Maduvvari
ތަޢާރަފު

މިރަށަކީ 713 މީހުންގެ މައްޗަށް އެކުލެވޭ އާބާދީއެއް އޮންނަ މުލަކަތޮޅު އުތުރުބިތުގައި 73 ޕޮޒިޝަންގައި ދިވެހިރާއްޖޭގެ ވެރިރަށް މާލެއާއި 119.32 ކިލޯމީޓަރ ދެކުނުންއޮތް 10.3 ހެކްޓަރ ބޮޑުމިނުގެ ރަށެކެވެ. ރަށުގެ ރައްޔިތުން ދިރިއުޅުމަށްޓަކައި ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ. މި މަސައްކަތް ކުރުމަށްޓަކައި ފައިބަރ 3 ދޯނި އަދި ވަދުދޯނީގެ ގޮތުގައިވެސް ފައިބަރ 3 ދޯނި ބޭނުން ކުރެއެވެ.

ތަޢުލީމީ ދާޢިރާ

މިރަށު ސްކޫލްގައި ތަޢުލީމް ޙާޞިލް ކުރަމުންދަނީ 64 ދަރިވަރުންނެވެ. ގްރޭޑް 10 އާއި ހަމައަށް ކިޔަވައިދޭ މި ސްކޫލްގައި 6 ކްލާސްރޫމާއި، އަދި މީގެ އިތުރުން ސްޓޭޖްހޯލް 3 ކްލާސްރޫމަށް ބައިކުރެވި ޖުމްލަ 9 ކްލާސްރޫމް ކިޔަވައި ދިނުމަށް ހުރެއެވެ

ޞިއްޙީ ދާޢިރާ

ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި ޞިއްޙީމަރުކަޒެއް މިރަށުގައި ހުރެއެވެ. އަދި ޢާންމު ބަލިތަކާބެހޭ 1 ޑޮކްޓަރާއި، 2 ނަރުހުންނާއި، 1ފޫޅުމާ މިމަރުކަޒުގައި މަސައްކަތް ކުރެއެވެ

ކަރަންޓްގެ ޙާލަތު

މިރަށުގައި ކަރަންޓްގެ ޚިދުމަތްދެނީ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން 24 ގަޑިއިރަށެވެ. ކަރަންޓް ދިނުމަށްޓަކައި 3 ޖަނަރޭޓަރސެޓް ބެހެއްޓިފައި ހުރެއެވެ

bcad

އިތުރު މަޢުލޫމާތު