ލުއިލޯން ޕްރޮގްރާމް “ދިރެމާ” ގެ 8 ވަނަ ބުރު

މުލަކަތޮޅު އަތޮޅު ކައުންސިލްގެ ލުއިލޯން ޕްރޮގްރާމް “ދިރެމާ” ގެ އަށްވަނަބުރަށް ކުރިމަތު ލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

25 އޭޕްރީލް 2017 ގެ ނިޔަލަށް ފުރުޞަތު ހުޅުވާލި “ދިރެމާ” ލޯން، ޝަރުތު ހަމަވާފަރާތްތަކަށް މިބުރުގައި ދޫކުރަން ހަމަޖެހިފައިވަނީ -/15،000 (ފަނަރަހާސް ރުފިޔާ) އާއި -/50،000 (ފަންސާސްހާސް ރުފިޔާ) އެވެ. “ދިރެމާ” ލޯންގެ އުޞޫލުތަކާއި، ލޯނަށް އެދޭ ފޯމް މުލަކަތޮޅުގެ ރަށުކައުންސިލްތަކުންނާއި އަތޮޅު ކައުންސިލުން އަދި އަތޮޅު ކައުންސިލްގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.

“ދިރެމާ” ލޯން ޕްރޮގްރާމަކީ މުލަކަތޮޅު ރައްޔިތުންގެ މާލިއްޔަތު އިތުރުކުރުމަށާއި، ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ މަޤުޞަދުގައި މި ކައުންސިލުން އެކުލަވާލާފައިވާ ޕްރޮގްރާމެކެވެ. މިއީ މުލަކަތޮޅުގެ ތާރީޚްގައި ކުރިއަށް ގެންދެވޭ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.

 

 

No Comments

Post a Comment

Your email address will not be published.