މ. އަތޮޅު ވޮލީ މުބާރާތް 2023 ގެ ފިރިހެނުންގެ ޗެމްޕިއަންކަން މ. މުލީ ވޮލީޓީމް އަދި އަންހެނުންގެ ޗެމްޕިއަންކަން މ. ވޭވަށު އެކުވެރިންގެ ދިރުންގެ ޓީމު ހޯދައިފި.

މ. އަތޮޅު ކައުންސިލްގެ 05 ވަނަ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން މ.މުލީ ވޮލީ ޓީމް ހޯދީ ފައިނަލްގައި މ. މުލަކު ވޮލީ ކްލަބާ ބައްދަލުކޮށް ސީދާ 3 ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ. އަދި އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން މ. ވޭވަށު އެކުވެރިންގެ ދިރުންގެ ޓީމް ހޯދީ ފައިނަލްގައި މ. މުލަކު ވިމެންސް ވޮލީ ކްލަބާ ބައްދަލުކޮށް 1-3 ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ. އަންހެން ޑިވިޜަންގެ ފައިނަލްމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މ. ވޭވަށު އެކުވެރިންގެ ދިރުންގެ ޓީމުގެ ޖާޒީ ނަމްބަރ 6 ޢާއިޝަތު ނަސްމާ އަޙުމަދެވެ. އަދި ފިރިހެން ޑިވިޜަންގެ ފައިނަލްމެޗްގެ މޮޅު ކުޅުންތެރިޔަަކަށް ހޮވިފައިވަނީ މ. މުލީ ވޮލީ ޓީމްގެ ޖާޒީ ނަމްބަރ 9 ޕްރިންސް އެވެ.

މ. ކޮޅުފުށީ ވޮލީ ކޯޓްގައި ބޭއްވުނު މި މުބާރާތުގެ އިތުރު ވަނަތަކަށް ހޮވިފައިވަނީ :

ފިރިހެން ޑިވިޜަން

އަންހެން ޑިވިޜަން

އެންމެ މޮޅު 6 ކުޅުންތެރިން: ޕްރިންސް މުލީ ވޮލީ ޓީމް އެންމެ މޮޅު 6 ކުޅުންތެރިން: ވަސަނަ މަދުމަލީ ދަރުމަތިސާ ވޭވަށު އެކުވެރިންގެ ދިރުން
އަޙްމަދު އިމްތިޔާޒް މުލީ ވޮލީ ޓީމް
ޢަލީ ރިޒާ މުލީ ވޮލީ ޓީމް ޢާއިޝަތު ނަސްމާ އަޙްމަދު ވޭވަށު އެކުވެރިންގެ ދިރުން
މުޙައްމަދު ޢަބްދުއްޞަމަދު މުލަކު ވޮލީ ކްލަބް މަރްޔަމް ލާމާ ޢަބްދުﷲ ވޭވަށު އެކުވެރިންގެ ދިރުން
ފާތިމަތު މަޒިއްޔާ މަޑުއްވަރީ ޑިވެލޮޕްމަންޓް ކޮމިޓީ
ޢަޙްމަދު ފާޒިލް މުލަކު ވޮލީ ކްލަބް
ތިލިނި ވަސަނަ ޕެރޭރާ މުލަކު ވިމެންސް ވޮލީ ކްލަބް
މުޙައްމަދު ރިމާޒު މުލަކު ވޮލީ ކްލަބް
ޒާހިޔާ ރުޝްދީ މުލަކު ވިމެންސް ވޮލީ ކްލަބް
އެންމެ އުންމީދީ ކުޅުންތެރިޔާ އަޙްމަދު އިމްތިޔާޒް ޢަފީފް މުލީ ވޮލީ ޓީމް އެންމެ އުންމީދީ ކުޅުންތެރިޔާ ޢާއިޝަތު ނަސްމާ އަޙްމަދު ވޭވަށު އެކުވެރިންގެ ދިރުން  
އެންމެ މޮޅު ލިބަރޯ މުޙައްމަދު ރިޔާޒް މުލީ ވޮލީ ޓީމް އެންމެ މޮޅު ލިބަރޯ މަރްޔަމް ލާމާ ޢަބްދުﷲ ވޭވަށު އެކުވެރިންގެ ދިރުން  
ފެއަރޕްލޭ ކުޅުންތެރިޔާ އަޙްމަދު ޢަބްދުލް ކަރީމް ކޮޅުފުށީ ޒުވާނުންގެ ޖަމްޢިއްޔާ ފެއަރޕްލޭ ކުޅުންތެރިޔާ ފާތިމަތު މަޒިއްޔާ މަޑުއްވަރީ ޑިވެލޮޕްމަންޓް ކޮމިޓީ  
އެންމެ މޮޅު ކޯޗް މުޙައްމަދު ރިޝްވާން މުލީ ވޮލީ ޓީމް އެންމެ މޮޅު ކޯޗް އިބްރާހިމް ފިރާޤް ވޭވަށު އެކުވެރިންގެ ދިރުން  
އެންމެ ހިންގުންތެރި މެނޭޖަރ އަންވަރު ނަޢީމް މުލީ ވޮލީ ޓީމް އެންމެ ހިންގުންތެރި މެނޭޖަރ ނިޝާނާ ކޮޅުފުށީ އެކުވެރި ކްލަބް  
ފެއަރޕްލޭ ޓީމް ކޮޅުފުށީ ޒުވާނުންގެ ޖަމްޢިއްޔާ   ފެއަރޕްލޭ ޓީމް   މަޑުއްވަރީ ޑިވެލޮޕްމަންޓް ކޮމިޓީ  
ރަނަރަޕްޓީމް މުލަކު ވޮލީ ކްލަބް   ރަނަރަޕްޓީމް   މުލަކު ވިމެންސް ވޮލީ ކްލަބް  

ވަނަތަކަށް ހޮވިފައިވާ ކުޅުންތެރިންނާއި، ޓީމްތަކަށް ޓްރޮފީ، މެޑެލް، އަދި ފައިސާގެ އިނާމު ޙަވާލުކޮށް ދެއްވީ ފައިނަލް މެޗްގެ ޝަރަފްވެރި މެހުމާނު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް އަޙުމަދު ފުއާދާއި، އަތޮޅު ކައުންސިލްގެ ރައީސް، ނައިބްރައީސް، މެމްބަރުން، އަދި އަތޮޅު ކައުންސިލްގެ އިދާރާގެ، ކޮޅުފުށީ ކައުންސިލްގެ އިދާރާގެ އިސްވެރިންނެވެ.