މ. އަތޮޅު ކައުންސިލުން ފ. އަތޮޅަށް ދަތުރެއް ކޮށްފި

މިމަހު 08 އިން 09 އަށް މ. އަތޮޅު ކައުންސިލްގެ ރައީސް އަދި ހުރިހާ މެމްބަރުންނާއި، އަތޮޅު ކައުންސިލާއި، ރަށުކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ހިމެނޭގޮތަށް ނިލަންދެއަތޮޅަށް ދަތުރެއް ކޮށްފިއެވެ. މިދަތުރުގައި ފެބުރުވަރީ 08 ވަނަދުވަހު ނިލަންދޫއަށް ޒިޔާރަތްކޮށް ފ.އަތޮޅު ކައުންސިލާ ތަޖުރިބާ ހިއްސާކުރުމުގެ ބައްދަލުވުމެއް ބޭއްވިފައިވެއެވެ.

މ.އަތޮޅު ކައުންސިލްގެ ދަތުރުގައި 08 ވަނަދުވަހު ފ.މަގޫދޫއަށް ޒިޔާރަތްކޮށް މަގޫދޫ ކައުންސިލާއެކު ތަޖުރިބާ ހިއްސާކުރުމުގެ ބައްދަލުވުމެއް ބޭއްވިފައިވެއެވެ.

ފ.މަގޫދޫ ކައުންސިލްގެ 59 ވަނައަހަރީ ދުވަހުގެ މުނާސަބަތުގައި ފ.މަގޫދޫ ކައުންސިލާއި މ.އަތޮޅު ކައުންސިލާ ދެމެދު ކުޅެވުނު ފުޓްސަލްމެޗް 06 ލަނޑު 01 ލަނޑުން ކާމިޔާބުކުރީ މ.އަތޮޅު ކައުންސިލެވެ.

ފ.މަގޫދޫއަށް މ. އަތޮޅު ކައުންސިލުން ކުރި ދަތުރުގެ އެންމެބޮޑު ބޭނުމަކީ، އެރަށުގައި ކުރިން ހިންގި ޕޯލްޓްރީ ފާމްގެ މަސައްކަތާގުޅޭ މަޢުލޫމާތު ހޯދުމެވެ. ފ.މަގޫދޫ ކައުންސިލުންވަނީ ޕޯލްޓްރީ ފާމް ހިންގި ސަރަހައްދަށް މ.އަތޮޅުގެ ޓީމު ގެންގޮސް ވަރަށް ފުރިހަމައަށް މަޢުލޫމާތު ދެއްވާފައެވެ.

ފ.މަގޫދޫގައި ހިންގާ އިޓަލީގެ ބިކޯކާ ޔުނިވަރސިޓީގެ އައުޓްރީޗަސް ސެންޓަރަށްވެސް މ. އަތޮޅުގެ ޓީމުން ޒިޔާރަތްކޮށް މަޢުލޫމާތު ހޯދާފައިވެއެވެ.

މި ދަތުރުގައި ފ. އަތޮޅު ކައުންސިލާއި ޚާއްޞަކޮށް މަގޫދޫ ކައުންސިލުން މ.އަތޮޅު ކައުންސިލްގެ ޓީމަށް އަދާކުރެއްވި ފުރިހަމަ މެހެމާންދާރީ ފާހަގަކުރަމެވެ.