މުލަކަތޮޅު އަތޮޅު ކައުންސިލްގެ 4 ވަނަދައުރަށް އިންތިޚާބު ވެފައިވާ މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

މުލަކަތޮޅު އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރަށް އިންތިޚާބު ވެފައިވާ މެމްބަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތު މިއަދުގެ 14:30 ގައި ބޭއްވިއްޖެއެވެ. މުލަކަތޮޅު އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ރަސްމިއްޔާތުގައި ކައުންސިލަރުންނަށް ހުވާ ލައިދެއްވީ މ. ޖުޑީޝަލްދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ޝަރީފެވެ.

 

މިއަދު ހުވާކުރެއްވި މެމްބަރުންނަކީ މ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ނިމާލު، މ.ރަތްމަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އިސްމާޢީލް ނާހިދު، މ. ވޭވަށު ކައުންސިލްގެ ރައީސް އަލްފާޟިލް މަމްދޫޙު ވަޙީދު، މ.މުލަކު ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ޖަމާލު، މ.މުލީ ކައުންސިލްގެ ރައީސް އަލްފާޟިލް ޝަމްޢޫން ރަމީޒް، މ. ނާލާފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ޒުބައިރު، މ.ކޮޅުފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުލްޢަލީމް، މ. ދިއްގަރު ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ނިޝާން، އަދި މ. މަޑުއްވަރީ ކައުންސިލްގެ ރައީސް އަލްފާޟިލް އިސްމާޢީލް ނާފިޢުއެވެ.

 

ކޮވިޑްގެ ހާލަތާގުޅިގެން މި ބޭފުޅުންގެ ތެރެއިން މ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ނިމާލާއި، މ.މުލީ ކައުންސިލްގެ ރައީސް އަލްފާޟިލް ޝަމްޢޫން ރަމީޒް ފިޔަވައި ދެން ތިއްބެވި މެމްބަރުން ހުވާ ކުރައްވާފައިވަނީ އޮންލައިންކޮށެވެ.