މ. ނާލާފުށީގައި އެއްގަމު ލައިސަންސް ބުރެއް ބާއްވައިފި

މިއިދާރާއާއި މ. ނާލާފުށީ ކައުންސިލްގެ އިދާރާ ގުޅިގެން މ. ނާލާފުށީގައި  އެއްގަމުގައި ދުއްވާ އިންޖީންލީ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމްގައި ސައިކަލް، ރަށުޕިކަޕް ކެޓަގަރީގައި 31 ފަރާތަކުން ބައިވެފައިވާއިރު މީގެ ތެރެއިން 2 ބައިވެރިންނަކީ ކެޓަގަރީ އިތުރުކުރުމުގައި ބައިވެރިވި ފަރާތްތަކެވެ. އަދި 29 ބައިވެރިން ތިޔަރީ ޓެސްޓުހަދާ ފާސްވެފައިވެއެވެ. ދުއްވުމުގެ ޓެސްޓް މިހާތަނަށް ހަދާފައިވަނީ 26 ބައިވެރިންނެވެ. މި 26 ބައިވެރިންވެސް ދުއްވުމުގެ ޓެސްޓުން ފާސްވެފައިވެއެވެ.

ކުރިއަށްއޮތް ތަނުގައިވެސް މިފަދަ ޕްރޮގްރާމްތައް އަތޮޅުގެ ރަށްރަށުގައި ހިންގުމަށްވަނީ ހަމަޖެފައެވެ.