އަތޮޅު ކައުންސިލަށް ލިބިފައިވާ ސަކުވާތަކުގެ އަދާ ހަމަ

މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް 2023 އަދި 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އެއްވެސް ޝަކުވާއެއް ލިބިފައިނުވެއެވެ.

ޝަކުވާއަކީ ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ފާޅުކުރުމަށް ލިބިފައިވާ މުހިންމު ވަސީލަތެއްކަން ފާހަގަކުރަމެވެ. އަތޮޅުގެ ރައްޔިތުންނަށް ޝަކުވާ ހުށަހެޅުމަށް ފޯނު، އީމެއިލް، ސިޓީ އަދި އަމިއްލައަށް ކައުންސިލް އިދާރާއަށް ޙާޟިރުވުން ފަދަ އެކި ގޮތްތައް ހުރިކަންވެސް ދަންނަވަމެވެ.

މުލަކަތޮޅުގެ ރައްޔިތުންނާއި އަތޮޅު ކައުންސިލާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، އަތޮޅުގެ ތަރައްޤީއާއި ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށްޓަކައި ޝަކުވާ ހުށަހެޅުމުގެ ނިޒާމު ހަރުދަނާކުރުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ. އެހެންކަމުން، އަތޮޅުގެ ރައްޔިތުން މި ފުރުޞަތުގެ ބޭނުން ހިފައި، ޚިޔާލުތަކާއި ކަންބޮޑުވުންތައް އަތޮޅު ކައުންސިލާ ހިއްސާކުރުމަށް އިލްތިމާސްކުރަމެވެ.

މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއަށް އަބަދުވެސް މަރުޙަބާ ކިޔާކަން ދަންނަވަމެވެ.