ބައިނަލް އަޤްވާމީ އެދުރުންގެ ދުވަސް މުލަކަތޮޅު އަތޮޅު ކައުންސިލުން ފާހަގަ ކޮށްފި

މިއަހަރުގެ އެދުރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަތޮޅު ކޮޅުފުށީގައި މ. އަތޮޅު މަދުރަސާގެ ޓީޗަރުންނަށް ޑިނަރ ނައިޓެއް ބޭއްވުމާއި، މ. އަތޮޅު ތަޢުލީމީ މަރުކަޒު، މ. މުލަކު ސްކޫލް އަދި މ. ނާލާފުށީ ސްކޫލުގެ ޓީޗަރުންނަށް ހެނދުނުގެ ނާސްތާއެއް ވަނީ ބޭއްވިފައެވެ. އަދި މީގޭ އިތުރުން މ.ދިއްގަރު ސްކޫލްގެ ޓީޗަރުންނަށް ރޭގަނޑުގެ ފަރިއްކޮޅަކާއި، މ. ރަތްމަންދޫ ސްކޫލްގެ ޓީޗަރުންނަށް މެންދުރުގެ ފަރިއްކޮޅެއް އެރުވިފައިވެއެވެ.

މި ފަރިއްކޮޅުތަކުގައި އަތޮޅު ކައުންސިލްގެ ވެރިންނާއި، މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.