ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި!

މ.މުލަކު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް އިބްރާހީމް ނަސީރު އާއި މ. އަތޮޅު ކައުންސިލްގެ ސީނިއަރ ކައުންސިލް އެގްޒެކެޓިވް އަލްއުސްތާޛު މުޙައްމަދު ނިޔާޒު، ޕާކިސްތާނުން ރާއްޖެޔަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވީ.އޭ.އާތަރ މުޚްތާރު އާއި ނައިބް ސަފީރު ޒުލްޤަރުނައިން އާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ޕާކިސްތާނު ހައިކަމިޝަނާއި ގުޅިގެން މ. އަތޮޅުގެ ސިއްޙީ، އިޖްތިމާޢީ އަދި ތަޢުލީމީ ދާއިރާ ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.