Author: meem

ލުއިލޯން ޕްރޮގްރާމް “ދިރެމާ” ގެ 8 ވަނަ ބުރު

މުލަކަތޮޅު އަތޮޅު ކައުންސިލްގެ ލުއިލޯން ޕްރޮގްރާމް “ދިރެމާ” ގެ އަށްވަނަބުރަށް ކުރިމަތު ލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 25 އޭޕްރީލް 2017 ގެ ނިޔަލަށް ފުރުޞަތު ހުޅުވާލި “ދިރެމާ” ލޯން، ޝަރުތު ހަމަވާފަރާތްތަކަށް މިބުރުގައި ދޫކުރަން ހަމަޖެހިފައިވަނީ -/15،000 (ފަނަރަހާސް ރުފިޔާ) އާއި -/50،000 (ފަންސާސްހާސް ރުފިޔާ) އެވެ. “ދިރެމާ” ލޯންގެ އުޞޫލުތަކާއި، ލޯނަށް އެދޭ ފޯމް މުލަކަތޮޅުގެ ރަށުކައުންސިލްތަކުންނާއި އަތޮޅު ކައުންސިލުން އަދި އަތޮޅު ކައުންސިލްގެ ވެބްސައިޓުން ލިބެންހުންނާނެއެވެ. “ދިރެމާ” ލޯން ޕްރޮގްރާމަކީ މުލަކަތޮޅު ރައްޔިތުންގެ މާލިއްޔަތު […]

މާލީ ބަޔާން ތައްޔާރުކުރުމަށް ދަސްކޮށްދިނުމުގެ ތަމްރީން ޕްރޮގްރާމެއް 22 – 19 ޑިސެމްބަރ 2016 ގައި މިއަތޮޅުގައި ބޭއްވިއްޖެ

މި މަސައްކަތު ބައްދަލުވުމަކީ ސަރުކާރުން އެކަށައެޅި އައު ފޯރމެޓަށް މާލީ ބަޔާން ތައްޔާރުކުރުމަށް މިއަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްގައި މަސައްކަތްކުރާ އެދާޢިރާގެ މުވައްޒަފުން ތަމްރީންކުރުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް ފިނޭންސްއާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، މިއިދާރާއާއި ގުޅިގެން ހިންގުނު ތަމްރީން ޕްރޮގްރާމެކެވެ.      ފެސިލިޓޭޓަރުންގެ ގޮތުގައި މަޢުލޫމާތު ދެއްވީ އޮޑިޓަރ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް ފިނޭންސްގެ 3 މުވައްޒަފުންނެވެ.      މި ޕްރޮގްރާމްގެ ދަށުން މިއަތޮޅުގެ ކޮންމެ ރަށަކުން 2 މުވައްޒަފުންނަށާއި، […]

އެޗް. އާރު. ސީ. އެމްގެ ޓީމެއް އަތޮޅުކައުންސިލާއި ބައްދަލުކުރައްވައިފި

  އެޗް. އާރު. ސީ. އެމްގެ ޓީމެއް މ.އަތޮޅަށް ކުރައްވާ ދަތުރެއްގައި އަތޮޅު ކައުންސިލަށް ޒިޔާރަތްކުރައްވާ ކައުންސިލްގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ. މިއަދު 10:00 ގައި ކައުންސިލްގެ ކޮންފެރެންސް ރޫމްގައި ބޭއްވި ބައްދަލުވުމުގައި “ނުކުޅުދެންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއިބެހޭ މުޢާހަދާ” ގައި ބަޔާންކޮށްފައިވާ ޙައްޤުތައް މިއަތޮޅުގައި ދިރިއުޅޭ ފަރާތްތަކަށް ފޯރުކޮށްދެވިފައިވާ މިންވަރު ދެނެގަނެ، މައްސަލަހުރި ދާއިރާތައް ފާހަގަކޮށް މިކަންކަން އިސްލާޙުކުރުމަށް ސަރުކާރަށާއި ކަމާއިބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ރިޕޯޓެއް އެކުލަވާއިލުމާއި ބެހޭގޮތުން ވާހަކަ ދެކެވުނެވެ. މިބައްދަލުވުމުގައި ކައުންސިލްގެ އިސްވެރިންނާއި ސެކްސަންތަކުގެ […]

ލުއިލޯން ޕްރޮގްރާމް “ދިރެމާ” ގެ 6 ވަނަ ބުރު

މުލަކަތޮޅު އަތޮޅު ކައުންސިލްގެ ލުއިލޯން ޕްރޮގްރާމް “ދިރެމާ” ގެ ހަވަނަބުރަށް ކުރިމަތު ލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 27 އޮކްޓްބަރ 2016 ގެ ނިޔަލަށް ފުރުޞަތު ހުޅުވާލި “ދިރެމާ” ލޯން، ޝަރުތު ހަމަވާފަރާތްތަކަށް މިބުރުގައި ދޫކުރަން ހަމަޖެހިފައިވަނީ -/30،000 (ތިރީސްހާސް ރުފިޔާ) އިން ދަށުގެ ލޯންތަކެވެ. “ދިރެމާ” ލޯންގެ އުޞޫލުތަކާއި، ލޯނަށް އެދޭ ފޯމް މުލަކަތޮޅުގެ ރަށުކައުންސިލްތަކުންނާއި އަތޮޅު ކައުންސިލުން އަދި އަތޮޅު ކައުންސިލްގެ ވެބްސައިޓުން ލިބެންހުންނާނެއެވެ. “ދިރެމާ” ލޯން ޕްރޮގްރާމަކީ މުލަކަތޮޅު ރައްޔިތުންގެ މާލިއްޔަތު އިތުރުކުރުމަށާއި، ފަރުދުންގެ […]

މިއަތޮޅުގައި މައިކޮލެޖްގެ ކެމްޕަހެެއް ހުޅުވައިފި.

މިއަތޮޅުގައި މައިކޮލެޖްގެ ކެމްޕަހެއް ހުޅުވައިފިއެވެ. މި ކެމްޕަސް ޤާއިމްކޮށްފައިވަނީ މިއަތޮޅުގެ ވެރިރަށް މުލީގައެވެ. ކެމްޕަސް ހުޅުވުމުގެ އިފްތިތާޙީ ޖަލްސާ ޝަރަފްވެރިކޮށް ދެއްވީ މައިކޮލެޖްގެ ރެކްޓަރ ޑރ. އާމާލް ޢަލީއެވެ. ޑިޕްލޮމާ އަދި ޑިގްރީ ކޯސްތަކާއެކު ފެށި މި ކެމްޕަހުގެ ފުރަތަމަ އޮރިއެންޓޭޝަން 22 ސެޕްޓެމްބަރ 2016 ގައި ވަނީ ބާއްވާފައެވެ. ފުރަތަމަ ފެށި 2 ކޯހުގައި ޖުމްލަ 47 ދަރިވަރުން ބައިވެރިވެފައިވެއެވެ. މިއަތޮޅުގެ ގިނަ ރަށްރަށުން މި ކޯސްތަކުގައި ދަރިވަރުން ބައިވެރިވިއެވެ. މައިކޮލެޖްގެ ކެމްޕަސް މިއަތޮޅުގައި ޤާއިމްކޮށްފައިމިވަނީ، […]

މައި ކޮލެޖްގެ ފަރާތުން މ. އަތޮޅުގައި ކޯސްތަކެއް ފަށަނީ

     މައި ކޮލެޖްގެ ފަރާތުން މިއަތޮޅަށް އަމާޒުކޮށްގެން ޑިޕްލޮމާ ފެންވަރުގެ ކޯސްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިކޯސްތަކުގައި ބައިވެރިވުމަށްޓަކައި 31 އޮގަސްޓް 2016 އަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިކޯސްތައް ހިންގުމަށް ހަމަޖެހިފައިވަނީ މ. މުލީގައެވެ. ކޯހަށް ވަނުމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް ރަށުކައުންސިލްތަކުގެ އިދާރާއިންނާއި، އަތޮޅުކައުންސިލްގެ އިދާރާއިން އަދި ވެބްސައިޓުނާއި، އަދި މައިކޮލެޖްގެ ވެބްސައިޓުން ލިބެންހުންނާނެއެވެ. www.meem.gov.mv www.micollege.edu.mv އެޕްލިކޭޝަން ފޯމް

މުލަކަތޮޅު އަތޮޅުކައުންސިލްގެ ލުއިލޯން ޕްރޮގްރާމް “ދިރެމާ” ގެ 4 ވަނަބުރު

މުލަކަތޮޅު އަތޮޅު ކައުންސިލްގެ ލުއިލޯން ޕްރޮގްރާމް “ދިރެމާ” ގެ ހަތަރުވަނަބުރަށް ކުރިމަތު ލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ޝަރުތު ހަމަވާ ފަރާތްތަކަށް -/15000ރ (ފަނަރަހާސްރުފިޔާ) އިން ދަށުގެ ޢަދަދުތައް ލޯނުގެ ގޮތުގައި ދޫކުރާ މި ސްކީމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 25 އޮގަސްޓް 2016 ވަނަ ދުވަހުގެ އޮފީސް ބަންދުކުރުމާއި ހަމައަށެވެ. “ދިރެމާ” ލޯންގެ އުޞޫލުތަކާއި، ލޯނަށް އެދޭ ފޯމް މުލަކަތޮޅުގެ ރަށުކައުންސިލްތަކުންނާއި އަތޮޅު ކައުންސިލުން އަދި އަތޮޅު ކައުންސިލްގެ ވެބްސައިޓުން ލިބެންހުންނާނެއެވެ. “ދިރެމާ” ލޯން ޕްރޮގްރާމަކީ މުލަކަތޮޅު […]

ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމަށް މަޢުލޫމާތު ހޯއްދެވުމަށް ތަޖްރިބާ ދަތުރެއް ކުރައްވައިފި

މިއަތޮޅުގައި ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމަށްޓަކައި މަޢުލޫމާތު ހޯދުމަށް މިކައުންސިލްގެ ޓީމަކާއި މިއަތޮޅު ރަށްރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައެއް މެމްބަރުން ހިމަނައިގެން، ފ. އަތޮޅު މަޤޫދޫއަށް ދަތުރެއް ކުރައްވައިފިއެވެ. މި އޮގަސްޓް މަހު 10 ދުވަހު ކުރި މިދަތުރުގައި ފ. މަގޫދޫ ކައުންސިލާއި، މަގޫދޫ ކޯޕަރޭޓިވް ސޮސައިޓީއާއި، މަގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާއެކު މިދަތުރުގެ ބައިވެރިން ބައްދަލުވުމެއް ބާއްވާ އެރަށުގައި މަސައްކަތްތައް ކުރާގޮތުގެ މަޢުލޫމާތު ވަނީ ހޯއްދަވާފައެވެ. އަދި މަގޫދޫ ކޯޕަރޭޓިވް […]

އަތޮޅު ތަރައްޤީގެ ޕްލޭން އަދި ފައިނޭންޝަލް ޕްލޭން ހެދުމުގެ ތަމްރީން ޕްރޮގްރާމެއް ބާއްވައިފި

  ިކައުންސިލާއި، މިއަތޮޅު ރަށްރަށުގެ ކައުންސިލްތަކަށް އަމާޒުކޮށްގެން ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން އެކުލަވާލާނެގޮތުގެ ތަމްރީން ޕްރޮގްރާމެއް 2016 އޮގަސްޓް 07 އިން 09 މ. މުލީގައި ހިންގައިފިއެވެ. މ. މުލީ ޔޫތުސެންޓަރުގައި ބޭއްވި މިޕްރޮގްރާމްގައި ތަމްރީން ކުރެވިފައިވަނީ 21 ބޭފުޅުންނެވެ. އަދި ފެސިލިޓޭޓުންގެ ގޮތުގައި މަޢުލޫމާތު ދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ގަވަރނަންސް އޮޑިޓަރ އަޙްމަދު ޙަސަން އާއި ފައިނޭންޝަލް އޮޑިޓަރ އިސްމާޢީލް ރަޝީދުގެ އިތުރުން މ. މުލަކު ކައުންސިލް އިދާރާގެ އެސިސްޓެންޓް ފައިނޭސް އޮފިސަރ […]