ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިހާރު ކުރިޔަށް ދާ ލުއި ލޯނު އަދި ޕާރސަނަލް ފައިނޭން ޕްރޮމޯޝަންގެ މަޢުލޫމާތު މުލަކަތޮޅު އަތޮޅު ކައުންސިލްގެ މުވައްޒަފުންނަށް!

ބީއެމްއެލްއިން ފައިނޭންސިން ޚިދުމަތްތައް ހޯދާ ފަރާތްތަކަށްވަނީ ޕްރޮމޯޝަނެއް ތަޢާރަފްކޮށްފައެވެ. ބޭންކް އޮފް މޯލްޑިވްސް މުލީ ބްރާންޗް އިން މި ޕްރޮމޯޝަން ގެ މަޢުލޫމާތު ދިނުމަށް  މިއަދު މުލަކަތޮޅު އަތޮޅު ކައުންސިލްގައި ބޭއްވި ސްޓާފުންގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން ބީއެމްއެލް މުލީ ބްރާންޗްގެ ރިލޭޝަންޝިޕް އެގްޒެކްޓިވް ސީޒާ ޢަލީ ރަޝީދު ވިދާޅުވީ މި ޕޮރޮމޯޝަންގެ ސަބަބުން ކަސްޓަމަރުންނަށް ބޮޑެތި ލުއި ފަސޭހަތައް ލިބިގެންދާނެކަމަށެވެ.

 

މިގޮތުން މި ޕްރޮމޯޝަންގައި  ލުއި އެކްސް ޕްރެސް، މައިކްރޯ ، ބީއެމްއެލް އިސްލާމިކް ޕާސަލަނަލް ފައިނޭންސިން، ބީއެމްއެލް ވެހިކަލް ލޯނު ފައިނޭންސިން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލެވިފައިވެއެވެ. މިޕްރޮމޯޝަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 01 މާރޗް 2021 އިން 30 އެޕްރީލް 2021 ގެ ނިޔަލަށެވެ. އަދި މިލޯނުތަކަށް އޮންލައިންކޮށްވެސް އެދެވޭގޮތަށް ހަމަޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.

 

މ. އަތޮޅު ކައުންސިލްގެ އިސްވެރިންނާއި ސްޓާފުން ނާއި އެކު މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީޒާ ވިދާޅުވީ ފައިނޭންސިން ލޯނުތަކަށް މިހާރުވާނީ ހެޔޮ ބަދަލުތަކެއް ގެނެސްފައިކަމަށެވެ. މިގޮތުން އިލެކްޓްރިކް ވެހިކަލެއް ނެގުމަށް ލުއި ލޯނެއް ނަގާ ކަމުގައި ވާނަމަ އާންމުކޮށް ދޫކުރަމުން އަންނަ މިންވަރަށްވުރެ ދަށް އިންޓަރެސްޓު ރޭޓެއްގައި ލޯނު ލިބޭނެ ކަމަށް ވިދާޅުވިއެވެ. އަދި ވެހިކަލް ލޯނަށް ޑައުންޕޭމަންޓުވެސް ދައްކަން ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ގިނަ ލޯނުތަކެއްގެ އިންޓަރެސްޓް ރޭޓްތަށް ކުޑަވެފައިވާކަން ފާހަގަކުރެއްވިއެވެ.

 

މީގެ އިތުރުން ލައިފް ސްޓައިލް ލޯނުގެ ލިމިޓުވެސް 3 ލައްކަ ރުފިޔާއަށް ބޭންކުން ވަނީ ބޮޑުކޮށްފައެވެ. މީގެ ކުރިން އެ ލޯނު ދެނީ 1 ލައްކަ ރުފިޔާއާއި ހަމައަށެވެ.

 

މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކުވެސް ގުރުއަތުން ހޮވޭ އެއް ފަރާތަށް 10000 ރުފިޔާ ދިނުމަށް ހަމަޖެހިފައެވެ. އަދި ލުއި މައިކްރޯ ލޯން ނަގާ ފަރާތްތަކަށް މި ޕްރޮމޯޝަނުގެ ގްރޭންޑް ޕްރައިޒް ކަމަށްވާ 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމުގެ ގުރުއަތުގައި ބައިވެރިވެވޭނެއެވެ. މީގެ އިތުރުން އިސްލާމިކް ފައިނޭންސިންގެ ޚިދުމަތްތައް ހޯދާ ފަރާތްތަކަށް 50،000 ރުފިޔާގެ އިނާމުގެ ގުރުއަތުގައި ބައިވެރިވެވޭނެއެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ ދިވެހިރާއްޖޭގައި ހިންގާ އެންމެ ބޮޑު ބޭންކެއެވެ. މިއީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ދިވެހިންގެ ބޭންކް އަހަރެންގެ ބޭންކެވެ.

މި ބައްދަލުވުން ނިންމާލެވުނީ ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ފަހުގައެވެ.