އަމިއްލަފަރާތަކުން މިކައުންސިލަށް ސެނެޓައިޒަރ ސްޓޭންޑެއް ހަދިޔާކުރައްވައިފި!

މ. މުލީ ޢަޒުމް އަލްފާޟިލް ޢަބްދުﷲ ޒާހިރު މި ކައުންސިލަށް ސެނިޓައިޒަރ ސްޓޭންޑެއް ހަދިޔާ ކުރައްވައިފިއެވެ. މިއަދު ހެނދުނު 11:30 ގައި މި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ކުޑަ ރަސްމިއްޔާތުގައި ސެނިޓައިޒަރ ސްޓޭންޑާ ކައުންސިލްގެ ފަރާތުން ޙަވާލުވެވަޑައިގެންނެވީ ކައުންސިލްގެ ނައިބު ރައީސް އަލްފާޟިލް އަޙްމަދު ޙަސަންއެވެ. މި ރަސްމިއްޔާތުގައި މި އިދާރާގެ ޑިރެކްޓަރ ޖެނެރަލް އަދި އެކްޓިންގ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު ނިޔާޒުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ކައުންސިލްގެ ނައިބް ރައީސް އަލްފާޟިލް އަޙްމަދު ޙަސަންދެއްކެވި ވާހަކަފުޅުގައި އަމިއްލަފުޅު އިސްނެންގެވުމަށް މި ކައުންސިލަށް ސެނިޓައިޒަރ ސްޓޭންޑެއް ހަދިޔާކުރެއްވީތީ ޢަބްދުﷲ ޒާހިރަށް ވަރަށް އުފަލާއެކު ޝުކުރު އަދާކުރައްވާކަމަށް ވިދާޅުވިއެވެ. އަދި އަމިއްލަ ފަރުދުން ކުރައްވާ މިފަދަ އިޖްތިމާޢީ މަސައްކަތްތަކަށް ހިއްވަރުދެއްވާކަމަށާ، "އެފަދަ ކަންކަން ހެޔޮހިތުން ބަލައިގަންނަކަމަށް" ވިދާޅުވިއެވެ. ޢަބްދުﷲ ޒާހިރުގެ ވާހަކަ ފުޅުގައި މިފަދަ އެއްޗެއް އަމިއްލަޔަށް ހައްދަވައި އަދި އޭގެ ބޭނުން ގިނަބަޔަކަށް ހިފޭފަދަ ތަނަކަށް ހަދިޔާކުރެއްވުމަކީ އޭނާއަށް ލިބިވަޑައިގަންނަވާ އުފާފުޅެއްކަމަށްވިދާޅުވިއެވެ.