މ. އަތޮޅު ކައުންސިލްގެ ނައިބުރައީސް އިންތިޚާބުކޮށްފި!

މިއަދު 10:00 ގައި މ. މުލީ ޔޫތު ސެންޓަރ ހިންގާ ޢިމާރާތުގައި ބޭއްވުނު މ. އަތޮޅު ކައުންސިލްގެ 04 ވަނަ ދައުރުގެ 03 ވަނަ ޢާއްމު ބައްދަލުވުމުގައި މ. އަތޮޅު ކައުންސިލްގެ ނައިބުރައީސަށް ބޭފުޅަކު އިންތިޚާބުކޮށްފިއެވެ.  މ.މުއްޔާއި، މުލައް ކޮވިޑް 19 އާ ގުޅިގެން މޮނިޓަރިން ޙާލަތުގައި އޮތުމުން ޖަލްސާ ބާއްވާފައިވަނީ އެޗް.ޕީ.އޭގެ މިންގަނޑުތަކާ އެއްގޮތަށް ވަރަށް ބޮޑަށް ރައްކައުތެރިކަމުގެ ފިޔަވަޅުތަކާ އެކުގައެވެ. ނައިބްރައީސް އަށް ކުރިމަތިލެއްވީ މ. ދިއްގަރު ކައުންސިލްގެ ރައީސް އަޙްމަދު ނިޝާން ގިނިކަންޏާއެވެ. އޭނާ ކައުންސިލްގެ ނައިބުރައީސް ކަމަށް އިންތިޚާބުކުރެވުނީ މ.އަތޮޅު ކައުންސިލްގެ ނުވަ  މެންބަރުގެ އިއްތިފާޤުން ސައްތައިން ސައްތަ ވޯޓާއެކުގައެވެ. މި ފުރުޞަތުގައި މ. އަތޮޅު ކައުންސިލާއި، ކައުންސިލް އިދާރާގެ އެންމެހާ މުވައްޒަފުންގެ ނަމުގައި އަލްފާޟިލް އަޙްމަދު ނިޝާނަށް  ތަހުނިޔާއާ، މުބާރިކްބާދީ އަރިސްކުރަމެވެ.