މ.އަތޮޅު ކައުންސިލްގެ 05ވަނަ ވޮލީބޯޅަ މުބާރާތް މިމަހު 18 އިން 28 އަށް މ. ކޮޅުފުށީގައި ކުރިއަށްދާނެ!

މ. އަތޮޅު ކައުންސިލްގެ 05 ވަނަ ވޮލީބޯޅަ މުބާރާތް މިމަހުގެ 18 އިން 28 އަށް މ.ކޮޅުފުށީގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ.

މ.އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ފިރިހެން ޑިވިޜަންގައި 04 ޓީމާއި، އަންހެން ޑިވިޜަންގައި 8 ޓީމް ބައިވެރިވެފައިވެއެވެ. ފިރިހެން ޑިވިޜަންގައި ބައިވެރިވެފައިވަނީ، މުލީ ވޮލީޓީމް، މުލަކު ވޮލީ ކްލަބް، ނާލާފުށީ ޔޫތް ކްލަބް، އަދި ކޮޅުފުށީ ޒުވާނުންގެ ޖަމްޢިއްޔާއެވެ. އަންހެން ޑިވިޜަންގައި ބައިވެރިވެފައިވަނީ މުލަކު މަސްވެރިންގެ ރޫޙު، މުލަކު ވިމެންސް ވޮލީ ކްލަބް، މުލީ ވިމެންސް ވޮލީ ޓީމް، ވޭވަށު އެކުވެރިންގެ ދިރުން، ނާލާފުށީ ޔޫތް ކްލަބް، މަޑުއްވަރީ ވިމެންސް ވޮލީ ކްލަބް، ކޮޅުފުށީ އެކުވެރި ކްލަބް، އަދި ކޮޅުފުށީ ޒުވާނުންގެ ޖަމްޢިއްޔާއެވެ.

މި މުބާރާތުގެ ގުރުއަތުލުން އޮންނާނީ 2023 ފެބުރުވަރީ 14 ވަނަދުވަހުގެ 10:30 ގައި މ.އަތޮޅު ކައުންސިލްގެ ޖަލްސާކުރާމާލަމުގައެވެ.