މުލަކަތޮޅު ވޭވަށުގައި ސްލިޕްވޭ ހަދާ ސަރަހައްދާއި، ސްލިޕްވޭއަށް ދާ މަގުގެ މިންތައް ޖެހުމުގެ މަސައްކަތް މި ކައުންސިލް އިދާރާގެ މުވައްޒަފުން ކޮށްފި

މުލަކަތޮޅު ވޭވަށުގައި ސްލިޕްވޭ ހަދާ ސަރަހައްދާއި، ސްލިޕްވޭއަށް ދާ މަގު ސާވޭކޮށް، މިންތައް ޖެހުމުގެ މަސައްކަތް މި ކައުންސިލް އިދާރާގެ ދެ މުވައްޒަފުން ކަމުގައިވާ އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ އަޙްމަދު ސިޔާމާއި، އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން މުޙައްމަދު ޝާޠިރު ކުރައްވައިފިއެވެ. މ. ވޭވަށު ކައުންސިލްގެ އެދިވަޑައިގަތުމަށް އެ މަސައްކަތްކުރުމަށް  އެ ދެމުވައްޒަފުންވަނީ ވޭވަށު ކައުންސިލްގެ އިދާރާއަށް ވީއްލާފައެވެ. މި އިދާރާގެ ޕޮލިސީ ޕްލޭނިންގ އަދި ރިސާޗް ޔުނިޓްގެ މުވައްޒަފުންވަނީ މީގެ ކުރިންވެސް މިފަދަ މަސައްކަތްތަކުގައި މި އަތޮޅުގެ ހުރީހާ ރަށެއްގައި ވަރައް ޙަރަކާތްތެރި ދައުރެއް އަދާކުރައްވާފައެވެ. މި ފަދަ ކަންކަމުގައި މި ކައުންސިލް އިދާރާގެ މުވައްޒަފުން ދެއްވާ ފުރިހަ އެއްބާރުލެއްވުން މި ކައުންސިލުން ޝުކުރުވެރިކަމާއެކު ފާހަގަކުރަމެވެ.