މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ

ހަވީރީހިނގުން. މ.މުލި، ދިވެހިރާއްޖެ، 11050

ޚަބަރު

މުލަކަތޮޅު އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުން މިވަގުތު ކުރަން ހުރި މުހިންމު މަސައްކަތްތައް ކުރިޔަށް ގެންދާނެ ގޮތަކާ ބެހޭގޮތުން މަޝްވަރާކޮށްފި

މުލަކަތޮޅު އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުން މިވަގުތު ކުރަން ހުރި މުހިންމު މަސައްކަތްތައް ކުރިޔަށް ގެންދާނެ ގޮތަކާ ބެހޭގޮތުން މި ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލު މި ކައުންސިލްގެ މެންބަރުން ކަމުގައިވާ މި އަތޮޅުގެ ރަށްރަށު ކައުންސިލްތަކުގެ ރައީސުންނާ މަޝްވަރާކުރައްވައިފިއެވެ. މިއަދު 11:00 އިން 12:15 އަށް ކުރިޔަށް ދިޔަ ބައްދަލުވުމުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި މަޝްވަރާކުރެވުނީ ކައުންސިލްތަކުން ކުރިޔަށް އޮތް ތިން މަސް ދުވަހު ތެރޭގައި ނިންމަންޖެހޭ ރަށްރަށުގެ ބިނާވެށި ޕްލޭނާއި، (ލޭންޑްޔޫސް ޕްލޭން)، ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލަންޖެހޭ އަތޮޅާއި، ރަށްރަށުގެ ތަރައްޤީގެ ޕްލޭން، އަދި ފައިނޭންޝަލް ޕްލޭން  ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތަކާބެހޭގޮތުންނެވެ. ކައުންސިލްގެ ހުރިހާ މެންބަރުން ވަރަށް ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެއްވުމަށްފަހު ނިންމެވީ މި މަހު 31 އިން ޖޫން 02 އަށް ލޯކަލް ގަވަރންމަންޓް އޮތޯރިޓީން ކުރިޔަށް ގެންދެވުމަށް ހަމަޖެހިފައިވާ ތަރައްޤީގެ ޕްލޭން، އަދި ފައިނޭންޝަލް ޕްލޭން ހެދުމާބެހޭ ތަމްރީން ނިމުމަށްފަހު ކަމާ ގުޅުންހުރި ފަރާތްތަކާ ޢާއްމު ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ވަރަށް ފުޅާ ދާއިރާއެއްގައި ހޯދައިގެން އަތޮޅާއި، ރަށްރަށުގެ ތަރައްޤީގެ ޕްލޭން، އަދި ފައިނޭންޝަލް ޕްލޭން  ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.