ޚަބަރު

އަތޮޅު ތަރައްޤީގެ ޕްލޭން އަދި ފައިނޭންޝަލް ޕްލޭން ހެދުމުގެ ތަމްރީން ޕްރޮގްރާމެއް ބާއްވައިފި

  ިކައުންސިލާއި، މިއަތޮޅު ރަށްރަށުގެ ކައުންސިލްތަކަށް އަމާޒުކޮށްގެން ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން އެކުލަވާލާނެގޮތުގެ ތަމްރީން ޕްރޮގްރާމެއް 2016 އޮގަސްޓް 07 އިން 09 މ. މުލީގައި ހިންގައިފިއެވެ. މ. މުލީ ޔޫތުސެންޓަރުގައި ބޭއްވި މިޕްރޮގްރާމްގައި ތަމްރީން ކުރެވިފައިވަނީ 21 ބޭފުޅުންނެވެ. އަދި ފެސިލިޓޭޓުންގެ ގޮތުގައި މަޢުލޫމާތު ދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ގަވަރނަންސް އޮޑިޓަރ އަޙްމަދު ޙަސަން އާއި ފައިނޭންޝަލް އޮޑިޓަރ އިސްމާޢީލް ރަޝީދުގެ އިތުރުން މ. މުލަކު ކައުންސިލް އިދާރާގެ އެސިސްޓެންޓް ފައިނޭސް އޮފިސަރ […]

މ. އަތޮޅު ތަޢުލީމީ މަރުކަޒު ގްރޭޑް 2 ގެ ދަރިވަރުން މިކައުންސިލަށް ޒިޔާރަތް ކުރައްވައިފި

އޮފީސްތަކުން ޢާންމުންނަށް ދެވޭ ޚިދުމަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯއްދެވުމަށްޓަކައި މ. އަތޮޅު ތަޢުލީމީ މަރުކަޒު ގްރޭޑް 02 ގައި ތަޢުލީމް ޙާޞިލްކުރަމުންދާ ދަރިވަރުން މިކައުންސިލަށް ޒިޔާރަތް ކުރައްވައި، މިކައުންސިލުން ޢާންމުންނަށް ދޭ ޚިދުމަތްތަކާ ބެހޭގޮތުން މަޢުލޫމާތު ހޯއްދެވިއެވެ. އަދި މީގެ އިތުރުން މިކަައުންސިލުން ކޮންމެ ދަރިވަރަކަށް ހަދިޔާއެއްގެ ގޮތުގައި ޕާރސަލެއްވެސް ދެވިފައިވެއެވެ. މި ޒިޔާރަތުގައި 17 ދަރިވަރުން ބައިވެރިވެ މަޢުލޫމާތު ހޯއްދަވާފައިވެއެވެ.

ސާރކް ގައުމުތަކުގެ އިލެކްޝަންގެ ވަފުދެއް މިއަތޮޅަށް ޒިޔާރަތް ކުރައްވައިފި

” ފޯރަމް އޮފް އިލެކްޝަންސް މެނޭޖްމަންޓް ބޮޑީސް އޮފް ސައުތު އޭސިޔާ” (ފެމްބޯސާ) ފޯރަމް ބޭއްވުމަށް ރާއްޖެއަށް ވަޑައިގެންނެވި ވަފުދެއް 04 އޮގަސްޓް 2016 ގައި މިއަތޮޅަށް ޒިޔާރަތް ކުރައްވައިފިއެވެ. މިވަފުދު މިއަތޮޅު މުލައް، ވޭވަށް އަދި ނާލާފުށްޓަށް ޒިޔާރަތް ކުރެއްވިއެވެ. މިގޮތުން މި ޒިޔާރަތުގައި މިރަށްރަށުގެ މުޙިއްމު ބައެއް ތަންތަން ބައްލަވާލެއްވުމާއި، ޘަޤާފީ ކުޅިވަރުތައް ބައްލަވާލެއްވިއެވެ.

މުލަކަތޮޅު 21 ވަނަ ޤުރުއާން މުބާރާތް ބާއްވައިފި

މިއަތޮޅު 21 ވަނަ ޤުރުއާން މުބާރާތާއި، ޤައުމީ މުބާރާތަށް ކުދިން ހޮވުމަށް ބޭއްވި މުބާރާތް 21 – 23 ޖުލައި 2016 އަށް ބޭއްވިފައިވަނީ މިއަތޮޅު މުލަކުގައެވެ. ދެދަންފަޅިއަށް ބަހާލައިގެން ބޭއްވުނު މި މުބާރާތުގައި ބައިވެރިވެފައިވަނީ މިއަތޮޅު މުލައް، ވޭވަށް، މުލި، ކޮޅުފުށި، ދިއްގަރު އަދި މަޑުއްވަރީންނެވެ. މުބާރާތުގައި ކިޔަވާފައިވަނީ ހިތުން ދަސްކުރުމުގެ ބަޔާއި އަދި ބަލައިގެން ކިޔެވުމުގެ ބައެވެ. މި ދެގޮފިން 92 ދަރިވަރުން ކިޔެވިއެވެ. މި މުބާރާތުގެ އެއްވަނަ ހޯދާފައިވަނީ ދިއްގަރެވެ. ދެވަނަ ހޯދީ […]

އަލަށް ވިޔަފާރި ފަށާ ފަރާތްތައް ޓްރެއިނިންގ ކުރުމުގެ ޕްރޮގްރާމެއް މިއަތޮޅުގައި ކުރިއަށް ގެންގޮސްފި.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ( ދ. ބިޒްނަސް ސެންޓަރ ) ގެ ފަރާތުން ކުރިއަށް ގެންދާ، އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮގްރާމް މިއަތޮޅުގައި 2 ބުރަކަށްވަނީ ހިންގާފައެވެ. މިގޮތުން ފުރަތަމަބުރު ހިންގާފައިވަނީ މިއަތޮޅު މުލި، ނާލާފުށި، ކޮޅުފުށީގައި މިދިޔަ އަހަރުގައެވެ. އަދި މި ޕްރޮގްރާމްގެ ދެވަނަބުރު ރަތްމަންދޫ، ދިއްގަރު، މަޑުއްވަރި އަދި މުލަކުގައި ކުރިއަށް ގެންގޮސްފައިވަނީ 11 ޖުލައި 2016 އިން 20 ޖުލައި 2016 އަށެވެ. މިހާރު ބިޒްނަސް […]

އިލެކްޝަންސް ކޮމިޝަންގެ ޓީމެއް މިއަތޮޅަށް ޒިޔާރަތް ކުރައްވައިފި

އިލެކްޝަންސް ކަމިޝަންގެ 06 ބޭފުޅުންގެ މައްޗަށް އެކުލެވިގެންވާ ޓީމެއް 30 ޖޫން 2016 ގައި މިއަތޮޅު މުލި، ނާލާފުށި، މުލައް، އަދި ވޭވަށަށް ޒިޔާރަތް ކުރައްވައިފިއެވެ. ޓީމުގެ އިސްބޭފުޅެއްގެ ގޮތުން ވަޑައިގަތީ ކޮމިޝަންގެ ރައީސް އަޙުމަދު ސުލައިމާނެވެ. މިދަތުރުފުޅަކީ 2016 އޮގަސްޓް 02-04 އަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ “ފޯރަމް އޮފް އިލެކްޝަންސް މެނޭޖްމަންޓް ބޮޑީސް އޮފް ސައުތު އޭސިޔާ ” ގައި ބައިވެރިވެ ވަޑައިގަންނަވާ ޑެލިގޭޝަންއަށް އެރުވުމަށް ގަސްދުކުރައްވާ ޝަޤާފީ އައިޓަމްތައް ރޭއްވެވުމަށްޓަކައި އެރަށްރަށުގެ ކައުންސިލްތަކާ […]

މުލަކަތޮޅު އަތޮޅުކައުންސިލްގެ ލުއިލޯން ޕްރޮގްރާމް “ދިރެމާ” ގެ 3 ވަނަބުރު

މުލަކަތޮޅު އަތޮޅު ކައުންސިލްގެ ލުއިލޯން ޕްރޮގްރާމް “ދިރެމާ” ގެ ތިންވަނަބުރަށް ކުރިމަތު ލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ޝަރުތު ހަމަވާ ފަރާތްތަކަށް -/15000ރ (ފަނަރަހާސްރުފިޔާ) އިން ދަށުގެ ޢަދަދުތައް ލޯނުގެ ގޮތުގައި ދޫކުރާ މި ސްކީމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 21 ޖުލައި 2016 ވަނަ ދުވަހުގެ އޮފީސް ބަންދުކުރުމާއި ހަމައަށެވެ. “ދިރެމާ” ލޯންގެ އުޞޫލުތަކާއި، ލޯނަށް އެދޭ ފޯމް މުލަކަތޮޅުގެ ރަށުކައުންސިލްތަކުންނާއި އަތޮޅު ކައުންސިލުން އަދި އަތޮޅު ކައުންސިލްގެ ވެބްސައިޓުން ލިބެންހުންނާނެއެވެ. “ދިރެމާ” ލޯން ޕްރޮގްރާމަކީ މުލަކަތޮޅު […]

މ. އަތޮޅު 6 ވަނަ ވާހަކަ ދެއްކުމުގެ މުބާރާތް ބާއްވައިފި

މ.އަތޮޅުގެ ސްކޫލްތަކަށް ހުޅުވާލައިގެން ބޭއްވުނު 6 ވަނަ ވާހަކަ ދެއްކުމުގެ މުބާރާތް 2016 މެއި 12-14 އަށް މުލީގައި ވަނީ ބޭއްވިފައި. މިމުބާރާތުގައި ވާދަކޮށްފައިވަނީ 04 ސްކޫލުން. އެއީ، ދިއްގަރު، މުލައް، ކޮޅުފުށި، އަދި މަޑުއްވަރީ ސްކޫލް. މުބާރާތުގެ 1 ވަނަ މަޑުއްވަރީ ސްކޫލް، 2 ވަނަ ދިއްގަރު ސްކޫލް، 3 ވަނަ މ.އަތޮޅުމަދުރަސާ/ ކޮޅުފުށި. މި މުބާރާތް ޝަރަފުވެރިކޮށްދެއްވީ ދަޢުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިއެއްކަމުގައިވާ އަލްފާޟިލާ ނަސީމާ މުޙައްމަދު ކަލޭފާނު. މި މުބާރާތުގެ 5 ވަނަބުރު […]

މެމްބަރު ކަމުގެ ހުވާކުރައްވައިފި

  މ. އަތޮޅު އަތޮޅުކައުންސިލުން ހުސްވެފައިވާ ދިއްގަރު ދާޢިރާގެ ގޮޑިއަށް އިންތިޚާބް ވެފައިވާ މ.މަޑުއްވަރީ ކެތި އަލްފާޟިލް ޙަސަން އަމްޖަދު މެމްބަރު ކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ. މިރަސްމިއްޔާތު ބޭއްވިފައިވަނީ މ.އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި މިއަދުގެ 14:00ގައެވެ. ހުވާލާދެއްވީ ދިއްގަރު ކޯޓްގެ މެޖިސްޓްރޭޓް އަލްއުސްތާޛު ޙުސައިން ޢާމިރުއެވެ. މިރަސްމިއްޔާތުގައި މުލީގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި، ކުންފުނިތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މ. އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރައްވައިފި

މ. އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމްގައި ހުންނެވި އަލްފާޟިލް މޫސާ ނަޞީރުގެ ޞިއްޙީ ޙާލުކޮޅު ހުރިގޮތުން  27 އޭޕްރީލް 2015 ގައި ކައުންސިލް މެމްބަރުކަމުން އިސްތިޢުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ އެމަޤާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ބޭއްވުނު ވޯޓްލުން ކުރިއަށް ގެންދެވިފައިވަނީ ، 27 މެއި 2015 ވަނަދުވަހު ބޭއްވުނު އަތޮޅު ކައުންސިލްގެ 2 ވަނަ ދައުރުގެ 61 ވަނަ ޖަލްސާގައެވެ. އެމަޤާމަށް ކުރިމަތިލައްވާފައިވާ ހަމައެކަނި މެމްބަރަކީ އަލްފާޟިލް ޙަސަން ޢަބްދުއްރަޙުމާން/ ރެޑިއަމްގެ މ.ނާލާފުށި ކަމުން، އޭނާ […]