Raiymandhoo
ތަޢާރަފު

ރަތްމަންދޫ އަކީ ރާއްޖޭގެ އިރުމަތީ ބިތުގައި މާލެއާއި ގާތްގަނޑަކަށް 75 މޭލު ދުރުގައި އޮންނަ ރަށެކެވެ. ރަތްމަންދޫ އަކީ އާބާދީ މަދު އާބާދީއާއި އެކަށޭނަ ބިމެއް އެކުލެވޭ ރަށެކެވެ. އާބާދީ އަކީ 219 އެވެ. އެއީ، 109 އަންހެނުންނާއި 110 ފިރިހެނުންނެވެ. މިރަށަކީ ރުއްގަލުގެ ބޭސްވެރިކަމަށް މުޅި ރާއްޖެއަށް މަސްހޫރު ރަށެކެވެ. 1968 ވަނައަހަރުގެ ތެރޭގައި ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ ވެރިކަމުގައި މިރަށުގެ މީހުންވަނީ މިއަތޮޅު މުއްޔަށް ބަދަލުކުރައްވާފައެވެ. މިގޮތުން 7 އަހަރުދުވަހުގެ މުއްދަތެއްގައި މިރަށުގެ ރައްޔިތުން މިއަތޮޅު މުލީގައި ދިރިއުޅުމަށްފަހު އެނބުރި މިރަށަށް ހިޖްރަކޮށްފައިވަނީ 1975 ވަނައަހަރުގައެވެ.

މިރަށުގެ ބޮޑުމިނުގައި 26.26 ހެކްޓަރ ހުރެއެވެ. މީހުން ދިރިއުޅުމަށް ބޭނުންކުރާ ބިމުގެ ބޮޑުމިނުގައި 2.6 ހެކްޓަރ ހުރެއެވެ.

 ތަޢުލީމީ ދާޢިރާ

މިރަށުގެ ރައްޔިތުންނަކީ ދަރިންނަށް ތަޢުލީމް ދިނުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ބައެކެވެ. މިގޮތުން މިރަށުގެ ރ.ކ ކޮމިޓީއާއި ރަށުގެ ރައްޔިތުން ގުޅިގެން 2000 ވަނަ އަހަރުން 2007 ވަނައަހަރުގެ ނިޔަލަށް ފައިސާ ޙަރަދުކޮށްގެން ބިދޭސީ ޓީޗަރެއް ރަށުގެ ސްކޫލަށް ހޯދާފައިވެއެވެ. މިރަށު ސްކޫލްގައި ގްރޭޑް 7 އާއި ހަމައަށް ކިޔަވައި ދެއެވެ. އަދި ތުއްތު ކުދިންނަށް ކިޔަވައި ދިނުމަށްޓަކައި ރަށުގައި 1 ޕްރީސްކޫލް ހިނގަމުންދެއެވެ.

 ޞިއްޙީ ދާޢިރާ

ޞިއްޙީ ޚިދުމަތް ދިނުމަށް ރަށުގައި ހުންނަނީ އެންމެތަނެކެވެ. އެއީ ރަތްމަންދޫ ހެލްތްޕޯސްޓެވެ. މިރަށު ހެލްތްޕޯސްޓްގައި ޑޮކްޓަރެއްގެ ޚިދުމަތް މިހާރު ލިބެމުންދެއެވެ. އެހެންނަމަވެސް ރަށުގައި ބޭސްފިހާރައެއް ޤާއިމްވެފައި ނެތުމުގެ ސަބަބުން ޑޮކްޓަރަށް ދައްކާ ފަރާތްތަކަށް ބޭސްލިބުމުގައި ދަތިތަކެއް ހުންނަކަން ފާހަގަކުރެވެއެވެ.

 ކަރަންޓްގެ ޙާލަތު

އެންމެ ފުރަތަމަ ރަށުގެ ރައްޔިތުންނަށް ކަރަންޓް ދިނުމަށްޓަކައި 3 ކިލޯގެ ޖަނަރޭޓަރެއް ބޭނުން ކުރަމުން އައިނަމަވެސް 2002 ވަނައަހަރުން ފެށިގެން މިޚިދުމަތް 24 ގަޑިއިރަށް ވަނީ ބަދަލުވެފައެވެ. މީގެ އިތުރުން ދިވެހި ސަރުކާރުގެ އެހީގައި ވައިން ހަކަތަ އުފެއްދުމުގެ ނިޒާމެއް މިރަށުގައި ޤާއިމް ކުރެވި 2007 ވަނައަހަރު ރަށުގައި ކަރަންޓްގެ %95 ހިއްޞާ އިޔާދަކުރަނިވި ހަކަތައަށް ބަރޯސާވެފައިވެއެވެ. އަދި ހަމަ މިއާއެކު 2013 ވަނައަހަރުން ފެށިގެން މިރަށުގެ ކަރަންޓްގެ ޚިދުމަތް ދެމުން ގެންދަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. ރަށުގެ މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ކަރަންޓްގެ ޚިދުމަތް އަންނަނީ ލިބެމުންނެވެ.

Navigation LightIyaadha kuranivi hakatha

އިތުރު މަޢުލޫމާތު