ކުރީގެ މުވައްޒަފުން
އާދަމް ނަޢީމް - އެސިސްޓެންޓް ފައިނޭންސް އޮފިސަރ
އޮފީސް ފޯނުނަންބަރު: 6724714
އީމެއިލް adam.naeem@meem.gov.mv
އަލްފާޟިލް އާދަމް ނަޢީމް މުލަކަތޮޅު އަތޮޅު އޮފީހާ ގުޅިވަޑައިގެންނެވީ 01 ޖެނުއަރީ 1987 ގައި ޕިޔޯނެއްގެ މަޤާމަށެވެ. އާދަމް ނަޢީމް މިހާރު ހުންނެވި އެސިސޓެންޓް ފައިނޭންސް އޮފިސަރގެ މަޤާމަށް ބަދަލްކުރެއްވީ 03 އޯގަސްޓް 2011 ގައެވެ. އާދަމް ނަޢީމް މަސައްކަތް ކުރައްވަނީ މިއިދާރާގެ ކޯޕަރޭޓް އެފެއަރޒް ސެކްޝަނުގައެވެ. އަލްފާޟިލް އާދަމް ނަޢީމް ސަރުކާރުގެ ޚިދުމަތުގައި އުޅުއްވާތާ 37 އަހަރު ވެއްޖެއެވެ. އަލްފާޟިލް އާދަމް ނަޢީމް އަދާކުރެއްވި މަޤާމު ތަކުގެ ތެރޭގައި ޕިޔޯނުކަމާއި، ވަގުތީ ކާތިބުކަމާއި، އާރުޓީ އޮޕަރޭޓަރކަމާއި، ޓެލެއޮޕަރޭޓްކަމާއި، ސީނިއަރ ޓެލެއޮޕަރޭޓްކަމާއި، އެސިސްޓެޓް ސެކްރެޓަރީކަމުގެ މަޤާމް ހިމެނެއެވެ.
އަލްފާޟިލް އާދަމް ނަޢީމް މަސައްކަތް ކުރައްވަނީ މި އިދާރާގެ ކޯޕަރޭޓް އެފެއަރޒް ސެކްޝަނުގައެވެ. އަދާކުރާ ވަޒީފާގެ ޒިންމާތަކުގެ ތެރޭގައި ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ ނިޔަލަށް ކައުންސިލް އިދާރާގެ ލަފާކުރާ ބަޖެޓް ތައްޔާރުކުރުމާއި، ކޮންމެ އަހަރަކު ދަޢުލަތުން ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ މިންވަރު ކަނޑައެޅުމުން ޖެނުއަރީ 15 ގެ ކުރިން ހިނގަމުންދާ އަހަރަށް ބަޖެޓު ތައްޔާރުކޮށް، ކައުންސިލަށް ހުށަހަޅައި، ކައުންސިލުން ފާސްކުރުމުން ވިޔަ މޮޑިއުލްއަށް އަޅައި، ބަޖެޓް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުމާއި، އެކަމާގުޅޭ ހިސާބުތަކާއި ލިޔެކިއުންތައް ބެލެހެއްޓުމާއި، އަދި ރަށު ކައުންސިލްތަކުގެ ބަޖެޓާއެކު ލޯކަލް ގަވަރުމަންޓް އޮތޯރިޓީއަށް ފޮނުވުމާއި، ކައުންސިލްގެ އިދާރާގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް މަހުންމަހަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތްތަކުގެ ހިސާބުތައް ތައްޔާރުކޮށް، ކޮންމެ މީލާދީ މަހެއްގެ ރަސްމީ އެންމެފަހު ދެ ދުވަހުންކުރެ ދުވަހެއްގައި މުވައްޒަފުންނަށް މުސާރަ ދިނުމާއި، އެކަމާގުޅޭ ހިސާބުތަކާ ލިޔެކިއުންތައް ރަގަޅަށް ބެލެހެއްޓުމާއި، އަތޮޅު ކައުންސިލްގެ މާލީ ބަޔާން މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ކައުންސިލް އިދާރާގެ ރަސްމީ ތިޖޫރި ބެލެހެއްޓުމާއި، ޤަވާޢިދުން ތިޖޫރީ ރިޕޯޓްހަދާ ސޮއިކުރަންޖެހޭ ފަރާތްތަކުގެ ސޮއި ހޯދައި ރިޕޯޓްތައް ބެލެހެއްޓުމާއި، ބަޖެޓުން ހަރަދުކުރުމަށް ބޭނުންވާ ޕޭމަންޓް ވައުޗަރތައް ތައްޔާރުކޮށް، ފައިސާ ހަރަދު ކުރުމާއި ކަމާގުޅުންހުރި ރިޕޯޓްތަށް އަޕްޑޭޓްކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި އެކައުންޓްތަކުގެ ވައުޗަރ އަދި ޗެކްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި އެކައުންޓްތައް ރީކޮންސިލޭޝަން ސްޓޭޓްމަންޓް ކޮންމެ މަހަކު ތައްޔާރުކުކޮށް ބެލެހެއްޓުމާއި ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުމާއި، ބަޖެޓް ރިވައިޒް ކުރަންޖެހޭ ޙާލަތްތަކުގައި، ގެންނަންޖެހޭ ބަދަލު ގެނައުމާގުޅޭގޮތުން ތައްޔާރު ކުރަންޖެހޭ ބަޖެޓްކޮންޓްރޯލް ތައްޔާރުކޮށް، ކައުންސިލުން ފާސްކުރުމަށް ފޮނުވުމާއި، ކައުންސިލުން ފާސްކުރުމުން ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ކައުންސިލް އިދާރާގެ މުވައްޒަފުންގެ ޕެންޝަން ސްކީމާއި ކްރެޑިޓް ސްކީމަށް މަހުންމަހަށް ދައްކަންޖެހޭ ފައިސާދައްކައި، ދެއްކި ފައިސާގެ ހިސާބު ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވައި ހިސާބުތައް ފުރިހަމައަށް ބެލެހެއްޓުމާއި، އަތޮޅު ކައުންސިލް އިދާރާއަށް ޢާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ މަސްދުވަހުގެ ހިސާބު، ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ތައްޔާރު ކުރުމާއި، ރަށު ކައުންސިލްއިދާރާތަކަށް ޢާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ މަސްދުވަހުގެ ރިޕޯޓް ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ހޯދާ ބެލެހެއްޓުމާއި، އަދި އަތޮޅު ރައްޔިތުންގެ ވިޔަފާރި ތަފްޞީލް ރިޕޯޓް (މާލަމް، ވެހި، ކުރި އަދި ސްޓޭޓްހައުސް އާއި އަތޮޅު ރައްޔިތުންގެ އެހެނިހެން ޢިމާރާތްތަކުގެ) މަހަކު އެއްފަހަރު ރިޕޯރޓް ތައްޔާރުކޮށް ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ މުއްދަތަށް ފޮނުވައި އިންފޯރމޭޝަން އޮފިސަރާ ޙަވާލުކޮށް ވެބްސައިޓްގައި ޢާއްމުކުރުމާއި، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ކައުންސިލަށް ފައިސާ ބަލައިގަތުމާ ބެހޭ އެންމެހާ މަސައްކަތްތައް ކުރުން ހިމެނެއެވެ.
އަޙުސަން އަޙްމަދު ތައުފީޤް – އެސޯސިއޭޓް ކައުންސިލް އޮފިސަރ
އޮފީސް ފޯނުނަންބަރު: 6724725
އީމެއިލް: ahsan.ahmed@meem.gov.mv
އަލްފާޟިލް އަޙުސަން އަޙްމަދު ތައުފީޤް މި އިދާރާއާއި ގުޅިވަޑައިގަތީ 26 މާރިޗް 2024 ގައި އެސޯސިއޭޓް ކައުންސިލް އޮފިސަރގެ މަޤާމަށެވެ.
އަލްފާޟިލް އަޙުސަން އަޙްމަދު ތައުފީޤް މަސައްކަތް ކުރައްވަނީ މި އިދާރާގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ޕަބްލިކް ސަރވިސް ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ ކައުންސިލްގެ އާންމު ބައްދަލުވުންތަކާއި ކުއްލި ބައްދަލުވުންތައް އިންތިޒާމްކޮށް އެކަމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުމާއި، ކައުންސިލުން ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުމާއި، އަތޮޅު ކައުންސިލް ގެ ރައީސަށް ނުވަތަ ކައުންސިލް މެމްބަރުންނާއި ބައްދަލު ކުރުމަށް ވަޑައިގަންނަވާ ބޭފުޅުންގެ އެޕޮއިންޓްމަންޓް ހަމަޖެއްސުމާއި ބައިވެރިކުރާ ބައްދަލުވުންތަކުގެ ހުށަހެޅުންތައް ނޯޓްކޮށް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެމަތިން އެ މައްސަލަތައް ހިންގުމަށް ޙަވާލުކުރަންޖެހޭ މުވައްޒަފުންނާ ޙަވާލުކުރުމާއި، ކައުންސިލުން ބާއްވާ އާންމު ބައްދަލުވުންތަކާއި، ކުއްލި ބައްދަލުވުމުން ނިންމާ ނިންމުންތައް ލިޔެ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލް އާއި ޙަވާލު ކުރުމާއިއެކު ކައުންސިލް އިދާރާގެ ނޯޓިސްބޯޑްގައި ބެހެއްޓުމާއި ވެބްސައިޓާއި ފޭސްބުކް ޕޭޖްގައި އާންމުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުމާއި، އިދާރީ ފެންވަރުގައި ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި އެކިފަރާތްތަކާއެކު އެގްރިމެންޓްކޮށް ވިޔަފާރީގެ މުޢާމަލާތްތައްކުރުމާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތީން މ. އަތޮޅުގައި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި އެހެނިހެން ސިނާޢަތްތައް ކުރިއެރުވުމަށް އެހީތެރިވެދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި، ސްޓޭޓް ހައުސް ގައި މަސައްކަތްކުރާ ސަޕޯޓް ސްޓާފުންގެ މަސައްކަތްތައް ރޭވުމާއި އެކަންކަން ބެލެހެއްޓުމާއި، ކައުންސިލް ބައްދަލުވުންތައް އަޑުއަހަން ބޭނުންވެގެން އަންނަ ފަރާތްތަކަށް ޤަވައިދުގައިވާ ގޮތުގެ މަތީން ވަދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، ކައުންސިލުން ދޫކުރާ ލޯން ސްކީމާއި، ކުރެޑިޓް ސްކީމްތަކުގެ އެންމެހައި މަސައްކަތްތައް ކައުންސިލްގެ މަޝްވަރާގެ މަތިން، ޤަވާޢިދާއި އުސޫލް ތަކާ އެއްގޮތަށް ހިންގާ ބެލެހެއްޓުން ހިމެނެއެވެ.
ޙަސަން އަކުރަމް – އެސިސްޓެންޓް ކައުންސިލް އޮފިސަރ
އޮފީސް ފޯނުނަންބަރު: 6724727
އީމެއިލް: hassan.akram@meem.gov.mv
އަލްފާޟިލް ޙަސަން އަކުރަމް މި އިދާރާއާއި ގުޅިވަޑައިގަތީ 04 ޖުލައި 2024 ގައި އެސޯސިއޭޓް ކައުންސިލް އޮފިސަރގެ މަޤާމަށެވެ.
އަލްފާޟިލް ޙަސަން އަކުރަމް މަސައްކަތް ކުރައްވަނީ މި އިދާރާގެ ކޯޕަރޭޓް އެފެއަރޒް ސެކްޝަނުގައެވެ. ވަޒީފާގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި ރަމަޟާން މަހު އަތޮޅުގައި ދީނީ ނަސޭޙަތްދިނުމުގެ ޕްރޮގްރާމް ރާވާ ހިންގުމާއި، ގެނެވޭ ވާއިޒުންގެ އެންމެހާ ކަންތައްތައް ސެކްޝަންގެ ވެރިޔާގެ މަޝްވަރާއާއެކު ހިންގާ ބެލެހެއްޓުމާއި، އެކިއެކި ކަންކަމަށް އަތޮޅަށް ވަޑައިގަންނަވާ ސަރުކާރުގެ އިސްވެރިންގެ ޓީމުތަކަށް ދޭންޖެހޭ އެހީތެރިކަން ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި، އަތޮޅު ކައުންސިލް އިދާރާ ހުޅުވާ ލެއްޕުމުގެ އިންތިޒާމުތަކާއި ރަމަޟާން މަހާއި ޝައްވާލުމަހުގެ ހަނދުބެލުމުގެ އިންތިޒާމް ސެކްޝަންގެ ވެރިޔާގެ އިދުޝާދުގެ މަތީން ހަމަޖެއްސުމާއި، ރިސެޕްޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވައި ބެލެހެއްޓުމާއި، މުވައްޒަފުންގެ ވަޒީފާ ބަޔާންތަކާއި ވަޒީފާގެ އެއްބަސްވުންތައް ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ މަތީން ތައްޔާރުކޮށް މުވައްޒަފުންނާ މަސައްކަތް ޙަވާލުކުރުމާއި، އަތޮޅު ކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގު ދަށުގައިވާ ތަންތަނުގެ އިންވެންޓްރީ ލިޔެ ބެލެހެއްޓުމާއި، ސްޓޮކް ބެލެހެއްޓުމާއި ސްޓޮކް ކުރެވޭ ތަކެތީގެ ކޮންމެ އައިޓަމެއްގެ ބާކީ އެނގޭނެ ގޮތަށް ސްޓޮކް ބަކީ ބެލެހެއްޓުމާއި، ސްޓޮކަށް ހޯދާ ތަކެތި ގެނައުމުން، ގެނައި ތަކެއްޗަކީ އޯޑަރ ފޯމުގައިވާ ތަކެތިތޯ ބެލުން އަދި އެފަދަ ތަކެތި މާލިއްޔަތު ގަވާއިދާއި އެއްގޮތަށް އަނބުރާ ދައްކާގޮތަށް އެކިފަރާތްތަކަށް ދޫކޮށް އެތަކެތި އަނބުރާ ލިބުނުކަން ކަށަވަރުކުރުމާއި، އަތޮޅު ކައުންސިލް އިދާރާއަށް މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާއި، އިޞްލާޙީ ފިޔަވަޅު އެޅުމާއި، ޕްރޮމޯޝަން ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުން އަދި އަތޮޅު ކައުންސިލާއި އަތޮޅު ކައުންސިލް ބެލުމުގެ ދަށުގައިވާ ތަންތަނުގެ މުވައްޒަފުންގެ ދާއިމީ ރަޖިސްޓަރީއާއި ވަގުތީ މުވައްޒަފުންގެ ރަޖިސްޓަރީއަށް އަންނަ އުނިއިތުރު ލިޔެ ބެލެހެއްޓުމާއި މުވައްޒަފުންގެ ރެކޯޑްފައިލްތައް ބެލެހެއްޓުމާއި، އަތޮޅުކައުންސިލް އިދާރާއާއި، އެއިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ މުވައްޒަފުންގެ ޙާޟިރީ އާއި ޗުއްޓީ އާއި ސަލާމްގެ ރެކޯޑް ބެލެހެއްޓުމާއި އިތުރުގަޑީގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުގަޑީގެ ރިޕޯރޓާއި ގަޑީލާރީގެ ރިޕޯޓް ކޮންމެ މަހެއްގެ 17 ގެ ކުރިން ތައްޔާރުކޮށް ކަމާގުޅުންހުރި މުވައްޒަފުންނާއި ޙަވާލުކޮށް، ކަމާ ގުޅޭ އެހެނިހެން ފަރާތްތަކަށް ފޮނުވުމާއި، މުވައްޒަފުންގެ ފައިލްތައް ދުވަހުން ދުވަހަށް އަދާހަމަކޮށް ބެލެހެއްޓުމާއި، އަތޮޅު ކައުންސިލް މުވައްޒަފުންގެ ޗުއްޓީ ތާވަލް ކޮންމެ އަހަރެއް ފެށުމުން ސުޕަވައިޒަރުން މެދުވެރިކޮށް ހަދައި އެ ތާވަލު މުވައްޒަފުންނަށް ފެންނާނޭހެން ބެހެއްޓުން އަދި އަތޮޅު ކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގެދަށުގައިވާ ތަންތަނުގެ މުވައްޒަފުންނަށް ޗުއްޓީ ދިނުމުގެ އިދާރީ މަސައްކަތް ކުރުމާއި، ސެކްޝަންގެ ވެރިޔާ އަންގަވާގޮތުގެ މަތީން އަތޮޅު ކައުންސިލްގެ އިދާރާގެ އޮގަނައިޒޭޝަން ޗާޓު ތައްޔާރު ކުރުމާއި މުވައްޒަފުންނަށް ލިބެންޖެހޭ މުސާރައިގެ ކުރި އެރުން ހޯދައި ދިނުމަށް ހަމަޖެހިފައިވާ ޤަވާއިދާ އުސޫލުގެ ތެރެއިން މަސައްކަތްކުރުން ހިމެނެއެވެ.
އަޙްމަދު ކަމާލު – ކައުންސިލް އޮފިސަރ
އަލްފާޟިލް އަޙްމަދު ކަމާލަކީ މ. އަތޮޅު ކައުންސިލްގައި މި ވަގުތު ތިއްބެވި އެންމެހާ މުވައްޒަފުންގެ ތެރެއިން ވަޒީފާގައި އެންމެ ގިނަދުވަސްވީ މުވައްޒަފެވެ. 1977 ވަނަ އަހަރު މޭ މަހުގެ 19 ވަނަ ދުވަހު މ. އަތޮޅު ކޯޓުގެ 2 ނަމްބަރު ކާތިބުކަމުގެ ވަޒީފާއިން ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވި އަޙްމަދު ކަމާލު މި އިދާރާއާއި ގުޅިވަޑައިގެންނެވީ 1981 ޖުލައި 29 ވަނަދުވަހު ދެ ނަންބަރު ކާތިބެއްގެ މަޤާމަށެވެ.
މ. އަތޮޅު އޮފީހުގައި ޚިދުމަތް ކުރަށްވަން ފެއްޓެވިފަހުން ވޭތުވެދިޔަ 40 އަހަރުގެ ދިގު މުއްދަތުގައި އޭނާވަނީ ތަފާތު އެތަކެއް އަތޮޅުވެރިންނާއި، އެތަކެއް ކަތީބުންނާއި އަދި އެތަކެއް ކައުންސިލަރުންނާއި، އަދި އެތައް މުވައްޒަފުންނާއެކު މަސައްކަތް ކުރައްވާފައެވެ. އޭނާ ވަނީ ކާތިބުކަމުގެ ވަޒީފާއިން ރޭޑިއޯ ޓެލެފޯން އޮޕަރޭޓަރ ކަމުގެ ވަޒީފާއަށް، އަދި ރޭޑިއޯ ޓެލެފޯން އޮޕަރޭޓަރ ކަމުގެ ވަޒީފާއިން ސީނިއަރ ރޭޑިއޯ ޓެލެފޯން އޮޕަރޭޓަރ ކަމުގެ ވަޒީފާއަށް ޕޮރޮމޯޓްވެފައެވެ. އޭގެ ފަހުން ސީނިއަރ ރޭޑިއޯ ޓެލެފޯން އޮޕަރޭޓަރ ކަމުގެ ވަޒީފާއިން ސެކްރެޓަރީ ކަމުގެ ވަޒީފާއަށް، އަދި ސެކްރެޓަރީ ކަމުގެ ވަޒީފާއިން ސީނިއަރ ސެކްރެޓަރީ ކަމުގެ ވަޒީފާއަށް، އަދި އެއަށްފަހު ސީނިއަރ ސެކްރެޓަރީ ކަމުގެ ވަޒީފާއިން އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމުގެ ވަޒީފާއަށް އަދި އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމުގެ ވަޒީފާއިން ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމުގެ ވަޒީފާއަށް ޕްރޮމޯޓްވެފައެވެ. 2011 އޮގަސްޓް 03 އިން ފެށިގެން 2021 މޭ 31 ވަނަ ދުވަހުގެ ނިޔަލަށް އޭނާވަނީ މ. އަތޮޅު ކައުންސިލްގެ ޕްރޮޖެކްޓް އޮފިސަރ ކަމުގެ ވަޒީފާ އަދާކުރައްވާފައެވެ.
މި ފާއިތުވި 40 އަހަރު ދުވަހު އޭނާވަނީ އެކިފަހަރުމަތިން މ. އަތޮޅު ކައުންސިލްގެ ހުރިހާ ޔުނިޓެއް ހިންގެވުމުގެ ޒިންމާ އުފުއްލަވާފައެވެ. އަދި އޭނާވަނީ 2018 ވަނަ އަހަރު ޕްރޮޖެކްޓް އޮފިސަރަކަށް ހުންނަވައިގެން މ. އަތޮޅު ކައުންސިލްގެ ވަގުތީ ޒިންމާދާރު ވެރިޔާ ކަމުގެ މަސްއޫލިއްޔަތުވެސް އަދާކުރައްވާފައެވެ. އަޙްމަދު ކަމާލު 2021 ޖޫން 01 ވަނަ ދުވަހުން ފެށިގެން އަދާހަމައަށްވެސް ހުންނެވީ މ. އަތޮޅު ކައުންސިލްގެ ކައުންސިލް އޮފިސަރ ގެ މަޤާމުގައެވެ.
އޭނާ ފަހަކަށް އައިސް އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވަނީ އިންފްރާސްޓްރަކްޗަރ، އެންޑް އިކޮނަމިކް ޑިވެލޮޕްމަންޓް ޔުނިޓްގައެވެ. އެ ޔުނިޓަކީ އަތޮޅުގައި ހިންގާ ހުރިހާ ޕްރޮޖެކްޓެއްގެ ކަންކަން ވިލަރެސް ކުރާ ޔުނިޓަށްވުމުން މ. އަތޮޅުގައި ސަރުކާރުން ހިންގެވި ވަރަށް ގިނަ ޕްރޮޖެކްޓްތަކެއް ކާމިޔާބު ކަމާއެކު ނިންމާލުމުގައި އޭނާ އަދާކުރެއްވި ދައުރު ފާހަގަކުރެވެއެވެ.
އަޙްމަދު ކަމާލު ވަނީ ވޭތުވެ ދިޔަ 44 އަހަރު ދިވެހިރާއްޖެ ދުށް އެތަކެއް އުނދަގޫ ދަތި ދުވަސްތަކުގައި އަގުނުކުރެވޭފަދަ މަތިވެރި ޚިދުމަތްތަކެއް ސަރުކާރާއި، ރައްޔިތުންނަށް ކޮށްދެއްވާފައެވެ. މި ގޮތުން 1982 ގައި މުޅި ރާއްޖެއަށް ފެތުރުނު ބޭރަށްހިންގުމުގެ ރޯގާ ކަމުގައިވާ ސިގެއްލާގެ ދުވަސްވަރު އެ ރޯގާއިން އަތޮޅު ރައްޔިތުން ރައްކާތެރިކުރެއްވުމަށާއި، ބަލިމީހުނަށް ދޭންޖެހޭ އެހީތެރިކަން ދެއްވުމަށް ސަރުކާރުން ކުރެއްވި މަސައްކަތުގައި އޭނާ އަދާކުރެއްވި ދައުރާއި، 1988 ނޮވެމްބަރ 03 ގައި ރާއްޖެއަށް ދެވުނު އުދުވާނީ ޙަމަލާއާ ގުޅިގެން 24 ގަޑިއިރު އަތޮޅު އޮފީސްތައް ހުޅުވައިގެން ސަރުކާރުން ކުރެއްވި މަސައްކަތުގައި އޭނާ އަދާކުރެއްވި ދައުރާއި، 2004 ވަނަ އަހަރު ޑިސެމްބަރ 26 ވަނަ ދުވަހު މުޅި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަށްފަހު ލިބުނު ގެއްލުންތަކުން އަރައިގަނެ މ. އަތޮޅު އަލުން އާރާސްތުކުމަށް ކުރެވުނު މަސައްކަތްތަކާއި، ހިންގުނު ޕްރޮޖެކްޓްތަކުގައި އޭނާވަނީ މުރާލިކަމާއި، އިޚްލާޞްތެރިކަމާއެކު މަސައްކަތްކޮށްދެއްވާފައެވެ. އަދި ކޮވިޑް 19 ގެ ޢާލަމީ ވަބާޔާހުރެ 2020 ވަނަ އަހަރު މާޗް މަހުއްސުރެ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނު ކުރެވި ކޮވިޑުން އަރައިގަތުމަށާއި، އެ ބަލިން މ. އަތޮޅުގެ ރައްޔިތުން ރައްކާތެރިކުރުމަށް ކުރެވުނު މަސައްކަތްތަކުގައިވެސް އޭނާ ވަނީ ނުހަނު އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.
އަލްފާޟިލް އަޙްމަދު ކަމާލު މިހާރު މަސައްކަތް ކުރައްވަނީ މި އިދާރާގެ ސްޓްރެޓެޖިކް ޕްލޭނިންގ އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގައެވެ. އަދާކުރައްވާ މަސްޢޫލިއްޔަތުތަގެ ތެރޭގައި އަތޮޅާއި ރަށްރަށުގެ ތަރައްޤީއާއި ބެހޭ ޕްރޮޖެކްޓްތައް މޮނިޓަރކޮށް، އިވެލުއޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ސްޕަވައިޒަރުގެ މަޝްވަރާގެ މަތީން ކުރުމާއި، އަތޮޅުގެ ފަޅުރަށްރަށް އިޤްތިޞާދީ މަސައްކަތްތަކަށް ދޫކުރުމާބެހޭގޮތުން ކުރަންޖެހޭ ކަންތައްތައް ސްޕަވައިޒަރ ގެ މަޝްވަރާގެ މަތީން ކުރުމާއި، އެކިއެކި ބޭނުންތަކަށް ދޫކުރާ ބިންބިމުގެ ކަންތައްތަކާއި ދިރިއުޅުމަށް ދޫކުރާ ގޯތިގެދޮރާއި ބެހޭ ގޮތުން ހުށަހެޅޭ މައްސަލަތަކުގެ ކަންކަމާއި ބިނާވެށި ޕްލެނާއި ބިމުގެ ބަޖެޓް ތައްޔާރުކޮށް ލޭންޑް ސާރވޭ ކުރުމުގެ މަސައްކަތްތައް ރަށުކައުންސިލްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ސްވައިޒަރ މަޝްވަރާގެ މަތީން ކުރުމާއި، ރަށްރަށުގެ ލޭންޑްޔޫސް ޕްލޭން ހެދުމަށް އެހީތެރިވެދިނުމާއި އެކަން ހިނގާ ނުހިނގާގޮތް ބެލުމުގެ އެންމެހާ މަސައްކަތައް ސްޕަވައިޒަރ މަޝްވަރާގެމަތީން ބަލާ މޮނިޓަރ ކުރުމުގެ މަސައްކަތްކުރުމާއި، ތަރައްޤީގެ މަޝްރޫޢުތަކަށް އަތޮޅުކައުންސިލުން ހަދަންޖެހޭ އެންމެހާ ޕްރޮޕޯޒަލްތައް ހެދުމުގެ އެންމެހާ މަސައްކަތްތައް ސްޕަވައިޒަރގެ އިރުޝާދުގެ މަތީން ކުރުމާއި، ކައުންސިލުގައި ގޯތި ގެދޮރު ރަހުނުކުރުމާއި، ބިމާއި، ގޯތި ގެދޮރާބެހޭގޮތުން އަތޮޅު ކައުންސިލުން ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުމާއި، އަތޮޅުގެ ނުވަތަ ރަށުގެ ތަރައްޤީއަށްޓަކައި ހިންގުމަށް ރޭވޭ އެކި މަޝްރޫޢުތައް ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ތައްޔާރުކުރަންޖެހޭ ޕްރޮޕޯސަލްތައް ތައްޔާރުކުރުމާއި، އެފަދަ ޕްރޮޕޯސަލްތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، އެހީ ހޯދުމުގެ އެންމެހާ މަސައްކަތްތައް ޤާނޫނާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ހުދޫދުތަކުގެ ތެރެއިން ސްޕަވައިޒަރ އަންގާ ގޮތެއްގެ މަތީން ކުރުމާއި، އަތޮޅުގެ ފަޅުރަށްރަށް އިޤްތިޞާދީ މަސައްކަތްތަކަށް ދޫކުރުމާބެހޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ސްޕަވައިޒަރ އިރުޝާދުގެ މަތީން ކުރުން ހިމެނެއެވެ.

އަޙްމަދު ޝިޔާމް – އެސިސްޓެންޓް ކައުންސިލް އޮފިސަރ (14 މެއި 2023 ގައި ވަޒީފާއިން ވަކިވެފައި)
އަލްފާޟިލް އަޙްމަދު ޝިޔާމް މުލަކަތޮޅު އަތޮޅު އޮފީހާ ގުޅިވަޑައިގެންނެވީ 16 އޯގަސްޓް 2005 ގައި ސެކްރެޓަރީ ކަމުގެ މަޤާމަށެވެ. އަޙްމަދު ޝިޔާމް މިހާރު ހުންނެވީ އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ މަޤާމަށް ބަދަލްކުރެއްވީ 03 އޯގަސްޓް 2011 ގައެވެ. އަޙްމަދު ޝިޔާމް މަސައްކަތް ކުރައްވަނީ ޕޮލިސީ،ޕްލޭނިންގ،ރިސަރޗް އެންޑް މޮނިޓަރިންގ ޔުނިޓްގައެވެ. ރަށު ކައުންސިލްތައް މޮނިޓަރކުރުމާބެހޭ އެންމެހައި މަސައްކަތްކޮށް، ބެލެހެއްޓުމާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އަތޮޅުކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ކަންތައްތައް ތަންފީޛު ކުރުމަށް ބޭނުންވާ ޕްލޭންތައް އިދާރާގެ ވެރިންގެ ލަފަޔާ، މަޝްވަރާޔާއެކު ހެދުމާއި، ކައުންސިލުން ޢަމަލު ކުރަމުންދާ އަތޮޅު ތަރައްޤީގެ ޕްލޭންގެ މުއްދަތު ހަމަވުމުގެ 4 (ހަތަރެއް) މަސްދުވަސް ކުރިން، ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށްގެން ކުރިއަށްއޮތް 5 (ފަހެއް) އަހަރު ދުވަހަށް ތައްޔާރުކުރާ އަތޮޅު ތަރައްޤީގެ ޕްލޭން އިދާރާގެ ވެރިންގެ ލަފަޔާ، މަޝްވަރާޔާއެކު ތައްޔާރުކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުން ހިމެނެއެވެ. އަދި ރަށު ކައުންސިލް ތަކުން ޢަމަލުކުރަމުން ގެންދާ ތަރައްޤީގެ ޕްލޭނުގެ މުއްދަތު ހަމަވުމުގެ 5 (ފަހެއް) މަސް ދުވަހުގެ ކުރިން ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށް ކުރިޔަށް އޮތް 5 (ފަހެއް) އަހަރު ދުވަހަށް ތައްޔާރުކުރާ ރަށު ތަރައްޤީގެ ޕްލޭން ހެދުމުގެ މަސައްކަތް ރަށުކައުންސިކްތަކުން ކުރަމުންދާގޮތްބަލާ، ބޭނުންވާއެހީތެރިކަން ފޯރުކޮށްދިނުމާއެކު ތައްޔާރުކުރާ ޕްލޭންތައް ހޯދުމަށް ކުރަންހުރި މަސައްކަތްތައްކޮށް މި އިދާރާއަށްލިބޭ ޕްލޭންތައް އެލްޖީއޭއަށް ފޮނުވަންޖެހޭ ތާރީޚަށް ފޮނުވުމެވެ.
އަލްފާޟިލް އަޙްމަދު ޝިޔާމް ސަރުކާރުގެ ޚިދުމަތުގައި އުޅުއްވާތާ 15 އަހަރު ވެއްޖެއެވެ. އަޙްމަދު ޝިޔާމް އަދާކުރެއްވި މަޤާމު ތަކުގެ ތެރޭގައި ސެކްރެޓަރީކަމާއި، ސަރވެޔަރ (ޓްރޭނީ) ކަމުގެ މަޤާމް ހިމެނެއެވެ.

ފަތުޙުﷲ ޢަބްދުއްރަޙީމް – އެސިސްޓެންޓް އެކައުންޓްސް އޮފިސަރ
އަލްފާޟިލް ފަތުޙުﷲ ޢަބްދުއްރަޙީމް މުލަކަތޮޅު އަތޮޅު އޮފީހާ ގުޅިވަޑައިގެންނެވީ 13 ޖޫން 2007 ގައި އަތޮޅުއޮފީހުގެ ކޭޝިއަރެއް ގޮތުގައެވެ. އޭގެފަހުން 02 އޯގަސްޓް 2011 ގައި މި އިދާރާގެ އެސިސްޓެންޓް އެކައުންޓް އޮފިސަރެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ. އަލްފާޟިލް ފަތުޙުﷲ ޢަބްދުއްރަޙީމް ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 13 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.
އެސިސްޓެންޓް އެކައުންޓް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލް ފަތުޙުﷲ ޢަބްދުއްރަޙީމް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރޭގައި މި އިދާރާއަށް ލިބޭ ފައިސާ ބަލައިގަތުމާއި، ލިބޭފައިސާ ޖަމާކުރާ ފޮތުގައި ލިޔެ ބޭންކަށް ފައިސާ ޖަމާކުރުމާއި، ލިބޭފައިސާގެ ދުވަހު ފޮތް ފުރިހަމަކުރުމާއި، މުވައްޒަފުންބައިވެރިވާ އެކި އެކި ސްކީމްތަކުގެ ފައިސާ ފޮނުވުމާއި، އާމްދަނީގެ ގޮތުގައި ލިބޭފައިސާ ސަރުކާރުގެ އޮފީސްތަކަށް ފޮނުވުމާއި، މުވައްޒަފުންގެ ޕެންޝަން ޝީޓް ތައްޔާރުކޮށް، އެ ފައިސާ ފޮނުވުމާއި، ވައުޗަރ ރަޖިސްޓްރީ ކުރުމާއި، ޗެކް ރަޖިސްޓްރީ ކުރުމާއި، އާމްދަނީ ފައިސާގެ ރިޕޯރޓް ތައްޔާރުކޮށް ސަރުކާރުގެ އޮފީސްތަކަށް ފޮނުވުމާއި، ބޭންކް އެކައުންޓް ބާކީ ކުރުމާއި، އަދި 2020 ވަނަ އަހަރު ލޯކަލްގަވަރމެންޓް އޮތޯރިޓީ އިން ކައުންސިލްތަކުގެ ފައިސާއާއި ހިސާބު ބެލެހެއްޓުމަށް ތައާރަފުކޮށް ދެއްވި ސޮފްޓްވެއަރ ވިޔަ މޮޑިއުލް ތެރެއިން ފައިސާއާއިބެހޭ ގިނަ މަސައްކަތްތަކެއް ކުރުން ހިމެނެެއެވެ.

ނިސްރީން ޢަލީފުޅު - އެސިސްޓެންޓް ކައުންސިލް އޮފިސަރ
އަލްފާޟިލާ ނިސްރީން ޢަލީފުޅު މުލަކަތޮޅު އަތޮޅު އޮފީހާ ގުޅިވަޑައިގެންނެވީ 01 ސެޕްޓެމްބަރ 1986 ގައި ވަގުތީ ކާތިބެއްގެ މަޤާމަށެވެ. ނިސްރީން ޢަލީފުޅު މިހާރު ހުންނެވި އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ބަދަލްކުރެއްވީ 03 އޯގަސްޓް 2011 ގައެވެ. ނިސްރީން ޢަލީފުޅު މަސައްކަތް ކުރައްވަނީ އެޑްމިން, އެޗް.އާރު، އިންފޮމޭޝަން ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ އެންޓްރީ ބެލެހެއްޓުމާއި ދުވަހު ޔައުމިއްޔާ ލިއުމާއި ސްޓޮކް ބެލެހެއްޓުމާއި، ރަށްރަށަށް ތަކެތި ޙަވާލުކުރުމާއި މިނޫންވެސް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ. އަލްފާޟިލާ ނިސްރީން ޢަލީފުޅު ސަރުކާރުގެ ޚިދުމަތުގައި އުޅުއްވާތާ 34 އަހަރު ވެއްޖެއެވެ. ނިސްރީން ޢަލީފުޅު މި އިދާރާގައި އަދާކުރެއްވި މަޤާމު ތަކުގެ ތެރޭގައި ވަގުތީ ކާތިބުކަމާއި، ވޯކީޓޯކީ އޮޕަރޭޓަރކަމާއި، އެސިސްޓެޓް ސެކްރެޓަރީކަމުގެ މަޤާމް ހިމެނެއެވެ.

ސީރީނާ ޢަބްދުއްލަތީފު - ކައުންސިލް އެސިސްޓެންޓް
އަލްފާޟިލާ ޝީރީނާ ޢަބުދުއްލަތީފު މިއިދާރާއާއި ގުޅިވަޑައިގަތީ 08 އޮގަސްޓް 2018 ގައި މަސައްކަތު މީހެއްގެ މަޤާމަށެވެ. ޝީރީނާ ޢަބުދުއްލަތީފު މަސައްކަތް ކުރައްވަނީ އެޑްމިން އެޗް އާރު އިންފޮމޭޝަން ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ މިއިދާރާއާއި، މިއިދާރާގެގޯތި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތެވެ. އަލްފާޟިލާ ޝީރީނާ ޢަބުދުއްލަތީފު ސަރުކާރުގެ ޚިދުމަތުގައި އުޅުއްވާތާ 02 އަހަރު ވެއްޖެއެވެ.




