މ. މަޑުއްވަރީން އަލަށް އެއްގަމު ލައިސަންސްގެ ޚިދުމަތަށް އެދެން ބޭނުންވާފަރާތް ތަކަށް މަޢުލޫމާތު ދިނުމަށް މ. އަތޮޅު ކައުންސިލުން ބައްދަލުވުމެއް ބާއްވައިފި!

މ. މަޑުއްވަރީން އަލަށް އެއްގަމު ލައިސަންސަންސްގެ ޚިދުމަތަށް އެދެންބޭނުންވާ ފަރާތްތަކަށް ކަމާގުޅޭ މަޢުލޫމާތުދިނުމަށް މ.އަތޮޅުކައުންސިލާއި، މ. މަޑުއްވަރީ ކައުންސިލާއި މ. މުލީ ޕޮލިސް ސްޓޭޝަން ހިމެނޭގޮތަށް މިއަދު 11:00 އިން 11:40 އަށް އޮންލައިން ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި މުލަކަތޮޅު އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އަލްފާޟިލް އަޙްމަދު ޙަސަންގެ އިތުރުން އަތޮޅު ކައުންސިލްގެ މެމްބަރ އަލްފާޟިލް އަމްޖަދު ޙަސަނާއި ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޒާހިރާއި، އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޒާހިރާއި އެސިސްޓެންޓް ރިސާރޗް އޮފިސަރ އަލްފާޟިލް މުޙައްމަދު އިކްރާމް ގެ އިތުރުން މ. އަތޮޅުގެ ޕޮލިސް ކޮމާންޑަރ ސަބް އިންސްޕެކްޓަރ އަލްފާޟިލް ޢަލީ ޢަބްދުލް ރަޙީމް ބައިވެރިވެވަޑައިގެންނެވިއެވެ.  މ. މަޑުއްވަރީ ކައުންސިލްގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ކައުންސިލްގެ ނައިބްރައީސް އަލްފާޟިލް ޙަސަން މަހާސިން އެވެ.

މި އޮންލައިން ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މ. މަޑުއްވަރީން އެއްގަމު ލައިސަންސް ނެގުމަށްދިމާވާ ދަތިތަކާއި، އަދި އަތޮޅުކައުންސިލާ މ.މުލީ ޕޮލިސް ސްޓޭޝަން ގުޅިގެން މިފަދަ ކަންކަމުގައި މިހާރަށްވުރެ ކައިރިން މަޢުލޫމާތު ޚިއްޞާކޮށް، މަޑުއްވަރީން ލައިސަންސް ނަގަން ކުރަންބޭނުންވާ ކަންކަމުގައި އަތޮޅުކައުންސިލަށް ދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން އެއްގަމު ލައިސަންސް ޚިދުމަތުގެ ފީ، އަލަށް ލައިސަންސަށް އެދޭ ފަރާތްތަކުން ހުށައްޅަންޖެހޭ ތަކެތީގެ މަޢުލޫމާތުގެ އިތުރުން ކެޓަގަރީ އިތުރުކުރަން އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތީގެ މަޢުލޫމާތާއި ލައިސަންސް އައުކުރަން އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތީގެ މަޢުލޫމާތުވެސް ހިއްސާކުރެވުނެވެ. އެއްގަމާއު ކަނޑު ލައިސަންސްގެ ޚިދުމަތް ރަށްރަށުގައި ކުރިޔަށްގެންދާނެ އުސޫލުވެސް މި ބައްދަލުވުމުގެ ބައިވެރީންނާ މި ކައުންސިލްގެ ފަރާތުން ޚިއްޞާކުރެވުނެވެ.

ބައި ގަޑިއިރަށްވުރެ ދިގުދެމިގެން ދިޔަ މަޢުލޫމާތު ދިނުމުގެ މިބައްދަލުވުން ނިންމާލެވުނީ ބައިވެރިންގެ ހުރިހާ ސުވާލުތަކަކަށް ޖަވާބު ދިނުމަށްފަހުގައެވެ.