މިއަތޮޅުގައި މައިކޮލެޖްގެ ކެމްޕަހެެއް ހުޅުވައިފި.

20160922_20463020160922_212719

މިއަތޮޅުގައި މައިކޮލެޖްގެ ކެމްޕަހެއް ހުޅުވައިފިއެވެ. މި ކެމްޕަސް ޤާއިމްކޮށްފައިވަނީ މިއަތޮޅުގެ ވެރިރަށް މުލީގައެވެ. ކެމްޕަސް ހުޅުވުމުގެ އިފްތިތާޙީ ޖަލްސާ ޝަރަފްވެރިކޮށް ދެއްވީ މައިކޮލެޖްގެ ރެކްޓަރ ޑރ. އާމާލް ޢަލީއެވެ.
ޑިޕްލޮމާ އަދި ޑިގްރީ ކޯސްތަކާއެކު ފެށި މި ކެމްޕަހުގެ ފުރަތަމަ އޮރިއެންޓޭޝަން 22 ސެޕްޓެމްބަރ 2016 ގައި ވަނީ ބާއްވާފައެވެ. ފުރަތަމަ ފެށި 2 ކޯހުގައި ޖުމްލަ 47 ދަރިވަރުން ބައިވެރިވެފައިވެއެވެ. މިއަތޮޅުގެ ގިނަ ރަށްރަށުން މި ކޯސްތަކުގައި ދަރިވަރުން ބައިވެރިވިއެވެ.
މައިކޮލެޖްގެ ކެމްޕަސް މިއަތޮޅުގައި ޤާއިމްކޮށްފައިމިވަނީ، އަތޮޅުގައި މިފަދަ ކެމްޕަހެއް ޤާއިމްކުރުމަށް މ. އަތޮޅު ކައުންސިލުން މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން ފެށި ޕްރޮގްރާމެއްގެ ދަށުންނެވެ. މިކައުންސިލްގެ ތަޢުލީމީ ޕްރޮގްރާމްގެ ދަށުން، މީގެ ކުރިންވަނީ ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތަކެއް ހިންގާފައެވެ. އަދި އަތޮޅަށް ޚާއްޞަކޮށްގެން ތަޢުލީމީ ސްކޯލަރޝިޕަކާއި އެވޯޑެއް ވަނީ ތަޢާރަފް ކުރެވިފައެވެ.

No Comments

Post a Comment

Your email address will not be published.