މ. އަތޮޅުގައި "ޕަޑީ" ޑައިވިންގ ދެ ކޯހެއް 13 ފަރާތަކުން ފުރިހަމަކޮށްފި

މަސްވެރިކަމާއި، ފީނުމުގައި ދިމާވާ އެކި އެކި ހިތާމަވެރި ހާދިސާ ތަކުން ރައްކާތެރި ވުމަށާއި، ޒުވާނުން ކުރިއަށް ދާނެ މަގެއް ފަހި ކުރުމުގެ މަޤުޞަދުގައި މި ކައުންސިލާއި، މ. ވޭވަށް، މުލައް، މުލި އަދި ނާލާފުށީގެ ކައުންސިލާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މ. މެދުފުށި އައިލެންޑް ރިޒޯޓާއި، މ. މުލީގައި ހިންގާ އީ.ކިޔޫ ސާފު ރިޓްރީޓް ގެސްޓްހައުސް ގުޅިގެން  " އޯޕަން ވޯޓަރ ޑައިވް ކޯސް " އަދި " އެޑްވާންސް އޯޕަން ވޯޓަރ ޑައިވަރ ކޯސް "   އެއް މި އަތޮޅުގައި ހިންގައިފިއެވެ. 2023 ޖޫން 4 އިން 14 އަށް ހިންގި މި ދެ ކޯހުގައި 13 ފަރާތަކުން ބައިވެރިވެ، ކޯސް ފުރިހަމަކޮށް ޕަޑީ އޯޕަން ވޯޓަރ ޑައިވަރ އަދި އެޑްވާންސް އޯޕަން ވޯޓަރ ޑައިވަރ  ސެޓްފިކެޓް ހާސިލްކޮށްފައިވެއެވެ.

މި ކޯހުގައި ކިޔަވައި ދެއްވީ މެރިން ޕޮލިސްގެ ދެ އިންސްޓްރަކްޓަރުން ކަމުގައިވާ ސަބް އިންޕެކްޓަރ އޮފް ޕޮލިސް ޔާމީން މުޙައްމަދާއި، ސީނިއަރ ސާރޖަންޓް މުޙައްމަދު ޙަސަން އެވެ.

ކޯހުގައި ބޭނުންކުރާނެ އިކްވިޕްމަންޓް ފޯރުކޮށްދެއްވާފައިވަނީ، ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް، މެރިން ޕޮލިސް އަދި މެދުފުށި އައިލެންޑް ރިޒޯޓް އިންނެވެ. އަދި އީ. ކިއޫ ސާރފް ރިޓްރީޓް ގެ ފަރާތުންވެސް މި ކޯސް ހިންގުމަށް އެހީތެރިކަން ދެއްވާފައިވެއެވެ.