މ. އަތޮޅު ކައުންސިލްގެ 25 ވަނަ ޤުރްއާން މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

މ. އަތޮޅު ކައުންސިލްގެ 25 ވަނަ ޤުރްއާން މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު މިދިޔަ ހޮނިހިރު ދުވަހު ބާއްވައިފިއެވެ. މ. އަތޮޅު ސްޓޭޓް ހައުސްގެ ގޯތިތެރޭގައި ބޭއްވުނު މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަލްފާޟިލް އިބްރާހިމް ރާފިޢުއެވެ. މި ރަސްމިއްޔާތުގައި އެ މަރުކަޒުގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަލްފާޟިލް ޢަލީ ރިޒާއާ، މ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުހައްމަދު ނިމާލާއި، ނައިބު ރައީސް އަލްފާޟިލް އަޙްމަދު ނިޝާނާއި، މ. އަތޮޅު ކައުންސިލްގެ  މެންބަރުންނާއި، ސެކްރެޓަރީ ޖެނެރަލާއި، އިސް ވެރިންގެ އިތުރުން މ. އަތޮ ރަށްރަށުގެ ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި، ޤުރްއާން މުދައްރިސުންނާއި، މުބާރާތުން ވަނަވަނައަށް އައި ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

           މުޅި މުބާރާތުން މުއައްސަސާތަކުގެ ބައިން އެއްވަނަ ހޯދީ މ. ދިއްގަރު ސުކޫލެވެ. ދެވަނަ ހޯދީ މ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. އަދި 3 ވަނަ ހޯދީ މ. އަތޮޅު މަދަރުސާއެވެ. މި މުބާރާތުން އެންމެ ގިނަ މާކުސް ހޯދި ދަރިވަރަކަށް ޕޮރޯޖެޓްގެ ފަރާތުން ދެއްވި ފަނަރަހާސް ރުފިޔާގެ ފައިސާގެ އިނާމް ހާސިލްކުރީ މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ފާތިމަތު މޫނިސާ މޫސާ އެވެ.