ޚިދުމަތްތައް
ފޮޓޯ ނަގައިދިނުމާއި ފޮޓޯ ޕްރިންޓް ކޮށްދިނުމުގެ ޚިދުމަތް
ޚިދުމަތް ހޯދަންވީ ގޮތް | ޚިދުމަތުގެ ފެންވަރާއި މުއްދަތު |
ސްޓޭމްޕް އަދި ޕާސްޕޯޓް ސައިޒް ފޮޓޯ ނަގައިދިނުމާއި ސޮފްޓް އީމެއިން ކޮށް ދިނުމާއި ޕްރިންޓް ކޮށްދިނުން
ޚިދުމަތް ހޯއްދެވުމަށް ހިދުމަތައް އެދޭ ފޮޓޮގްރަފިކް އެޕޮއިންޓްމަންޓް ފޯމް ފުރިހަމަ ކުރުން (ފޯމް ޑައުންލޯޑްކުރެއްވުމަށް) ޚިދުމަތުގެ އަގުތައް: . ސޮފްޓް ދިނުން އަދި އީ މެއިލްކުރުން 20.00 ރުފިޔާ . ޕްރިންޓް ކުރުން 1 - 4 ފޮޓޯ 40.00 ރުފިޔާ . ޕްރިންޓް ކުރުން 5 - 8 ފޮޓޯ 80.00 ރުފޔާ . ޕްރިންޓް ކުރުން 8 އަށްވުރެ އިތުރުވާ ފޮޓޯއަކަށް 40.00 ރުފިޔާ |
ރަސްމީ ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް |
އެއްގަމުގައި ދުއްވާ ތަކެތީގެ ލައިސަންސަށް އެދި ހުށަހަޅުން:
ޚިދުމަތް ހޯދަންވީ ގޮތް | ޚިދުމަތުގެ ފެންވަރާއި މުއްދަތު |
ހިދުމަތް ހޯއްދެވުމަށް ސިމްސް ޕޯޓަލް އަށް ލޮގިން ވެލެއްވުން:
ލިންކް: https://sims.transport.gov.mv/login ޕްރެޓިކަލް ޓެސްޓު ހެދުމަށް މުލަކަތޮޅު އަތޮޅު ކައުންސިލް އިދާރާގެ ދުއްވާ ޓްރެކް ބޭނުން ކުރުމުގެ އުސޫލު 1.1.މުލަކަތޮޅު އަތޮޅު ކައުންސިލްގެ ދުއްވާ ޓްރެކް ބޭނުންކުރުމަށް ވަކި ފީއެއް ނުނަގާނެއެވެ. 1.2.ނަމަވެސް، ޚާއްޞަ ހާލަތްތަކުގައި ނުވަތަ ވަކި ބޭނުންތަކަށް ޓްރެކް ބޭނުންކުރާނަމަ، އެކަމަށް ވަކި ފީއެއް ނެގުމުގެ އިޚްތިޔާރު މުލަކަތޮޅު އަތޮޅު ކައުންސިލަށް ލިބިގެންވެއެވެ. 1.3.ޕްރެކްޓިކަލް ޓެސްޓަށް އަންނަ ފަރާތްތަކުން ނެގޭ ފީ: 1.4.ދެފުރޮޅުލީ އުޅަނދު: 100.00 ރުފިޔާ 1.5.ތިންފުރޮޅުލީ އުޅަނދު: 300.00 ރުފިޔާ 1.6.ހަތަރުފުރޮޅުލީ އުޅަނދު: 500.00 ރުފިޔާ 1.7.އަވަސް ޚިދުމަތް: 300.00 ރުފިޔާ (ކެޓަގަރީ އަށް ކަނޑައަޅާފައިވާ ޚިދުމަތުގެ އަގުގެ އިތުރަށް) |
ތިޔަރީ ހެދުމަށް ފަހު ޚިދުމަތް ހޯއްދެވިފަރާތުން ޕްރެކްޓިކަލް ހެއްދެވުމަށް ސިމްސްޕޯޓަލް މެދުވެރިކޮށް ޓްރާންސް ޕޯޓަށް ދައްކަންޖެހޭ ފީއާއި ޓްރެކަށް ދައްކަވަންޖެހޭ ފައިސާދެއްކެވުމުން ޑްރައިވިން ބޭއްވޭނެ ދުވަހައް ތާވަލް ކޮށްދެވޭނެއެވެ. |
ކަނޑުގައި ދުއްވާތަކެތީގެ ލައިސަންސަށް އެދި ހުށަހަޅުން:
ޚިދުމަތް ހޯދަންވީ ގޮތް | ޚިދުމަތުގެ ފެންވަރާއި މުއްދަތު |
ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސް ހޯދުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް:
1. ލައިސަންސަށް އެދޭ ފޯމު ހުށަހެޅުއްވުން: ފޯމް ޑައުންލޯޑްކުރެއްވުމަށް - ފުރިހަމަކޮށްފައިވާ ފޯމު - ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް (1 ފޮޓޯ) - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ކޮޕީ - ނިޔަމި ސެޓްފިކެޓް - ހުށަހަޅަންޖެހޭ ސުންގަޑި: ކޮންމެ ރަސްމީ ދުވަހެއްގެ މެންދުރު 12:00 ގެ ކުރިން 2. ފީ ދެއްކެވުން: 2.1 ދުއްވުމުގެ ޓެސްޓް ފީ: 100.00 ރުފިޔާ 2.2 އަލަށް ލައިސަންސް ހެއްދެވުން: 25.00 ރުފިޔާ 2.3 މުއްދަތު ހަމަވުމުގެ ކުރިން އައުކުރެއްވުން: 25.00 ރުފިޔާ 2.4 މުއްދަތު ހަމަވުމަށްފަހު އައުކުރެއްވުން: 40.00 ރުފިޔާ 2.5 ގެއްލިގެން ނުވަތަ ހަލާކުވެގެން އަލުން ހެއްދެވުން: 40.00 ރުފިޔާ 3. ދުއްވުމުގެ ޓެސްޓް ހެއްދެވުން: - ބޭއްވޭ ދުވަސްތައް: އާދީއްތަ، އަންގާރަ އަދި ބުދަ ދުވަސް - ގަޑި: ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށް |
ދުއްވުމުގެ ޓެސްޓުން ފާސްވުމުން ގިނަވެގެން 5 ދުވަހުގެ ތެރޭގައި ލައިސަންސް ދޫކުރުން. |
ރޯޑްވާދިނަސް ސްޓިކަރ ދޫކުރުން.
ޚިދުމަތް ހޯދަންވީ ގޮތް | ޚިދުމަތުގެ ފެންވަރާއި މުއްދަތު |
ރޯޑްވާދިނަސް ޚިދުމަތް ހޯދުމުގެ މަރުޙަލާތައް:
1. އަންނަނިވި ލިޔެކިޔުންތަކާއެކު ހުއްދަ ލިބިފައިވާ ގަރާޖަކަށް ހުށަހެޅުން: 2. ގަރާޖުން އުޅަނދު ބަލައި ފާސްކުރުމަށްފަހު އަތޮޅު ކައުންސިލަށް ރިޕޯޓު ހުށަހެޅުން 3. އުޅަނދު ރޯޑްވާދިނަސްގެ ޝަރުޠުތައް ފުރިހަމަވާނަމަ، ގަރާޖުން ދޫކުރާ ލިޔުމާއެކު ސްޓިކަރ ދޫކުރެވޭނެއެވެ. 4.ޝަރުޠުތައް ފުރިހަމަ ނުވާނަމަ، އެކަންކަން އިޞްލާޙުކުރުމަށްފަހު އަލުން ގަރާޖަށް ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެއެވެ. |
ގަރާޖުން ސްޓިކަރ ހޯދުމަށް އަތޮޅުކައުންސިލަށް ހުށަހަޅާތާ 03 ދުވަހުގެ ތެރޭގައި ސްޓިކަރ ޕްރިންޓްކޮށް ޙަވާލުކުރުން. |
ރަހުނު ރަޖިސްޓަރީން އުނި ކުރުން:
ޚިދުމަތް ހޯދަންވީ ގޮތް | ޚިދުމަތުގެ ފެންވަރާއި މުއްދަތު |
1. މާލީ އިދާރާތަކުން ދޫކުރާ ލޯނުތަކާ ގުޅިގެން، ލޯނު ދޫކުރާ ފަރާތްތަކުގެ ރަހުނުގެ ތަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ރަހުނު ދަފްތަރުން އުނި ކުރުމަށް އަންނަނިވި ލިޔެކިޔުންތައް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ:
ހ. ރަސްމީ ސިޓީއެއް/ ކޮޕީއަކާއި އެކު ށ. ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީގެ އަސްލު (މި ލިޔެކިޔުންތައް ބަލައިގަނެވޭނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށެވެ.) 2. ހުށަހަޅާ ލިޔެކިޔުންތައް ފުރިހަމަވާނަމަ، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ރަހުނު ރަޖިސްޓަރީން އުނިކޮށް ދެވޭނެއެވެ. |
ހުށަހަޅާތާ ގިނަވެގެން 2 ދުވަހުގެ ތެރޭގައި އަތޮޅު ކައުންސިލްގެ ރަހުނު ދަފްތަރުން އުނި ކުރުމަށް ފަހު ހުށަހެޅި ލިޔުންތަކުގެ އަޞްލު ހުށަހެޅިއިދާރާއަށްރައްދުކޮށްދިނުން |
މުލަކަތޮޅު ސްޓޭޓް ހައުސްއިން ކޮޓަރި ކުއްޔަށް ދޫކުރުން:
ޚިދުމަތް ހޯދަންވީ ގޮތް | ޚިދުމަތުގެ ފެންވަރާއި މުއްދަތު |
ކުއްޔަށް ހިފުމަށްއެދި އީމެއިލް، ސިޓީ ނުވަތަ މެސެޖެ ފޮނުވުން | މުލަކަތޮޅު ސްޓޭޓް ހައުސްއިން ކޮޓަރި ކުއްޔަށް ދޫކުރުމުގެ އުޞޫލާއި އެއްގޮތަށް އުސޫލު މިއިދާރާގެ ވެބްސައިޓް www.meem.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. |
މ.އަތޮޅު ކައުންސިލް އިދާރާގެ މެހުމާން ސަރާއިން ކޮޓަރި ދޫކުރުމާއި ބޭނުންކުރުން
ޚިދުމަތް ހޯދަންވީ ގޮތް | ޚިދުމަތުގެ ފެންވަރާއި މުއްދަތު |
ކޮޓަރި ހޯދުމަށް އީމެއިލް، ސިޓީ ނުވަތަ މެސެޖެ ފޮނުވުން | މުލަކަތޮޅު ކައުންސިލް އިދާރާގެ މެހެމާން ސަރާ ބޭނުން ކުރުމާއި ބެލެހެއްޓުމުގެ އެއްގޮތަށް އުސޫލު މިއިދާރާގެ ވެބްސައިޓް www.meem.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. |
ޚިދުމަތް ހޯދަންވީ ގޮތް | ޚިދުމަތުގެ ފެންވަރާއި މުއްދަތު |
ލޯންޗްގެ ހޯދުމަށް ނުވަތަ ދަތުރު ހަމަޖެއްސުމަށް އެދި އީމެއިލް، ސިޓީ ނުވަތަ މެސެޖެ ފޮނުވުން | މުލަކަތޮޅު ކައުންސިލް އިދާރާގެ މަތިފަޅު ލޯންޗު ހޯދުމާއި ގުޅޭ އުސޫލު މިއިދާރާގެ ވެބްސައިޓް www.meem.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. |
ޚިދުމަތްތަކާ ބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:
- ފޯން:6720600 (ރަސްމީ ދުވަސް ދުވަހު 08:00 އިން 14:00 އަށް)
- އީމެއިލް: info@meem.gov.mv
- ވެބްސައިޓް: meem.gov.mv