މުލަކަތޮޅު އަތޮޅުކައުންސިލްގެ ލުއިލޯން ޕްރޮގްރާމް “ދިރެމާ” ގެ 4 ވަނަބުރު

Dhiremaa

މުލަކަތޮޅު އަތޮޅު ކައުންސިލްގެ ލުއިލޯން ޕްރޮގްރާމް “ދިރެމާ” ގެ ހަތަރުވަނަބުރަށް ކުރިމަތު ލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޝަރުތު ހަމަވާ ފަރާތްތަކަށް -/15000ރ (ފަނަރަހާސްރުފިޔާ) އިން ދަށުގެ ޢަދަދުތައް ލޯނުގެ ގޮތުގައި ދޫކުރާ މި ސްކީމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 25 އޮގަސްޓް 2016 ވަނަ ދުވަހުގެ އޮފީސް ބަންދުކުރުމާއި ހަމައަށެވެ. “ދިރެމާ” ލޯންގެ އުޞޫލުތަކާއި، ލޯނަށް އެދޭ ފޯމް މުލަކަތޮޅުގެ ރަށުކައުންސިލްތަކުންނާއި އަތޮޅު ކައުންސިލުން އަދި އަތޮޅު ކައުންސިލްގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.
“ދިރެމާ” ލޯން ޕްރޮގްރާމަކީ މުލަކަތޮޅު ރައްޔިތުންގެ މާލިއްޔަތު އިތުރުކުރުމަށާއި، ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ މަޤުޞަދުގައި މި ކައުންސިލުން އެކުލަވާލާފައިވާ ޕްރޮގްރާމެކެވެ. މިއީ މުލަކަތޮޅުގެ ތާރީޚްގައި ކުރިއަށް ގެންދެވޭ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.
ލޯނާއިބެހޭ މަޢުލޫމާތާއި، ފޯމް ޑައުންލޯޑް ކުރެއްވުމަށް.

No Comments

Post a Comment

Your email address will not be published.