އެޗް. އާރު. ސީ. އެމްގެ ޓީމެއް އަތޮޅުކައުންސިލާއި ބައްދަލުކުރައްވައިފި

HRCM team

 

އެޗް. އާރު. ސީ. އެމްގެ ޓީމެއް މ.އަތޮޅަށް ކުރައްވާ ދަތުރެއްގައި އަތޮޅު ކައުންސިލަށް ޒިޔާރަތްކުރައްވާ ކައުންސިލްގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.
މިއަދު 10:00 ގައި ކައުންސިލްގެ ކޮންފެރެންސް ރޫމްގައި ބޭއްވި ބައްދަލުވުމުގައި “ނުކުޅުދެންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއިބެހޭ މުޢާހަދާ” ގައި ބަޔާންކޮށްފައިވާ ޙައްޤުތައް މިއަތޮޅުގައި ދިރިއުޅޭ ފަރާތްތަކަށް ފޯރުކޮށްދެވިފައިވާ މިންވަރު ދެނެގަނެ، މައްސަލަހުރި ދާއިރާތައް ފާހަގަކޮށް މިކަންކަން އިސްލާޙުކުރުމަށް ސަރުކާރަށާއި ކަމާއިބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ރިޕޯޓެއް އެކުލަވާއިލުމާއި ބެހޭގޮތުން ވާހަކަ ދެކެވުނެވެ.
މިބައްދަލުވުމުގައި ކައުންސިލްގެ އިސްވެރިންނާއި ސެކްސަންތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

No Comments

Post a Comment

Your email address will not be published.