މުލަކަތޮޅު އަތޮޅު ކައުންސިލްގެ ރައީސް އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންނާ ބައްދަލު ކުރައްވައިފި
މުލަކަތޮޅު އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ ރައީސް އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންނާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމްގައި ކުރިއަށް ގެންދެވުނު މި ބައްދަލުވުމުގައި މުވައްޒަފުންގެ ތަޢާރަފުވުމާއި، އިދާރާގެ މަސައްކަތްތައް ކުރުމުގައި މުވައްޒަފުންނަށް ދިމާވާ ދަތިތަކާ ބެހެގޮތުން މަޝްވަރާކުރެވުނެވެ. މިގޮތުން، ރައީސްގެ ވާހަކަ ފުޅުގައި މި ދަތިތައް ޙައްލުކުރުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމަށް ފަހު އަތޮޅު ކައުންސިލް އިދާރާގެ ރެކްރިއޭޝަން ކްލަބްގެ ހިންގާ ކޮމިޓީއާ ރައީސް ބައްދަލު ކުރެއްވިއެވެ.