މުލަކަތޮޅު އަތޮޅު ކައުންސިލްގެ މުވައްޒަފުންގެ އައު ޔުނީފޯމް ޙަވާލުކޮށްފި!

މުލަކަތޮޅު އަތޮޅު ކައުންސިލްގެ މުވައްޒަފުން މިހާތަނަށް ބޭނުންކުރަމުން އައި ނޫކުލައިގެ ޔުނީފޯމާ، ބުރުގާގެ ބަދަލުގައި ފެހިކުލައިގެ ޔުނީފޯމާ، ބުރުގާއެއް ތަޢާރަފުކޮށްފިއެވެ.  މި ކައުންސިލްގެ ޖަލްސާކުރާ މާލަމްގައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި މުވައްޒަފުންނާ ޔުނީފޯމާއި، ބުރުގާ ޙަވާލުކޮށްދެއްވީ  މި ކައުންސިލްގެ ނާއިބު ރައީސް އަލްފާޟިލް އަޙްމަދު ޙަސަނެވެ. ކުރީގެ ޔުނީފޯމާ ޚިލާފަށް އައު ޔުނީފޯމުގައި މުލަކަތޮޅު ކައުންސިލްގެ ލޯގޯ އަދި ނަން ވަނީ ހުދު ރޮދިން އެމްބްރޮއިޑްކޮށްފައެވެ. އަދި ބުރުގާ ތަކުވެސް ކައުންސިލްގެ ލޯގޯ ވަނީ ހުދު ރޮދިން އެމްބްރޮއިޑްކޮށްފައެވެ.  އައު ޔުނީފޯމާއި، ބުރުގާ  މުވައްޒަފުން ބޭނުންކުރަން ފެށުމަށް ހަމޖެހިފައިވަނީ 2021 ފެބްރުއަރީ 25 ވާ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.