މ. އަތޮޅު ކައުންސިލްގެ ފުރަތަމަ ޖޫނިއަރ ވޮލީބޯޅަ މުބާރާތް ބާއްވައިފި

މ. އަތޮޅު ކައުންސިލުން  21 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށް މުޅި އަތޮޅަށް ހުޅުވާލައިގެން  މި މަހު 10 އިން 14 އަށް މ. މުލީގައި ކުރިޔަށް ދިޔަ  މ. އަތޮޅު ކައުންސިލްގެ ފުރަތަމަ ޖޫނިއަރ ވޮލީބޯޅަ މުބާރާތް ނިމިއްޖެއެވެ. މި މުބާރާތުގެ އަންހެން ޑިވިޒަންގައި ބައިވެރިވެފައިވަނީ ވޭވަށް، މުލި އަދި ނާލާފުށިންނެވެ. ފިރިހެން ޑިވިޒަންގައި ބައިވެރިވެފައިވަނީ ވޭވަށް އަދި މުލިންނެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޒަންގެ ޗެމްޕިއަން ޓީމަކީ މުލީ ވޮލީޓީމެވެ. އަދި ރަނަރއަޕް ޓީމަކީ ވޭވަށު ވޮލީޓީމެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މުލީ ވޮލީ ޓީމުގެ ޖާރޒީ ނަމްބަރު 9 އަޙްމަދު ނާވީ އާދަމް އެވެ. މީގެ އިތުރުން ފިރިހެން ޑިވިޒަނުން މުޅި މުބާރާތުގެ އެންމެ މޮޅު 6 ކުޅުން ތެރިންނަކީ އަޙްމަދު ނާވީ އާދަމް (މުލީ ވޮލީ ޓީމް)، މުޙައްމަދު ހޫދު އަޙްމަދު (މުލީ ވޮލީ ޓީމް)، މުޙައްމަދު އިޙްސާން އަޙްމަދު (މުލީ ވޮލީ ޓީމް)، މުޙައްމަދު އާލިފް އިބްރާހިމް (ވޭވަށު ވޮލީ ޓީމް)، މުޙައްމަދު ނައްފާޒު އަޙްމަދު (ވޭވަށު ވޮލީ ޓީމް)، އަދި އަޙްމަދު އިމްތިޔާޒު ޢަފީފު (މުލީ ވޮލީ ޓީމް ) އެވެ.

މި ޑިވިޒަންގައި ޓީމަށް އެންމެ ފައިދާ ހޯދާދިން ކޯޗަކަށް ހޮވިފައިވަނީ މުލީ ވޮލީ ޓީމުގެ ކޯޗް މޫސާ ރައޫފެވެ. މި ޑިވިޒަންގެ ރަނަރއަޕް ޓީމަށް ފައިސާގެ އިނާމާއި މެޑެލް އަދި ތަށި ޙަވާލުކޮށް ދެއްވީ މ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލެވެ. އަދި ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމާއި މެޑެލް އަދި ތަށި ޙަވާލުކޮށް ދެއްވީ ޝަރަފުވެރި މެޙްމާން ނާލާފުށީ ކައުންސިލްގެ ރައީސް އަޙްމަދު ޒުބައިރެވެ.

މުބާރާތުގެ އަންހެން ޑިވިޒަންގެ ޗެމްޕިއަން ޓީމަކީ ވޭވަށު ވޮލީ ޓީމެވެ. ރަނަރއަޕް ޓީމަކީ މުލީ ވޮލީ ޓީމެވެ. މި ޑިވިޒަންގެ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވޭވަށު ވޮލީ ޓީމުގެ ޖާރޒީ ނަމްބަރު 5 ހަމްނާ އިބްރާހީމެވެ. އަންހެން ޑިވިޒަންގެ އެންމެ މޮޅު 6 ކުޅުންތެރިންނަކީ ޢާއިޝަތު ޝައްމާ ޝަޒީމް (ވޭވަށު ވޮލީ ޓީމް)، ފާޠިމަތު އީމާ ( މުލީ ވޮލީ ޓީމް)، މަރްޔަމް ލައްމާ ޢަބްދުﷲ ( ވޭވަށު ވޮލީ ޓީމް) މަރްޔަމް ދާނާ އާދަމް (މުލީ ވޮލީ ޓީމް)، ޢާއިޝަތު މަންޝާ މަމްދޫޙު (ވޭވަށު ވޮލީ ޓީމް)، އަދި ފާޠިމަތު އިބާ ތާހިރު (ނާލާފުށީ ވޮލީ ޓީމް) އެވެ. ޓީމަށް އެންމެ ފައިދާ ހޯދާދިން ކޯޗަކަށް ހޮވިފައިވަނީ ވޭވަށު ވޮލީ ޓީމްގެ ކޯޗް އިބްރާހިމް ފިރާޤެވެ.

މި ޑިވިޒަންގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމާއި، މެޑެލް އަދި ތަށި ޙަވާލުކޮށް ދެއްވީ މ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލެވެ. އަދި ރަނަރއަޕް ޓީމަށް ފައިސާގެ އިނާމާއި، މެޑެލް އަދި ތަށި ޙަވާލުކޮށް ދެއްވީ ނަސީމާ މުޙައްމަދު ކަލޭފާނެވެ.