ކުރީގެ މުވައްޒަފުން

އަޙްމަދު ޝިޔާމް – އެސިސްޓެންޓް ކައުންސިލް އޮފިސަރ (14 މެއި 2023 ގައި ވަޒީފާއިން ވަކިވެފައި)

ގުޅޭ ނަންބަރު: އޮފީސް ފޯނުނަންބަރު: 6720600

އީމެއިލް ahmed.shiyam@meem.gov.mv

އަލްފާޟިލް އަޙްމަދު ޝިޔާމް މުލަކަތޮޅު އަތޮޅު އޮފީހާ ގުޅިވަޑައިގެންނެވީ 16 އޯގަސްޓް 2005 ގައި ސެކްރެޓަރީ ކަމުގެ މަޤާމަށެވެ. އަޙްމަދު ޝިޔާމް މިހާރު ހުންނެވީ އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ މަޤާމަށް ބަދަލްކުރެއްވީ 03 އޯގަސްޓް 2011 ގައެވެ. އަޙްމަދު ޝިޔާމް މަސައްކަތް ކުރައްވަނީ ޕޮލިސީ،ޕްލޭނިންގ،ރިސަރޗް އެންޑް މޮނިޓަރިންގ ޔުނިޓްގައެވެ. ރަށު ކައުންސިލްތައް މޮނިޓަރކުރުމާބެހޭ އެންމެހައި މަސައްކަތްކޮށް، ބެލެހެއްޓުމާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އަތޮޅުކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ކަންތައްތައް ތަންފީޛު ކުރުމަށް ބޭނުންވާ ޕްލޭންތައް އިދާރާގެ ވެރިންގެ ލަފަޔާ، މަޝްވަރާޔާއެކު ހެދުމާއި، ކައުންސިލުން ޢަމަލު ކުރަމުންދާ އަތޮޅު ތަރައްޤީގެ ޕްލޭންގެ މުއްދަތު ހަމަވުމުގެ 4 (ހަތަރެއް) މަސްދުވަސް ކުރިން، ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށްގެން ކުރިއަށްއޮތް 5 (ފަހެއް) އަހަރު ދުވަހަށް ތައްޔާރުކުރާ އަތޮޅު ތަރައްޤީގެ ޕްލޭން އިދާރާގެ ވެރިންގެ ލަފަޔާ، މަޝްވަރާޔާއެކު ތައްޔާރުކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުން ހިމެނެއެވެ. އަދި ރަށު ކައުންސިލް ތަކުން ޢަމަލުކުރަމުން ގެންދާ ތަރައްޤީގެ ޕްލޭނުގެ މުއްދަތު ހަމަވުމުގެ 5 (ފަހެއް) މަސް ދުވަހުގެ ކުރިން ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށް ކުރިޔަށް އޮތް 5 (ފަހެއް) އަހަރު ދުވަހަށް ތައްޔާރުކުރާ ރަށު ތަރައްޤީގެ ޕްލޭން ހެދުމުގެ މަސައްކަތް ރަށުކައުންސިކްތަކުން ކުރަމުންދާގޮތްބަލާ، ބޭނުންވާއެހީތެރިކަން ފޯރުކޮށްދިނުމާއެކު ތައްޔާރުކުރާ ޕްލޭންތައް ހޯދުމަށް ކުރަންހުރި މަސައްކަތްތައްކޮށް މި އިދާރާއަށްލިބޭ ޕްލޭންތައް އެލްޖީއޭއަށް ފޮނުވަންޖެހޭ ތާރީޚަށް ފޮނުވުމެވެ.

އަލްފާޟިލް އަޙްމަދު ޝިޔާމް ސަރުކާރުގެ ޚިދުމަތުގައި އުޅުއްވާތާ 15 އަހަރު ވެއްޖެއެވެ. އަޙްމަދު ޝިޔާމް އަދާކުރެއްވި މަޤާމު ތަކުގެ ތެރޭގައި ސެކްރެޓަރީކަމާއި، ސަރވެޔަރ (ޓްރޭނީ) ކަމުގެ މަޤާމް ހިމެނެއެވެ.

 

ފަތުޙުﷲ ޢަބްދުއްރަޙީމް – އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

ފޯން: 6720600

އީމެއިލް   fathuhulla.abdraheem@meem.gov.mv

އަލްފާޟިލް ފަތުޙުﷲ ޢަބްދުއްރަޙީމް މުލަކަތޮޅު އަތޮޅު އޮފީހާ ގުޅިވަޑައިގެންނެވީ 13 ޖޫން 2007 ގައި އަތޮޅުއޮފީހުގެ ކޭޝިއަރެއް ގޮތުގައެވެ. އޭގެފަހުން 02 އޯގަސްޓް 2011 ގައި މި އިދާރާގެ އެސިސްޓެންޓް އެކައުންޓް އޮފިސަރެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ. އަލްފާޟިލް ފަތުޙުﷲ ޢަބްދުއްރަޙީމް ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 13 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.

އެސިސްޓެންޓް އެކައުންޓް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލް ފަތުޙުﷲ ޢަބްދުއްރަޙީމް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރޭގައި މި އިދާރާއަށް ލިބޭ ފައިސާ ބަލައިގަތުމާއި، ލިބޭފައިސާ ޖަމާކުރާ ފޮތުގައި ލިޔެ ބޭންކަށް ފައިސާ ޖަމާކުރުމާއި، ލިބޭފައިސާގެ ދުވަހު ފޮތް ފުރިހަމަކުރުމާއި، މުވައްޒަފުންބައިވެރިވާ އެކި އެކި ސްކީމްތަކުގެ ފައިސާ ފޮނުވުމާއި، އާމްދަނީގެ ގޮތުގައި ލިބޭފައިސާ ސަރުކާރުގެ އޮފީސްތަކަށް ފޮނުވުމާއި، މުވައްޒަފުންގެ ޕެންޝަން ޝީޓް ތައްޔާރުކޮށް، އެ ފައިސާ ފޮނުވުމާއި، ވައުޗަރ ރަޖިސްޓްރީ ކުރުމާއި، ޗެކް ރަޖިސްޓްރީ ކުރުމާއި، އާމްދަނީ ފައިސާގެ ރިޕޯރޓް ތައްޔާރުކޮށް ސަރުކާރުގެ އޮފީސްތަކަށް ފޮނުވުމާއި، ބޭންކް އެކައުންޓް ބާކީ ކުރުމާއި،  އަދި 2020 ވަނަ އަހަރު ލޯކަލްގަވަރމެންޓް އޮތޯރިޓީ އިން ކައުންސިލްތަކުގެ ފައިސާއާއި ހިސާބު ބެލެހެއްޓުމަށް ތައާރަފުކޮށް ދެއްވި ސޮފްޓްވެއަރ ވިޔަ މޮޑިއުލް ތެރެއިން ފައިސާއާއިބެހޭ ގިނަ މަސައްކަތްތަކެއް ކުރުން ހިމެނެެއެވެ.

 

ނިސްރީން ޢަލީފުޅު - އެސިސްޓެންޓް ކައުންސިލް އޮފިސަރ

ގުޅޭ ނަންބަރު: އޮފީސް ފޯނުނަންބަރު: 6720600

އީމެއިލް nisreen.alifulhu@meem.gov.mv

އަލްފާޟިލާ ނިސްރީން ޢަލީފުޅު މުލަކަތޮޅު އަތޮޅު އޮފީހާ ގުޅިވަޑައިގެންނެވީ 01 ސެޕްޓެމްބަރ 1986 ގައި ވަގުތީ ކާތިބެއްގެ މަޤާމަށެވެ. ނިސްރީން ޢަލީފުޅު މިހާރު ހުންނެވި އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ބަދަލްކުރެއްވީ 03 އޯގަސްޓް 2011 ގައެވެ. ނިސްރީން ޢަލީފުޅު  މަސައްކަތް ކުރައްވަނީ އެޑްމިން, އެޗް.އާރު، އިންފޮމޭޝަން ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ އެންޓްރީ ބެލެހެއްޓުމާއި ދުވަހު ޔައުމިއްޔާ ލިއުމާއި ސްޓޮކް ބެލެހެއްޓުމާއި، ރަށްރަށަށް ތަކެތި ޙަވާލުކުރުމާއި މިނޫންވެސް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ. އަލްފާޟިލާ ނިސްރީން ޢަލީފުޅު ސަރުކާރުގެ ޚިދުމަތުގައި އުޅުއްވާތާ 34  އަހަރު ވެއްޖެއެވެ. ނިސްރީން ޢަލީފުޅު މި އިދާރާގައި އަދާކުރެއްވި މަޤާމު ތަކުގެ ތެރޭގައި  ވަގުތީ ކާތިބުކަމާއި، ވޯކީޓޯކީ އޮޕަރޭޓަރކަމާއި، އެސިސްޓެޓް ސެކްރެޓަރީކަމުގެ މަޤާމް ހިމެނެއެވެ.

 

ސީރީނާ ޢަބްދުއްލަތީފު - ކައުންސިލް އެސިސްޓެންޓް

އަލްފާޟިލާ ޝީރީނާ ޢަބުދުއްލަތީފު  މިއިދާރާއާއި ގުޅިވަޑައިގަތީ 08 އޮގަސްޓް 2018 ގައި މަސައްކަތު މީހެއްގެ މަޤާމަށެވެ. ޝީރީނާ ޢަބުދުއްލަތީފު  މަސައްކަތް ކުރައްވަނީ އެޑްމިން އެޗް އާރު އިންފޮމޭޝަން ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ މިއިދާރާއާއި، މިއިދާރާގެގޯތި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތެވެ. އަލްފާޟިލާ ޝީރީނާ ޢަބުދުއްލަތީފު ސަރުކާރުގެ ޚިދުމަތުގައި އުޅުއްވާތާ 02 އަހަރު ވެއްޖެއެވެ.