ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން މުލަކަތޮޅު އަތޮޅު ކައުންސިލް އިދާރާގެ 2021 ވަނައަހަރުގެ މަސައްކަތްތައް މޮނިޓަރ ކޮށްފި

ކައުންސިލްތަކުގެ މަސައްކަތްތައް ހިނގަމުންދަނީ ޤާނޫނުއަސާސީއާއި ލާމަރުކަޒީ ޤާނޫނާއި އަދި އެހެނިހެން ޤާނޫނުތަކާ އެއްގޮތަށްތޯ ބެލުމަށް ޤަވްމީ ފެންވަރުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ކުރިއަށް ގެންދަވާ ޕްގްރާމްގެ ދަށުން މުލަކަތޮޅު އަތޮޅު ކައުންސިލްގެ މަސައްކަތްތަކާއި، ހިންގާފައިވާ ޙަރަކާތްތައް މޮނިޓަރކޮށް ނިންމާލައިފިއެވެ.

 

2022 މާރޗް 06 އިން 10 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި 2021 ވަނައަހަރުގައި ކައުންސިލް އިދާރާގެ އިދާރީ ހިންގުމާއި، ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުމުގައި ޢަމަލުކޮށްފައިވާގޮތް ބަލާފައިވެއެވެ.

 

ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ޙަރަކާތްތެރި ވެލައްވާފައިވަނީ ލޯކަލް ގަވަރމަންޓް އޮތޯރީޓީގެ 4 ބޭފުޅުންގެ ޓީމަކުންނެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން މުލަކަތޮޅު އަތޮޅު ކައުންސިލް އަދި ރަށްރަށުގެ ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނަށް ވިޔަ މޮޑިއުލް ޓްރެއިނިންގ ދެއްވާފައިވެއެވެ.