މ. ދިއްގަރު ސްކޫލް ގެ 39 ވަނަ އަހަރީދުވަހުގެ ޚާއްޞަ ރަސްމިއްޔާތުގައި މުލަކަތޮޅު އަތޮޅު ކައުންސިލުން ބައިވެރިވެއްޖެ!

މ. ދިއްގަރު ސްކޫލް ގެ 39 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ޚާއްޞަ ހަފުލާގައި މުލަކަތޮޅު އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އަޙްމަދު ޙަސަނާއި ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ނިޔާޒު ބައިވެރިވެ ވަޑައިގެންފިއެވެ.

މިއަދު 9:20 އިން 11:40 އަށް ދިއްގަރި ސްކޫލް ހޯލްގައި ކުރިޔަށް ދިޔަ މި ހަފުލާގައި މުލަކަތޮޅު އަތޮޅު ކައުނަސިލްގެ ނާއިބު ރައީސް ވަނީ އެ ސްކޫލް ސްކޫލްގެ 39 ވަނަ އަހަރީ ދުވަހުގެ ލޯގޯ ފަރުމާކުރެއްވި ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ލޯގޯ ފަރުމާކުރެއްވި ފަރާތްތަކަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދިއްގަރު ސުކޫލުންދެއްވި ހަދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

އަދި މާދަރީބަހުގެ ދުވަހު ދިއްގަރު ސްކޫލުން ބޭއްވި އަދަބީ އެކި އެކި މުބާރާތްތަކުން ވަނަވަނަ ޙާޞިލްކުރެއްވި ފަރާތްތަކަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދިއްގަރު ސްކޫލުންދެއްވި  ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ  މި ކައުންސިލް އިދާރާގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ނިޔާޒު އެވެ.