ޚަބަރު

މ. އަތޮޅު ފުޓުބޯޅަ މުބާތާތުގެ ޗެމްޕިއަންކަން މުލަކު އެކުވެރި ކުލަބުން ހޯދައިފި

ޒޯން ފަހެއްގެ މ. އަތޮޅު މުބާރާތުގެ ޗެމްޕިއަންކަން މުލަކު އެކުވެރި ކުލަބުން ހޯދައިފި އެވެ. މުލަކު އެކުވެރި ކުލަބުން މިމުބާރާތުގެ ޗެންޕިއަންކަން ހޯދީ 20 ޑިސެމްބަރ 2014 ވީ ހޮނިހިރު ދުވަހު ހަވީރު މުލީ ރަސްމީ ބޯޅަދަނޑުގައި އޮތް ފައިނަލު މެޗުގައި މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާ އާ ވާދަކޮށް 1-0 އިން މޮޅު ވެގެންނެވެ.

މ. އަތޮޅު ފުޓުބޯޅަ މުބާރާތް ފެށިއްޖެ

މިމުބާރާތަކީ، އެފް. އޭ. އެމް އާއި، މ. އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިމުބާރާތް ފައްޓަވައިދެއްވީ މ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ނަޞީރު އެވެ. މިމުބާރާތް ހިނގަމުންދަނީ، 29 ނޮވެމްބަރ 2014 އިން 19 ޑިސެމްބަރ 2014އަށް މުލީ ފުޓުބޯޅަ ދަނޑުގައެވެ. މިމުބާރާތުގައި 9 ޓީމް ބައިވެރިވެފައިވެއެވެ. މުބާރާތް ކުރިއަށްދަނީ ބައިވެރިވެފައިވާ ޓީމްތައް 2 ގުރޫޕަކަށް ބަހާލައިގެން، އެގޮތުން ގްރޫޕް 1 ގައި ހިމެނޭ 5 ޓީމަކީ މަޑުއްވަރީ ޒުވާންޖީލު، ކޮޅުފުށީ ޒުވާނުންގެ […]

ލޯކަލް ޕްލޭނިންގ އެންޑް ކްލައިމެޓް ޗޭންޖް ވޯރކްޝޮޕް

ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، މުލަކަތޮޅު އަތޮޅުކައުންސިލް އިދާރާ ގުޅިގެން އެއްދުވަހުގެ މުށްދަތަށް “ލޯކަލް ޕްލޭނިންގ އެންޑް ކްލައިމެޓް ޗޭންޖް” ގެ ނަމުގައި ވޯރކްޝޮޕެއް 12 ނޮވެމްވަރ 2014 ވަނަދުވަހު މ. މުލީގައި ބާއްވައިފިއެވެ.

އެސް.ޓީ.އޯގެ ބޭސްފިހާރައެއް މުލީގައި ހުޅުވައިފި

އެސް.ޓީ.އޯގެ ބޭސްފިހާރައެއް މިއަތޮޅު މުލީގައި މިއަދު ހުޅުވައިފިއެވެ. މި ބޭސްފިހާރަ ހުޅުއްވައިދެއްވީ، އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އާދަމް އާޒިމް އާއި، މުލަކަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ނަޞީރެވެ. މިއީ އެސް.ޓީ.އޯ ގެ ފަރާތުން މިއަތޮޅުގައި ހުޅުވި 3 ވަނަ ބޭސްފިހާރައެވެ. މީގެ ކުރިންވަނީ ދިއްގަރާއި، ކޮޅުފުށީގައި ބޭސްފިހާރަ ހުޅުވާފައެވެ. މިއަދުން ފެށިގެން މި ބޭސްފިހާރައިންދަނީ އާސަންދައިގެ ޚިދުމަތާއެކު، ޚިދުމަތް ޢާންމުންނަށް ފޯރުކޮށްދެމުންނެވެ.

ރަށުކައުންސިލްތައް އިންޓަރނަލް އޮޑިޓް ކުރުމާބެހޭ މަސައްކަތު ބައްދަލުވުމެއް ފެށިއްޖެ

މިއަތޮޅުގެ ރަށްރަށުގެ ކައުންސިލްތައް އިންޓާރނަލް އޮޑިޓް ކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތާއި، ހުނަރު ރަށުކައުންސިލްތަކުގެ މުވައްޒަފުންނަށް ދަސްކޮށްދިނުމަށްޓަކައި ހިންގޭ