔާއިންވެސް ހުށަހެޅިދާނެއެވެ.
މަޢުލޫމާތު ހުށައަޅާނީ ވިސްލްބްލޯކުރުމުގެ ގޮތުން މަޢުލޫމާތު ހުށައަޅާ ފޯމު މެދުވެރިކޮށް އަދި މި ފޯމު މި އިދާރާގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ އެވެ.

ވިސްލްބްލޯވަރ ޕްރޮޓެކްޝަން ކޮމިޓީގެ މެންބަރުން