dhiggaru
ތަޢާރަފު

މިރަށަކީ މުލަކަތޮޅު އުތުރު ބިތުގައި ތޫލުން 73.34.00 ގައި އޮތް، ބޮޑުމިނުގައި 13.37 ހެކްޓަރ ހުރި ރަށެކެވެ. މިރަށުގެ އާބާދީއަކީ 641 ފިރިހެނުންނާއި، 700 އަންހެނުންނާއިއެކު ޖުމްލަ 1341 މީހުންނެވެ.

ރަށުގެ އިޤްތިޞާދު މައިގަށޑު ގޮތެއްގައި ބިނާވެފައިވަނީ މަސްވެރިކަމުގެ މައްޗަށެވެ. އެގޮތުން ކަންޑުމަހާއި، ފަރުމަހާއި، ފާނައިގެ މަސްވެރިކަންވެސް މިރަށުގެ ގިނަ ރައްޔިތުންތަކެއް ކުރަމުންދެއެވެ. އަދި މީގެ އިތުރުން މިރަށުގެ ގިނަ ޒުވާނުން ވަޒީފާ އަދާކުރަނީ ރިސޯޓްތަކުގައެވެ. މަދުން ނަމަވެސް ކޮންސްޓްރަކްޝަން މަސައްކަތާއި، ތެދުއުއި ވަޑާމާއި، ކިއްސަރު ވަޑާމުގެ މަސައްކަތް ކޮށްގެން ޢާމްދަނީ ހޯދާ މީހުންވެސް މިރަށުގައި ދިރިއުޅެއެވެ.

ތަޢުލީމީ ދާޢިރާ

މިރަށަކީ ޕްރީސްކޫލް ތަޢުލީމްގެ އިތުރުން ރަށުގައި ތިބެގެން އޭލެވެލް އާއި ހަމައަށް ކިޔެވުމުގެ ފުރުޞަތު ހުޅުވިފައިވާ ރަށެކެވެ. މިރަށުގައި ކިޔަވައި ދެމުން އަންނަނީ ކޮމާސް ސްޓްރީމްއެވެ. ދިއްގަރު ސްކޫލްގައި 178 ދަރިވަރުން އަދި ރެހެންދި ޕްރީސްކޫލްގައި 79 ދަރިވަރުންނާއެކު ޖުމްލަ 257 ދަރިވަރުން މިރަށުގައި ތަޢުލީމް ޙާޞިލް ކުރަމުން ދެއެވެ. އަދި މިދަރިވަރުންނަށް ކިޔަވައި ދިނުމަށްޓަކައި ދިއްގަރު ސްކޫލްގައި 29 ޓީޗަރުން އަދި ރެހެންދި ޕްރީސްކޫލަގައި 4 ޓީޗަރުން މަސައްކަތް ކުރަމުން ދެއެވެ.

ޞިއްޙީ ދާޢިރާ

މިރަށުގައި ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި، ޞިއްޙީމަރުކަޒެއް ޤާއިމްކުރެވިފައެވެ. އަދި އެތަނުގައި ޑޮކްޓަރަކާއި، ލެބޯޓްރީ ޓެކްނޮލޮޖިސްޓަކާއި، 3 ނަރުހުން މަސައްކަތް ކުރަމުން ދެއެވެ. އަދި އެތަނުގައި ޕަބްލިކް ހެލްތް ޔުނިޓްގެ 3 މުވައްޒަފުން މަސައްކަތް ކުރަމުން ދެއެވެ

ކަރަންޓްގެ ޙާލަތު

މިރަށަށް ކަރަންޓް ފޯރުކޮށްދެމުން އަންނަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުންނެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން 24 ގަޑިއިރު، ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން އާދެއެވެ.

އިތުރު މަޢުލޫމާތު