ލުއިލޯން ޕްރޮގްރާމް “ދިރެމާ” ގެ 6 ވަނަ ބުރު

dhiremaa

މުލަކަތޮޅު އަތޮޅު ކައުންސިލްގެ ލުއިލޯން ޕްރޮގްރާމް “ދިރެމާ” ގެ ހަވަނަބުރަށް ކުރިމަތު ލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

27 އޮކްޓްބަރ 2016 ގެ ނިޔަލަށް ފުރުޞަތު ހުޅުވާލި “ދިރެމާ” ލޯން، ޝަރުތު ހަމަވާފަރާތްތަކަށް މިބުރުގައި ދޫކުރަން ހަމަޖެހިފައިވަނީ -/30،000 (ތިރީސްހާސް ރުފިޔާ) އިން ދަށުގެ ލޯންތަކެވެ. “ދިރެމާ” ލޯންގެ އުޞޫލުތަކާއި، ލޯނަށް އެދޭ ފޯމް މުލަކަތޮޅުގެ ރަށުކައުންސިލްތަކުންނާއި އަތޮޅު ކައުންސިލުން އަދި އަތޮޅު ކައުންސިލްގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.

“ދިރެމާ” ލޯން ޕްރޮގްރާމަކީ މުލަކަތޮޅު ރައްޔިތުންގެ މާލިއްޔަތު އިތުރުކުރުމަށާއި، ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ މަޤުޞަދުގައި މި ކައުންސިލުން އެކުލަވާލާފައިވާ ޕްރޮގްރާމެކެވެ. މިއީ މުލަކަތޮޅުގެ ތާރީޚްގައި ކުރިއަށް ގެންދެވޭ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.

ލޯނަށް އެދޭ ފޯރމް

ވަޒީފާ ލިޔުމުގެ ނަމޫނާ

ލޯން އިވެލުއޭޝަން ކްރައިޓީރިއާ

މުލަކަތޮޅު “ރައްޔިތުންގެ ދިރެމާ ލޯން ސްކީމް” ހިންގުމުގެ އިދާރީ އުސޫލް

 

No Comments

Post a Comment

Your email address will not be published.