މަޢުލޫމާތު ހޯދުމަށް ހުށަހެޅުން
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މުލަކަތޮޅު އަތޮޅު ކައުންސިލުން މަޢުލޫމާތެއް ހޯދުމަށް އެދި ހުށަހަޅާނީ، މި ކައުންސިލުން އާންމުކޮށްފައިވާ "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މަޢުލޫމާތު ހޯދުމަށް އެދޭ ފޯމް" ފުރިހަމަކޮށްގެންނެވެ. މިގޮތުން ފުރިހަމަކޮށްފައިވާ ފޯމު މި ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ މި އިދާރާގެ ރަސްމީ އީ-މެއިލް info@meem.gov.mvއަށް ހުށަހެޅޭނެއެވެ.
މިގޮތުން، މަޢުލޫމާތެއް ހޯދުމަށް އެދި ހުށަހަޅާއިރު، ތިރީގައިމިވާ ކަންކަމަށް ސަމާލުކަންދޭންވާނެއެވެ.
- ހޯދުމަށް އެދެނީ ކޮން މަޢުލޫމާތެއްކަން ތަފުސީލުކޮށް ބަޔާންކޮށްދީފައި އޮތުން
- ފޮނުވަންޖެހޭ މަޢުލޫމާތުތައް ފޮނުވާނޭ އެޑްރެހެއް ކަނޑައަޅާފައި އޮތުން
- މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ފީ ދެއްކުމަށް އެއްބަސްވެފައިވާކަން ކަށަވަރުކުރުން
- މަޢުލޫމާތު ހޯދުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނޭ ނަންބަރެއް އެނގެން އޮތުން.
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މަޢުލޫމާތު ހޯދުމަށް އެދޭ ފޯމް