މ.އަތޮޅު ކައުންސިލްގެ 27 ވަނަ ޤުރުއާން މުބާރާތް ބާއްވައިފި

މ.އަތޮޅު ކައުންސިލްގެ 27 ވަނަ ޤުރުއާން މުބާރާތް މިމަހު 2-4 އަށް މިއަތޮޅު މުލީގައި ބާއްވައިފިއެވެ. 148 ދަރިވަރުން ބައިވެރިވި މ. އަތޮޅު 27 ވަނަ ޤުރުއާން މުބާރާތަކީ، ކޮވިޑްގެ ބަލިމަޑުކަމަށް ފަހު ދަރިވަރުން އެއްތަނަކަށް ޙާޟިރުކޮށްގެން މ. އަތޮޅު ކައުންސިލުން ކުރިއަށް ގެންދިޔަ ފުރަތަމަ ޤުރުއާން މުބާރާތެވެ. މި މުބާރާތް ހޯސްޓް ކުރުމަށް އަތޮޅު ކައުންސިލުން ހުޅުވާލުމުން އެފުރުޞަތު ހޯދީ މ.މުލީ ކައުންސިލުންނެވެ.

މ. އަތޮޅުގެ 07 ސްކޫލާއި، 1 ޤުރުއާން ކުލާހެއް ބައިވެރިވި މި މުބާރާތުން އެއްވަނަ ހޯދީ މ. ދިއްގަރު ސްކޫލެވެ. ދެވަނަ މ.އަތޮޅު ތަޢުލީމީ މަރުކަޒު ހޯދިއިރު، ތިންވަނަ ހޯދީ މ. މުލަކު ސްކޫލެވެ. މުޅި މުބާރާތުގެ 1 ވަނަ ދަރިވަރަކަށް ހޮވުނީ މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 10 ގެ ދަރިވަރު އާމިނަތު ރިފާ އެވެ.

މި މުބާރާތް ޝަރަފަވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑޮކްޓަރ އަޙުމަދު ޒާހިރެވެ.