މ. އަތޮޅު ކައުންސިލްގެ 2023 ވަނައަހަރުގެ އަހަރީ ހަފްލާ ފާހަގަކޮށްފި

ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތަކާއި، ޚިދުމަތްދޭ އެހެނިހެން ތަންތަނުގައި ވަޒީފާ އަދާކުރާ، ޚިދުމަތްތެރި މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން އިނާމު ދިނުމުގެ އަހަރީ ޙަފްލާތައް ބާއްވަމުން ގެންދިއުމަކީ އެކި އިދާރާތަކުން ކުރަމުން ގެންދާ ކަމެކެވެ.

މ. އަތޮޅު އޮފީހުގެ ނަމުގައި އަތޮޅު އޮފީސް ހިންގި ދުވަސްވަރު ޚިދުމަތްތެރި މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން އިނާމު ދިނުމުގެ އަހަރީ ޙަފްލާއެއް އެއްވެސް ދުވަސްވަރެއްގައި ބާއްވާފައިވާކަން ލިޔުމުން އެނގޭކަށް ނެތެވެ. އަތޮޅު އޮފީހުގެ ދުވަސްވަރު އެފަދަ ޙަފްލާއެއް ބާއްވާފައިވާކަން އެނގިފައި ނުވާކަމަށް އަތޮޅު އޮފީހުގައި ކުރިން ވަޒީފާ އަދާ ކުރަށްވާފައިވާ ދުވަސްވީ މުވައްޒަފުންގެ ފަރާތުން އެނގިފައި ވެއެވެ.

މުލަކަތޮޅު އަތޮޅު ކައުންސިލްގެ ޚިދުމަތްތެރި މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން އެވޯޑް ދިނުމުގެ އަހަރީ ޙަފްލާއެއް 2024 ޖެނުއަރީ 26 ވަނަ ދުވަހުގެރޭ 20:30 ގައި މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ވަނީ ބާއްވާފައެވެ. އަހަރީ ހަފުލާ 2023 ގެ ނަމުގައި ބޭއްވި މި ހަފުލާ ޝަރަފުވެރި ކޮށްދެއްވީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އިސްމާޢީލް ނަޝީދެވެ.

މި ހަފުލާގައި، ޚިދުމަތުން ވަކިވެ ވަޑައިގެންފައިވާ ފަރާތްތަކުގެ ތެރެއިން ދިގުމުއްދަތަށް ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް އެވޯޑްދީފައިވެއެވެ.

މިހަފުލާގައި އެވޯޑް ލިބިފައިވާ ފަރާތްތަކަކީ:

  • ޚިދުމަތުގެ ރިހިފިލާ ލިބިލެއްވި ފަރާތްތައް
  1. އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް މުޙައްމަދު އިކްރާމް / މަންޒިލް، މ. މުލި ( 16 އަހަރު )
  2. ސަޕޯޓް ސްޓާފް އާމިނަތު ޙުސައިން / ރިހިވެލި، މ. މުލި ( 16 އަހަރު )
  3. އެސިސްޓެންޓް ކައުންސިލް އޮފިސަރ ޢަލީ ފާއިޒު / ރިހިވެލި، މ. މުލި ( 15 އަހަރު )
  4. ޑްރައިވަރ މޫސާ ފަޠުޙީ / ފެހިމުތް، މ. މުލި ( 15 އަހަރު )
  5. އަހަރުގެ ހީވާގި މުވައްޒަފުގެ އެވޯޑް ލިބިލެއްވި ފަރާތްތައް
  6. ސަޕޯޓް ސްޓާފް މޫސާ ނަޢީމް / ތަރިވިދާގެ، މ. މުލި
  7. ފަޅުވެރި ޙަސަން ނިޝާމް / ކަނދޮޅުދޫގެ، ގއ. މާމެންދޫ
  8. ކައްކާ، ފާޠިމަތު ޝިފާނާ / ފަހީމާހިޔާ، މ. މުލި
  9. އަހަރުގެ ޚިދުމަތްތެރި މުވައްޒަފުގެ އެވޯޑް ލިބިލެއްވި ފަރާތްތައް
  10. ކައުންސިލް އޮފިސަރ އަޙްމަދު ކަމާލު / އަމާޒު، މ. މުލި
  11. އެސިސްޓެންޓް ކައުންސިލް އޮފިސަރ ޢަލީ ފާއިޒު / ރިހިވެލި، މ. މުލި
  12. އެސިސްޓެންޓް ކައުންސިލް އޮފިސަރ ޢަލީ ނަޢީމް / ކުދިމާގެ، މ. މުލި
  • ޚިދުމަތުން ވަކިވެ ވަޑައިގެންފައިވާ ފަރާތްތަކުގެ ތެރެއިން ދިގުމުއްދަތުގެ ޚިދުމަތުގެ އެވޯޑް ލިބިލެއްވި ފަރާތްތައް
  1. އަލްމަރުޙޫމް ޔޫނުސް އާދަމް / ފުރެޝްކޯ، މ.ދިއްގަރު ( 42 އަހަރު)
  2. އަލްމަރުޙޫމް ޢަބްދުލްވާޙިދު ޙަސަންފުޅު / މާގަސްދޮށުގެ، މ. މުލި (27 އަހަރު)
  3. އަލްމަރުޙޫމް ޢަލީ މުޙައްމަދުފުޅު / ފޭރުމާގެ، މ.މުލި (23 އަހަރު)
  4. އަލްފާޟިލާ ފާޠިމަތު ޙަލީމް / މަންފާ، މ.މުލި (22 އަހަރު)
  5. އަލްފާޟިލް އިބްރާހީމް ނިޒާރު / ނޫފަރި، މ. މުލި (21 އަހަރު)
  6. އަލްމަރުޙޫމް ޢަބްދުﷲ ޙަމީދު / ޒޯނިޔާ، މ.މުލި (19 އަހަރު)
  7. އަލްމަރުޙޫމް ޢަބްދުލްޢަޒީޒު މޫސާ / ދިލްބަހާރުގެ، މ.މުލި (19 އަހަރު)
  8. އަލްފާޟިލާ އާމިނަތު ޝަހާނާ / ހ. ނިކްޗޫން، ކ. މާލެ (18 އަހަރު)
  9. އަލްފާޟިލް އަޙްމަދު ޝިޔާމް / ނައިޓްރޯސް، މ.ރަތްމަންދޫ (17 އަހަރު)
  10. އަލްފާޟިލް ޢަބްދުﷲ ޚަލީލު / ފަޒާ، މ. މުލި (17 އަހަރު)
  11. އަލްފާޟިލް ފަޠުޙުﷲ ޢަބްދުއްރަހީމް / އިރަމާގެ، މ. މުލި (15 އަހަރު)
  12. އަލްފާޟިލާ އަޒުރާ މުޙައްމަދު / ރަތްވިލާގެ، މ.މުލި (14 އަހަރު)
  13. އަލްފާޟިލް މުޙައްމަދު މުސްޠަފާ / ސޯސަންވިލާ، މ.ވޭވަށް (14 އަހަރު)
  14. އަލްފާޟިލް އިބްރާހީމް ޝަމީމް / މަންފާ، މ.މުލި (13 އަހަރު)
  15. އަލްފާޟިލް މުޢާވިޔަތު ޝަކީބު / ހަވީރީނާޒް، މ.މުލި (13 އަހަރު)
  16. އަލްފާޟިލާ ޢަފީފާ އާދަމްފުޅު / ހިޔާވަހި، މ.މުލި (12 އަހަރު)
  17. އަލްމަރުޙޫމް މުޙައްމަދު އިސްމާޢީލް / ބުލޫވެއިޓް، މ.ވޭވަށް (12 އަހަރު)
  18. އަލްފާޟިލާ ފާޒިރާ ޢަބްދުލް ވާޙިދު / ރުއްކުރި، މ. މުލި (11 އަހަރު)
  19. އަލްފާޟިލް ޢަބްދުﷲ ކަމާލު / ޖަންބުގެ، މ.މުލި (10 އަހަރު)
  20. އަލްމަރުޙޫމް ޢަލީ އަޙްމަދުފުޅު / ބަހާރީގެ، މ.މުލި (10 އަހަރު)
  21. އަލްމަރުޙޫމް ޔަޙްޔާ އިބްރާހީމް / ކީރަންމާގެ، މ.މުލި ( 10 އަހަރު)
  22. އަލްފާޟިލް ޢަބްދުލްހާދީ އިބްރާހީމްދީދީ / އާސިއްކަގެ، މ.މުލި (9 އަހަރު)
  23. އަލްމަރުޙޫމް ޢަލީ ޙުސައިން / ހުސްނުހީނާގެ، މ. ދިއްގަރު (8 އަހަރު)
  24. އަލްމަރުޙޫމް ޙުސައިން ޙަސަންފުޅު/ ޗަނބޭލީގެ، މ.މުލި (8 އަހަރު)
  25. އަލްފާޟިލާ ފާޠިމަތު ޢަފީފާ / ބެންހާގެ، މ.މުލި (7 އަހަރު)
  26. އަލްފާޟިލާ ބަދޫރާ ޔަޙްޔާ / ކީރަންމާގެ، މ.މުލި (7 އަހަރު)
  27. އަލްމަރުޙޫމް މުޙައްމަދު ޙުސައިންފުޅު / ގުލްފާމްވިލާ، މ.މުލި (6 އަހަރު)
  28. އަލްމަރުޙޫމާ އާމިނަތު އާދަމް / ފިނިހިޔާގެ، މ.މުލި (5 އަހަރު)
  29. އަލްފާޟިލާ ޒުހުރާ އާދަމް / ލިލީމާގެ، މ.މުލި (5 އަހަރު)
  30. އަލްފާޟިލާ ރަސްފާ ސަޢީދު / ފަހީމާހިޔާ، މ.މުލި (5 އަހަރު)
  • އަހަރުގެ ލާމަސީލު އެވޯޑް ލިބިލެއްވި ފަރާތްތައް
  1. ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛް މުޙައްމަދު ނިޔާޒު / ނައިޓްރޯސް، މ. ރަތްމަންދޫ
  2. ކައުންސިލް އެގްޒެކެޓިވް މުޙައްމަދު ޒާހިރު / އަމާނީ، މ.މުލި
  3. ކައުންސިލް އެގްޒެކެޓިވް އިބްރާހީމް ޒާހިރު / އުފާވެހި، މ.މުލި
  4. އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އަޙްމަދު ޝަރީފު / މީނާޒު، މ. މުލި
  5. ސީނިއަރ ކައުންސިލް އޮފިސަރ ޢާއިޝަތު ޢަފީފާ / ބެންހާގެ، މ. މުލި
  6. ސީނިއަރ ކައުންސިލް އޮފިސަރ އާމިނަތު އާސިފާ / ބުރެވިމާގެ، މ.މުލި
  7. އެސިސްޓެންޓް ކައުންސިލް އޮފިސަރ ޚަދީޖާ ސަޢީދާ / ފަޒާ، މ.މުލި
  8. އެސިސްޓެންޓް ފައިނޭންސް އޮފިސަރ މޫސާ ފާއިޒު / ދޫގަސް، މ.މުލި
  9. އެސިސްޓެންޓް ކައުންސިލް އޮފިސަރ ޙަލީމަތު ފާއިޒާ / މާގަސްދޮށުގެ، މ.މުލި
  10. އެސިސްޓެންޓް ފައިނޭންސް އޮފިސަރ އާދަމް ނަޢީމް / ފަސްރީތި، މ.މުލި
  11. އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން މުޙައްމަދު ޝާޠިރު / އެމޭޒަން، މ. މުލި
  12. އެސިސްޓެންޓް ކައުންސިލް އޮފިސަރ މުޙައްމަދު ޢަފީފް / ބެންހާގެ، މ. މުލި
  13. ލޯންޗް ޑްރައިވަރ އަޙްމަދު ނިޒާރު / އާނިރު، މ. މުލި
  14. އެސިސްޓެންޓް ކައުންސިލް އޮފިސަރ މުޙައްމަދު ޚަލީލު / ސްޓާރލައިން، މ.މުލި
  15. އެސިސްޓެންޓް ކައުންސިލް އޮފިސަރ ފަރީދާ ނަޢީމް / އަމާނީ، މ.މުލި
  16. ސަޕޯޓް ސްޓާފް އާމިނަތު ޙުސައިން / ރިހިވެލި، މ. މުލި
  17. ސަޕޯޓް ސްޓާފް ޞަފިއްޔާ ޢަބްދުﷲ / ފައިވްރޯސް، މ. މުލި
  18. ކާރު ޑްރައިވަރ މޫސާ ފަޠުޙީ / ފެހިމުތް، މ.މުލި
  19. ސަޕޯޓް ސްޓާފް ރިސްފާ ޢަލީ / ނަރުގިސްމާގެ، މ.މުލި
  20. އަލްފާޟިލާ ތަހުމީނާ ޢަބްދުއްލަޠީފު / މާފަހި، މ. މުލި
  • ޚިދުމަތުގައި މިހާރު ތިއްބެވި ފަރާތްތަކުގެ ތެރެއިން ޚިދުމަތުގެ ރަންފިލާ ލިބިލެއްވި ފަރާތްތައް
  1. އެސިސްޓެންޓް ކައުންސިލް އޮފިސަރ ފަރީދާ ނަޢީމް / އަމާނީ، މ.މުލި (29 އަހަރު )
  2. އެސިސްޓެންޓް ކައުންސިލް އޮފިސަރ ޢަލީ ނަޢީމް / ކުދިމާގެ، މ. މުލި ( 27 އަހަރު )
  3. އެސިސްޓެންޓް ކައުންސިލް އޮފިސަރ މުޙައްމަދު ޢަފީފް / ބެންހާގެ، މ. މުލި ( 26 އަހަރު )
  4. ސީނިއަރ ކައުންސިލް އޮފިސަރ ޢާއިޝަތު ޢަފީފާ / ބެންހާގެ، މ. މުލި ( 23 އަހަރު )
  5. ސަޕޯޓް ސްޓާފް މޫސާ ނަޢީމް / ތަރިވިދާގެ، މ. މުލި ( 22 އަހަރު )
  6. ސީނިއަރ ކައުންސިލް އޮފިސަރ އާމިނަތު އާސިފާ / ބުރެވިމާގެ، މ.މުލި ( 20 އަހަރު )
  7. ކައުންސިލް އޮފިސަރ އަޙްމަދު ކަމާލު / އަމާޒު، މ.މުލި (42 އަހަރު )
  8. އެސިސްޓެންޓް ކައުންސިލް އޮފިސަރ ޚަދީޖާ ސަޢީދާ / ފަޒާ، މ.މުލި ( 39 އަހަރު )
  9. އެސިސްޓެންޓް ފައިނޭންސް އޮފިސަރ އާދަމް ނަޢީމް / ފަސްރީތި، މ.މުލި ( 35 އަހަރު )
  10. އެސިސްޓެންޓް ފައިނޭންސް އޮފިސަރ މޫސާ ފާއިޒު / ދޫގަސް، މ.މުލި ( 33 އަހަރު )
  11. އެސިސްޓެންޓް ކައުންސިލް އޮފިސަރ ޙަލީމަތު ފާއިޒާ / މާގަސްދޮށުގެ، މ.މުލި ( 31 އަހަރު )
  12. އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން މުޙައްމަދު ޝާޠިރު / އެމޭޒަން، މ. މުލި ( 30 އަހަރު )
  13. ފަޅުވެރި މުޙައްމަދު ޚަލީލު / ސްޓާރލައިން، މ.މުލި ( 30 އަހަރު )
  • ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކުގެ އެވޯޑް ލިބިލެއްވި ފަރާތްތައް
  1. އަލްފާޟިލާ ނަސީމާ މުޙައްމަދު ކަލޭފާނު / މާކޯނި، މ. މުލި ( 36 އަހަރު )
  2. އަލްފާޟިލާ ނިސްރީން ޢަލިފުޅު / ފޭރުމާގެ، މ. މުލި ( 36 އަހަރު )
  3. އަލްފާޟިލް މުޙައްމަދު ކަމާލު / ޒަމާނީގެ، މ. މުލި (29 އަހަރު )
  4. އަލްފާޟިލް މުޙައްމަދު އާދަމް / ވަނި، މ. ދިއްގަރު ( 25 އަހަރު)
  • ކައުންސިލް ރައީސްގެ ޚާއްޞަ އެވޯޑް

ކައުންސިލް ރައީސްގެ ޚާއްޞަ އެވޯޑަކީ މ. އަތޮޅު ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުންގެ ތެރެއިން އަތޮޅު ކައުންސިލްގެ މެމްބަރުންގެ މަޝްވަރާއާއެކު، 2021، 2022، އަދި 2023 ގެ ޕާރފޯމަންސަށް ބަލައި އަތޮޅު ކައުންސިލްގެ ރައީސް ހޮއްވަވާ މުވައްޒަފަކަށް ދެވޭ އެވޯޑެކެވެ. މި އެވޯޑް ލިބިލެއްވީ މި އިދާރާގެ ކައުންސިލް އެގްޒެކެޓިވް، މ. މުލި / އުފާވެހި، އިބްރާހީމް ޒާހިރު އަށެވެ.