މުލަކަތޮޅު އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމެއް ހިންގައިފި

މުލަކަތޮޅު އަތޮޅު ކައުންސިލްއިދާރާގެ މުވައްޒަފުންނަށް " ޕްރޮބްލަމް އެނަލައިޒިސް އެންޑް ޑިސިސަން މޭކިންގ" މައްސަލަތައް ދިރާސާކުރުމާއި، މައްސަލަތައް ޙައްލުކުރުމާ ގުޅޭ ގޮތުން މިއަދު ހެނދުނު 09:00 އިން 11:00 އަށް މި އިދާރާގެ ޖަލްސާކުރާ މާލަމްގައި ތަމްރީން ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފިއެވެ. ޖުމްލަ 22 ބައިވެރިންނާއެކު ކުރިޔަށް ގެންދެވުނު މި ތަމްރީން ޕްރޮގްރާމްގައި ކިޔަވައިދެއްވީ މި އިދާރާގެ ޑިރެކްޓަރ ޖެނެރަލް އަދި އެކްޓިން ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު ނިޔާޒެވެ.

މުލަކަތޮޅު ކައުންސިލް އިދާރާގެ 2021 ވަނަ އަހަރުގެ އިދާރީ ކަލަންޑަރުގައި ހިމެނޭ ޙަރަކާތްތަކުގެ ތެރެއިން 2021 ވަނަ އަހަރު ކޮންމެ މަހެއްގެ އެންމެ ފަހު ބުރާސްފަތި ދުވަސް ކަނޑައަޅާފައިވަނީ މުވައްޒަފުންނަށް ތަމްރީން ދިނުމަށް ޚާއްޞަކުރެވިފައިވާ ދުވަހެއްގެ ގޮތުގައެވެ.