މ. އަތޮޅު ކޮޅުފުށީގައި ކޮވިޑް19 ފެތުރެމުންދާތީ އަތޮޅުފެންވަރުގައި ރައްކައުތެރިވުމަށް އަޅާފިޔަވަޅުތައް

30 ޖަނަވަރީ 2021

1- ޒަރޫރީ ބޭނުންތަކަށް ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މިވަގުތަށް މަޑުޖައްސާލުން.

ނޯޓް: ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ރަށުކައުންސިލްގެ ލަފަޔާއެއްގޮތަށް ކުރުން.

2- މާލެއާއި، އެހެނިހެން ރަށްރަށުން މުދާހިފައިގެން އަންނަ އުޅަދުފަހަރަށް ޒިޔާރަތްކުރާއިރު ރައްކައުތެރިކަމުގެ ފިޔަވަޅު އެޅުން.

3- ބޭރުރަށްރަށުން ރަށަށް ޒިޔާރަތްކުރާ ފަރާތްތައް ރަށުތެރެއަށް ދާނަމަ މާސްކް އެޅުން ފަދަ ރައްކައުތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކުރުން.

4- އެއްރަށުން އަނެއްތަށަށް ދަތުރުކުރާ އުޅަދުފަހަރުގެ ފަޅުވެރިންނާއި، ފަސިންޖަރުން މާސްކްއެޅުން ފަދަ އެންމެހާ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުން.

5- މާލެއިން އަތޮޅަށް އަދި އަތޮޅުން މާލެއަށް ދަތުރުކުރާ އުޅަނދުފަހަރުގެ ފަޅުވެރިންނާއި، ފަސިންޖަރުން މާސްކް އަޅައިގެން ތިބުމާއި ގައިދުރުކަން ބެހެއްޓުން އަދި ކަރަންޓީންވާންޖެހޭ ފަރާތްތަކަށް ވަކިޝީޓްތަކެއް ޚާއްޞަކުރުރުން.

6- މާލެ އާއި ކޮވިޑްގެ ބަލިމީހުންތިބި އެއްވެސް ރަށަކަށް އަތޮޅުން ދަތުރުކުރާ ފަރާތްތައް އެރަށަކަށް ނުފައިބާކަން ކަށަވަރުކުރުމާއި، ކޮންމެހެން ފައިބާންޖެހޭ ފަރާތްތައް އެޗްޕީއޭއިން އެކަމަށް ކަނޑައަޅާފައިވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުން.

7- ފަސިންޖަރުން އުފުލާ އުޅަނދުފަހަރުތައް ދަތުރު ނިމުމުން ޑިސްއިންފެކްޓް ކުރުން.

8- ކޮވިޑް19 ގެ ހާލަތު އޮތް އެއްވެސް ރަށަކަށް ދަތުރުކުރާ އުޅަނދަކުން އެއްވެސް ފަޅުވެރިއަކު ނުވަތަ ފަސިންޖަރަކު އެޗްޕީއޭގެ އިރުޝާދު ތަކާއި ޚިލާފަށް އެރަށަކަށް ފައިބައިފިނަމަ ކަމާބެހޭފަރާތްތަކަށް ވަގުތުން އެންގުން.

9- އެކިއެކި ބޭނުންތަކަށް ރަށުގެ ބަނދަރަށް ވަންނަ އުޅަނދުފަހަރުން ރަށްރަށަށް މީހުން ފައިބަނީ އެރަށެއްގެ ކައުންސިލުން އަންގާ ގޮތެއްގެމަތީންކަން ކަށަވަރުކުރުން.

10- ރަށުތެރޭގައި ރޯގާއެއް ފެތުރޭކަން ފާހަގަވާނަމަ އެރަށެއްގެ ޞިއްޙީމަރުކަޒުން އެކަމެއް ވަގުތުން ވަގުތަށް ކަމާބެހޭ ފަރާތްތަކަށް އެންގުން.

11- މިއުސޫލުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ އެކެމަކާމެދު އަތޮޅު ކައުންސިލާއި ރަށުކައުންސިލްތައް މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމުން.