Veyvah
ތަޢާރަފު

ވޭވަށަކީ މެދުރާއްޖެތެރެއަށް ނިސްބަތްވާ މުލަކަތޮޅު ނުވަތަ މ.އަތޮޅުގެ މެދުތެރެއިން އިރުމަތީ ފަރާތުގައި ހިމެނޭ ރަށްތަކުގެ ތެރެއިން ރަށެކެވެ. މިރަށުގެ ބޮޑުމިނުގައި 45.2 ހެކްޓަރ ހުރެއެވެ. މިރަށުގެ އާބާދީގައި 172 ފިރިހެނުންނާއި 131 އަންހެނުންނާއެކު ޖުމްލަ 303 މީހުން ހިމެނެއެވެ. މިރަށުގެ ރައްޔަތުން އާމްދަނީ ހޯދުމަށް މައިގަނޑުގޮތެއްގައި ކުރާ މަސައްކަތްތަކަކީ، މަސްވެރިކަމާއި، ފަންގިވިނުމާއި، ދަނޑުވެރިކަމާއި މީގެ އިތުރުން ސަރުކާރުގެ ވަޒީފާ އަދާކުރުމެވެ.

ތަޢުލީމީ ދާޢިރާ

މިރަށުގައި ތަޢުލީމް ދިނުމަށްޓަކައި ސަރުކާރުން ހިންގަވާ ޕްރައިމަރީ ސްކޫލަކާއި، އަދި ކައުންސިލުން ހިންގަވާ ޕްރީ ސްކޫލެއް ހުރެއެވެ. މިގޮތުން ޕްރައިމަރީ ސްކޫލްގައި ގްރޭޑް 1 އިން 7 އަށް ކިޔަވައި ދެވެއެވެ.

ޞިއްޙީ ދާޢިރާ

ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި ހެލްތް ޕޯސްޓެއް ހުރެއެވެ. ޞިއްޙީ ޚިދުމަތްތެރިންގެ ގޮތުގައި ޑޮކްޓަރަކާއި، ނަރުހަކާއި، އެސިސްޓެންޓް ކޮމިއުނިޓީ ހެލްތް އޮފިސަރަކާއި، 2 ފެމެލީ ހެލްތް އޮފިސަރުންނާއި އަދި ފޫޅުމައެއް ޙަރަކާތްތެރި ވެއެވެ. ރަށުގައި ފާމަސީއެއްގެ ޚިދުމަތް ނުލިބެއެވެ.

ކަރަންޓްގެ ޙާލަތު

މިރަށުގެ ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް ދެމުން އަންނަނީ ފެނަކަ ކޯޕަރޭޝަނުން 24 ގަޑިއިރަށެވެ.

އިތުރު މަޢުލޫމާތު