މ. މަޑުއްވަރީގައި އެއްގަމު ލައިސަންސް ބުރެއް ބާއްވައިފި

މ.އަތޮޅު ކައުންސިލްގެ އިދާރާއާއި މ. މަޑުއްވަރީ ކައުންސިލްގެ އިދާރާ ގުޅިގެން މ. މަޑުއްވަރީގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމްގައި ސައިކަލް ކެޓަގަރީގައި މ. މަޑުއްވަރީގެ 16 ފަރާތަކުން ބައިވެރިވެ ލެއްވިއެވެ. މީގެ ތެރެއިން 10 ބައިވެރިން ތިޔަރީ ޓެސްޓުން ފާސްވެ، ދުއްވުމުގެ ޓެސްޓް ހަދާފައިވެއެވެ.

ކުރިއަށްއޮތް ތަނުގައިވެސް މިފަދަ ޕްރޮގްރާމްތައް އަތޮޅުގެ ރަށްރަށުގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.