M.Mulah
ތަޢާރަފު

މުލަކަކީ، 1702 މީހުންގެ މައްޗަށް އެކުލެވޭ އާބާދީއެއް ދިރިއުޅޭ، ރާއްޖޭގެ މެދުތެރޭގެ އިރުމަތީބިތުގައި އޮންނަ މަސްވެރިރަށެކެވެ. ޖޯގުރަފީގޮތުން 5’.00”02 އިރުން73 3’.00” ދަރަޖާގައި އުފެދިފައިވާ 57.8 ހެކްޓަރު ބޮޑުމިނުގެ ރާއްޖޭގެ ވެރިކަންކުރާ މާލެއާއި 136.9 ކިލޯމީޓަރު ދުރުމިނުގައި އިރުން ހުޅަނގަށް އޮންނަ،ދިގުމިނުގައި 1400 މީޓަރު، ފުޅާމިނުގައި 500 މީޓަރު ހުރި ރަށެކެވެ.މިރަށަކީ، އަތޮޅުގެ އެއްވެސް ރަށެއްގެ ފަޅާއި، ފަރަކާއި ގުޅުމެއްނެތް ވަކިން އޮތް، ރަށުގެ ދެ ފަރާތުގައި ދެ ކަނޑުއޮޅި އޮތް، ކަނޑުތޮއްޓެއް، މަގަތު ފާލަމެއް، އެއްރަށުން އަނެއްރަށަށް ގުޅުވައިދޭ ފާލަމެއްނެތް ތަފާތު ބާވަތްތަކުގެ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަންގެވިނުމާއި، ރޯނުވެށުން އަދި ފައިބަރގްލާސް މަސްދޯނިބަނުމާއި ކޮންސްޓްރަކްޝަން މަސައްކަތުން އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުންދާބަޔަކު ދިރިއުޅޭރަށެކެވެ.

ތަޢުލީމީ ދާޢިރާ

ރަށުން ލިބެންހުރި ތަޢުލީމަށްބަލާއިރު، މުލަކު ސުކޫލުން ގްރޭޑް 1ން 10 އަކަށް ތަޢުލީމް އުގެނުމުގެ ފުރުޞަތު ލިބެންހުރެއެވެ. މި ސުކޫލަކީ، ކޮމާސް އަދި ސައިންސް ސްޓްރީމަށް ކިޔަވައިދޭ ސްކޫލެކެވެ. މީގެ އިތުރުން ފަށާތަޢުލީމަށް ކުދިން ބިނާކުރުމަށްޓަކައި ސަރުކާރުގެ އެހީއާއިއެކު ރައްޔަތުންގެ ޚަރަދުގައި އަހުލީ ޕްރީސްކޫލްގެ ނަމުގައި ޕްރީސްކޫލެއް ދަނީ ހިންގަމުންނެވެ.

ޞިއްޙީ ދާޢިރާ

ޞިއްޙީ ޚިދުމަތަށްބަލާއިރު، ރަށުގައި ޞިއްޙީ މަރުކަޒެއް ޤާއިމުކޮށް އެމަރުކަޒުން ގެންދަނީ ޞިއްޙީ ޚިދުމަތް ފޯރުކޮށްދެމުންނެވެ. ނަމަވެސް ތަނުން ލިބެންހުރި ޚިދުމަތާއި، މުއައްޡަފުންގެ ދަތިކަމާއިއެކު ޚިދުމަތް ފޯރުކޮށްދެނީ 8 ގަޑިއިރުއެވެ.

ކަރަންޓްގެ ޙާލަތު

ރައްޔަތުންގެ އަމިއްލަ ޚަރަދުގައި 24 ގަޑިއިރަށް ކަރަންޓުގެ ޚިދުމަތް ވަކިފަރާތެއް ތަފާތުކުރުމެއްނެތި އެނަރޖީ އޮތޯރިޓީގެ ޤަވާޢިދާއި އެއްގޮތަށް ބޭންޑް ތަކަކަށް ބަހާލެވިގެން ކަރަންޓުގެ ޚިދުމަތް ދެވެމުންދެއެވެ.

Maaranga10363579_10201271736674305_2803945859335282265_nMulak Health Centermulak police station

އިތުރު މަޢުލޫމާތު