މުލަކަތޮޅު އަތޮޅު ކައުންސިލްގެ 25 ވަނަ ޤުރުއާން މުބާރާތް ބާއްވައިފި

މިކައުންސިލާއި، ރަށުކައުންސިލްތަކާއި އަދި ސްކޫލްތައް ގުޅިގެން މުލަކަތޮޅު އަތޮޅު ކައުންސިލްގެ 25 ވަނަ ޤުރުއާން މުބާރާތް ބާއްވާފިއެވެ.

މި މުބާރާތުގައި މިއަތޮޅުގެ ރަތްމަންދޫ، ވޭވަށް ފިޔަވައި އެހެން ހުރިހާ ރަށަކުން ޓީމްތައް ބައިވެރި ވެފައިވެއެވެ. މުބާރާތް ކުރިއަށް ގެންދެވިފައިވަނީ ފަނޑިޔާރުންނާއި، މުބާރާތް ހިންގާ ކޮމިޓީ ކޮންމެ ރަށަކަށް ދަތުރުކޮށް އެރަށެއްގެ ބައި އެރަށުގައެވެ.

މިގޮތުން މ. މުލަކު ސްކޫލުން 29 ބައިވެރިން، މ. އަތޮޅު ތަޢުލީމީ މަރުކަޒުން 28 ބައިވެރިން، މ. ނާލާފުށީ ސްކޫލުން 09 ބައިވެރިން، މ. އަތޮޅު މަދުރަސާއިން 30 ބައިވެރިން، މ. ދިއްގަރު ސްކޫލުން 30 ބައިވެރިން، މ. މަޑުއްވަރީ ސްކޫލުން 03 ބައިވެރިން، މ.ކޮޅުފުށީ ތާޖު ޤުރުއާން ކްލާހުން 01 ބައިވެރިއަކު، މ.މުލީ ތަޖުވީދުލް ޤުރުއާން ކުލާހުން 10 ބައިވެރިންނާއެކު ޖުމްލަ 140 ބައިވެރިން މި މުބާރާތުގައި ބައިވެފައިވެއެވެ. އަމިއްލަ 2 ޤުރުއާން ކުލާހަކުން މި މުބާރާތުގައި ބައިވެރިވެފައިވެއެވެ. މިއީ އަތޮޅު ޤުރުއާން މުބާރާތުގެ ތާރީޚްގައި އަލަށް ޤުރުއާން ކުލާހަކުން ބައިވެރިވައިވާ ފަހަރުކަންވެސް ފާހަގަ ކުރެވެއެވެ.

މި މުބާރާތަކީ 2021 ވަނައަހަރުގެ ޤައުމީ ޤުރުއާން މުބާރާތަށް މ. އަތޮޅުން ޓީމެއް އެކުލަވާލުމަށްޓަކައި ބޭއްވުނު މުބާރާތެކެވެ.