މިއަތޮޅު ވޭވަށް އަދި ރަތްމަންދޫ ކައުންސިލްގެ އިދާރާގައި އައި.ޑީ.ކާޑު ހެއްދުމަށް މަޢުލޫމާތު ނެގުމުގެ ސިސްޓަމް ޤާއިމްކުރުން.

މ. އަތޮޅު ކައުންސިލްގެ ޚަރަދުގައި މިއަތޮޅު ވޭވަށާއި، ރަތްމަންދޫ ކައުންސިލް އިދާރާގައި އައި.ޑީ ކާޑު ހެއްދުމަށް މަޢުލޫމާތު ނެގުމަށް ބޭނުންވާ ސިސްޓަމް ބަހައްޓައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ އެހީތެރިކަމާއެކު އެ ދެރަށުގެ ސިސްޓަމްގެ ސެޓަޕް މަސައްކަތް 2023 ނޮވެމްބަރ 15 ވަނަ ދުވަހު ވަނީ ފުރިހަމަ ކުރެވިފައެވެ. ވުމާއެކު، މ. އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލް އިދާރާއެއްގައި އައި.ޑީ ކާޑަށް މަޢުލޫމާތު ނެގުމުގެ ސިސްޓަމް ޤާއިމުކޮށް ނިމުނީއެވެ.

 

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ސިސްޓަމް ސެޓަޕް ހެއްދެވުމަށް ކުރެއްވި ދަތުރުގައި އެ ޑިޕާޓްމަންޓްގެ 07 މުވައްޒަފަކު ބައިވެރިވެ ވަޑައިގެން 2023 ނޮވެމްބަރ 15 ވަނަ ދުވަހުގެ 08:30 އިން 11:30 އަށް މ. އަތޮޅު ހުރިހާ ކައުންސިލެއްގެ މުވައްޒަފުންނާއި، މުލީ ރީޖަނަލް ހޮސްޕިޓަލްގެ 02 މުވައްޒަފުން ހިމެނޭގޮތުން 17 ފަރާތަކަށްވަނީ ޓްރެއިނިންގ ދެއްވާފައެވެ.

 

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ޓީމް މިދަތުރުގައި ވޭވަށާއި، ރަތްމަންދޫއާއި، މަޑުއްވަރިއާއި، ދިއްގަރު އަދި މުލަކު ކައުންސިލާއި ބައްދަލުކޮށް އައި.ޑީ ކާޑު ހެއްދުމުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރުމަށް ވަނީ މަޝްވަރާކުރެވިފައެވެ.